މީސްމީޑިއާގައި މިހާރު ދައުރު ވަނީ ބޭންކެއްގެ ބޭނުމަށް އިޖުރާއަތްތައް ފުރިހަމަކޮށްގެން އެތެރެކުރި ޑޮލަރުތަކެއްގެ ވީޑިއޯއެއް ކަމަށް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސް އިން މިހެން ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް އެތެރެކުރި ގޮތް ނޭނގޭ ޑޮލަރުތަކެއް ކަސްޓަމުން ކްލިއާ ކޮށްދިން ކަމަށް ތުހުމަތުކޮށް މީސް މީޑިއާގައި ވީޑިއޯއެއް އާއްމުކޮށްފައި ވާތީ، އެކަމާއި ގުޅިގެން ޖަވާބު ދެއްވަމުންނެވެ.

ކަސްޓަމްސްގެ އިން ވިދާޅުވީ، އެ ޑޮލަރުތަކަކީ ބޭންކެއްގެ ބޭނުމަށް، އިޖުރާއަތްތައް ފުރިހަމަކޮށް އެތެރެކޮށްފައިވާ ޑޮލަރުތަކެއް ކަމަށެވެ.

އަދި އެ ފަދަ ކަންކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެކި ގޮތްގޮތަށް ޝާއިހު ކުރުމުގެ ކުރިން ކަސްޓަމްސް އިން ވެރިފައި ކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

އެހެން ނަމަވެސް އެއީ ކޮން ބޭންކެއްގެ ބޭނުމަކަށް، ކޮން ގައުމަކުން އެތެރެކުރި ޑޮލަރެއް ކަމެއް ކަސްޓަމުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    އިންޑިއާ ބޭންކް ދޯ؟ އެހެންވެ ދޯ ބުނަން ނުކެރެނީ

    50
    1
  2. ޖާނޭ

    ތިޔައީ ކޮންމެ ބޭންކެއްގެ ބޭނުމަށް ގެންނަ ޑޮލަރު ތަކެއް ނަމަވެސް، ގެނައީ ކޮން ބޭންކެއްގެ އޯޑަރަށް ކަން ހާމަ ކޮއްލަބަލަ. ތިޔައީވެސް ޤައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމެކޭ ބުނެފާނެތީވެ ވަރަށް ކަންބޮޑުވޭ. ވީމާ، ބޮޑަށް ބެލެވެނީ ރ.ސޯލިޙްގެ ކެމްޕޭނަށް އިންޑިއާއިން ދެއްވާ ސުޕާރީ ޝިޕްމެންޓެއްހެން ހީވަނީ. ޤައުމަށް އިޚްލާޞްތެރިނަމަ، ސާކޮށްދީބަލަ. ކީއްކުރަން އަދިރިގަޑެއް އޮންނަންވީ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބިވަރު ބުނެފިއްޔާ އެއީވެސް ކާޑް ލިބުމާ، ކުކުޅު ބިސް، ހަނޑޫ، ހަކުރު ލިބުމަށް ހުރަސް އެޅޭ ކަހަލަ ކަމަކަށޯ މިވަނީ. ވީމާ، ދިވެހިރާއްޖެއަކީ އިންޑިއާގެ 26 ވަނަ އަވަށެއް ކަމަށްވީ ކަން ޔަޤީން ވެއްޖެ. ސިއްކިމް އަކީ އިންޑިއާގެ 25 ވަނަ ސްޓޭޓް އެވެ. ދެން އިތުރުވާނީ މަހަލްދީބް ސްޓޭޓް އެވެ. އެއީ އިންޑިއާގެ 26 ވަނަ ސްޓޭޓެވެ.

    45
  3. ނާހަމަ ތެދެއް

    ގަބޫލް ކުރެވޭނީ ކިހިނެއް މުޅިން އޮޅުވާލުމާއި މަކަރުހަދަނީ ހިޔެއް ނުވޭ ރަނގަޅު ކަމެއް ހެނެއް

    40
  4. ހަގީގަތް

    އަދީބު ބޭރުގަ ފޮރުވާފަ ހުރި ޑޮލަރު ކޮޅު އިބޫއަށް ފޮނުވަނީހެން ބޮޑައް ވައްތަރީ

    37
  5. Anonymous

    ކަސްޓމަްސް އިން ރައްޔިތުންގެ ގާތުގައި ބުނެބަލަ އެއީ ކޮންގައުމަކުން ކޮން ބޭންކަކަށް ފޮނުވި ޑޮލަރ ތަކެއްކަން! ތިމާމެންގެ ފަރާތުން ރައްޔިތުންނަށް ހިއްސާ ކުރަންޖެހޭ މަޢުލޫމާތު ހިއްސާ ނޮކަށް ކީއްވެތަ ޢައްމުންކައިރީ މީސްމީޑީޠަކުގައި އެފަދަ ޕޯސްތައްކުރާއިރު ވެރިފައިކުރުމަގެ ވާހަކ ދައްކަނީ

    27
  6. Anonymous

    އެތެރެ ކުރީ ކޮންގައުމަކުން ކަން ހާމަނުކުރަނީކީއްވެ؟ އިންތިހާބެއް ބޯމަތީގަ އޮއްވާ ސުވާލު އުފެދޭ ޒާތުގެ މިފަދަ ކަންކަން ހާމަކޮށް ޖާވާދާރީވެބަލަ. ގައުމައް އިޚްލާސްތެރި ރައްޔިތުންނައް ވަފާ ތެރިކަމެއް އޮތިއްޔާ ތެދުވެރިކަމާ އެކު މިފަދަކަންކަމުގެ މައުލޫމާތު ރައްޔިތުންނައް ސާފުކޮށްދީބަލަ.

    28
    1
  7. ޢެމްއެމްއެމް ފޯ

    ވަރަށް ސާފު ކޮށް މި ބުނަނީ އިންޑިއާ ބޭންކް އަށް ކްލިއާ ކުރި ޑޮލަރު އެއީ.ބޭނުމަކަށް ޖަހާފައި އިނީ ރާއްޖޭގެ އިންވެސްޓް މެންޓް އޮން 9 ސެޕްޓެމްބަރ...މީ އޭގައި ޖަހާފައި އިން ގޮތް.

    21
    • އޭ

      އެއީ އޭޓީއެމް ތަކަށް އަޅަން ގެންނަ ޑޮލަރ
      މާމޮޅުކަމަކައް ހަދާއިގެން ވީޑިއޯ ތިލަނީ ހަމަ ފިތުނަ އުފައްދަން

      2
      29
  8. ހަގީގަތް

    އިބޫ އެއީ ދޮގު ހަދާ މީހެއް ކިހިނެއްދެން ސަރުކާރު މުއައްސަސާއެއް ދައްކާ ވާހަކަ ގަބޫލް ކުރާނީ

    28
  9. ނިލްމާ

    ހަގީގަތް އޮޅޭގޮތަށް އެހެން މީހުން ވާހަކަދެއްކުމަށް ފުރުސަތުދޭތީ ވާހަކަ ދެއްކެނީ. އިޖުރާތުތައް ފުރިހަމަކޮށް އެތެރެކުރާ ޑޮލަރުތަކެއް ވީޑިއޯކޮށް މީސްމީޑިއާއަށް ލީކުކުރެވެނީ ކީއްވެ. ހަމަގައިމުވެސް ކަސްޓަމްސްގެ އެތެރެއަކަށް އާންމުންނަކަށް ނުވަދެވޭނެ. އިޖުރާތުތައް ފުރިހަމަކޮށް ބޭންކުތަކަށް ޑޮލަރު އެތެރެކުރަނީ އަލަކަށްނޫން. އަމިއްލައަށް ފުރަތަމަ އިސްލާހުވާން ދަސްކުރޭ. ކިތަންމެ ވަރަކަށް ހަގީގަތް އޮޅުވާލަން މަސައްކަތްކުރިޔަސް ފަޅާއަރަންވީމާ ފަޅާއަރާނެ. ހަންދަބަހެއްގައި ބޭންކުން ޑޮލަރު އެތެރެކުރޭތަ؟ މިއީދެން އަޖައިބެއްދޯ.

    22
  10. ނާދިރާ

    ތިހީވަނީ ގާތްގަނޑަކަށް 5 ލައްކައެއްހާ ޑޮލަރުހެން. ތިގޮތަށް ދުވާލަކު ތިންހަތަރު ފޮށިއަންނާނެހެން ހީވަނީ މިހަފްތާގެ ތެރޭގައި. އިޖުރާތޭ ބޭންކޭ ނުކިޔަކަށް އެންމެނަށްވެސް އިނގޭ މިހާރު މިއުޅެނީ ބަހާރު މޫސުން އައިސްގެންހެން. މިހާރު ރައްޔިތުންދެކެ ވަރަށް ލޯބިވާނެ. ހާލުބަލަން ފޯނުކުރާވަރުންވެސް ބަލިމީހަކަށް އެނދުގައިވެސް ނޯވެވޭނެ.

    22
  11. Anonymous

    މިއޮށްފަދަ ޖަމާނުގަ ޑޮލަރުވެސް އެތެރެކުރަނީ ގަނޑުކޮށް. އަދި އެވެސް ބެންކަކަށް.

  12. އަބްދޫ

    ރަނގަލަށް ވާނަމަ ތިޔަ ޑޮލަރު ވާނީ އިންޑިޔާގެ ރިޒާވް ބޭންކުން ރާއްޖެއިން ނެގި ލޯނަކަށް މި ޑޮލަރު ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޖަމާކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް އެތަނުން ބޭރަށް ނިކުންނާނެ.

  13. Anonymous

    މި ހުރިހާ ދުވަހެއްގަ ބެންކު ތަކުން ލާރި ގެނޭ ބަލްކޮއް. ނަމަވެސް އިންޑިޔާ މީހަކު ވީމަ ކެމްޕއެިނައް ގެނައި ލާރިވީމަ ދޫކޮއްލީ. ކަލޭމެން ހީކުރީ ދެން ތިބީ މޮޔައިން ކަމައްތަ