އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު ޗެލެންޖަކީ މި ސަރުކާރު ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅު ތެރޭގައި ރަށްތަކަށް މުއިއްޒު ކުރައްވާ ދަތުރުތަކުގެ ތެރެއިން "ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އިންތިހާބާ ދިމާކޮށް ސަރުކާރުގެ ހުރިހާ ރިސޯސްއެއް ބޭނުން ކުރާ ވާހަކައަކީ އެންމެން ވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ.

މުއިއްޒު ޒުވާނަކާ އެކީގައި ސެލްފީއެއް ނަންގަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

އޭގެ އެއް މިސާލެއްގެ ގޮތުގައި މުއިއްޒު ނެންގެވީ، ސަރުކާރުގެ ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ބަޔަކަށް ދެމުން އަންނަ ވަޒީފާއެވެ. މި ކެމްޕެއިންގެ ތެރޭގައި ކުންފުނިތައް ވަރަށް ބޮޑަށް ބޭނުން ކުރަމުން އަންނަ ކަމަށް ވެސް މުއިއްޒު ވަނީ ތުހުމަތު ކުރައްވައިފައެވެ.

"އެހެންވީމަ، ސަރުކާރު އެއީ (ޗެލެންޖަކީ). ސީދާ އަޅުގަނޑު ބޭނުމެއް ނުވޭ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވާހަކައެއް ދައްކާކަށް. ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ކަންކަން ކުރެވޭނެ. ކަންކަން ކުރަމުންދާ ތަން ވެސް ފެނޭ،" މާލެ ސިޓީގެ މޭޔަރު ކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުގައި ކޮންމެ ބަޔަކު އޮތަސް، އަބަދުވެސް އެންމެ ޗެލެންޖިން ވާނެއެވެ.

"އެމީހުންގެ ރިސޯސް ހުންނާނެ. އެމީހުން ނުފޫޒު، ނުގަވައިދުން ބޭނުން ނުކުރިޔަސް، ވިޔަފާރިވެރިންނަށް ފޯރުވޭނެ ދަތިތައް ވެސް ހުންނާނެ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ލ. އަތޮޅަށް ވަޑައިގެންނެވުމުން އޭނާއާ އެކުގައި ބަޔަކު ފޮޓޯ ނަގަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

މުއިއްޒު ވިދާޅުވީ ބޮޑެތި ވިޔަފާރިވެރިންނާއި އެހެނިހެން ވިޔަފާރިވެރިން ވެސް އެ އޮންނަ ސަރުކާރެއް ދެކެ ބިރުން ވިޔަސް، ނޫނީ ކޮންމެވެސް ކަހަލަ ވިސްނުމެއްގައި ދޭ އެހީތެރިކަން ވެސް ބޮޑުވާނެ ކަމަށެވެ. ނަމަވެސް ސަރުކާރަށް އޮތް ތާއީދަށް ވުރެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް އޮތް ތާއީދު ބޮޑު ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ ސެޓަޕް އޮންނަ ފަރާތް ޗެލެންޖިން ވާނެ. އެކަމަކު، އެއަށް ވުރެ އަޅުގަނޑުމެންނަށް ރާއްޖޭގެ ތާއީދު ބޮޑު. އިރާދަކުރެއްވިއްޔާ އެއް ބުރުން ވެސް ކާމިޔާބު ކުރުން ގާތް،" މުއިއްޒު ވިދާޅުވިއެވެ.

އިންތިހާބުގައި އޮތް އެންމެ ބޮޑު ޗެލެންޖަކީ ސަރުކާރު ކަމަށް މުއިއްޒު ވިދާޅުވި އިރު، އޭނާއާ އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެކުރިން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް އޮތް ޗެލެންޖަކީ ޕީޕީއެމް/ޕީއެންސީ ކަމަށެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަވެރި ދެ ޕާޓީގެ ގޮތުގައި ފެނިގެންދާނީ ވެސް ޕީޕީއެމްއާއި އެމްޑީޕީ ކަމަށެވެ. ރައީސް ވިދާޅުވީ ދަ ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފެއްދުމުން އެމްޑީޕީއަށް ވޯޓު ގެއްލޭނެ ކަމަށާއި އެކަމުގެ އަސަރު އިންތިހާބުގެ ނަތީޖާއަށް ކުރާނެ ކަމަށެވެ.

