މި އަހަރުގެ ރިޔާސީ އިންތިހާބަށް 2000 އައިޑީ ކާޑު ބިދޭސީންނަށް ސަރުކާރުން ހައްދައިދީގެން އުޅޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ތުހުމަތުކުރައްވައިފިއެވެ.

ރޭ އިދިކޮޅުން ޅ.ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝިޔާމް ވިދާޅުވީ މި އިންތިހާބުގައި ސަރުކާރުން ވަގު ހެދިޔަ ދީގެން ނުވާނެ ކަމަށެވެ. މި ގައުމުގެ ހުރިހާ އުންމީދެއް ގުޅިފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭ ނައިފަރުގައި ބޭއްވި އިދިކޮޅު ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަލިފު

ޝިޔާމް ވިދާޅުވީ މިއީ ސިޔާސީގޮތުން ނަގާ ވޯޓެއް ނޫން ކަމަށެވެ. މިއީ ގައުމީ މަސްލަހަތު ގުޅިފައިވާ ވޯޓެއް ކަމަށާއި ރާއްޖޭގެ މި ފަސްގަނޑުގައި އަޅުގަނޑުމެން ތިބެންވީ ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގަތޯ ނޫނީ ރާއްޖޭގެ ފުރަތަމަ އެއްވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައިތޯ މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނިންމަންޖެހޭ ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެވަނަ ބުރަކަށް ނެތް މަޑުކުރެވޭކަށް. ދައުލަތުގައި ފައިސާއެއްވެސް ނެތް. މި ސަރުކާރަކީ އާމްދަނީ ހޯދަން އެނގޭ ސަރުކާރެއް ނޫން. ދެވަނަ ބުރު ބާއްވައިފި ކަމަށްވަންޏާ ރާއްޖޭގެ އެއްވެސް ޕާޓީއަކަށް ދެވަނަ ބުރެއް އަތެއްނުވާނެ. އެހެން ބަޔަކު ދެވަނަ ބުރު ގެންދަނީ. މިހާރު ވެސް މި ފެންނަނީ ދާހިލީ އިންތިހާބަށް ބޭރު ގައުމުތަކުން އިންތިހާއަށް ނުފޫޒު ފޯރުވާތަން. އަޅުގަނޑުމެން އެބަޖެހޭ ފޮށިތައް ވަރަށް ރަނގަޅަށް ބަލަހަށްޓަން. އަޅުގަނޑުމެން އެބަ ޖެހޭ ދައުރުކުރާ ފައިސާއަށް ފާރަވެރިވާން. އެ ފައިސާ ކުޑަ ދޮރުތަކުން އަޅުގަނޑުމެންގެ ގޭގެއަށް ވަނަ ނުދޭން އެބަޖެހޭ ދޮރުތައް ބަންދުކުރަން. ރާއްޖޭގެ ރައްޔިތުންނަކީ އެފަދަ ފައިސާއެއްގައި ހިއްޕަވާނެ ބޭފުޅުންނެއް ނޫން." ޝިޔާމް ވިދާޅުވިއެވެ.

މިރޭ ނައިފަރުގައި ބޭއްވި އިދިކޮޅު ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަލިފު

ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށްގެން އިންތިހާބަށް އިންތިހާއަށް ނުފޫޒު ފޯރުވަމުން ގެންދާކަން ކަމަށް ވިދާޅުވިއެވެ. ޝިޔާމް ވަނީ ކުންފުނިތަކާ މުޅި ދައުލަތް ވެގެން ރިޔާސީ އިންތިހާބަށް ފޯރުވާ ނުފޫޒު ގާތުން ބެލުމަށް އިލެކްޝަންސް ކޮމިޝަނަށް ވެސް ގޮވާލާފައެވެ.

"މި އިންތިހާބުގައި ދިވެހި ރައްޔިތުންނާއި ގައުމު ސަލާމަތްކުރުމުގެ ބާރު މި އޮތީ ރައްޔިތުންގެ އަތުގައި. ރައްޔިތުންލާ ވޯޓުގެ ސައްހަކަން ކަށަވަރުކުރަން ޖެހޭނީ މިއަދު ދިވެހި ރައްޔިތުން. ކޮންމެ ބޭފުޅެއްވެސް ވޯޓުލައްވާފައި ގެއަަށް ވަޑައިނުގެން، ވޯޓު ފޮށި ދަށުގައި ވޯޓު ގުނާ އިއުލާނު ތަށްކުރަންދެން އެ ހިސާބުގައި މަޑުކުރައްވާ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭގެ އައިޑީ ކާޑު ޔުނިޓުން 2000 އައިޑީ ކާޑު ބޭރު މީހުނަށް ހަދައިދީގެން އުޅޭ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ރަށްރަށުގައި ރަޖިސްޓްރީވެފައިވާ ރަށްޔިތުން އެ ރަށްރަށުގެ ބޭފުޅުންނަށް އެނގޭނެ ކަމަށާއި ރާއްޖޭގެ ރަށްތަކުގައި އެހެން ގައުމުގެ ރައްޔިތުންނެއް ދިވެހި އައިޑީކާޑު ހިފައިގެން ނޫޅޭނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިކަމަށް ރައްޔިތުން ސަމާލުވުމަށް ޝިޔާމް އިލްތިމާސްކުރެއްވެވިއެވެ.

މިރޭ ނައިފަރުގައި ބޭއްވި އިދިކޮޅު ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަލިފު

ރައްޔިތުންގެ ބައިތުލްމާލު ރައީސް ސޯލިހް ވަނީ ވައްކަންކޮށް އެއްކޮށް ހުސްކޮށްފައި ކަމަށާއި ރައްޔިތުންލާ ވޯޓުން އިތުރަށް ވައްކަން ކުރަން ވިސްނުމަކީ އެއީ ގޯސްވިސްނުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ރައްޔިތުން ތިބީ ރިޔާސީ އިންތިހާބު ވަގަށް ނެގުމުގެ ފުރުސަތު ދޭކަށް ނޫންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޢަހޫތަ

    ކުރީފަހަރު އަގޮޓިތަކެއް މިފަހަރު ކާަޑުތަކެއް.ވަގުންނަށްއަބަދުވެސްހީވާނެ މިހެން. ނައިފަރި ފެނަކައަށް 18ރުފިޔާއަށް ތެޔޮލިތަރެއް ނުވިއްކޭތީމިހާރު މިހުރީ ބޯބުރާންތި ވެފަ

    13
    12
    • ޒައިކާ

      މުޅިންވެސް އެކަހަލަ ތާކުން ތާކުން ނުޖެހޭ ގުނބޯ ވާހަކަ ދެއްކުމުގަަ ތިބޭނީ.. ކުޅަނދު ހަމަނޫން މީހުން އެބައި މީހުންގެ މެޖޯރިޓީއަކީ... ދެން ތިބިމީހުން އެހާ ގަމާރެއް ނުވާނެ..

  2. ކޯޑިނޭޓަރު

    ސިޔާމޫ ދޮގުވާހަކަ ފަތުރައިގެން ވާނީބަލި ތަންކޮޅެއް ރަނގަޅު ވާންއެބަޖެހޭ

    8
    8
  3. ކޯޑިނޭޓަރު

    ސިޔާމޫ ދޮގުވާހަކަ ފަތުރައިގެން ވާނީބަލި ތަންކޮޅެއް ރަނގަޅު ވާންއެބަޖެހޭ.

