ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެޑްވާންސްކޮށް ވައްކަން ކޮށްފައި ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމު މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ކޮލަމްބޯގައި ކުރިއަށް ގެންދިޔަ ޚާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ދައުލަތަށް ވަންނަ ފައިސާއިން ވައްކަން ކުރާ ކަމުގައިވާ ނަމަ، ތަރައްޤީއަށް ޚަރަދު ކުރާނޭ ފައިސާއެއް ނުހުންނާނެ ކަމަށާއި، ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެޑްވާންސްކޮށް ވައްކަން ކޮށްފައި ކަމަށެވެ.

"ރައީސް ޔާމީނުގެ ސަރުކާރުން މިއަދު ވަނީ އެޑްވާންސްކޮށް ވައްކަން ކޮށްފައި، ގުޅިފައިވާ ޕާޓީތަކުގެ ވަޢުދުތައް ފުއްދާނީ ކިހިނެއްތޯ ރައީސް ޔާމީން ސުވާލު ކުރައްވާ. އެކަމަކު އެވައުދުތައް ފުއްދޭނެ ގޮތް މާ ސާފު. ވައްކަން ކުރުން ހުއްޓާލަންވީ," އިބޫ ވިދާޅުވިއެވެ.

އިދިލޮޚު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބޫ، ލަންކާގައި ދިރިއުޅުއްވާ ދިވެހިންނާއި ބައްދަލުކުރުން - ފޮޓޯ: އެމްޑީޕީ ޓްވިޓާ

އިބޫ ވިދާޅުވީ، ވޯލްޑް ބޭންކުގެ ހިސާބުތައް ދައްކާގޮތުން، ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގައި އެއްލައްކަ ސާޅީސް ހާސް ރުފިޔާގެ ދަރަނި އެޅިގެން ދާނެ ކަމުގައިއެވެ. އޭގެ އިތުރުންވެސް މުސްތަޤުބަލުގައި ރާއްޖޭގެ އިޤުތިޞާދަށް ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ބައިނަލް އަޤުވާމީ މާލީ އިދާރާތަކުން ވެސް ދީފައިވާއިރު، އެކަމުގެ ކަންބޮޑުވުންތައް ސިޔާސީ ފަރާތްތަކުން ފާޅުކުރަމުންދާ ކަމަށްވެސް އިބޫގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

" ދައުލަތަށް އާމުދަނީގެ ގޮތުގައި ލިބޭ ކޮންމެ ރުފިޔާއަކުން ހަތްދިހަ ފަސްލާރި ދައްކަންޖެހޭނީ ނަގާފައިވާ ލޯނުތައް ދައްކަން. ތަރައްޤީގެ މަޝްރޫއުތަކާއި ޚިދުމަތްތައް ފުޅާކުރުމަށް ފައިސާ ނެތިގެން އުޅެންޖެހެނީ އެހެންވެ. ދައުލަތުގެ ޚަޒާނާއިން ވަގަށް ނަގާފައިވާ ފައިސާ ހޯދުމަށް ސަރުކާރުން ބޭނުންނުވޭ. އަދި ގޮތްނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ ހަގީގަތް ހޯދުމަށް ވެސް ސަރުކާރުން ބޭނުންނުވޭ. ރައީސް ޔާމީނަކީ ހައްގަށް ބަހެއް ވިދާޅުނުވާތާ ހައްގަށް ކަމެއް ކުރައްވަން ވެސް ބޭނުންފުޅުވާ ބޭފުޅެއް ނޫން" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ރައްޔިތުން ބޭސްފަރުވާއަށް ފަންޑުފޮށި ހިފައިގެން ސަލާންޖަހަން ޖެހިފައިވަނީ ދައުލަތުގެ ފައިސާއިން ބޮޑެތި ވައްކަންތައް ކޮށްފައިވާތީ ކަމަށެވެ. އަދި އަސާސީ، ޒަރޫރީ ޚިދުމަތްތަކުން މަހުރޫމުވެފައި ވަނީ ޚިޔާނާތާއި ފަސާދައިގެ ސަބަބުން ކަމަށެވެ. އޭގެ އިތުރުންވެސް ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އާސަންދަ ލިބޭ އުސޫލުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އިބޫގެ ސަރުކާރެއްގައި އާސަންދަ ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިދިލޮޚު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބޫ، ލަންކާގައި ދިރިއުޅުއްވާ ދިވެހިންނާއި ބައްދަލުކުރުން - ފޮޓޯ: އެމްޑީޕީ ޓްވިޓާ

"ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އާސަންދައިގެ ޚިދުމަތް ލިބޭ ފަދައިން، އެއްވެސް ތަފާތުކުރުމެއް ނެތި ލަންކާގައި ތިބި ދިވެހިންނަށްވެސް އަޅުގަނޑުމެންގެ ވެރިކަމެއްގައި މި ހިދުމަތް ލިބި ދެވޭނެ،" އިބޫ ވިދާޅުވިއެވެ.

ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ކޮންމެ ޤައުމެއްގައި ތިބެގެން ބޭނުން އެއްޗެއް ކިޔަވަން ދިވެހި ދަރިވަރުންނަށް ޚާއްސަ ލޯނު ސްކީމެއް ތަޢާރަފްކުރައްވާނެ ކަމަށެވެ. އަދި އެ ލޯން ސްކީމަކީ އިންޓްރެސްޓް ކުޑަ ސްކީމަކަށް ހަދާ، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް އެސްކީމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް އިބޫ ވައުދުވެވަޑައިގަތެވެ.

އިދިކޮޅު ސަރުކާރެއްގައި ޚާރިޖީ ސިޔާސަތުތަކަށް ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އިންޑިއާ ކަނޑަކީ ދުނިޔޭގެ ސުލްހައަށް އޮތް ބިރަކަށް ނުވާނެ ގޮތަކަށް ކަންކަން ކުރައްވާނެ ކަމަށެވެ. އެގޮތުން އަވަށްޓެރި ޤައުމުތަކާއިއެކު، ޚާއްސަކޮށް އިންޑިއާ އަދި ސްރީލަންކާއާއިއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރައްވާނެ ޚާރިޖީ ސިޔާސަތަށް ގެންނަވާނެ ކަމަށްވެސް އިބޫ ފާހަގަކުރެއްވިއެވެ.

އިދިލޮޚު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބޫ، ލަންކާގައި ދިރިއުޅުއްވާ ދިވެހިންނާއި ބައްދަލުކުރުން - ފޮޓޯ: އެމްޑީޕީ ޓްވިޓާ

އިބޫ އިތުރަށް ވިދާޅުވީ މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި އަނިޔާ ނުލިބޭ އާއިލާއެއް ރަށެއް ނެތް ކަމަށެވެ. ހަތަރު އަހަރުގެ ތެރޭގައި އެތައް ޖަރީމާއެއް ހިނގާފައިވާ ކަމަށާއި އަނިޔާކުރުމުގައި އާއިލާ މީހެއް ރައްޓެއްސެއް، ރައްޔިތެއް ބެލުމެއް ނެތް ކަމަށެވެ. އަދި މިސަރުކާރުގެ އުސޫލުތަކާއެކު ޝަރުއީ ދާއިރާގެ އިތުބާރު މީގެކުރިން ނުގެއްލޭ ދަރަޖައަށް ގެއްލިފައިވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ދުވަހަކުވެސް އިންތިޚާބެއްގައި ކުރިމަތިލާން ނުކުރެވޭވަރުގެ ބައްޔަކުން ބަލިކުރާނަން. ރައްޔިތުން އެދި އާދޭސް ކުރަމުންދަނީ އިންސާފު ގާއިމުކޮށްދިނުމަށް. ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް. އެއިންސާފު އެއިޖުތިމާއީ އަދާލަތު ހޯދުމަށް އަޅުގަނޑުމެން ހައްގު މިންވަރޭ މިބުނަނީ. އެއުންމީދުގައި މަސައްކަތް ކުރަމުންމިދަނީ" އިބޫ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަލީ

    ތިކަހަލަ ކޮސްގޮވާތީ ކަލޭދެކެ މީހުން ފޫހިވަނީ.

  2. ފުތާބެއްޔާ

    ވަގުން ވައްކަންކުރާ ހޮތުން ތެޅިފޮޅެނީީ. މުލުވަގަށް ދައުރުމެދުތެރޭން ވެރިކަން ހަވާލުކުރީީ އިންޑިޔާގެ ކަޗޯރުންނާ ގުޅިގެން ގައުމު ލޫޓްވާލަން ތިއުޅެނީ

  3. ލަތީފް

    ހިންނަވަރު މީހުންވެސް މީނާއަށް ވޯޓްލާން މިހާރު ލަދުގަންނަންވާނެ. މަޖްލީހުގަ ހިންނަވަރު ތަމްސީލުކުރާތާ މިއީ 5 ވަނަ ދައުރު، އަދި މީނަގެ ފަރާތުން ރަށަށް ލިބުނު މަންފާއެއް ނެތް. ނުވިތާކަށް ރަށް ފަސާދަކުރުން ނޫން އެހެން ކަމެއް މިކަލޭގެ ނުކުރޭ.