މުއިއްޒު ހިންނަވަރުގައި. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

އޭގެ ފަހުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ 16 އަތޮޅަކަށް ދިޔުމުން ފެނިގެން ދިޔައީ ރައްޔިތުން އަނިޔާވެރިކަމަށް އެނބުރި ދާން ބޭނުން ނުވާ މަންޒަރު ކަމަށެވެ. ކުޑަރަށެއް ބޮޑު ރަށެއް ނުބަލާ މި ސަރުކާރުން ގެނައި ތަރައްގީއާ މެދުގައި ހިތްހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ، މިހާރު ވެސް ވޯޓެއް ނެގިޔަސް، އިންތިހާބު އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެކަމަކު، މުއިއްޒު ރަށް ރަށަށް ވަޑައިގެން ބޭއްވެވި ޖަލްސާތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރައްވަނީ ރައްޔިތުންގެ ޝަކުވާތަކެވެ. އެގޮތުން އެންމެ އަސާސީ ހިދުމަތްތައް ކަމަށްވާ ސިއްހީ ނިޒާމާއި ތައުލީމީ ފެންވަރު ދަށްވެގެން ވަރަށް ގިނަ ރަށްރަށުގައި ޝަކުވާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެހެން ރަށްރަށުގައި މަގު ނުހެދުމާއި ބަނދަރު ނުހެދުމާއި ސާފު ބޯފެން ނުލިބުން ފަދަ ކަންބޮޑުވުން ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، މި ދަތުރުތަކުން ވަރަށް ގިނަ ރަށްރަށަށް މި ސަރުކާރުން އަޅާ ނުލާ މަންޒަރު ފެނިވަޑައިގެންނެވި ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީން އަންނަނީ ރައްޔިތުން އެދޭ ހުރިހާ ކަމެއް ހެން ފުރިހަމަކޮށް ދިނުމުގެ އަޒުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. މުއިއްޒު މިފަހަރު

    ވަޒީފާތަށް ދިނުމާ، ލާރި ބަހަމާ، ބިރު ދެއްކުމާ، ވައްކަން ކުރި ފައިސާއިން ކެމްޕޭނު ކުރުމާ، ތާއީދު އޮތްކަން ދައްކަން ލާރިދީގެން ޖަލްސާތަކަށް ގެންދިޔުމާ، ޅިޔަނު ސީޕީ ހާމިދުލައްވާ ރައްޔިތުންނަށް އަނިޔާ ކުރުމާ، މިކަހަލަ ކިތަންމެ ކަމެއް.
    އެއްބުރުން މުއިއްޒު ހޮވަން ޖެހޭ. އެނޫންގޮތެއް ނެތް

    90
    15
    • Anonymous

      އުމަރާ ފާރިޝްއާ ޒަމީލްއަށް ވޯޓުލުމުގެ ބަދަލު މިއަހަރު ހުރިހާ ރައްތިތުންވެސް ވޯޓުލާންވީ ޑރ މުއިއްޒުއަށް. ގައުމު މިނިވަންކުރަން ވޯޓުދޭންވީ. ހާމުރުންގެ ހާއްޔކަށް މިތަން ވިޔަނުދިނުމަށާ ޖުވާއާ ލިވާތުއާ ޒިނޭއާ މަސްތުވާ ތަކެތީގެ މައްސަލަތައް ނުބަލާ ސަރުކާރާ ދެކޮޅަށް ވޯޓުލާންވީ. ގައުމާ ދީން ހިމާޔަތް ކުރަން ވޯޓު ދޭންވީ. އިނޝާ ﷲ އެއްބުރުން ޑރ މުއިއްޒު ކާމިޔާބު ކުރާނެ.

      49
      14
      • Anonymous

        އިބޫ އައް ވޯޓުލާނީ،
        މުއިއްޒު އަކައް މަގޭ ރައްޓެއްސެއްވެސް ވޯޓެއް ނުލާނެ،

    • ހޮއްކޮ

      ޕީޕީއެމުން އަބަދުވެސް ބަލާނީ ވައްކަން ކުރިފައިސާ އެހެންމީހުގެ ބޮލައް ކަނޑާލައި ވެރިކަމައް ދެމިގަނެވޭތޯ

