ލ. އަތޮޅުގައި ރިސޯޓްތައް ގިނަ ކޮށް ފަތުރުވެރިކަމަށް ޚާއްސަ އަހަމިއްޔަތު ކަމެއް ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ އޭނާގެ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅުގެ މާވަށަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަގަހަ ޖަލްސާގައި މުއިއްޒު ވަނީ ލާމު އަތޮޅަކީ ގުދުރަތީ ރީތި ކަމެއް އެކުލެވިފައިވާ އަތޮޅެއް ކަމަށާއި އެ އަތޮޅުގައި ފަތުރުވެރިންނަށް ޚާއްސަ އެތައް ތަނެއް ހުންނަކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން މާވަށާއި ލ. އަތޮޅުގެ އެހެން ރަށް ތަކުގެ ކައިރީ ރިސޯޓްތައް ގިނަ ކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މާވަށު ރައްޔިތުންނާއި ބައްދަލު ކުރައްވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"އަޅުގަނޑުމެން ޤަބޫލު ކުރަނީ މި އަތޮޅަށް، މި ސަރަހައްދަށް މި ރަށް ކައިރިއަށް ވިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސިޔާސަތު އެކުލެވޭނެ ރިސޯޓް ތަކެއް މި އަތޮޅަށް ގެނެވޭނެ.." މުއިއްޒު މާވަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

އޭގެ އިތުރުން ވެސް މުއިއްޒު ވިދާޅުވީ ލ. އަތޮޅުގެ ކައްދޫ އެއާޕޯޓް އިންޓަރނޭޝަނަލް ކުރުމުގެ މަސަކަތް ފައްޓަވާނެކަމަށެެވެ. ހަމައެކަނި އެންމެ އެޢާޕޯޓެއް އޮވެގެން ނުވާކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"ކައްދޫ އެއާޕޯޓް އިންޓަރނޭޝަނަލް ކުރުމުގެ އިތުރުން އެހެން އެއާޕޯޓެއްވެސް މިި އަތޮޅުގައި ޤާއިމް ކުރާނަން" މުއިއްޒު ވަނީ މާވަށު ރައެްޔިތުންނަށް އިތުރު އެއާޕޯޓެއް ލ. އަތޮޅުގައި ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެެ.

މުއިއްޒު މާވަށަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒިންދާބާދު

    ގާސިމް އިބޫގެ ފަހަތަށް އަރަން ޖެހޭނެ އެއްގޮތެއް ވެސް ނޯންނާނެއޭ ގާސިމް މިހާރު އެކުރާ ގޮތަށް ކެމްޕެއިން ކޮށްފިނަމަ ގާސިމަށް ޔަގީނޭ އިންތިޚާބުގެ ދެވަނަ ބުރު ކަށަވަރުވާނެ ކަން މިއަދާއި ހަމައަަށް ނަތީޖާ ދައްކަނީ 1. މުއިއްޒު 40 ހާސް 2. އިބޫ 39 ހާސް 3. ގާސިމް 38500 4. އިލްޔާސް 5 ހާސް 5. ނާޒިމް 4 ހާސް 6. އުމަރު 2 ހާސް 7. ފާރިޝް 100 8. ޒަމީލު 1 ވޯޓް. މީ މިއަދުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިބޫ ދަނީ ދަށަށް ގާސިމް ކުރިއަރާ ވަރަށް ބާރަށް އައްޑޫން ނަގާނެ ބޮޑު އަދަދެއް ގާސިމް ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު