ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލަތުކުރާ ޖަމިއްޔާ، ޓޫރިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރަން ނިންމައިފި އެވެ.

ޓީމްއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް ސޯލިހުގެ ފަސް އަހަރު ފެނިގެން ދިޔާއީ މީގެ ކުރިން އެއްވެސް ދައުރެއްގައި ކޮށްފައި ނުވާ ވަރަށް ރިސޯޓުތަކުގެ މަސައްކަތްތެރީންގެ ހައްގުތައް ރައްކާތެރިކުރަން މަސައްކަތްކޮށް އެއްބާރުލުން ދީފައިވާ ފަސް އަހަރުގެ ގޮތުގައި ކަމަށެވެ.

އެގޮތުން މަސައްކަތްތެރީންގެ ބައިވެރިވުމާ އެކު މިނިމަމް ވޭޖް ކަނޑައެޅުމުގެ މުހިންމު ސިޔާސަތު ތަންފީޒުކޮށް ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް ލިބުނުކަން ވެސް ފާހަގަ ކޮށްފައި ވެއެވެ.

އޭގެ އިތުރުން 10 ޕަސެންޓް ސާވިސް ޗާޖު ނެގުން ލާޒިމުކޮށް އެކަން މޮނިޓާ ކުރުމުގެ ނިޒާމު ހަރުދަނާކޮށް، ގާނޫނަށް އިސްލާހު ގެނެސް ގަވައިދު އެކުލަވާލިކަން ފާހަގަ ކޮށްފައި ވެއެވެ.

ހަމަ އެހެންމެ ހަމައެއް ލަމައެއް ނެތި ކުރިން ވަޒީފާއިން ވަކިކުރުން ހުއްޓުވުމަށް ގާނޫނު އިސްލާހުކޮށް ގަވައިދު އެކުލަވާލައިފައިވާ ކަމަށެވެ.

ޓީމްއިން ދެން ފާހަގަ ކުރި އެއް ކަމަކީ ރިސޯޓު މުވައްޒަފުން އެދުނު ގޮތަށް ސްކޫލު ޗުއްޓީ ވެސް މި ސަރުކާރުން ބަދަލުކޮށްދިނުމެވެ.

"އެހެންކަމުން މި ޖަމިއްޔާގެ ގިނަ މެމްބަރުން މި ދެންނެވި ކަންކަން ބަލައިގަންނަ ކަމާއި އަދި ކުރިއަށް މިއޮތް ދައުރުގައި ޓޫރިޒަމް ދާއިރާގެ މަސައްކަތް ތެރިންނަށް ހާއްސަކޮށް މުހިންމު ސިޔާސަތުތަކެއް އެކުލަވާލައިފައިވާތީ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދުކުރަން ނިންމާފައިވާ ކަމުގައި ދަންނަވަމެވެ" ޓީމްގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ސިޔާސީ

    މިކަހަލަ ޖަމްއިއްޔާތައް ސިޔާސީ ވީމަކަމަކުނުދޭ!

    68
    • ލުޓޭރުންގެ ސަރުކާރު

      ދިވެހިންގެ ގިނަމީހުން ނުބަލާ ގައުމާ ދީނާ އުއްމަތަކަށް ބަލަނީ އެމީހުންގެ ޖީބަށް ވަގުތީ މަންފާއަށް ރުފިޔާކޮޅެލައިދޭމީހެއް..އިއްޔެވެސް އެތެރެކުރި ޑޮލަރުފޮށި ގާއިމުބްހާނެތާ ކޮންމެވެސް ބަޔަކަށް...ބޭންކަކަށް އެތެރެކުރި ޑޮލަރުނަމަ ކަސްޓަމްކުލިއާރ ކުރާނެގޮތް އެއްމެނަވެސްއިގޭނެ..އިންތިހާބާދިމާކޮށް ފޭކު ޑޮލަރުއެތެރެކުރިޔަސް މިގައުމުގަ mithiba އަމިއްލައެދުމުންފޯވެފަތިބިމީހުން ވޯޓުދޭނެ...ހިންދޫ ދީންކިޔަވަދޭން ގުރޫޖީން އެތެރެކުރިޔަސް އަތްޖަހާދޭމީހުން ރުފިޔާއަށް އަތްޖަހާދޭ..