      14
      36
      • ޛުހާ

        ވަގުންނަށް ހީވާނީ އެހެންމީހުންނަކީ ވަގުންކަމަށް ހާއްސަކޮށް ލާދީ މޑޕ ފިކުރުގެ އިސްލާމްދީނުގެ އަދުއްވުންނަށް ހީވާނީ ދެން ތިބޭނީ ވަގުންކަމށް

  2. މީހާ

    ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ކަންކަން ކުރެވޭނެ. ކަންކަން ކުރަމުންދާ ތަން ވެސް ފެނޭ،" މާލެ ސިޓީގެ މޭޔަރު ކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.
    މި ބުނަނީ މިދިޔަ ސަރުކާރުގަވެސް މިކަން މިގޮތައްކުރި ވާހަކަ... ވަރައްސާފު...

    33
    23
  3. ޖާހިލް

    ދިވެހި ލޮބުވެތި ކޮންމެ މުސްލިމަކު ﷲ އާ ރަސަުލާ ސއވ އަދި ނަރަކަޔާ ބިރުގަންނަ ސުވަރުގެ މަރަށް ތައްޔަރުވެފަ ހުރި ކޮންމެ މުސްލިމަކަށް އިނގޭނެ މޑޕ އޭ ބުނީމަ އެއީ ލާދީނީ ހައްދުފަހަނައަޅާފަ ވާ ބައެއްކަން މަކަރާ ހީލަތުން މަޑު އެތިބެނީ އިންތިހާބުން ބަލިވެދަނެތީ އަސްލު ސިފަ ފެންނަން ފަށާނެ 9 ސެޕްޓެމްބަރު ގެފަކުން މުސްލިމަކު ވެއްޖިޔާ މިކަމާ ވިސްނާ ދުނިޔޭގެ އެދުމަށް އާޚިރައް ވިއްކާނުލާ

    47
    7
    • އަސް

      މަމީ މުސްލިމެއް އެކަމަކު ސަޕޯޓް ކުރަނީ މދޕ އަށް. ކޮންމެ ހެން ދީނީ ކާޑު ޖަހާަނެ ކަމެއް ނެތް. ހުރިހާ ޕާޓި އެއްވެސް ލާދީނީ ވާނެ.

      15
      25
      • ރޮދި

        އެބަޔަކާ ވަތަރުވެެއްޖެނަމަ އެބަޔަކު ކުރާކަންތަށް ތަކަކީ ރަނަގަޅު ކަންތަށް ތަކެއްކަމަށް ގަބޫލްކުރާ މީހަކީ އެބާމިހުންގެ ތެރޭން ވާބައްއް އިންޑިޔާގެ ފިލުމުތަކުން ފެނޭ ތިކަހަލަގެ މުސްލިމުން ބުދަށާ ގެރިޔަށް އަޅުކަންކުރާ މުސްލިމުން އެމީހުންވެސް ބުނޭ ތިމަނަޔަކީ މުސްލިމެކޭ އެކަމު ﷲސަރީކުރާއިރުގަވެސް ދެން ބުނަންވީ މުސްލިމެކޭ މިބުނަނީ އޑޕ އިސްލާމްދީނާ ދެކޮޅަށް ހިންގާ ޖަރީމަތަކުގަ ތިފަރާތުގެ ތާދު އޮތް ކަމަށް ވަންޏާ ތީ އެބާގާގެ އެމީހުންގެ މީހެކޭ މޑޕ ގަ އިންނާނޭ ލާދީނީ ޓެގް

        11
        3
    • ާމުހައްމަދު

      ޖާގިލު ނާނުސަތުކާރުގައި އެލާދީނީ ކަންތައް ހިނގިއިރު ކަލޭކޮންތާކުހުރީ

      3
      2
  4. ހަސަނު

    ސަރުކާރުން ދަނީ ރައްޔިތުންނަށް ، އާއިލަތަކަށް ލައްކައިން ލައްކައިން ރުފިޔަބަހަމުން.
    ރައްޔިތުންނޭ ! ރައްޔިތުންނޭ! ޚަތިމުގަ އަތްލާ ހުވާކުރުވިޔަސް މިޤައުމާމެދު ފުންކޮށް ވިސްނާ ތިބޭފުޅުންގެ ވޯޓް އެއީ ގައުމު ޙިމާޔަށް ކުރުވަން ދެވޭވޯޓަކަށް ހައްދަވާތި.

