އެކުވެރިންގެ އެދުމަށް ވޯޓު ދޭނަމޭ ބުންޏަސް ޤައުމާއި ރައްޔިތުންގެ މިނިވަންކަމާމެދު ވިސްނާ ފިކުރުކޮށް ސިއްރު ވޯޓަކުން މިކަން ނިންމާލަދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެއެވެ

އިދިކޮޅު ކޯލިޝަނުން މިރޭ ފުވައްމުލަކުގައި ބޭއްވުުނު ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަސީހު ވިދާޅުވީ ހިޔާލު ތަފާތު ރައްޓެހިން ތިބޭނެ ކަމަށާއި ވޯޓު ދޭނަމޭ ބުނިކަމުގައިވިޔަސް ސިއްރު ވޯޓަކުން ގައުމަށްޓަކައި ރަނގަޅު ގޮތެއް ހޯދަން އެބަޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ ރައްޓެހިންނަށް ވޯޓު ދޭނަމޭ ބުންޏެއް ކަމަކު ސިއްރު ވޯޓުން ޤައުމަށްޓަކައި ވޯޓު ދޭން." މަސީހު ވިދާޅުވިއެވެ.

ޑިމޮކްރަސީގައި އޮންނަ ގޮތުން ވޯޓަކީ ސިއްރު އެއްޗެއް ކަމަށާއި އެކަން އެގޮތަށް ކުރަނީ މޫނަށް ކަނދުރާއަށް ބަލައިގެން ވޯޓުދޭން ޖެހިދާނެތީ ކަމަށް މަސީހު ވިދާޅުވިއެވެ. އެގޮތަށް އަޅާ ވޯޓަކުން ހައްޤު ވޯޓު ގެއްލިގެންދާކަން މަސީހު ފާހަގަކުރެއްވިއެވެ.

އަދި ހަމައެއާއެކު އެހެން ޕާޓީތަކުގައި ތިއްބެވި އެކުވެރިންނަށްވެސް މަސީހު ގޮވާލެއްވީ ޤައުމާއި މެދު ވިސްނާ ފިކުރުކޮށް ޤައުމަށް އަދި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް މިކަންތައް ނިންމާލުމަށެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

"އެހެން ޕާޓީތަކުގައި ތިއްބެވި އެކުވެރިންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހަމަ ޤައުމާއި ދޭތެރޭ ވިސްނާ ފިކުރު ކުރައްވާށޭ. ވިސްނާ ފިކުރުކުރައްވާފައި ތިބޭފުޅުން ރަނގަޅު ގޮތަކަށް މިކަންތައް ކުރައްވާށޭ." މަސީހު ވިދާޅުވިއެވެ.

މަސީހު އިތުރަށް ވިދާޅުވީ ރާއްޖެއަކީ މިހާރު މޮޑާން ސޮސައިޓީއެއް ކަމަށާއި ރާއްޖެއިން ބޭރުގެ ސަރުކާރުތަކުން ކަންތައް ކުރައްވާ ގޮތް ބަލައި އޮޅުންފިލުވާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ މޮޑަން ސޮސައިޓީއެކޭ، ބޭރުގެ ފަރާތްތަކުން ކަންތައް ކުރައްވާގޮތް އަޅުގަނޑުމެންވެސް ބަލަމޭ." މަސީހު ވިދާޅުވިއެވެ.

އެމެރިކާފަދަ ބޮޑު ޤައުމެއްގައި ވެރިކަންކުރާ ޕާޓީގެ މެންބަރުން އެ ސަރުކާރަށް ދެވަނަ ދައުރެއް ދޭން ބޭނުން ނުވާތީ ސަރުކާރު ބަދަލުކުރަން ވަރަށް މަސައްކަތް ކުރެއްވިކަން މަސީހު ފާހަނގަކޮށްލިއެވެ. އެހެންވީމާ ދިވެހިންނަށްވެސް އެކަން ކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި މިހާރު އޮތް ސަރުކާރުން ކަންތައް ކުރަމުންދާ ގޮތާއިމެދު ހިތްހަމަނުޖެހިގެން ސަރުކާރު ބަދަލުކުރަން ރައްޔިތުން ބޭނުންވާނަމަ އެކަން ކުރުމަށް މިއޮތީ ފުރުސަތު ލިބިފައި ކަމަށާއި ޤައުމަށްޓަކައި މިނިވަންކަމަށްޓަކައި މިފަހަރު މަސައްކަތް ކުރަން ޖެހޭ ކަމަށް މަސީހު ވަނީ ވިދާޅުވެފައެވެ.