  2. ޙެހެހ

    ކިހާވަރެއް ލިބުނު އިންޑިއާއިން

    62
  3. މުއިއްޒު މިފަހަރު

    އެއްއަތުން އެއް ރުފިޔާ ދިނިއްޔާ އަނެއްއަތުން ދެރުފިޔާ ނަގާ ސަރުކާރެއް މިއީ. 8% ޖީއެސްޓީއާއި، ކޮތަޅު ޓެކުހާހެދި އަގުތަށް ވަނީ ބޮޑުވެފަ. މި ފައިސާއިން ރައްޔިތުންނަށް ފައިދާއެއް ނުވޭ. މި ލާރި ބޭނުންކުރީ ޗޯރޭގެ ކެމްޕޭނަށް

    47
    1
  4. ޝާން

    މައުރޫފުގެ އަންބޮނޑި ބޮޑުކޮށްގެން މައުރޫފު އެކަނި ވޯޓްދީ. އަހަރެމެން މިތިބީ ޗޯރުންނަށް ދެވަނަ ފުރުސަތެއް ދޭގޮތްކަށް ނޫން. އަހަރެމެން ރިސޯޓް ތަކުގެ ގިނަ މުވައްޒަފުންގެ ވޯޓެއްނުލިބޭނެ. މައުރޫފު އަކީ މިހާރު މިދާއިރާގެ މީހެއްވެސް ނޫން. ތިގޮތަށް ކައިބޮއިގެން އުޅޭމީހެއް.

    52
    1
  5. ސަނީ

    ޓީމުގަ އުޅެނީ މިސޮރު އެކަނި..އަބަދުގެސް ކޮބްނެ އިންތޮހާބެއްގަ ފާޅުވާނެ .

    55
    1
  6. ސަނާ

    ކަލޭ ތިޔަހުރީ ޖާބިރަށް އަންނަ ހިނދުކޮޅު އައިސްފައި@ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް އެއްކަމެއްނުކޮށް ކުރީ ސަރުކާރުތަކުން ދާއިރާއަށް ގެނައި ފޮނިކަން ބުއިން ފިޔަވައި ޞާލިޙް މިދާއިރާއަށް ކޮށްދިން އެއްކަމެއްވެސް ނެތްކަން މުޅި ޤަވްމު ޤަބޫލުކުރޭ! މިޙާލުގައިވެސް މީނަ މިކިޔަނީ ކީކޭ؟އަންބޮނޑިއަށް ވަދެލާވަރު ބޮޑީހެން ހީވަނީ!!!

    40
    1
  7. ހަމްދު

    ޓުއަރިޒަމް ދާއިރާއިން ދެކެނީ ރާއްޖެ އަޅުވެތި ކަމަކަށް ވައްޓަންތޯ ނޫނީ ލިބޭ ނަފާ އަށްތޯ. މިރާއްޖޭމިނިވަންކަން މަތީ މިހާރު މިއޮތީ ބަޔަކު މިހާރު މިއޮތް ސަރުކާރަށް ޖާގަ ނޫދޭން ވެގެން އުޅޭތީ އެހެންނޫންނަމަ މިހާރު މިރާއްޖެއަކީ އިންޑިޔާގެ އަވަށެއް. އަދިވެސް މިނިވަންކަން ގަެއްލުވާލަން ދޭނީ އެމީހުންނަށްތަ. ދެން އެމްޑީޕީއަށް ވެރކަން ދީފިއްޔާ މިރާއްޖެއަށް ނޯންނާނެ.

    28
    1
  8. ދިވެހި ޒުވާނުން

    ސާބަހޭ ޓީމް އެންމެން މިތިބީ ތިގޮތަށް އިބޫ އާއެކު އިބޫއަކީ ފިސާރި މީހެއް އަދި މިރާއްޖޭން އުފެއްދި އެންމެ އަގުބޮޑު ލޯކަލް ބްރޭންޑް "ރައީސް އިބޫ" އެވެ.

    4
    47
  9. Anonymous

    ތި ޖަމުޢިއްޔާގެ ތިބި މެންބަރުން ވޯޓު ދީފިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙު ހޮވޭނެ.

    27
    4
  10. ރާގޮނޑި ރާޖާ

    އަހަރުގެ މެދުތެރެ ވިއްސާރައިގަ......