    19
    3
  5. ޅާމް

    އެމްޑީޕީއާއި ޕީޕީއެމް ސަރުކާރުތަށްވަނީ ފެއިލްވެފަ. ރައްޔިތުން މިއަދު އެދެނީ އަދި ގައުމު އެދެނީ ދަރަނިން އަރައިގަންނާނެ ގޮތް ދައްކާނެ ތިންވަނަ ވިސްނުމެއް. އެއީ ޖުމްހޫރީ ޕާޓީގެ އޮނަރަބަލް ގާސިމް އިބްރާހިމްގެ ހިކުމަތްތެރި ހަރުދަނާ މާލީ ވިސްނުން.

    2
    13
  6. އަޒީ

    ޔާމީނުވެސް ޕީޕީއެމް ސަރުކާރުގައި ހޭވީ ހަޑި. ގައުމުގެ އިގުތިސޯދަށް ނުކަތާވަރަށް ޕުރޮޖެކްޓުހިންގަން ގަނޑުކޮއް ލޯނުނެގީ ދުނިޔޭގެ ބައިނަލްއަގުވާމީ އިގުތިސޯދުން އައިސްދާނެ ޝޮކެއްގެ ރިސްކަށް ނުބަލައި. އޭނާވެސް ހީކުރީ މިއީ އެމެރިކާ ނުވަތަ ދުބާއީކަމަށް. އެއީ އިގުތިސޯދީ ދާއިރާގެ މާހިރުން މާލީ ކަންކަމާއި ދޭތެރޭ ގެންގުޅޭ ހަރުދަނާ އުސޫލެއްނޫން. ދެން އައި އެމްޑީޕީ މަރުމޯލް ސަރުކާރުވެސް އެކަން ކުރީ އެބީދާއިން. މިއަދި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެ މިއޮތީ ޑިފޯލްޓުވުމުގެ ތުންފަތްމަތީގަ. އެމްޑީޕީއާއި ޕީޕީއެމްވަނީ ފެއިލްވެފަ. އެމީހުންނަށް ދެން ފުރުސަތެއް ދީގެންނުވާނެ ކަންކަން ހަރުދަނާކޮއް ހިންގާނެ ތިންވަނަ ބަޔަކު ތިއްބާ. 2023 ޖެހެނީ ޖުމްހުރީ ޕާޓީއަށްދީގެން ގައުމު އަނެއްކާވެސް މިނިވަންވޭތޯ މަސައްކަތްކުރަން.

    5
    13
  7. ނާލިޙު

    ސަރުކާރުން ކުރާ ހުރިހާ ނުބައި ފާހިޝް ޢަމަލް ތަކަށް ހިތްވަރުދީގެން އެމީހުންނާ އެއްބައިވެގެން އިސްލާމީ ޤައުމެއްކަމަށްވާއިރުވެސް އެކަން ނުބަލާ އިސްލާމްދީނުގެ ޙުކޫމަތަކަށް ނުބަާލ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި އިސްލާމްދީނަށާ ދިވެހިރާއްޖޭގެ ޤާނޫނާ ޤާނޫނު އަސާސީ އަށް ޙުރުމަތްތެރިކޮށް ހިތުމަށް ﷲ ގަންދީ ހުވާކޮށްގެން އައިސް ދީނުގެ އެއްވެސްކަމަކަށް ނުބައްލަވާ އެމީހަކު ހިތުހުރިގޮތަކަށް އެމީހަކުއުޅެން ދޫކުރީ ހަމަ ތިހާ އީމާންތެރިކަން ވަރުގަދަވީމާތަ؟

  8. Anonymous

    މުއިއްޒު އަކީ ބޭކާރު މީހެއް، ޔާމީނު ޖަލުން ނެރެން އަންނަ މީހެއް، ގައުމައް ނެއް އެއްވެސް ތަރައްގީއެއް،
    ޔާމީނު ނެރެންޔާ ޖަލުގަތިބި ހުރިހާ މީހުންވެސް ވާނީ ނެރެން،

