ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރާނީ އިދިކޮޅު ފަރާތްތަކަށް ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖައްސާފައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣްނީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން، ރާއްޖެ އަށް ކާޑުގެ ދަތިކަން ފޯރަފާނެތީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މުޣްނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުއްލި މައްސަލަ މަޖިލިހަށް ހުށަހެޅި އިރު، ރައްޔިތުންނަށް ދިމާވެފައި ހުރި އުނދަގޫތަކަށް ހައްލު ހޯދައި ދިނުމަށްޓަކައި ދުވަހުން ދުވަހަށް އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާ ކަމަށެވެ. އެގޮތުން ތިނަދޫގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ހުރި ކަމަށް މުޣްނީ ވިދާޅުވިއެވެ.

"އިމަޖެންސީ ރެސްޕޮންސް ޕްލޭން ވަނީ ހެދިފައި. މުވައްޒަފުންނަށް މައުލޫމާތު ދީފައި. ސަލާމަތީ ވަސީލްތައް ހުރީ ލިބިފައި. އައިސޮލޭޝަން ކަނޑައެޅިފައި. އިމަޖެންސީ ޓީމު އެކުލަވާލެވިފައި. އާންމުންނަށް ކޮންމެ ދުވަހަކު ދަނީ މައުލޫމާތު ދެމުން،" މުޣްނީ ވިދާޅުވިއެވެ.

މުޣްނީ ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުން ހާސްވެ، ކަންބޮޑުވާން ޖެހޭ ކަމެއް ނެތެވެ. ދިވެހިން ސާފުތާހިރު ކަމާއެކީގައި ދިރިއުޅުމުގެ ކަންކަން ބެލެހެއްޓީމަ ހުންނާނީ ރަނގަޅަށް ކަމަށް ވެސް މުޣްނީ ވިދާޅުވިއެވެ.

"މި ބޭފުޅުން (އިދިކޮޅު) ކަންބޮޑުވާ ކާޑުގެ ބާވަތްތައް އަޅުގަނޑުމެން ދާއިރާގައި އެބަހުރި. ކޮންމެ ދުވަހަކު ގެންނަން ޖެހޭ އަދަދަށް ގެނެސް ރައްކާ ކުރެވި، އެ ވިކެމުން ދަނީ. ރައްޔިތުން ކިއު ހަދާފައެއް ނެތް. ގޭގެއަށް ބޭނުންވާ ވަރަށް ކާނާ އެބަހުރި. ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމުގެ ޔަގީން ކަން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ދަނީ ދެމުން،" މުޣްނީ ވިދާޅުވިއެވެ.

މުޣްނީ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކެމްޕެއިންގައި ކޮރޯނާ ވައިރަސް ޖެއްސޭތޯއެވެ. މުޣްނީ ވިދާޅުވީ އެމްޑީޕީއިން ކެމްޕެއިންގެ ދަތުރު ފަށަނީ ވައިރަހާ ގުޅޭ މައުލޫމާތައި ފަރުވާ ހިފައިގެން ކަމަށެވެ.

"އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރާނީ ތިޔަބޭފުޅުން ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބާފަ،" މުގުނީ ވިދާޅުވިއެވެ.

މުޣްނީގެ ވާހަކަތަކާ ގުޅިގެން ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ އެފަދަ އެއްޗެއް އެހާ ފާޅުކަން ބޮޑުކޮށް ވިދާޅުވެ، ކޮރޯނާގެ ވައިރަސް އެ މެންބަރުގެ އަތުގައި އެބަހުރި ކަމަށް ވިދާޅުވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖެ އަށް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ ބަލި ރާއްޖެއިން ނުފެނުމަކީ ނާދިރު ކަމެއް ކަމަށެވެ. މަވެސް އެ ބަލި ފެތުރިއްޖެ ނަމަ އަމަލުކުރާނެ ގޮތްތައް އެކުލަވާލާ، އެކަމަށް ވަރަށް ބޮޑަށް ކަމާއި ބެހޭ ފަރާތްތަކުން ތައްޔާރުވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