    31
    1
  11. ކެންދޫ

    މަޓޭ އަށް ލިބޭބައި ބޮޑީ. މިހާރު ވެސް ކެންދޫގައި 6 ބުރީގެ ގެސްޓްހައުސްއެއް އެބަ ހަދާ. އހ

  12. ހައުސްކީޕިން

    ޓީމްއޭ ކިޔައިގެން އަނގަނުހުޅުވާހުރޭ ކަލޭތީ އަހަރެމެންގެ ސިޔާސީ ފިކުރު ކަނޑައަޅާދޭން އައްޔަންކޮއްފަ ހުރި ތަރުޖަމާނެއްނޫން.

    11
  13. ސަނައްޓޭ

    ތީ އަބަދުވެސް އެމްޑީޕީއަށް ތާއިދުކުރާ ބައެއް. ތި މައުރޫފްއަކީ ރަތްލާޖެހި އެމްޑީޕީ މީހެއް. މިއަކުން ވާނެ ސަޕްރައިޒްއެއް ނެތް. ކޮންމެ ފަހަރަކު ވޯޓާ ދިމާކޮށް ފާވާ ޓީމެއް މިއީ

  14. މޕ

    ޓީމް އަކީ އިބޫ ސޯލިހު އަބުރާ ގޭސް ގަޑެއް

  15. ސަހުމީނާ އައިސް

    މި ސޮރު މީނވަގެއް. ޓީމް ކުދިންކޮޅު އަތުން ޗަންދާ ނަގައިގެން އެތައް ޑޮލަރެއް މަހެއްގެ މައްޗަށް ނަގައި ކާލަނީ. ކުދންކޮޅު ހައްދައިގެން މީނާގެ އަންބޮޑި ބޮޑުކުރުން އޮތީ. މަި ވަރަަށް ހަސަސަވެރި ނުލަފާކަންބޮޑު ސޮރެއް. މީސޮރު އިބޫޗޯއަަށް ކެމްޕޭނުކުރާތާ ވަރައް ދުވަސްވެއްޖެ. ޕާޓިގަނޑެއް ހަދައިގެން އެއިންވެސް ލާރިހޯދޭތޯބެލީ. އުވާލީމަ އަނެއްކާ އެންޑީޕީއަސް ވަދެގެން ގެރިދުއްވުން މީނަގެކަމަކީ. މިކަހަލަ ގެރިތައް ކޮށްޓައް ލާންޖެހޭ!!

  16. ރިސޯޓް ބޯއީސް

    މަ ވެސް ތިޖަމިއްޔާގެ މެންބަރެއް.. ގައިމު ... މަ ވޯޓެއް ނުދޭނަށް..

  17. ޖެރީ

    ބ ކެންދޫ ދާއިރާ މައުރޫފް ޒާކިރް އަކީ ޓީމް ވިއްކައިގެން ދިރިއުޅުމުންގެ ކަންތައް ހަމަޖައްސާ ސޮރެއް. ޓީމް ވިއްކައިގެން މީގެ ކުރިން މާލެ ދަތުރުކުރާ ބޯޓަކާއި ކަންނެލި ދޯނިއެއް ވެސް ދުއްވި ހަމަ ބަނގުރޫޓްވެގެން ދިޔައީ ތިޔަ ބައިގަނޑު ކަމަކީ ރިސޯޓްތަކުގެ ވެރިންއަތުން ކަޓް ނެގުން .. މައްސަކަތްތެރިންގެ ހައްގުގައި ކުރާ އެއްވެސް ކަމެން ނެއް.

  18. ހަވާސާ ހާދިސާ

    ތިޔަ ޓީމްގެ ކިތަށް މީހުންނަށްތޯ ފަޅެއްދިނީ ނޫނީ ލަގުޒަރީ އެޕާރޓްމެންތެއްދިނީ ތި ޓީމް އަކީވެސް އަވާމެންދުރު!

  19. ރޫމްމޭޓް

    ތީކީ ޓީމްގެ ތާއީދެއްނޫން ޒާކިރު ކަލޭ އެކަނި ތާއީދު، އަހަރެމެންގެ ރާއީދެއްނެތް ވަރަށްސާފު

  20. ހަސަނު

    ރީލޯޑު!!!