"ހަޤީގަތުގައި މިފަހުގެ ތާރީހުގައި އަޅުގަނޑުމެން މިވާހަކަ ދައްކާ ކަމަށްވަންޏާ މީ ގައުމަށްޓަކައި މަސައްކަތްކުރަންޖެހޭ ވަގުތޭ، މިއީ މިނިވަންކަމަށްޓަކައި މަސައްކަތްކުރަންޖެހޭ ވަގުތޭ މިގޮތަށް އަޅުގަނޑުމެން ބުނާކަމަށްވަންޏާ ބުނަންޖެހޭ ފަހަރަކީ މިފަހަރު." މަސީހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ވިސްނާ

    ސިއްރުން ދިނަށް ސިއްރުން ބައިތުލްމާލު ކާލާފަ ހުރި ވަގަކަށް އޯކޭ ނުބުނާރި

    16
    15
    • ނާހަމަ ތެދެއް

      އިބޫ މިހާރު ކާ އެއްޗިއްސޯ ސްޓެލްކޯ އާއި ފެނަކަ ބޭނުން ކޮއްގެން ވަޒީފާތައް ތަބަކައްލައިގެން ބަހަނީ ކިޔެވުމުގެ ބޭނުމެއްނެތް ކޮންމެ ގޮތެއް ވިޔަސް އެ ވާނީ ހަރާމް އެއްޗަކައް ނުހައްގުންދޭ އެއްޗެއް

      24
      2
    • މޕ

      އިންޑިޔާ މެދުވެރި ވެގެން ހިންގާ ކޮރަޕްޝަންތައް އެވަނީ ކޯޗަކައްތޯ

      23
  2. ރޮނގުދޯ

    ތިޔާ ވައުދު ތަކަކީ އެއީ ކަނޑުގައި އަޅާލާ ރޮނގު ތިޔާ ގޮތަށް އިބޫ ވަނީ ބްރިޖް އަޅާފައި ތިނަދޫ އާއި ވިލިގިލި އާއި ދެމެދު ވެސް ދޯ އެ ބްރިޖް ފެންނަނީ ރަސްގެފާނަށް ހެދުން ފަހާދިން ތިން މީހުންނަށޭ..

    17
    1
  3. ޒަރީނާ

    މަސީހުވެސް މަޖިލީހުގެރިޔާސަތު ބެލެހެއްޓިގޮތް ދުވެހިރައްޔިތުން ހަނދާނަށްގެންނަވާތި!! މިވެރިން ފޫގަޅާލައިގެންމިއުޅެނީ އެއްކަލަ ބޮޑު ޗރ ޖަލުންނެރޭށޯ ؟ ޖަލުންނެރުނަސް ޗރ ވާނީ ހަމަ ބޮޑު ޗރ ކަމަށް !

    9
    14
  4. ހިކި ކިރު

    ކޮންމެ ރަށަކަށް އެއަރޕޯރޓެއް، ކޮންމެ ރަށަކަށް 15 ބުރީގެ 30،000 ފްލެޓު، ކޮންމެ ދެރަށެއް ދޭތެރޭ 300 މިލިއަން ޑޮލަރުގެ ބްރިޖުއެއް އަލައިގެން ރައްޔިތުން ތިބެންވީ އަނގަ އާއި އަތާއި ދިމާނުވާ ހާލަތުގާ. މިވެރިން މިދައްކަނީ އަފިރިންގެ 6 އަހަރުގެ ކުދިންވެސް ނުދައްކާނެ ތިކަހަލަ ތާކުން ތާކުން ނުޖެހޭ ހޮޅި ވާކަހަތަކެއް. ޤައުމުގައެއްނެތް ލައިންކާނެ އެއްޗެއް، ދަރިންގެ ދަރިންގެ މުސްތަޤުބަލެއް. ވެރިންވެސް ކަނީ. ދެންތިބޭ މީހުންވެސް ޤައުމު ހުސްކޮއްލީ! ޤައުމަށް ނުކަތާވަރަށް ބިދޭސީން އަރައިފި. ހުރިހާ ވިޔަފާރި އެއް ކޮންޓްރޯލް ކޮއްފި އެވެރިން. ބަލާނެ މީހަކު ނެތް. ވ ވެދުން.