68 ކޮމެންޓް

  1. އެޖެންޑާ 19

    މިޔާފައި މަށަށް ނޭނގޭ ބުނާނެއެއްޗެެއްވެސް މިވެސް އިންސާނުންތަ؟

    231
    • ޙައްގުބަސް

      މިއީ ވަރަށް ދަށުދަރަޖައިގެ ވާހަކައެއް މީނާ މިދެއްކީ!! މިކަހަލަ ވިޔާނުދާ ޖާހިލުން މަގާމުތަކަށް ރައްޔިތުން ހޮވީމަ ވާނީ މިހެން!! އިދިކޮޅު އެންމެނަށް ކޮރޯނާ ވައިރަސް ޖައްސާނަމޭ މިބުނީ!! މިއީ ވަރަށް ސީރިޔަސް މައްސަލައެއް!! މިއީ ނުރައްކާތެރި ވާހަކައެއް! ދިވެހިރައްޔިތުން ވަކިން ޚާއްސަކޮށް މިހާރު އިދިކުގައި މަސައްކަތްކުރާ ފަރާތްތަކަށް ކޮރޯނާ ވައިރަސް ޖައްސާނަމޭ މިބުނީ މިހާރު ވެރިކަން ހިންގާ ޕާޓީއަށް ނިސްބަތްވާ މަޖްލިސްގެ މެމްބަރަކު! މިއީ އާދައިގެ ކަމެއްނޫން! މިވަބާއިން މުޅި ދުނިޔެ ސަލާމަތްވިމަށް އެތަކެއް ފިޔަވަޅު އަޅުމުންދާ ދަނޑިވަޅެއްގައި ކަނޑައެޅިގެން ވައިރަސް ފަތުރަން މީހަކު މަސައްކަތްކުރާނެ ކަމަށް ބުނާ މޭރުމުން ވާހަކަ ދެއްކުމަކީ ވަގުތުން ފިޔަވަޅު އަޅަންޖެހޭ ސީރިޔަސް މައްސަލައެއް! މިހާރު މިވީގޮތުން އިދިކޮޅުގެ އެއްވެސް މެމްބަރަކަށަ މިވައިރަސް ޖެހިއްޖެނަމަ އެކަމުގެ ޒިންމާ މީނާގެ ބޮލުގައި އެޅުވޭނެ! މީނާ އާއި ދޭތެރޭ ދަޢުވާވެސް ކުރެވެންވާނެ އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ! މީނާ މިދެއްކި ވާހަކައިން ތުހުމަތުކުރެވޭ ބަޔަކާ ގުޅިގެން މިވައިރަސް ރާއްޖެ އެތެރެކޮށް އިދިކޮޅު މީހުންނަށް ވައިރަސް ޖައްސައިގެން ބަލިކޮށް ދުނިޔެއިން ނައްތާލަން އުޅެނީކަމަށްވެސް!! މިފަދަ ނޭއްގާނީ ޢަމަލު ހިންގާކަމަށް މަޝްހޫރު މީހުން ގިނައީ ރީނދުލުގެ ބައިގަނޑުތެރޭ! މީނާއާއި ސުވާލުކުރޭ! މީނާ ހައއޔަރުކޮށް ވަރަށް ވަރުގަދަ ތަހްގީގެއް ހިންގަން ގޮވާލަން! ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދީތީވެ!

      100
      • ސަލާމްބެ

        އެމްޑީޕީ އަށް ނިސްބަތްވާނަމަ އެމީހުން ކޮށްފި ކަމެއް ދެއްކިވާހަކަ އެއް މި ރާއްޖޭގެ އެއްވެސް މުއައްސަސާއަކަށް އެއީ މިއަދު ކުށެއްނޫން. މުޅިދުނިޔެ މިދަނީ ކޮ ރޯނާ ނުވަަތަ ކޮވިޑް19 ގެ ބި ރުވެ ރިކަމުގަ . އެކަމަކު ވިސްނާފިކުރުހިންގާލުމުން އެނގިފާޅުވަނީ މިއީ ގައުމާއި މުޅިދައުލަތްވެސް ރައްޔިތުންގެކުރިމަތީ ލަދުގަންނަންޖެހޭ ވަ ރު އެއްވެސް ފެންވަ ރެއް ނެތްމީހުން ދައުލަތެއްގެ ގާނޫން ހަދާ މަޖިލީހުގަ ދާއިރާއެއްގެ އެތައްރައްޔިތުންނެއްގެ ހައްގުގަ ވަކާލާތުކު ރަން އެމަގާމައް އިސްކު ރަން ހެޔޮނުވާނެކަން. ޚައި ރާންވެ އަންތަ ރީސް ވެއްޖެ.

        11
  2. ޢަލިބެ

    މި ބަލިޖައްސަނީ މީނަބާ؟ ﷲ އަށް ބިރުވެތިވުން ނެތް ޖާހިލެއްމީ.

    346
    • ނަކް

      އޭނާ ނުބުނޭ އެ ވައިރަސް މީހަކަށް ޖައްސާނަމޭ.. އޭނާ ބުނީ ވައިރަހުގަ ޖައްސާފައޭ އެބަހީ އެގެ ވާހަކަ ދައްކާ ޝަކުވާކުރަން ބައިތިއްބާފަ އޭ އިންތިހާބު ކާމިޔާބުކުރާނި.. އަނެއްކާ އިދިކޮޅެކޭ ނަންވެސް ނުގަނޭދޯ؟؟ އަލުން އެ ވާހަކަ ކޮޅު އަޑު އަހާލަބަލަ.. ހިތުހުރި ގޮތަކަށް މާނަކުރެވިދާނެ ދޯ؟

      5
      118
      • ނޮނޮނޮ

        ތީ އޭނަގެ ތަރުޖަމާނުތަ؟ ބުނި އެތި ތަރުޖަމާ ނުވެގެން މީހަކު އެބައުޅޭތަ.

        40
        1
      • ޙަމަހަމަ

        ޢެހެންވިއްޔާ މޑޕ އަކުން މާފަކަށް ނޭދޭނެދޯ.

        20
      • ޓިނު ވަގު

        ޟި ދެން އަނެއް ބުރާންތި

  3. ދިދަ ދަނޑި

    ވިދާޅުވެއްޖޭ.. މެމްބަރަށް އެބަ އިނގޭތަ ކިޔޭނުކިޔޭ އެއްޗެއް.. މެމްބަރަށް ވިޔަސް އަދި ބޭނުންހާ އެއްޗެއް ކިޔައިގެން ނުވާނެ.. އެކަހަލަ ބަސް ބުނަން ހެޔޮ ނުވާނެ.. މީ މިމެމްބަރުންގެ ފެންވަރު..

    253
    1
  4. އިސްފސް

    ބަލަ މުގުނީ ކަލޭގެ ހެއްދެވިފަރާތް ހަދުމަނެތީތަ؟ ތެޔަރީދޫ ބައިގަޑުގެ ބައެއް ވެރިންގެ ފާޑު ކެނެރީގޭ ނަސީދު ކަހަ ގެރިމޯދީ އަދި ސެރޯނު މެންކަހަލަމީހުންނައް ތާއިދުކުރަނީ ހަމަ ދިނައްަޮނަރުޅިވެކަން ބޮޑުވީމާ ނާ އެހެންވެތަ ސޭކް އިލްޔާސް އިމްރާނު ބުނީ ނަސީދަކީ ލާނީނީ މީހަކޭ؟/

    210
    • ހހަހ

      މުގުނީއޭ???