  21. މަކަރެ

    ކަލެއާ ކަލޭގެ އަންހެނުންގެ ވޯޓްދީ ރިސޯޓް މުވައްޒަފުން ތިބީ ޗޯރޭ ހޮވާކައްނޫން ވަރައް ސަލާމް

    14
  22. ސަމް

    ތިބޭފުޅާ އެކަނި ދޯ

  23. މޫސަ

    ތާއިދު ކުރިނަމަވެސް ނުކުރެވި ހުރި ކަންކަން ވެސް ތިޔަ ބަޔާނުގައި ހިމަނާލުން ރަނގަޅު. ނައިޓަށް ރަށަށް ދެވެނީ ކިތައް މުއައް ޒަފުންނަށްކަން ބުނެދިނުން ވެސް ވަރަށް މުހިއްމު. ސާރވިސް ޗާޖު ނަގަން ބުނެ އޭގެ ހައްގުވެރިންނަށް އެ ފުރިހަމަައަށް ލިބެމުން ދާކަން ކަށަވަރު ނުކުރެވޭ ވާހަކަވެސް ބުނެލިނަމަ ރަނގަޅުވީސް.

    12
  24. އިބުރާ

    ހަގީ ގަތުގައި ގެސްޓް ހައުސް ތަކުން އާމްދަނީގެ %25 ޓެކްސް އަށް ދައްކަންޖެހެ. އެއީ ނިސްބަތުން 6 ޑޮލަރު ގްރީން ޓެކްސް ދައްކާތީވެ. ގިނަމީހުންނަށް މިކަމެއް ނޭގެ.

  25. އިކުރާމު

    މިކާކުތ؟

    • ފަހުދާ

      ސޑެއް އެއީ. މުނާފިގުންގެ ވެރިޔާ!

      4
      1
  26. ނަރުބަކުރު

    މިސޮރުމީ ޓުއަރިޒަމް މިނިސްޓަރުކަން ލިބޭތޯ އުޅޭ ގޮލައެއް!

    10
    1
  27. ކިސް

    އެހެންތަ ހާދަ ސިޔާސި އެދޯ..

  28. އަހްމަދު

    ރިސޯޓް ތަކުގެ މުވައްޒަފުންގެ އަތުން މަހަކު 6 ޑޮލަރު ނަގައިގެން އިއްޒަތުގައި އުޅޭމީހެއް! 2024 މީނާ ކޮންމެވެސް ދާއިރާއަކުން މަޖްލީހަށް ކުރިމަތިލާނެ އެވެސް ރިސޯޓް މުވައްޒަފުން ވިއްކައިގެން!!!

  29. ޙުވަދޫ

    ތީ %0.000001 . ކަހެރުވަކެކޭވެސް ހިޔެއްނުވާނެ. ލޮލް

  30. Anonymous

    ތިޔަ މައުރޫފް ޒާކިރަކީ އަބަދުވެސް އެމްޑީޕީގައި އުޅޭ ބ.އަތޮޅު ކެންދޫ މީހެއް. އޭނާގެ ބައްޕަ ޒާކިރަކީ ކެންދޫގައި އެމްޑީޕީގެ އިސް މީހެއް. އެމީހުން އިބޫއަށް ތާއީދުކުރިޔަސް، ޓޫރިޒަމް ދާއިރާގައި އުޅޭ ގިނަ ބަޔަކު އިބޫއަށް ތާއީދު ކުރާނެބާ؟

  31. ފިޔަވަޅު

    މީނަތަ ޓޫރިޒަމް ދާއިރާ އެންމެނަކީ

  32. ކުޑައިބުރާހިން

    ކޮންމެހެން ހެޑްލައިން އަޅާނެކަމެއްނެތް. އެންމެނަށް ވެސް އިނގޭ ތިޔަ މާއްޓެ އަކީ ކާކުކަން. މުޅި ކެންދޫ ހަލާކުކުރާ ގުރޫޕު ތިޔައީ. މިހާރު ފައި ނަގައިގެން ތިޔަ އުޅެނީ އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބަށްކަން އަހުންނަށް އިނގޭ. އެމް.ޑީ.ޕީ ގެ ޓިކެޓު ގަނޑު ހޯދަން. ގެންގުޅުނު ޕާޓީގަނޑު މެމްބަރުން ހަމަނުވެގެން އުވާލީ އިހަށްދުވަހުދޯ. ލަދް.