    • ޅޮލް

      ބަލަގަ އިބޫުތަ ކަންކަން ކުރަނީ.

    • ޑިމޮކްރަޓިސްޓް

      މީނަޔަށް ދާއިރާއަށް ކަމެއް ކޮށްދެވޭނީ އެކަމުގެ ވާހަކައެއް މަޖިލިސްތެރޭންވެސް ދެއްކިގެންތާ.. އަބަދުވެސް އެތާތެރޭ އުޅެންމިޖެހެނީ ކޮންމެސް ކަންތައްގަނޑެއް ހަދާލެވޭތޯ.. ވެރިކަން ނޫންއެހެން އެއްވެސް ޓާގެޓެއް އޮވެގެންދޯ އެހެންކަމަކާ އިޅެވޭނީ.. އިބޫ ކަލޭދާއިރާމީހުން ކަލޭވަރަށް ރަނގަޅަށްދަނޭ މިހާރު.. އިރުރަށް އެމީހުންގެ ބޯކާން ނަހަދާ..

  4. ހުސޭނުބޭ

    ބޭބޭ ކޮބައިތަ ރައްކުރިއަރުވާ ކޮމިޓީތަކުގައި ހުރި 166 މިލިއަން ރުފިޔާ! ރައްޔިތުންގެ ބައިތުލްމާލުން 4.5 ބިލިއަން ރުފިޔާ ކައިލީ ޚައިރާތަށް ލިބުނު އެއްޗަކަށް ވީމާތަ؟

  5. ޢިބޫ

    ކިޔޭ ނުކިޔޭ އެއްޗެއް ނޭނގިގެން މިއުޅެނީ ހަމަ ވެރިކަމަށް ފެންބޮވާ ވަރުންނާއި ކައިރީގަ މިއުޅޭ ސޮރުމެންވެސް ބޭނުންވާގޮތްމީ.މިކަހަލަ މީހުން ކައިރީ އުޅެންޔާ ވ.ދޮގު ހަދައިގެން އުޅެވޭނީދޯ..މީ ހަމަ ފާޑެއްގެ ފިތުނަވެރި ކަމެއް..އައްނި ބުނާގޮތް މަމިހަދަނީ....

  6. ޖ

    އިބޫ ކަލޭތީބޮޑުވަގެއް

  7. ޙަމޭ

    ޢަހަރުމެނައް އޯކޭ އޭ ކަލޭމެން ވެރިކަމައް ކުރިމަތި ނުލިޔަކަސް. ދަރަނި ދެެއްކޭނެ ވެރިއެއް އެބަހުރި.

  8. ޝާ

    ކަލޯ ހާދަ މޮޅެެޭ.. ހައްހައްހާ

  9. މާމުޓާ

    ބަހުންވެސް ކަލޭ އޮޅުވާލަނީ އަސްލު ލޯނުނެގީ ކަލޭ ގޯތި ފާރު ކަންވައްކުރަން މިފަދަ ގަމާރު މީހަކަށް ކިހިނެއްވޯޓުދޭނީ ވަރައްސަލާމް .

  10. ސުމާރު

    ބަލަ މާލޭ މީހުން ގެދޮރު ކުއްޔަށްދީފަ އަރާމުގަ ލަންކާގައި ތި ތިބެނީ .އަހަރެމެން ކޮންމެ މަހަކު ލިބޭ މުސާރަ އެމީހުންނަށް އެއްކޮށް. ޢަނެއްކާ އަހަރެމެން ޖީ.އެސް.ޓީ އާއި އަނެއް އެއްސްޓީ އެއް މިދައްކަނީ، ދެންކޮން އާސަންދައެއް. ތިގޮތަށް އާސަންދަ ދެންޏާ ލަންކާ ރައްޔަތުންނަށްވެސް ދޭންވީ!w

  11. މަރީ

    އަހަރެމެން އާއިލާ އަށް އެއްވެސްއަނިޔާއެއް ނުލިބޭ ދޮގު ނަހަދާ ކުށްކުރީމަ އަދަބި ލިބޭނެ. މުއްސަންޖަސް މޮޅަސް ގާނޫން އަރާ ހަމަކުރާނެ