  5. އމޑ

    މިއީ ބަލިޖަސާ ޖަރާސީމެއްތަ

    152
  6. އަސީ

    ސަރުކާރު ތިޔަކަމައްތައްޔާރުވެފައޮތީ އަނގައިން އަމަލުން ދައްކަނީ ހަމަސުމެއް.

    124
    1
  7. ސ

    ކިބުރުވެރި ކަމާ ބޮޑާ ކަމަކީ އިންސާނުންގެ ހަލާކު

    183
    2
  8. ފާތު

    މީނައަކީ ހާދަހާ ނުބާމިހެކޭ. މީނަ މިބުނި ވާހަކަ މީނައާއި ދިމާވެއްޖެއްޔާ.
    ކިހިނެއް މީނަހަދާނީ .މިކަހަލަ ވާހަކަ ދައްކާ މީހުން މަޖިލީހެ ތިބުމަކީ ބިރުވެ ތިކަމެއް.

    151
  9. ގަނީ ބެ

    ތިނަދޫ އަށް ކޮއްދޭން ބުނި ކަންކަން ކޮދެވޭތޯބަލަންވީ ނުން.
    ގާތްތިމާގެ މީހުންނަ ކަންކަން ކޮއް ނުދީ.
    ހަދާވާ ބޮޑުކުރެއްވި ރަސްކަޅާންގެޔައް ބިރުވެތި ވޭ.
    އާއިލާ ބޭޒާރު ނުކުރޭ.
    ސައިޒުވޭ

    120
  10. ބޮން ސޯދު

    ތިނަދޫ އަށް ކޮއްދޭން ބުނި ކަންކަން ކޮދެވޭތޯބަލަންވީ ނުން.
    ގާތްތިމާގެ މީހުންނަ ކަންކަން ކޮއް ނުދީ.
    ހަދާވާ ބޮޑުކުރެއްވި ރަސްކަޅާންގެޔައް ބިރުވެތި ވޭ.
    އާއިލާ ބޭޒާރު ނުކުރޭ.
    ސައިޒުވޭ

    74
  11. މަނިކެ

    ތިނަދޫ އަށް ކޮއްދޭން ބުނި ކަންކަން ކޮދެވޭތޯބަލަންވީ ނުން.
    ގާތްތިމާގެ މީހުންނަ ކަންކަން ކޮއް ނުދީ.
    ހަދާވާ ބޮޑުކުރެއްވި ރަސްކަޅާންގެޔައް ބިރުވެތި ވޭ.
    އާއިލާ ބޭޒާރު ނުކުރޭ.
    ސައިޒުވޭ

    66
  12. ހިޔަމި

    ތިނަދޫ އަށް ކޮއްދޭން ބުނި ކަންކަން ކޮދެވޭތޯބަލަންވީ ނުން.
    ގާތްތިމާގެ މީހުންނަ ކަންކަން ކޮއް ނުދީ.
    ހަދާވާ ބޮޑުކުރެއްވި ރަސްކަޅާންގެޔައް ބިރުވެތި ވޭ.
    އާއިލާ ބޭޒާރު ނުކުރޭ.
    ސައިޒުވޭ

    57
  13. ސަމަ

    ބަލަ މުޢުނީ ކަލޭ އެމްޑީޕީ ކަން އިގޭ ކަލޭގެ ފެންވަރު ވަރަށް ރަގަޅަށް ތިނަދޫ ރަތްޔަތުން ދަނޭ. ތީކާކު. މަވަރު މީހަކުނެތިގެން ތިއުލެނީ.

    108
  14. ހުސެން

    ވައިރަސް ޖެހުނަސް ވާނީ މަރު. ނުޖެހުނަސް ވާނީ މަރު. ކަލެޔަށް އެހެންވީމާ ތާއަބަދު ދުނިޔޭގަ ހުރެވޭނެތާ ދޯ؟ ކަލޭ އެކަނި ހުރޭ ދުނިޔޭގަ އެހެން މީހުންގެ ވާހަކަ ކިޔާނެ ކަމެއްނެތް.

    108
  15. ސޮރީ

    ބަހުގެ މާނަ ކުރެވެނީ " ބަލީގައި ޖައްސާފައޭ ބުނުމާއި ބަލިޖައްސާފައޭ ބުނުމުގެ ތަފާތެއްވޭ. ބަލީގަ ޖައްސާފައޭ ބުނުުން ދޭހަވަނީ އެކަމުގެ އަވީގައި ޖެއްސުން.. މާނައަކީ އެވާހަކަ ދައްކަދައްކާ ތިއްބަ އިންތިހާބު ނިންމާލުން
    ނަމަވެސް މިއީ ފުއްޕަފަހުރެ ދައކަން މާކަ ތާހިރު ވާހަކައެއްނޫން

    77
    15
  16. ސަމަ

    ބަލަ މުޢުނީ ކަލޭ އެމްޑީޕީ ކަން އިގޭ ކަލޭގެ ފެންވަރު ވަރަށް ރަގަޅަށް ތިނަދޫ ރަތްޔަތުން ދަނޭ. ތީކާކު ކަން. މަވަރު މީހަކުނެތިގެން ތިއުލެނީ.

