ދައުލަތުގެ މީޑިޔާ ޕީއެސްމުން ރިޔާސީ އިންތިޚާބަށް ކުރިމަތި ލައިފައިވާ ކެންޑިޑޭޓުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ބަހުސް ކެންސަލް ކޮށްފައިވަނީ ކަނޑައެޅިގެން ރައީސް ޞާލިހް ނުފޫޒު ފޯރުވައިގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މި ބަހުސް ބޭއްވުމަށް ޕީއެސްއެމް އިން ކަނޑައެޅި ތާރީހަކީ އަންނަ ހުކުރު ދުވަހުގެ ރޭ 21:00 އިން 23:00 އަށެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި ރ އަތޮޅު ދުވާފަރަށް ވަޑައިގަތުމުން އެ ރަށުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ މީގެ ކުރިން ވެސް ރައީސް ޞާލިހް ބަހުސަކަށް ފިއްލެވިކަމަށް ވިދާޅުވެފައެވެ.

ރޭ އުނގޫފާރުގައި ބޭއްވި އިދިކޮޅު ޖަލްސާގައި - ވަގުތު އިމޭޖްސް: މުހައްމަދު އަލިފް

"މިއަދު އަޅުގަނޑުމެންނަށް މި އަޑު އިވުނީ ޕީއެސްއެމް، ޕަބްލިކް ސާވިސް މީޑިޔާ ކުއްލިއަކަށް މި އަންނަ މަހުގެ އެއްވަނަ ދުވަހު އޮތް ރިޔާސީ ބަހުސް ކުއްލިގޮތަކަށް ކެންސަލް ކޮށްލައިފި. މިދިޔަ އަހަރު މިއަދު މި ހުންނެވި ރައީސް، އެ ބަހުސަކަށް ވަޑައިއެއް ނުގެންނެވި. މަންޒަރު ސާފު. ދިވެހިރައްޔިތުން ތިބި މަންޒަރު ސާފު. ރޭހުގައި ބައިވެރިވާ ބޭފުޅުން ވެސް އެމަނިކުފާނަށް ފެނިވަޑައިންނަވާ. ޖެހިލުންވަނީ. ތުރުތުރު އަޅަނީ. މި ކުރެއްވި ކަމަކީ މިފަހަރު ވަޑައި ނުގަންނަވާކަށް ނުނިންމެވި. ބަހުސްވެސް ކެންސަލް ކޮށްލައިފި. ނުފޫޒުން ބަހުސް ވެސް ކެންސަލް ކޮށްލެއްވީ. ތިބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގެންނަވާނެ، ޕީއެސްއެމަށް ދައުލަތުގެ މީޑިޔާ އަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ނުފޫޒު އޮތް މިންވަރު.". ބަހުސްގައި ބައިވެރިވެ ވަޑައިނުގެންނެވުމަށްޓަކައި ރައީސް ޞާލިހް ބަހުސް ކެންސަލް ކޮށްލެއްވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެހެންކަމުން ގެއްލިގެން އެދިޔީ އެހެން ކެންޑިޑޭޓުންގެ ހައްގުތައް ކަަމަށް ޝިޔާމް ވަނީ ވާހަކައިގައި ފާހަގަކުރައްވާފައެވެ.

"ކޮބައިތޯ އެހެން ކެންޑިޑޭޓުންގެ ހައްގު، އެހެން ކެންޑިޑޭޓުން އެ ތިއްބެވީކީ ވައްކޮށް ރޮށި ފިހާ ވާހަކަ ދައްކަވާކަށް ނޫން ނިކުމެވަޑައިގެން. ނޫނީ ބިސްގަނޑު އަޅާ ވާހަކައެއް ނޫން.".

ރޭ އުނގޫފާރުގައި ބޭއްވި އިދިކޮޅު ޖަލްސާގައި - ވަގުތު އިމޭޖްސް: މުހައްމަދު އަލިފް

މިގޮތުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ނުކުމެވަޑައިގެންނެވީ ތަސައްވަރަކާއެކީގައި ކަމަށާއި، ރައްޔިތުންނަށް ކިޔައިދެން ހުންނެވި ވާހަކަތައް ޖައްސަވަން ހުރި ހިސާބުތައް އޭނާއަށް އެނގިވަޑައިގަންނަވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

".އެ ފަރަގު ރައްޔިތުންނަށް އަންދާޒާ ކުރަން ރައްޔިތުންނަށް ފަސޭހަ ވެގެން ދިޔައީސް.".

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދިވެހި މުސްކުޅިން

    ތިޔަ ބަހުސްއަކަށް ބޭނުމެއްނޫން ބަހުސް މިހެރަ ފެންނަނީ މުޅިގަމުގެ ރަށްތަކުން ކޮށްދެވޭ ކުރިއެރުމުން އަދި ބަހުސަކުން ޕިންކު ކުދިން ފާސްނުވާނެ ކަން ދައްކައިދެނީ ޔާމީނު ޖަލުގާ އޮތުމުގެ ހަގީގަތުން

    1
    19
  2. ވަށަފަރު ޒާހިރު

    ސިޔާމު ކަލޭ ހާދަ ދިޔާވެގެންނޭ ދޯ ތިއުޅެނީ ކަލޭ ކިތަންމެ ވަރަކަށް ފެލުނަކަސް މުއިއްޒުގެ ލިސްޓުގަ ކަލޭ އޮތީ ވަރަށް ފަހަތުގަ ކަލެއަކީ މުއިއްޒު ބޭރުކުރަން އުޅުނު މީހެއްކަން ވަރަށް ސާފުކޮން އެނގެން އޮބެއް އެކަން މުއިއްޒު ހަނދާނަކުން ނުދޭ ....

    3
    14
  3. ރައްޔިތުން

    ފިނޑި ޗޯރޭއަށް ވާނެ ވަރު އެއީ. އޭނަޔަށް ކިރިޔާވެސް ވަންޏާ މުޅި އިލެކްޝަންވެސް އޮޅާލާފަ އަމިއްލަޔަށް ހޮވިގެން ކަމަށް ހެދިގެން ހުންނާނީ

    18
    1
  4. މުޙައްމަދު

    ސުވާލުތައް ކުރިޔާލާ ނުލިބުނީމަ ބޮޑާ ހޭކީ

    17
  5. ނިހާދު953

    ފިނޑި ރައީސް ނިމެނީ

  6. އޮރެންޖް

    ސަންގުންވެސް ވަނީ އަމިއްލަ ކެންޑިޑޭޓުން ޑިސްކްރިމިނޭޓްކޮށްފަ ބަހުސަށް ދައުވަތުނުދީ

    3
    1