ދެ ފަހަރުވެސް އެމްޑީޕީގެ ވެރިކަން ހަލާކުކޮށްލީ މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަމަަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު އެގޮތަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕޭންއަށް ރ. ދުވާފަރަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި އުފެދުނު ދެ އެމްޑީޕީ ސަރުކާރަށް ބަލާއިރު އެ ދެ އެމްޑީޕީ ސަރުކާރުވެސް ހަލާކުވެގެން ދިޔައީ ހެދި ގޯސްތަކުގެ ސަބަބުން ކަމަށެވެ،

އޭގެ ތެރެއިން އެންމެ ފުރަތަމަ ސަރުކާރު ހަލާކުވެގެން ދިޔައީ މިހާރުގެ ޑިފެންސް މިނިސްޓަރު ހުންނަވައިގެން ހިތާ ހިތުގެ ގުޅުމަކަށް މުޅި ސަރުކާރު ހަރާބުކޮށް ސަރުކާރު އެގޮތް މިގޮތަށް ދޫކޮށްލުމުން ކަަމށް އަލީ ވަހީދު ވިދާޅުވި އެވެ.

"އަނެއްކާވެސް ހަމަ އެކަމަނާ [މާރިޔާ] ހުންނަވައިގެން ބޮރިޔާނި ތެއްޔަކަށް މުޅި ގައުމު ވިއްކާލީ. އެހެންވީމާ އެ މީހުން ބާލަން ޖެހުނީމަ އަޅުގަނޑުމެން މި ނުކުތީ އެ މީހުން ބާލަން ބަދަލުކުރުން. އެހެންވީމާ ރާއްޖޭގެ ރައްޔިތުން މި ދުފާވަރުގެ ބަނދަރުން މި ދައްކައިދޭ މަންޒަރަކީ ސެޕްޓެމްބަރު ނުވައެއްގައި މި މިސްރާބު އެނބުރިގެން ދާނީ ސެޕްޓެމްބަރު ނުވައެއްގެ މި ސަރުކާރު ނުޖަހާ ހިސާބުތައް ތެދުވެގެން ދާނީ. " އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖެ އަޅުވެތިވާކަށް އަދި ދިވެހީންނަކީ ދެވަނަ ދަރަޖައިގެ މީހުންނަށް ވާން ބޭނުން ނުވާ ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން މިއަދު އެދިއެދި ގޮވަނީ މި ރ. އަތޮޅުންނާއި ދުވާފަރުން ގޮވަނީ ގައުމު ހަމައަކަށް އެޅުވޭނެ ލީޑަރަކަށް އެއީ ގާސިމް އިބްރާހިމްކަން އަޅުގަނޑުމެންނަށް ސާފުވެގެން މި ދިޔައީ." އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު މާރިޔާއަށް ފާޑު ވިދާޅުވި އިރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ޖުމްހޫރީ ޕާޓީގެ ރިޔާސޫ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވެސް ދަނީ ކެމްޕޭންގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖ

    ޢަލީވަހީދު ވިސްނަވާ ތިކަން ހިނގާނީ ތިމަގުން ނޫންތޯ؟ 500 ކުދިންގެ އާބާދީ ހަމަނުވާ ސްކޫލުތަކުގައި ޑެޕިއުޓީ ޕްރިންސިޕަލުންނާއި އެސިސްޓެންޓް ޕްރިންސިޕަލުން ވަކިކޮށް އެޑްމިނިސްޓްރޭޓަރުންނަށް ބަދަލުކޮށްފައި މަޤާމު ދައްކުރީ. އިނާޔަތްތައްވެސް ކަނޑާލީ. އެކަމަކު އެޑްމިނިސްޓްރޭޓަރުން އަދާކުރަންޖެހެނީ ޑެޕިއުޓީ ޕްރިންސިޕަލުންނާއި އެސިސްޓެންޓް ޕްރިންސިޕަލުންގެ ޒިންމާތަކާއި ވާޖިބުތައް. ނުވިތާކުން މަހަކު 36000.00 ރުފިޔާ ލިބޭ ޕްރިންސިޕަލުގެ ޒިންމާވެސް އަދާކުރަން ހަވާލުކުރަނީ އެޑްމިނިސްޓްރޭޓަރުންނާ.

  2. ނަމަ

    ސުކުރު ކޮއްބަލަ މާރިޔާ އަލީ ވަހީދު ހަލާކުކޮއްނުލާ ހުރީތީ

  3. ކާޅު ބާޒުު

    ބޮޑު ގޮހޮޑާ ވާހަކަ....

  4. ސަލް

    ޑަކައިޓު، (ވިޗް) އަންހެނުން ކައިރިކުރީމާ ހަލާކުނުވާއެކައްޗެއްވެސް ނެތް. ހަމަޔަގީނުންވެސް އެމީހުންގެވިސްނުން ހުންނަނީ ފަސާދަކުރުންނޫން އިތުރު ކަމަކަށްނޫން

  5. ސިރީ

    ޢޭނަ ޕުރެސްދޭ ކޮއްމެދުވަހަކު އޭނަދައްކާވަހަކަ އިންއެތައްބަޔަކުނުރުހުންވެ ވޯޓްނުދޭންނިއްމާ މިގޮތުން ކުރިންދޭންހިތުގައޮށް ވޯޓްއަދި ދެން ތިބިބައެއްގެވޯޓްވެސް މުއީޒްއައްދޭން މިއަދު. ނިއްމާފިން ކުރިންދޭންބުނި ވޯޓްކެންސަލް ނަފްރަތަކައްވޯޓެއްނުދެވޭނެ ހުރޭ 2015 ނޫސްތަކުގަހެޑިންކިޔާލަން ލއަތޮޅުން ނަގާފަހުރިބުންތަކުގަ

  6. ޕޮގުބާ

    ސިކުނޑި ހަމަޖެހޭމީެއްނޫން ގާސިމް އެއި މަމިހިރީ ހައިރާހައިރާންވެފަ ގާސިމްގެ ކެނޑިޑޭސީ އިލެކްސަނުން ބަލައިގަތީމަވެސް

  7. ގެރިމޯދީ

    މާރިޔާ ހައްޔަރު ކުރޭ