    10
  5. ޢާޒިން

    މީނާ ކުއްލިއަކަށް މިއައީޔޯ އަނެއްކާ މެމްބަރުންތައް ފާރުމަތިން އުކާ ކެވުނުވަރުމަދުވީބާ، މީނާ ލަދުނުގަންނަކަންދޯ

    7
    6
  6. ބޯހަލާކު

    ޥޯޓު ދޭނީ ގަންނަ މީހަކަށް، ވަޒީފާ ލިބުނީމަ މިމީހުން ވެސް ވޯޓު ހޯދަންވި ވައުދު ނުފުއްދަ އޭ މީހާ ބަދަލު ވެދާނޭ ގައުމުގެ ހާލަތު ބަދަލު ނުކުރެވޭނެ، 50އަހަރުން ފެށިގެންވެސް ހާލަތުމީ

    4
    1
  7. ފާޅުވާ ދުވަސްވަރު

    މަޖިލީހުގެ ރައީސަކަށް ހުރެ، ޤައުމަށް، ދީނަށް، ރައްޔިތުންނަށް ވިސްނިންތަ؟

    އަމިއްލަ ފައިދާއާއި މަންފާއަށްނު ވިސްނީ. މިހުރިހާ ދުވަހު ރާއްޖެއިން ބޭރުގައި ހުރީ ކިހިނެއް؟

    7
    5
  8. ޢައިން

    މިދިޔަ ދެ ސަރުކާރުންވެސް ރައްޔިތުނެގެ ލާރި ހަމައެއް ލަމައެއްނެތި ކެއީ. އަހަރެމެންނަށް ވަފާތެރިވާނެ މީހަކަށް ފެންނަނީ ހަމަ ޤާސިމު.

    2
    5
  9. ތެފައާސާ.

    މި މަނިކުފާނު ސިއްރު ވޯޓުގެ ވާހަކަފުޅު ދެއްކެވީމާ ހަނދާނަށް އައިކަމެއް، މި މަނިކުފާނު ރައްޔިތުންގެ މަޖިލީސް ރައީސްކަމުގައި ހުންނަވަނިކޮށް އިތުބާރު ނެތްކަމުގެ މައްސައެއް ހުށަހެޅުނީމާ، ގަވައިދުގައި ސިއްރު ވޯޓެއް ނަގަންވާނޭކަމަށް އޮއްވާ، އަތް އުފުލައިގެން ރޯލްކޯލް ވޯޓެއް ނަގައި މެމްބަރުންނަށް ބިރުދައްކައިގެން މަޖިލިސް ރިޔާސަތުގައި ދެމިހުންނެވި ދުވަސް..

  10. ޟެން

    ގައުމާއި މެދު ވިސްނާފިން ވަރަށް ބޮޑަށް، ވޯޓް ދޭނީ ރައީސް ސޯލިހަށް. އަސްލު ޗޯރު މުއްލާ ޗޯރު އޮތީ ޖަލުގައި ދެން ތިއުޅެނީ ކުދި ޗޯރުތައް. ގައުމަށް ހިދުމަތް ކުރުމަށްވުރެ ކަލޭމެން ގެ ވިސްނުން ހުރީ ޖަލުގައި އޮތް މުއްލާ ޗޯރު މިނިވަން ކުރަން. ނުވާނެ ތިކަމެއް.

    2
    2
  11. އަހަންމަދު

    ވޯޓަކީ ސިއްރު އެއްޗެޢް! އެކަމަކު ނަތީޖާއަކީ ސިއްރުއެއްޗަކަށް ނުހެދޭނެ!
    ވީމާ ވޯޓުހަމަލާއިރަށް ނަތީޖާ ލޮގުކުރެވި އިއުލާނު ކުރެވެންވީ. އެއިރުން ވޯޓުއެންދުމުގެ ބޭނުމެއްނޯންނާނެ. ޢަދި ވޯޓު ގުނާށޭކިޔައިގެން ވަގުތު ހޭދަކޮށް ފައިސާ ބޭކާރުގޮތުގައި އިސްރާފު ކުރާކަށް ޖާގައެއް ނޯންނާނެ! މިކަންކަން މަޞީހުއަށްވެސް އެގޭނެ. ޢަދި އެހެންމީހުންނަށްވެސް އެގޭނެ. އެގުނެއްކަމަކު މަކަރު ނުހެދޭނެގޮތަކަށް އެއްވެސްކަމެއް ނުކުރާނެ!