    5
    16
  9. މުޢިއްޒު4

    ހުރިހާބޭފުޅުންވެސް ޑރ މުޢިއްޒު ކެންޑިޑޭޓް ނަމްބރ 4 އަކައް ސެޕްޓެމްބަރ ނުވަވަނަދުވަހު ވޯޓްދެއްވާ އެްބުރުން މިކަން ނިންމަވާ އެއީ މިވަޤުތު މިގައުމައް އެންމެރަނގަޅު ކެންޑިޑޭޓް މިނޫންގޮތަކައް ވަޤުތީ ފައިދާއައް ޢަމަލުކޮއްފިނަމަ 80 ގެއަނހަރުތަކުތެރޭގައޮތްގޮތައް ފެންނަ ނުފެންނައަކައްވެސް 2028 ގަވޯޓުއަޅަންޖެހިދާނެ ނުވަތަ ރަސްކަމަކައްވެސް ބަދަލުވެދާނެ ވީމާ އެންމެރަނގަޅުގޮތަކީ އެއްބުރުންމިކަންނިންމައި ޑރ މުޢިއްޒު އިންތިޚާބުކޮއްދިނުން

    10
    1
  10. Anonymous

    ކުޑަރަށެއް ބޮޑު ރަަށެއްނެތި ހުސް ކޮރަޕްޝަން އެހެންވެ އެއްވެސްކަމެއް ރަގަޅަށް ނިމިފަނެތް. ހުރިހާ ރަށަކުންވެސް ބުނަނީ އިބޫ ނޫންގޮތެއް ބޭނުމޭ.

    5
    3
  11. ޑޮލަރު

    ތީގަ ހުސް އޮތީ ދޮގާ މަކަރު. ކޮބާ ޕީއެންސީ ކުލަ. ދައްކާލަން ލަދު ގަނޭ އުތަ؟

    4
    4
  12. ޗަގޯސް

    ބޯދިގު ކުދިންކޮޅު ކަލޭމެން ފަހަތުން ނުނެއްޓިގެން އެއުޅެނީ، މިސްކިތަށް ބަރާބަރަށް އަރާތީ؟

    4
    4
  13. އއއއ

    ވަރައް ނިކަމެތި ދަރަޖައަކައް ވެއްޓިފަ އޮތް ގައުމެއް ދިވެހިރާއްޖެއަކީ!!!. ކޮރެޕްށަނާ
    ގައުމައް ޣައްދާރުވެ ނާޖާއިޒު ފައިދާގަ އުޅުމަކީ ލަދުގަންނަންޖެހޭކަމެއްކަމުގަ ނުބަލާ ބައަކަށް ގިނަމީހުން މިވަނީ ބަދަލުވެފަ !! ތަނައް އަންނަންޖެހެނީ ދަރަނި މަތިމައްޗައް ނަގައިގެން ކޮންކުރިޓް އެޅުމައްވުރެ މާބޮޑައް ގާނޫނައްތަބާވާ އަވަހައް ޝަރީއަތައްނިމޭ ގައުމަކައް ބަދަލުވެ ސިޔާސީމީހުން މުސާރައިގެ ނަމުގަ މިގައުމު ލޫޓުވުން ހުއްޓުވުން!!!!!

  14. ކެންދިދޭތު

    ފޯމަލް ތައުލީމު ނެތީސް އޮނަރަބަލް ގާސިމް އިބްރާހިމް އެހެރަ ހިންގަނީ އެތަކެއް ރިސޯޓެ. ތައުލީމް ނެތީސް އެހެރަ ހިންގަނީ ބޮޑު ގޭސް އަދި ތެލުގެ ވިޔަފާރިއެއް. އަދި އެހެރަ ހިންގަނީ އެޔާޕޯޓާއި އަމިއްލަ އެޔާލައިން. ތައުލީމް ނެތީސް އެހެރީ ރާއްޖޭގެ ގާނޫނު އަސާސީ މުރާޖާކުރި މަޖިލީހުގެ ޒައާމަތު ބަލަހައްޓާފަ. ތައުލީމު ނެތީސް އެހެރީ އެތަކެއް ޕުރިޖެކްޓެއް ރާއްޖޭގަ ހިންގައި ބަނދަރުބތަރައްގީކޮއްފަ އަމިއްލަ ޚަރަދުގަ. ތައުލީމު ނެތީން އެހެރީ ފިނޭންސް މިނިސްޓަރުކަން ކޮއްފަ. ތައުލީމު ނެތީސް އެހެރީ ސިޔާސީ ޕާޓީއެއް އުފައްދައި ކުރިއަރުވާފަ. ދެންވެސް ހަމަ ތައުލީމެއް ތަޖުރިބާއެއް ނެތީތީ މިހުރިހާކަމެއް ކޮއް ނިމޭއިރުވެސް. ޕީއެޗްޑީ އިންޑޮކްޓަރިޒަމް ހޯދައިގެން އަިއިސް ހުރި ކެންޑިޑޭޓަށް ކުރެވުނީ ކިތަށް ކަންތޯ މީގެ ތެރެއިން. ބުއްދިން ވިސްނާ ފިކުރުކުރައްވާށެވެ. މި އިންތިޚާބުގައި ހަގީގީ ޝަހުސިއްޔަތެއް ހުރި ހަރުދަނާ ދިވެހިންނަށް ހެޔޮއެދޭނެ ލީޑަރަކީ އޮނަރަބަލް ގާސިމް އިބްރާހިމްއެވެ. މިކަމާ ޝައްކު ނުކުރައްވާ. މާލީ ކަންކަމުގެ އަދި ހިންގުތެރިކަމުގެ ދާއިރާގެ ތަޖުރިބާނެތް އިންޖިނިއަރަކަށް ވެރިކަންދީގެން ގައުމު ވާނީ ހަލާކު.ގައުމު ވާނީ ފަގީރު. ގައުމު އިތުރަށް ބަރުބާދު ކުރަން ރައްޔިތުން އެކުސްޕެރިމެންޓު ކުރާކަށް ބޭނުމެއްނޫން. ރައްޔިތުންނަށް އިޚްލާސްތެރި ޚިދުމަތްކޮއްފައިވާ ގާސިމްއަށް ފުރުސަތު ދެއްވާށެވެ.