    78
    1
  17. އަނިޔާ

    ގެވެށި އަނިޔާގެ ތުހުމަތު އެބައޮތް. މިހާރު މިޔަޤީން ވީ ކޮންމެ ފަދަ އަނިޔާއެއްވެސް ދީފާނެކަން. މިފަދަ ނުބައި ނުލަފާ ޖާހިލުން މަޖިލީހުން މަޖިލީހުން ބޭރުކުރަންޖެހޭ.

    109
    1
  18. ހުވަދޫ ޑޮކް

    ޞްބުހާނަﷲ.... މިއީކީ ރައްޔިތުން ތަމްސީލުކޮށް، ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށް، ރައްޔިތުންނަށް ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޒިންމާދާރު ކަމާއިއެކު ރައްޔިތުންގެ ދަރުބާރުގައި ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރާނެ، ﷲ ޞްބުހާނަހޫ ވަތަޢާލާ ދެނެވޮޑިގެންވާކަމާއި، އިސްލާމީ ރިވެތި އުސޫލުތަކަށް އިޚްތިރާމް ކުރާނެ އެއްވެސް އިސްލާމްވަންތަ ދިވެރި ދަރިއަކު ނުވަތަ " އިއްޒަތްތެރި މެމްބަރެއް" ގެ ދުލުން ބޭރުކުރާނެ ފަދަ ވާހަކަތަކެއް ނޫން!! މިއީ ނުހަނު ޒިންމާދާރުކަން ކުޑަ އަޚްލާޤީގޮތުން ދަށްފެންވަރުގެ ވާހަކައެއް !! ސިޔާސީ ބޭފުޅަކަސް އަދި ރައްޔިތުންގެ މަޖީލުހުގެ މެމްބަރަކަށް " ސަމާލުކަން " ހޯދުމުގެ ނިޢަތުގައި ނަމަވެސް ދައްކަން ނުޖެހޭ ވާހަކަތަކާއި، އެއްގޮތް ނުކުރެވޭ ފަދަ ވާހަކަތަކާއި ކަންތައްތަކެއް ހުންނަން ޖެހޭނެ!! އަދި ރައްޔިތުން ތަމްސީލުކުރާ މެމްބަރުންނަކީ، އެފަދަ ނާތަހުޒީބީ އަދި އެބުނެވޭ އެއްޗަކުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި، ނަފްރަތާއި ރުޅިވެރިކަން އުފެދޭނެ ފަދަ ވާހަކަތަށް ދައްކާނެ ފެންވަރުގެ ބަޔަކަށް ވެގެންނުވާނެ!! ރައްޔިތުންގެ މަޖްލީހަށް ވަންނަށް 4 އަހަރުދުވަސް ވަންދެން " ގޮތްނޭނގޭ ގޮތަކަށް" ހޯދި ފައިސާ ޚަރަދުކޮށްގެން މަޖިލީހުގެ ގޮނޑި ކަށަވަރު ކުރަން ހޭދަ ކުރި އިންވެސްޓްމެންޓުވެސް ކުޑަމިނުން ކަވަރު ކުރާނެ " ފަހަތު ދޮރެއެއް" ނުހުޅުވި، އެ މެންބަރެއްގެ "މުހިންމު" ކަން މެޖޯރިޓީ ޕާޓީގެެރޭގައި ގެއްލިފައި ވުމުން، ލިބިފައިވާ މާޔޫސްކަން ފިލުވާލުމަށް، ކޮންމެވެސް މީހެއްގެ އެހީތެރިކާމާއިއެކު ލިޔެގެން ޚްތުބާއެއް ކިޔާހެން ތިޔަ ދެމުނީކީ އެހާ " ގައްޑާ ނުވަތަ ހަބޭސް" ފަތިވަރެއްކަމަށް ހީކޮށް ތިޔަކުރަމުންގެންދާ އުފާ، ކީރިތިވަންތަ ﷲ ތަބާރަކްވަތަޢާލާ ބައްލަވައި ވޮޑިގެންވާނެކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫން !! ކުޅަދުންވަންތަ އިލާޚް މި ޤަޢުމުގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ދުޅަހެޔޮކަން މިންވަރުކުރައްވައި، ރައްޔިތުންގެ މެދުގައި އިޚްތިރާމާއި އިޚްލާސްތެރިކަން އޭގެ އެންމެ މަތީދަރަޖައަކަށް މިންވަރު ކުރައްވާންދޭވެ!! އަދި ރައްޔިތުންނަކީ ﷲ ގެ މަގުގައި ސާބިތުވެ، އިސްލާމީ އުސޫލުތަކުގައި ދެމިތިބޭނެ ސާބިތުބައެއްގެ ގޮތުގައި ލައްވާންދޭން !! ޔަޢުނީ މިދުނެޔެމަތީގައި ކަންތައްތައް އިންސާނުންނާއި (ބަލި ޖެއްސެވުމާއި ، ޝިފާދެއްވުން) މެދު ވެގެންދާނީ ﷲ މިންވަރުފުޅާއި އިންތިޒާމްތަކުގެ ތެރެއިންކަން ތިނަދޫ އުތުރުދާއިރާގެ މެމްބަރުކަން ކުރަމުންގެންދާ މުޢުނީ އަށް ނޭގުނުކަމީ ނުހަނު ހިތާމަ ހުރިކަމެއް !!! ﷲ ގެ ކުޅަދުންވަންތަކަމާއި އެވެ....

    104
    • ނާނު

      ޚަބަ ރަށްވު ރެ ޚިޔާލް ދިގު މިހާ ދިގުކޮށް ލިޔުނީމަ ކިޔާމީހުނަށްވެސް އުނދަގޫ ވާނެ ތަންކޮޅެއް ކު ރުކޮށް ލިޔުއްވުން ރަގަޅު ވާނެ

  19. ކަނަމަނަ

    މުޣެނީމަޖިލިހުގައިވާހަކަދައްކަނީއެއްވެސްއަދަބެއްސަދަބެއްނެތި ކުރޯނާވައިރަސްޖައްސާފައޭބުނާއިރު މިބުނެވެނީ ކިހާވަރެއްގެވާހަކައެއްކަންވެސްނޭގޭ އެމްޑީޕީވީމަވާގޮތް

    85
  20. ސައްތާރު

    ﷲގެ އަޒާބަކުން ކަލެޔަށް ރެކިގަނެވިދާނެތަ؟ ނޫނީ ކަލޭގެ މަރު ކަލެޔާ ބައްދަލު ކުރާހިނދު ކަލޭގެ ދުނިޔަވީ އާރާއި ބާރުން މަރުވުން ހުއްޓުވިދާނެތަ؟ ޣާފިލްކަން ބޮޑުވުމުގެ ސަބަބުން އެބައެއްގެ މައްޗަށް ﷲ ބަލިމަޑުކަމާއި ތަދުމަޑުކަން ފޮނުއްވާނެކަން އަންގަވާފިވާ ކަންވެސް ނޭގޭތީދޯ ތިހާވަރުން ތިދަނީ. އީމާންތެރިކަން ދަށްވުމުން ވާނެގޮތް ތިޔަވަނީ.

    86
  21. ހަސަން

    ކެމްޕެއިންގ މުޣުނީބުނި ޑީކޯވާމިހުންނަށް ފަރުވާދޭ މެޝިނެއް ހޮސްޕިޓަލުގަ ގައިމް ކުރާނަމޯ. ކޮބާ އެކަންވެފަ. އަޅަންބުނި ޓާފް ދަނޑުކޮބާ؟؟؟ ރައްޔިތުން ޕިކްނިކް ދާން އޮތް ފަޅުރަށް އަމިއްލަ މަންފާއަށް ނަގައިގެން މަކަރާހީލަތުން އުޅޭ މީހެއްތީ. ކޮރޯނާ ވައިރަސް އެންމެ ކުރިން މީނައަށް ނުޖެހިއްޖެއްޔާ ރަނގަޅު. ވަރަށް އަޑިނުބައި މީހެއްތީ.

    68
  22. ޔާމިން

    ދިވެހި ލޮބުވެތި ރައްޔިތުންނޭ މި ލާދީނީ މޑޕ ގެ އެކަކަށްވެސް ވޯޓު ނުދޭތި އާދެސްކޮށްފަމިބުނީ. ނޫނީ ފަހުންހިތާމަ ކުރަންޖެހިދާނެ. އިސްލާމް ދީނާއި ގައުމުގެ ސުލްހަ މަސަލަސްކަމަށްޓަކައިވެސް މޑޕ އެކަކަށްވެސް ވޯޓު ނުދޭތި ގައުމު އޮޔާދަނީމި މީ ފަހުފުރުސަތު އެއްވެސް ދިވެހި ލޮބުވެތި ރައްޔިތަކު މިފުރުސަތުނަގާނުލާތި.

    71
  23. މަންނަ

    އޭނަ ބުނީ ބަލީގައި ޖައްސާފައޭ، ބަލިޖައްސާފައޭ އެއް ނޫން. މީ ބަހުގެ ގޮތުން ވަރަށް ތަފާތު ދެ މާނައެއް. ބަލީގަ ޖައްސާފައޭ ބުނުުން ދޭހަވަނީ އެކަމުގެ އަވީގައި ޖެއްސުން.

    11
    56
  24. Anonymous

    ބަލީގައި ޖައްސާފައޭ ބުނުމާއި ބަލިޖައްސާފައޭ ބުނުމުގެ ތަފާތެއްވޭ. ބަލީގަ ޖައްސާފައޭ ބުނުުން ދޭހަވަނީ އެކަމުގެ އަވީގައި ޖެއްސުން.

    6
    40
    • ވިސްނާލުމަށް އެދެމޭ

      ދިފާއީ ވަ ކީލު..ބަލި ޖައްސާފައޭ ބުނެވޭނީ އެއްޗަ ކަށް އެތަނަ ކަށް އެމީހަ ކަށް ބާރުހިގާ ބާރު ފޯރުވޭ ކަން ކަމަށް...ދެން މާނަ ކޮއްދޭން ނޫޅޭ.. ކޮރޯނާވަރައިސް ޓިޔުބަ ކަށްލައިގެން މީނާ ގެންގުޅެނީތަ...ބަލިޖެހިދާނެ އޭ ބުނުމާ ބަލި ޖައްސާނަމޭ ބުނުން ތަފާތު..

      37
  25. ޖޮބޭ

    މިއީ ތިނަދޫ މީހުންނަށްވެސް މީނާޔަކީ ސިކުނޑި އުނި މީހެއްކަން ށާބިތުވީއެވެ.
    މކަހަލަ މޮޔަ ވާހަކަ ނުދައްކާ ހަނުހުރިނަމަ ބޭޒާރު ނުވީހެއްނުން.

    60
  26. ޖުލައި

    އަޝްމަލީ ފުލައިޓް ވެއްޓެން ބުނީމަ އެންޑީޕީ މީހުންނަށް ގޯސްވީ

    33
  27. މޭޒް

    މި ބޭފުޅުންނާ ޚިޔާލު ތަފާތު ކޮންމެ ދިވެއްސަކީ ނައްތާލަން ޖެހޭ ބައެއްބާ. މޯދީ މުސްލިމުން ނައްތާލަން ކުރާ މަސައްކަތާ ފައި ހަމަ ކޮއްފަ ބަހައްޓާ. ބައެއްގެ ތެރޭގަ އިންސާނިއްޔަތު ކަން ނެތިގެން ދާތަން ފެންނާނީ މިހާވަރަށް.