  33. ނޫމަސް

    އެހެންވެދޯ ނައިޓަށް ދިޔަހާ ކުދިން އެއުޅެނީ އެކުދީންގެ އާއިލާ އާއި އަނބިންނާހުރެ އަނބުރާ ރިޒޯޓަށް ނާދެވިގެން. މީތަ އެބުނާ ހޯދައިދިން ހައްގަކީ. އެއްވެސް ރިޒޯޓް މުއައްޒަފެއް އިބޫ އަށް ވޯޓުލާނެ ކަމެއް ނެތް. މިމީހުންކޮޅު ޖީބަށް އިންޑިއާ އިން ޑޮލަރުކޮޅެއް އަޅާލީމާ އެއުޅެނީ. ރިޒޯޓް މުއައްޒަފުންގެ ހައްގުގައި ވަކާލާތު ކުރާބަޔަކަށް ވަކި ބަޔަކަށް ވޯޓުލާން ބުނީމަ އެއޮތީ ސިޔާސީވެފައި. ބަދަލަކަށް އެންމެން މިފަހަރު ވޯޓުލާނީ އިންޑިއާއާ ކަލޭމެންނާ ދެކޮޅަށް ޑރ މުއިއްޒަށް. ވަރަށް ސާފު

  34. ކޮކާ

    ބުރޯ. ކަލެއާ ކަލޭގެ ދެތިން މީހުންދީ. ރިޒޯޓު މުއައްޒަފުންނަށް ދޯކާދިން މަކަރުވެރި ވެރިކަމެއްމީ. މިތިބީ ނިންމަން. މުއިއްޒާއެކު.

  35. ދިޔާނާ

    ޖީބަށްޓަކައިދޯ. ކަލޭ އެކަނި ދީ

  36. ލަމްހާ

    އެހެންތަ. ހަރާމުން ހަރާން. ކަލޭއެކަނި ދީފައި ޖީބުބޮޑުކޮއްފައި ދުވޭ. މަމެން މިތިބީ މުއިއްޒު 4 އާ އެކު

  37. ޅަސޮރު

    ޗޯރޭ އައުޓް. ޗޯރޭ ނޫންގޮތެއް. އެންމެންވެސް ބޭނުމީ ވަގުން ނޫންގޮތެއް. މިފަހަރު މުއިއްޒު

  38. އެދޭސް

    ކެކެކެ. ކަލޯ އެކަނި ދީ

  39. ެސަންބޯ

    މިމައުރޫފަކީ ކެންދޫގަހުރި ބޮޑު ވަގެއް މިހާރުވެސް ކެންދޫގަ ބޮޑު ގެސްޓުހައުސް އެއްތަށްޔާރުވަމުން އެހެރަދަނީ އަބަދުވެސް އެމްޑީޕީން ފައިސާހޯދައިގެން ކޮންމެއިންތިހާބަކަށް ފާޅުވާ މީހެއްމީ ޓީމޭކިޔައިގެން ރިސޯޓުބޯއިން ހަށްލައިގެން އުޅޭ ބޮޑު ވަގެއްމީ.

  40. އައިސިރު

    ކޮންމެ އިންތިހާބަކާ ދިމާކޮށް މީނަ މިލިއަން ރުފިޔާ އެމްޑީޕން ނަގާނެ މީނައަކީ ކެންދޫގަ ގެވެސް 6 ބުރިއަށް ހަދައިގެން އުޅޭ ބޮޑުވަގެއް މީނަ ފައިސާހޯދާގޮތް ބަލަން އެބަޖެހޭ.

  41. ދޯދި

    މިއޮތީ ރަނގަޅު ރުފިޔާ ގަނޑެއް ދިރުވާލައިގެން ރިސޯޓް މުވައްޒަފުންގެ ނަފުސް ވިއްކާފައި.ކަލޭމެން ޖަމިއްޔާ މެމްބަރުން ޖީބަށް ބޮޑުކުރިޔަސް އަހަރުމެންގެ ވޯޓެއް ނުދޭނަން މިސަރުކާރަކަށް.އިބޫ ނޫން ގޮތެއް،.