  15. އަސަރީ

    ދަޅަދައްކައިގެން ވެރިކަމަށް އާދެވިދާނެއެވެ. އެކަމަކު މުއިއްޒުއަށް ޕާފޯމް ކުރެވޭނެތޯ މި ހާލަތުގަ. ދެން އަނެއް ފަސް އަހަރު ރައްޔިތުންނާއި ގައުނު ގަނަތެޅި ހަލާކުވާންނޫންތޯ ޖެހޭނީ. މިހާލަތާއި އެންމެ އެކަށީގެންވާ
    އެކުސްޕޯޝާ ހުރީ ގާސިމް އިބްރާހީމްގެ ކިބާގައިކަން ތާރީޚް ބަލާލީމަ އެނގިގެންދާނެ. މުއިއްޒު އަވަހަށް ގާސިމް އިބްރާހީމްގެ ފަހަތައް އަރުއްވާ
    ގައުމު އޮޔާދެވުނާނުދިނުމަށް ނަސޭހަތްތެެރިވަން

  16. ނާޒިމް

    ސޯލިހުއަށް 2018 ގަ ވެރިކަން ދިން ބީދާއިން ތަބަކަށްލާފަ މުއިއްޒުއަށް ވެރިކަން ނުދެމާ. އޭނާއަކީ ސަރުކާރު ހިންގުމުގެ ތަޖުރިބާ މަދު އަދި ޓުރެކްރެކޯޑު ކުރު މީހެއް. އެއީ ގާސިކް އިބްރާހިމްފަދަ ގައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުނުގެ ދިގު ޓުރެކްރެކޯޑެއް އޮތް މީހެއް ނޫން. ގާސިމް އިބްރާހިމްފަދަ ވަރުގަދަ ހިންގުތެރިއެއްވެސް ނޫން.

  17. ސާމް

    ރައީސް ޔާމީނަށް ދޯކާ ދީފަ ޔާމީނުގެ ފޮޓޯ ވިއްކައިގެން އޮޅުވާލުމުގެ ތެރރއިން ވޯޓު ހޯދަންއުޅޭ ކެންޑިޑޭޓަށް އެއްވެސް ރައްޔިތަކު ވޯޓު ނުދެއްވާށެވެ. މިއީ ހަމަ އަނދުނެއް އަދި އަނދަވަޅެކެވެ. ރާއްޖޭގެ ގައުމީ ކެންޑިޑޭޓަކީ ޖުމްހޫރީ ކެންޑިޑޭޓެވެ. ރައްޔިތުންނަށް ދޯކާއެއް ނުދޭނެއެވެ. ޔަގީން ކުރައްވާށެވެ. އެއީ ތިޔަރައްޔިތުންގެ ގާސިމް އިބްރާހިމްއެވެ.