    43
  28. ހިގާ ނުކުންނަން

    މި ކަހަލަ ކޮހުން ތިނަދޫމީހުން މަޖުލިހަށް ހޮވާތީ ތިނަދޫމީހުންނަވެސް ހުތުރު.. ކޮރޯނާ ރާއްޖެއިން ފެނިއްޖެނަމަ ދަތުރުފަތުރު ނު ކުރެވޭހާލު ކޮންތާ ކުންތަ ކާޑުއެތެރެ ކުރާނީ..ސަރު ކާރަށް ކުރެވުނު ކަމެއެބައޮތްތަ ފިޔާދަތިވުމުން..ފިޔާ ކިލޯއެއް 22ރުފިޔާ 20ރުފިޔާއަށް ވިއް ކަނީ..ކޮބާ ސަރު ކާރުން ރައްޔިތުންނަ އަގުހެޔޮ ކުރަން ކުރި ކަމެއް..އިންޑިޔާ ނޫން ދިމާލަ ކަށް ނުބެލޭ ސަރު ކާރެ..އިންޑިޔާގަ ކޮރޯނާ އެބައޮތް އެމީހުން މަނާ ނު ނު ކުރާނެ މިރާއްޖެއިން ބަލި ނުފެންނަނީހެ އެމީހުންގެތެރޭގަ ބަލިއޮތަސް..ތިނަދޫ ރައްޔިތުން ނު ކުމެ މީނަ ހަމަތޯ ބަލަންވެއްޖެ،

    40
  29. ހޯރާގޯރީ2020

    .. ކަލޭ ކިތައްމެ މޮޅަސް އިންސާނާކަށް ބަލިޖައްސާފަ އެކަމަށް ޝިފާއެއް ނުދެވޭނެ. މިހުރިހާ ކަމެއް ހިގަނީ މާތްﷲ ކުޅަދުންވަންތަ ކަމާއި އިލާހީ ގާނޫނުގެ ތެރެއިން. މާޝާ ﷲ

    36
  30. މުގައްދަރު

    ތިޔަ މެންބަރުގެ ނަޒާ ހައްތެރިކަމާ މާތްކަން އެނިކުންނަނީ ގަމީހުގެ ގޮއްތައް އިރާލާފައި ރިސްވަތު ވީމާ މީނާ ކޮންމެފަދައެއްޗެއްވެސް ކިޔާފާނެ ޕާޓީ ކުދިންކޮޅާ އެބުނާ ލީޑަރު ރުއްސަން ތިޔަކަހަލަމީހުންނައް ލައުނައްހުރި މާތް ﷲ މިނުލަފާ މީހުންގެ ކިބައިން މިގައުމު އަބަދުގެ އަބަދައް ސަލާމަތް ކުރައްވާ ފާންދޭވް ގައުމުގެ ރައްޔަތުންނައް ހެޔޮމަގައް ތައުފީގް ދެއްވާ މިއަނިޔާވެރިންގެ ކިބައިން މިގައުމު ސަލާމައް ކުރައްވާ ފާންދޭވް އަމީން

    31
  31. މުގައްދަރު

    ތިޔަ މެންބަރުގެ ނަޒާ ހައްތެރިކަމާ މާތްކަން އެނިކުންނަނީ ގަމީހުގެ ގޮއްތައް އިރާލާފައި ރިސްވަތު ވީމާ މީނާ ކޮންމެފަދައެއްޗެއްވެސް ކިޔާފާނެ ޕާޓީ ކުދިންކޮޅާ އެބުނާ ލީޑަރު ރުއްސަން ތިޔަކަހަލަމީހުންނައް ލައުނައްހުރި މާތް ﷲ މިނުލަފާ މީހުންގެ ކިބައިން މިގައުމު އަބަދުގެ އަބަދައް ސަލާމަތް ކުރައްވާ ފާންދޭވް ގައުމުގެ ރައްޔަތުންނައް ހެޔޮމަގައް ތައުފީގް ދެއްވާ މިއަނިޔާވެރިންގެ ކިބައިން މިގައުމު ސަލާމައް ކުރައްވާ ފާންދޭވް އަމީން ހުރިހާބޭފުޅުން ދުއާކުރައްވާ

    31
  32. މުހައްމާ

    ސުބުހާނަﷲ މިނުބައި ނުލަފާ މީހާގެ ދުލުގައި ގޮށެއް ޖައްސަވާފަދޭވެ. ޔާރައްބަލް އާލަމީން.

    27
  33. ސާބިތު

    ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ މި ނުލަފާ ނުބާ އެން ޑީ.ޕީގެ ނުބާ ނުލަފާކަމުން މި ޤައުމު ސަލާމަތްކޮންދެއްވާފާންދޭ އަދި މި ނުލަފާ އައްނި ނިކަމެތިކުރައްވާ އާރާ ބާރު ނެތިކުރައްވާފާންދޭވޭ. އާމީން

    34
  34. މާމީ

    ﷲ ގެއިރާދަފުޅާ މިންވަރު ފުޅުނޮ ކަލޭ ތިކުރި ދުޢާ ގިނަދުވަހެއް ނުވެ ކަލެއާ ބައްދަލު ކުރާނެ އާމީން ،،،،،،،