  12. ރައިން

    ޥެރިކަމަކީ ކޮންމެބަޔަކުވެސް ބޭނުންވެގެން މިއަދަކު އިއްޔެއަކު އުޅޭކަމެއްނޫނެވެ އެކަންމާޒީގެ ފަތް ފޮތްތަކުން ވަރައް ރަގަނޅައްފެންނާ އެބައޮތެވެ ރައީސްމައަުންގެ ދުވަސްވަރު ވެރިކަމައް އިލްޔާސް އިބްރާހިމް އައިސްފާނެއަތީ އޭނަޔާދިމާއައް ގޮވީވަގަށެވެ ރައީސްމައުމޫން ދުވަސް ނަސީދު ގޮވިގޮވެލި މިހާރުވެސް ހަދާން އެބަހުއްޓެވެ ހަމަ އެގޮތައް މިއަދުވެސް އެގޮވަނީ ވަގަށެވެ ނަމަވެސް ވޭތުވެދިޔަސާޅިސް އަހަރުގެމާޒީގައި ވަގުއަތުލެވޭ ގޮތެއްނުވެއެވެ. ޢެހެންވީ ދުރައްވިސްނާލުމުން އެގެނީ ތިއީހަމަ ފްލޯކް ވާހަކައެއްކަމެއެ

  13. ޙަމީދު ދ

    މި ނޫން އެއްޗެއް ކިޔަން ނޭނގެނީތަ. ޜައީސްކަމަށް ކުރިމަތި ލައި ކުފޫހަމަވާ ވާހކަ ދައްކަބަލަ. ޜައްޔަތުންނަށް އުއްމީދީ ޚަބަރެއް ދީބަލަ. ޖަޒީރާ ރާއްޖޭގެ ޥަހަކ ދައްކާއިރު އެރާއްޖޭގައި އޮތް މޮޅެއް ދައްކާބަކަ. ޢަނެއް ދިވެހިރާއްޖެ ވީ ފެއިލް.

  14. ޑިމޮކްރަޓިސްޓް

    އަބަދުވެސް ވައްކަމާ އަނިޔާ.. ތި ވިއްކައިގެން ކަލޭމެނަށް ލިބޭނެ ވޯޓެެއްނެތް.. ރައްޔިތުންނަށް އެބައެނގޭ މިވާގޮތްމިހާރު.. ދައްކާނެ އިތުރު ވާހަކައެއްނެތީމަ ކޮންމެސް އަނގައެއްތަޅަނީ.. އެއްވެސް ޕްރޫފެއްނެތޭ އިބޫ.. މިހާރު އެންމެނަށްވެސް އެބައެނގޭ ތަރައްގީ ގެނެވެނީ ކާކަށްކަން.. ކަލޭމެން އަބަދު ވައްކަމޭ، އަނިޔާއޭ ކިޔަކިޔާ ހަމަ ތިބެންޖެހޭނީ..

  15. އަބްދުއްލާ

    އެމްޑިޕީ ސަރުކާރުން އެޑްވާންސް ކޮށްކުރި ވައްކަންތައް ކޮބާ ؟ ސުނާމީ ގެތަކުން 60 މިލިއަން ރުފިޔާ ކަންނެލި ދޯނިފަހަރަށް . ބްލެކްމާކެޓަށް ނެރެ ދަވްލަތުގެ އާމްދަނީ ޑޮލަރު ވިއްކާ ފައިސާ ޖަމާކުރި އެކައުންޓް ކޮބާ ؟ ކަޒަކިސްތާނުގާ ހޮޓަލެއްގާ ހެދި އާޓިފިސަލް ބީޗަކަށް ރާއްޖެއިން ވިއްކި ދޮންވެލިތަކުގެ އަގަށް ދިން ފައިސާތައް ކޮބާ ؟ ބިދޭސީންގެ ޑިޕޮޒިޓް 11 މިލިއން ޑޮލަރު ކޮބާ ؟ރަށުކައުންސިލާ އަތޮޅުކައުންސިލާ ކޮމިޓީތަކުގެ ފައިސާތައް އެތައް މިލިއަން ކޮބާ ؟

  16. މުޙައްމަދު

    ރައީސް ޔާމިންގެ ސަރުކާރުން ތިބުނާ ވައްކަންކުރާ ވަރަކަށް ދައުލަތުގެ ރިޒާވް ދަނީ މައްޗަށް، ރައްޔިތުންނަށް ކޮށްދެއްވާ ކަންތައްތައްދަނީ ދުވަހުން ދުވަހަށް ގިނަވަމުން، ރައްޔިތުންގެ ތަނަވަސްކަންދަނީ އިންތިހާޔަށް އިތުރުވަމުން، އެކަން ހަޖަމު ނުވެގެން މިޤައުމު އިދަޖައްސާލަން ކިތަންމެ ސްޓާންޑެއް ޖެއްސިޔަސް ތިއަޑުއަހާކަށް ބޭނުމެއްނޫން