  18. ޔުޒާ

    ގައުމަށާއި އިގްތިސޯދަށް އާރޯކަމާއި ތާޒާކަން ގެނެއުމަށް ފެއިލްވެފަ ތިބި އެމްޑީޕީއާއި ޕީޕީއެމްއަށް ނޫނެކޭ ބުނަންޖެހޭ، އަދި ހަގީގީ ގައުމީ ވިސްނުންގެންގުޅޭ ޖުމްހޫރީ ޕާޓީ އަށް ރާއްޖޭގެ ކުރިމަގު ހަވާލުކުރައްވާފަ އިޚްލާސްތެރި މަސައްކަތުގެ ތަފާތު ދެެކެމާ.

  19. ދަރަވަންދޫ

    ދަރަވަންދޫ މީހުން ނައް ގެވަޅު ނުދީ 13 ގެވަޅު ރަށުން ބޭރު ބަޔަކައް ދޭން އުޅުނީ މުއިއްޒު،
    ދަރަވަންދޫ މީހުން އިހްތިޖާޖުކުރި ދުވަސް ހަދާންވަނީ

  20. ނާޒް

    ގައުމާއި އިގްތިސޯދަށް އާރޯކަމާއި ތާޒާކަން ގެނައުމަށް ފެއިލްވެފަ ތިބި ޕާޓީތަކަށް އިރުތަށް ފުރުސަތު ނުދެއްވާ ހަގިގީ އިޚްލާސްތެރި މަސައްކަތް ކުރާނެ ޖޭޕީގެ ލީޑަރު ހޮއްވަވާ. އެއްވެސް ޖެހިލުމެއް ނުބާއްވާ ގައުމާއި މިނިވަންކަމާއި އިގުތިސޯދަށް އެންމެ އަގުހުރި ޚިދުމަތެއް ކުރެވޭނެ ތަޖުރިބާއާއި ޓުރެކް ރެކޯޑުއޮތް އޮނަރަބަލް ގާސިމް އިބްރާހިމްއަށް އިތުބާރު ކުރައްވާ. ޖޭޕީ ކެންޑިޑޭޓް ރައްޔިތުންނަށް ދޯކާއެއް ނުދޭނެކަން ޔަގީން ކުރައްވާށެވެ. އެއްވެސް ޝައްކެއް ނުކުރައްވާ ޔަގީން ކުރައްވާށެވެ. ގާސިމް އިބްރާހިމްއަކީ މިޖީލުގެ ބަފަޔެކެވެ.

  21. ނަޒިމް

    ތާރީޚް ބަލާ ދިރާސާ ކުރާށެވެ. ގާސިމް އަކީ މިހާރުގެ މި ގާނޫނު އަސާސީ އުފެއްދި މަޖިލީހުސް ރައީސް، އަދި ގާސިމް ވަނީ ރާއްޖޭގެ ފިނޭންސު މިނިސްޓަރުކަން ކުރައްވާފަ. ރާއްޖޭގެ ޕުރައިވެޓް އެންމެ ބޮޑު މަސް ފެކްޓުރީ ހިންގަނީ ގާސިމް. ޕުރައިވެޓް އެޔާޕޯޓު އެންމެ ފުރަތަމަ އުފެއދީ ގާސިމް. ޕުރައިވެޓް ގޭސް ކުންފުނި ފުރަތަމަ އުފެއްދީގާސިމް. އެތައް ފަހަރަކު މަޖިލީހުގެ މެމްބަރު ކަން ލުރައްވައިފި. ދެންވެސް ތިބުނަނީ ގާސިމްގެ ގާބިލު ކަމެއ ނެތޯތޯ. ދެން ތިބި ކެންޑިޑޭޓުންނާއި އަޅުވާކިޔަން. އެތަނުން ދައްކަވާބައްލަވާ ގާސިމްގެ މި ތަޖުރިބާއާއި ގާބިލިއްޔަތު ޗެލެންޖު ކުރާ ޓުރެކް ރެކޯޑެއް. ފައިސާ މެނޭޖް ކުރުމާއި ހިންގުންތެރިކަމުގެ ރެކޯޑެއް ދައްކަވާ. ބުއްދި އިސްކުރައްވާ. ފައިސާ ތިބި މީހުން ރާއްޖޭގަ އެބަތިބި. އެކަމަކު ގާސިމްގެ ހިންގުންތެރިކަމާއި ކުރިއެރުން އަދި ތަޖުރިބާ ހުރި މީހަކު އޭގަތެރޭ އެބަހުރިތޯ