    19
    2
  35. ކާސިމްބެ

    ތިނަދޫ މީހުނަށްވެސް ނޭގުނު މަޖްލިހަށް އެމީހުންގެ ހުރި މައްސަލަ ތަކާބެހޭގޮތުން ވާހަކަދައްކާނެ މީހަކު ހޮވަން!ލަޓޯފަޓޯ މީހުން ހޮވީމާ ތަޅާނީ ބޭކާޜު ދުނިޔެ ހަލާކުކުރާ ކަހަލަ ވާހަކަ! ފައިސާއަށް ދާއިރާ ގުރުބާން ކޮށްގެން ތިބޭ ހެވިފާ

    11
    1
  36. ލކ

    މީނަޢާއް ހަލާ ކުުހުރި ޖަނަވާޜުންގެސިފަ

  37. ޒަލްޒަލާ

    ހިތުން ވަރަށް މޮޅު އެއްޗެއް ތިބުނެވުނީ، މާދަން އިރުއަރާއިރު ކަލެއަށް ތިބަލި ނުޖެހޭތޯ މަ ދުއާ ކުރާނަން

    20
  38. ޔާﷲ ޔާﷲ ޔާﷲ

    ތިހެން ތިބޭނީ ޖައްބާރުން މީކާކުތަ މިހާސުއްޕާ ވާހަކަ މިދައްކަނީ ކަލެއަށް ނޫނީ ކަލޭގެ އާއިލާމީހަކަށް ޖެހުނީ މަބުނާނީ ކީކޭތަ ޔާﷲ މިކަލޭގެއަށް އެބަލިޖެހި އެކަލޭގެ ނިމުންއޭނަ އަށްދައްކަވާށި އާމީން

    7
    1
  39. ފެނަބައްޑާ

    ޚަލޯ މުޢްނީ ﷲ އަށް ބިރުވެތިވޭ މާދަމާ އިރުއަރަންވާއިރަށް ކުރޯނާބަލީގެ ޝިކާރައަކަށް ކަލޭވުން މާދުެުގަ އޮތްކަެއްނޫން

  40. ބްރޯ

    މޯދީ ގާތަށް ދިޔައީ ވައިރަސް ބޭނުންވެގެންތަ؟ވައިރަސް ޕާރސަލްކޮށްފަ ފޮނުވައިދޭނަމޭ މޯދީ ބުނެފަ އޮތީތަ؟

    22
  41. ބޯގަޅި މުޣުނީ

    މިސާލަކަށް މީނާ އަށް ކޮރޯނާ ޖެހިއްޖެ ނަމަ؟؟؟

  42. ދިވެހި ރައްޔިތެއް.

    ޔާﷲ! މި ކިބުރުވެރި ޖާހިލުމީހާގެ ދުލުގެ ނުބައިކަމާ ސުންޕާކަމުން މި ލޮބުވެތި ޤައުމާއި މިޤައުމުގެ ރައްޔިތުން ސަލާމަތްކުރައްވާށި.. އާމީން.

    16
  43. މުގުނާ

    މީނަ މިހެން ބުނާއިރު ހިތަކަށް ނާރާތަ މީނައަށް ވެސް މި ބަލި ޖެހިދާނެ ކަމެެއް. ޔާﷲ އަޅަމެން މި ބަލިން ރައްކާތެރި ކޮށްދެއްވާން ދޭ

    16
  44. އައްޑޫ ލެއި

    އީމާން ތެރިކަން ކުޑަވީމަ މިކަހަލަ ހައިވާނުންނައް ކިޔޭ ނުކިޔޭ ވެސް ނޭނގޭނެ .. އިރާދަ ކުރެއްވީއްޔާ ބޮޑުތަނުން ކަލޭމެން ވާނީ ފެއިލް

    12
  45. ޝީޒާ

    ޖަޒްބާތުގަ ޖެހިގެންވެސް ކޮސް ގޮވަނީ ކޮހާމެން.

    13
  46. ޙައްޤު

    ﷲގެ ދީނަށް ފުރައްސާރަ ކުރާ ބަޔަކަށް ކިޔޭނުކިޔޭއެއްޗެއްވެސް ނޭނގޭނެ.
    މި ޖަަހިލުކަންބޮޑު ދުނިޔޭގެ އެދުންބޮޑު ޖަމާޢަތުގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާފާނދޭވެ!!!!

  47. ބްރޯ

    ތަންދޮރު ނުދަންނަ ތިނަދޫ މީހުންބުނާފަދަ ކަނުން މަޖިލީހަށް ހޮވީމަ ދުލުން ބޭރުވާނީ މިކަހަލަ ޖުމްލަ ހަރު ބަހެއްގަ ބުނޭދޯ އެއެއްޗަކުންފެލޭނި އެ އެއްޗެއްގަ ހުރި ދިޔައެކޭ

  48. އަހްމަދު

    މިކަހަލަ ތަންދޮރުނުދަންނަ ޖާހިލުންނައް ނޭގޭނެ މުރުތައްތުވާއިރުވެސް މާދަމާއްްމަޑުނުކުރައްވައި މިހާރުންމިހާރައް ތިބާޔައްއެއައްވުރެބޮޑު މުސީބާތެއްޖައްސަވަންވެސް ﷲތަޢާލާ ކުޅަދުންވަންތަ ދުލުން ބަހެއްބޭރުކުރުމުގެކުރިން ވިސްނާލުން މުހިންމު

  49. ބުރުސް ސާލި

    އެހެންވެ މިބުނަނީ މިއީ ހެއްދެވިފަރާތެއްވެސް އެނގޭ ބައިގަނޑެއްނޫނޭ މިބައިގަނޑުފަހަތުން މިހިދަނީވެސް އިސްލާމްދީނުގެ ކުޑިފަށެއްވެސް ހަމަނެތީތަ

    10
  50. ސަން

    އެމްޕީ މުގުނީ ތަރުޖަމާން ހާދަމޮޅޭދޯ އެހެންމީހުންނަށް ބުނެދޭން

  51. ޢޭތި

    "އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރާނީ ތިޔަބޭފުޅުން ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބާފަ،" މުގުނީ ވިދާޅުވިއެވެ.. ކޮންމެވެސް މީހަކު މީނައާއިމެދު ދަޢުވާ ކޮށްބަލަ. ޢިންސާނީ ނަސްލަކަށް ނުރައްކާ ކުރާވާހަކަ މި ދައްކަނީ.

  52. ސަންސެޓް

    މިކަހަލަ މޮޔައިން މިތާގިނަވީމަ މަކަ ރުވެ ރި ހީލަތްތެ ރިންނަށް ވެ ރިކަމަށްއާދެވެނީ.

  53. ޢަލި

    މިކަހަލަ ވާހަކަ ދައްކާމީހުން ދުނިޔޭގެ އެހެންގައުމުތަކުގައި ހައްޔަރުކޮއް ހަރުކަށި އަދަބުދޭ ރައްޔިތުންގެ މަޖިލީސްގެ ރައީސް މީނާ މިވަރުގެ ވާހަކަ އެއްދެއްކިއިރު ހިނިއައިއްސައިނީތީ ވަރައްހިތާމަ ކުރަން. މީނާ މަގާމުން ވަކިކޮއް ވަގުތުން ފިޔަވަޅު އަޅަންގޮވާލަން. މީ އަހަނެ ހީކެރީ ކަހަލަ މީހެކެނުން އެއަންވުރެ މާ ދަޓެފެންވަރެގެ މީހެކެ

  54. ެަަެއެމްޑީޕީ

    މުގުނީއަކީ ފަންްގަޑެއް..ދެބޯބުރާންޗެއް..

  55. ހުވަދޫ ކަލޯ

    ތިމާޔަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭގޭ ވަރުގެ ކޮހުން ނާއި ހުރެ ބަދުނާމް ވާނީ ހޮއްވެވި މީހުނާއި ރަށް ، މި ބަވަނަ ތަރައްގީ ޒަމާނުގައި ދެނަދޫއިން މިކަހަލުގެ ކޮހުން ފެންނާތީ ލަދުގަނޭ، ހީފުޅު ނުކުރައްވާތި މުޅި ހުވަދު އަތޮޅަކީ ތިބޭފުޅާ އަދި ތެނަދޫ މީހުން ގެ ކުޅޭކުޅޭ ޑޯލް އެއް ކަމަކަށް، ބައްލަވާ ތިޔަކަހަލަ މަރުމޯލުން ތިނަދޫ އިން ފާވާތީ ތިނަދޫ ފަޅުވަނީ ، އިރެއްގައި ހުވަދު އަތޮޅުގެ ނިކަމަމެތި ރައްޔިތުން ލޭބަލް ކުރިގޮތަށް ތިޔަކަމެއް މިޒަމާނަކު ނުވާނެ ، ހަދާން ނައްތާލާ.. ހެހެހހެ

  56. އިއލަ

    ކޮންޗެކެ ކިޔާކަށް ތިޔަ ބޯބުރާންތިން މަޖްލީހަށް ވެއްދުމަށް ވޯޓްދިން ބުރާތިން ތިގޮލަޔަަށް ވުރެ ބޯބުރާންތި އމޑޕ ވެއްޖިއްޔާ އެމީހުނަށް ހެޔޮވާނެ ދީނަަށް ގައުމަށް ފުރައްސާރަ ކުރިޔަސް އމޑޕ ފިކުރުގެ މީހެއް ނޫނީ ދީނަށް ފުރައްސާރަކުރާ ބަޔަކު މިގައުމުގަ ނުތިބޭނެ އަންނިގެ އެންމެ އަރިސް ވާނިވެސް އެކަހަލގެ ބުރާންތުން ކޮބާ ދުއާދެއްވި އިލްލަބެ

  57. ހަައްގަޓެ

    ލަދަން ބޮލާހަލައިކޭގެ. ކޭކިޔާޔަދާ ދެން ބޮނަންނާ. ޕާޓިޔޭ ބޮޑެމީހާ ރުއްސަންނަންވިޔަސް ވިއްދެ ބޮޑެވަރެކެ. ހީވެންނު ތަން ނުޖެހިއެއްނެއި އެއްތެކެހެން. ދިލަން ކުފުރެވެނެވޭޭލޭސް ނުއެގެންނެއި.

  58. މޮޔަ

    އޭ ކަލޭ ބަދު ދުޢާ ނުކޮށް ހުރޭ. ކަލޭގެ އާއިލާ މީހަކަށް ޖެހިއްޖެއްޔާ ރީތިވާނީ

  59. ތަންހަތްދާރު

    ????????
    މީހުން ހިންޏާއިގެން ހަލާކުވާކަހަލަ ވާހަކަ ތިދައްކަނީ!!! ތިޔަހެން އޭނާ ބުންޏަސް، އޭނާއަކަށްވެސް އަދި ސަރުކާރަކަށްވެސް ބަޔޯހަތިޔާރު އެތެރެކޮށް ބޭނުންކުރުމުގެ ޤާބިލުކަން ހުންނާނެ ކަމަކަށް އަހަންނެއް ގަބޫލެއް ނުކުރަން!!!! އަދި ވަކިން ޚާއްސަކޮށް މިދުވަސްވަރު ތިޔަކަހަލަ ކަމެއް ކުރަން އުޅުމަކީވެސް ނާދިރު ކަމެއް!!! ދެން އެހެންވީއިރު އަޅެ ފަހެ ހިންޏެއް ނާންނާނެތަ؟؟؟ ??????????????