    6
    8
  4. ގަކަން

    ގަބޫލް ނުކުރެވޭ ވާހަކައެށް ތިޔަބުނީ ހިއެށްނުވޭ ތިކަން ތިޔަގޮތަށް ކުރާނެހެން…

    6
    8
    • އެނޮން

      ވަރަށް ފަހުން އެ ބިން ދިނީ އިންޑިޔާ މީހަކަށް... ނިދާފަ ދޯ ތިބެނީ

  5. މޯޑް

    ކާޑްތައް ތެޔޮ ލީޓަރަކަށް ހަދާ ދިނީ ސިޔާމޫ އޭ

    6
    5
  6. Anonymous

    ބަލިވާނެ ކަމުގެ އަލާމާތްތައް ފެންނަން ފަށައިފި. މިމީހުންނަށް ވުރެން ބޮޑު އޮޅުވާލާ މަކަރުވެރި ބަޔަކު އެބަ އުޅޭބާ! ނެރިގެން އުޅެނީ ޕީއެންސީ ކެނޑިޑޭޓެއް، ޕޯސްޓަރުގައި ޕީޕީއެމް ލީޑަރު، ކެނޑިޑޭޓްގެ ލޯގޯ ޕީއެންސީ، މުޅިބަނދަރުގައި ދަމަނީ ޕީޕީއެމް ދިދަ،

    8
    8
  7. ޔާމީން

    ބަލިވާނެ ކަމުގެ އަލާމާތްތައް ފެންނަން ފަށައިފި. މިމީހުންނަށް ވުރެން ބޮޑު އޮޅުވާލާ މަކަރުވެރި ބަޔަކު އެބަ އުޅޭބާ! ނެރިގެން އުޅެނީ ޕީއެންސީ ކެނޑިޑޭޓެއް، ޕޯސްޓަރުގައި ޕީޕީއެމް ލީޑަރު، ކެނޑިޑޭޓްގެ ލޯގޯ ޕީއެންސީ، މުޅިބަނދަރުގައި ދަމަނީ ޕީޕީއެމް ދިދަ،

    6
    6
  8. ނައިފަރު

    ދޮގެއްވިއްޔާ ހަދާތި.. ދާއިރާގެ ރައްޔިތުންނަށް ވެސް ޝިޔާމް ހަދަނީ ދޮގު... ގުޅީމަ ފޯނުވެެސް ނުނަގާ..

    9
    5
  9. ދޫ ވާނުވާތީ ކޮންމެ އެއްޗެއްވެސް ކިއިދާނެ

    ސިޔާމްމެންގެ ދޫ ވާނުވާތީ ޤައުމުގައި ފިތުނަ އުފައްދަން ކޮންމެފަދަ އެއްޗެކޭ ވެސް ކިއިދާނެ އެވެ.

    9
    8
    • ކިނބޫ

      ކަލޭމެން ހެދި ދޮގުތައް ކޮބާ... ކަލޭމެން ލަދެއްނުގަނޭ ދޯ... ދައުރު ތި ނިންމަނީ ވީކަމެއް ނެތް

  10. ޏުއަ

    ތިޔަކަހަލަ ދޮގު ހަބަރު ނުފެތުރުމަށް ގޮވާލަން

    1
    1
  11. އިޝާން

    މިބުރާންތިން މި ދައްކަނީ ތެދު ކަމަށް ޤަބޫލު ކުރާ ބަޔަކު އުޅޭތީ އަޖައިބުހީވޭ. ޢަވަދިވެދާނެ. މިކަހަލަ ދެއުޅި އެއްނުވާ ވާހަކަ ދެއްކިޔަސް ކުރާނެ ކަމެއްނެތް ހަމަ އަތްޖަހާނެ ބަޔަކު ތިބޭނެ.

