ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިއުމަށް ދެން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނީ ރިޔާސީ އިންތިހާބަށް ފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނިމިގެން ދިޔަ ދައުރު ޖޫން 22ގައި ނިންމައި ޗުއްޓީއަށް ދިޔަ ފަހުން އަލުން ޖަލްސާތައް ފެށީ މިދިޔަ ހޯމަ ދުވަހުގައެވެ. ނަމަވެސް މަޖިލިސްގެ ޖަލްސާތައް އަދިވެސް ކުރިއަކަށް ނުގެންދެވެއެވެ. އެންމެ ފަހުން ބޭއްވި ދެ ޖަލްސާގައި ކޯރަމް ހަމަނުވުމުގެ ސަބަބުން ކުރިއަކަށް ނުގެންދެވުނެވެ.

ލ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރޭ ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން މަޖިލިސް ކުރިއަށް ގެންދިއުމަށް ދެން ކުރަންޖެހޭ ކަންތައްތައް ރާވާ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށެވެ.

"އެހެން ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރުގައި މީގެ ކުރިން ވެސް ހަފްތާއެއް ދެ ހަފްތާއަކަށްވީމަ ރައްޔިތުން މަޖިލީހުގެ މެންބަރުން މި އުޅުއްވަނީ ކެމްޕެއިންގައި.". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޖިލިސް ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކެމްޕެއިނާއި ރިޔާސީ އިންތިހާބުގައި ވޯޓުލާ ނިމެންދެން މަޑުޖައްސާލާފައިވާ ކަމަށެވެ. އިއްތިހާބަށް ފަހު ކުރަންޖެހޭ ކަންތައްތައް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"މަޖިލީހުގެ ތެރެއިން އެކަން ނުކުރެވޭ ކަމަށްވާނަމަ ދެން އޮންނާނީ ކޯޓުގެ ތެރެއިން ހައްލެއް ހޯދުން. އެކަން ކުރައްޖެހިއްޖިއްޔާ އެކަން ވެސް ކުރާނީ،". ރައީސް ވިދާޅުވިއެވެ.

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެެކުލަވާލުމުގެ މަސައްކަތެވެ. ނަމަވެސް އެމްޑީޕީން ވަކިވެ އަލަށް އުފެއްދި އެ ޕާޓީއާ ގުޅިވަޑައިގަތް ބޭފުޅުންގެ ތެރެއިން އެކަން މަޖިލީހަށް އެންގެވީ އެންމެ ތިން މެމްބަރުން ކަމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ނަޝީދު ވިދާޅުވިއެވެ.

އެހެންވެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އަދި މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން އަޑުގަދަ ކުރައްވާތީ މަޖިލިސް ކުރުކޮށްލައި ނިންމާލިއެވެ. އަދި ޖެހިގެން އައި އަންގާރަ ދުވަހު ވެސް މެމްބަރުން އަޑު ގަދަކުރާތީ މަޖިލިސް ކުރިއަށް ނުގެންދެވި ޖަލްސާ ވަކި ހިސާބަކުން ކުރުކޮށްލައި ނިންމާލިއެވެ.

މިހާރު މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގައި 57 މެންބަރުންނާއި ޑިމޮކްރެޓްސްގައި 13 މެންބަރުން، ޕީޕީއެމްގެ ފަސް މެންބަރުން، ޕީއެންސީ އަދި އެމްއެންޕީގައި ތިން މެންބަރުންގެ އިތުރުން، ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭގައި ދެ މެންބަރުންނާ އެކު ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުއިއްޒޭ ބޭނުމީ

    މަޖިލިސް ފެއިލްވުމުގެ ޒިންމާ މުޅި ކޯލިޝަނުން ނަގަންޖެހޭ. ގައުުމު ހަލާކުވަމުން މިދަނީ ކަލޭމެނާ ހެދި. މިފަހަރު މުއިއްޒު ގެނެސް މިކަން ހަމަޔަކަށް އަޅުވާނަން އިންޝާﷲ

    28
    3
  2. އެއްކަލަ މީހާ

    ތިއީތޯ ސަރުކާރު ހިންގެވުމުގެ ވިސްނުން ގެންގުޅުއްވާނެގޮތަކީ. ދައިލަތުގެ އެއްބާރު އަނދަގޮޑީގައި ބާއްވައިގެންތޯ؟

    25
    3
  3. ހުސޭނުބޭ

    އެއީ ފޮށިތަންމަތި ބަނދެގެން ފިލައިގެން ދިއުން!

    30
    3
  4. އަބް

    މަނިކުފާނު ބޭނުންފުޅުވެގެން މަޖްލިސް ކުރިއަށް ނުގެންދަވާކަން އެގި ޔަޤީންވީ

    28
    2
  5. ރައްޔިތުންނަށް ބޯން ދިނީދޯ ރީތިކޮށް…ކަލޭމެން ތިމަންނަ ހޮވީމައޭ ދެން ތިމަންނަ މަޖްލިސްވެސް ކުރިޔަށް ގެންދާނީ…ނޫނީ ނުކުރާނަމޭ…ނަކަސްތަޅަން ފެށީމާ އަނބީމީހާވެސް ފޫހިވާތަން އާދޭ ދޯ…މިފަހަރު އެހެންކަމަށްވެސް ވެދާނެ…

    15
    2
  6. މާރިޔާ ބާރަށް

    "މަޖިލިސް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތް ކުރާނީ އިންތިހާބަށް ފަހު - ރައީސް"
    އިންސާﷲ އޭރުގަ ހުންނަވާނީ ހުރިހާބާރެއްކެޑިފަ.

    24
    2
  7. ކަޅޭ

    انشالله މިފަހަރު ޑރ މުއިއްޒު އެއްބުރުން ހޮވާނަން ދެވަނަ ދައުރެއްނެތް

  8. ނަމަ

    ރައީސް ހުރިހާކަމެއްވެސް ކުރަން މިއުޅެނީ އިބިލީސް ކައިވެނި ކުރަން އުލޭ އުސޫލުންބާ؟