  12. ކަދުރޭ

    މަކަރު އާއި އޮޅުވާ ލުމާއި ވައްކަމާއި މި.ހުރިހާ ނުބައި ކަންތަ ކުރުމައް ހިތްވަރު ދީގެން ހުރިހާ ދުވަހަކު ކާމިޔާބެއް ނުލިބޭނެ. މިބައި މީހުންގެ މެނި ފެސްޓޯ. އިންޑިއާ އައުޓު.ޝިއާރަކީ ހަރާމު ހުކުމެއް. ލައިވްކޮއް ހުރިހާ ކަމެއް ރައިއްޔަތުންނަ އެގޭ. މިލިއަންޑޮލަރުގެ ޗެކްތަކެއް އަމިއްލަ އެކައުންޓައް ޖަމާކޮއް އެފައިސާތައް ލޯންޑަރ ކުރިކަމައް ޝައްކެތްނެތް މިންވަރައް ސާބިތުވޭ. އެކަމަކުވެސް ގޮވާނަގީ ހަރާމް ހުކުމެއް. އަޅެފަހެއް ހަލާލެއް ހަރާމެއް ވަކި ކުރަންނޭގެނީތަ؟

  13. މަޖީދު

    ސިޔާމަކީ ބޮންދެއް އެހެންވީމާ ސިޔާމް އަތުގައި އޮންނާނީ ބޮންދެއްކަން އަންގައިދޭ ކާޑެއް

  14. ހުސެންރަހާ

    ބަލަ ކަލޭމެންނައް ނޭންގޭތަ ޕީޕީއެމް ޕީއެންސީ ލީޑްކުރައްވަނީ އެއްބޭފުޅެއްކަން އެއީ ސީދާ ރައީސްޔާމީންގެ ބެއްލެވުމުގެ ދަށުންކަން ރަނގަޅު މިފަހަރު ޕީޕީއެމް އަކުން ރިޔާސީ އިންތިޚާބުގަ ބައިވެރިއެއްނުވޭ އެއީ ޕީޕީއެމްގެރިޔާސީ ކެންޑިޑޭޓް ނުހައްގުން ޖަލުގައިހުރީމަ މިފަހަރު ރިޔާސީ އިންތިޚާބުގަ ބައިވެރިވަނީ ޕީއެންސީ އެއީ ސީދާ ރައީސްޔާމީންގެ އެންގެވުމައް އެހެންނޫންނަމަ ޕީއެންސީއަކުންވެސް މިރިޔާސީ އިންތިޚާބެއްގަ ބައިވެރިނުވީސް ހަންފަތުރަން މީހުން ދައްކާ ވާހަކަ އަޑު ނުއައްސަވާ ހުރިހާބޭފުޅުންވެސް ކެންޑިޑޭޓް ނަމަބަރު 4 ޑރ
    މުޙައްމަދު މުއިއްޒު އަދި މުޙައްމަދު ލަތީފް/ސެމްބެއައް ވޯޓް ދެއްވާ މިޤައުމުގެ ވެރިކަމައް އިންތިޚާބުކޮއްދެއްވާ

  15. އަންހެނެކޭ

    ވަތަން އެދޭ ގޮތަކީ ވަތަން އަށް ލިބިފަިއވާ އަގުހުރި ޖަވާހިރު ކަމަށްވާ ގާސިމް އިބްރާހިމް ރާއްޖޭގެ ހާކިމާގެ މަގާމަށް ގެނެސް އެމަގާމް ގައި މިހާރު ހުރި ބަނޑުއަކިރި ނަގާ އެއްލާލަންވީއޭ އެއިރުން މިރާއްޖެ އިންޑިއާ އަށް ދަރާ އޮތް 2 ބިލިއަން ޑޮލަރުގެ ދަރަނިން ރާއްޖެ ސަލާމަތް ކޮށްދޭނެއޭ ދަރަނި ދެއްކުން ލަސްނުކޮށް އެކަން ގާސިމް ކުރާނެއޭ މާލެ ސަރަހައްދުގައި އޮތް ގާފަރު ފަޅު އެއްކޮށް ހިއްކާ އެތަނުން 1 ހެކްޓަރުގެ 10 ހާސް ބިން ބިމެއް 10 މިލިއަން ޑޮލަރަށް ވިއްކާލައިގެން މިކަން ކުރެވޭނީ ހަމައެކަނި ގާސިމް އިބްރާހިމް އަށޭ މުއިއްޒު އަށް މިގައުމު އަރަނި ނުކުރެވޭނެއޭ