ރާއްޖޭގައި އެނބުރޭ ހަ ބިލިއަން ޑޮލަރު ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި 12 ބިލިއަން ޑޮލަރަށް ހަދަންޖެހޭ ކަމަށާއި އެކަން ކުރަން އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް އެނގިލައްވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ލ.ގަމުގައި ބެއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސައީދު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ނަގާ ވޯޓުގެ ނަތީޖާ ވަރަށް ސާފު ކަމަށެވެ. އިންތިހާބުގައި ވާދަކުރަނީ މާކުރީގެ ސަނަދެއް އޮތް ބޭފުޅަކާއި، މި ގައުމު ތަރައްގީކުރި ރައީސް، ކުރީގެ ރައީސް ޔާމީން އުދެއްތި ދަރިއަކު ކަމަށް ވިދާޅުވިއެވެ. އެ ދަރިވަރު އައިސް ރާއްޖެ ދަރަނިން އަރަންޔަށް ބަދަލުކޮށް، ރައްޔިތުންގެ އުންމީދުތަކުގައި އުލަޖައްސާނެ ޒުވާނުންގެ މާދަމާއެއް ބިނާ ކުރާނެ ކަމަށާއި އަދި ރައީސް ޔާމީން މިނިވަން ކުރާނޭ ކަމަށް ސައީދު ވިދާޅުވާ ކަމަށެވެ.

ގަމުގައި ބޭއްވި ޖަލްސާގެ ތެރެއިން- ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ރާއްޖޭގެ ހިންގުމަށް އެއްވެސް ކަހަލަ އުނިކަމެއް ނައިސް ރާއްޖޭގައި ތަރައްގީގެ އެކިއެކި މަޝްރޫތައް ގެންނާވާނެ ކަމަށް އެ ދަރިވަރު ވިދާޅުވާ ކަމަށާއި އެހެންކަމުން ރައީސް ސޯލިހަށްވުރެ ވެރިކަމަށް ގާބިލް ވާނީ ޑރ. މުއިއްޒު ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ދަރަނި 114 ބިލިއަންގައި އޮއްވާ އެ ދަރަންޏާއި ޑީލް ކުރާނެ ގޮތާ. އެ ދަރަންޏަށް ހަދާނެ ގޮތަށް ރައީސް ޔާމީން އުފެއްދި ސޮވޮރެން ޑިވެލޮޕްމަންޓް ފަންޑު އަލުން އިތުރުރަށް ވަރުގަދަކޮށް ކުރިއަށް ގެންދަން ސޯލިހް ބުނުމާ މުއިއްޒު ވިދާޅުވާ ވަރަށް ތަފާތުވާނެ. އެކަން ކުރައްވަން އެނގޭނެ މުއިއްޒަށް." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރާއްޖޭގައި ހަ ބިލިއަން ޑޮލަރު ނުވަތަ 96 ބިލިއަން ރުފިޔާ އެނބުރޭ ކަމަށެވެ. އޭގެއިން ދިވެހި ސަރުކާރުގެ ކޭޝިޔަރަށް ދުވާލަކަށް ލިބެނީ ހަތަރު މިލިއަން ޑޮލަރު ކަމަށެވެ.

ގަމުގައި ބޭއްވި ޖަލްސާގެ ތެރެއިން- ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"މުޅި ދައުލަތުގެ ޖީޑިޕީއަކީ ހަ ބިލިއަން ޑޮލަރު. އެގެ ތެރެއިން ސަރުކާރަށް މި ވަންނަނީ 1.5 ބިލިއަން ޑޮލަރު އަހަރެއްގެ މައްޗަށް. މިއަދަދު ދުވާލަކަށް ބަދަލުކޮށްފި ކަމަށްވާނަމަ، ދުވާލަކު ރާއްޖޭގައި އެބަ އެނބުރޭ 247 މިލިއަން ރުފިޔާ. ދުވާލަކަށް ސަރުކާރަށް ވަންނަ އާމްދަނީއަކީ 4 މިލިއަން ރުފިޔާ. ދެން ހިތްފުޅަކަށް ގެންނަވާ ރާއްޖޭގެ ހަރަދުތަކަށް. ލިބެނީ 4 މިލިއަން ޑޮލަރު. ހަރަދު އެބަކުރޭ 12 މިލިއަން ޑޮލަރު. މި އަދަދު ރާއްޖޭގައި އެނބުރޭ ހަ ބިލިއަން ޑޮލަރު 12 މިލިއަން ޑޮލަރަށް ކުރިއަށް އޮތް އަށެއް ނުވަތަ 10 އަހަރު ދުވަހުގެ ތެރޭގައި ހަދަން ޖެހޭ." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ ހަރަދުތަކަށް މަސްހުނިވެފައި އޮތް އިސްރާފާއި ކޮރަޕްޝަން ހުއްޓުވައި ހަރަދުތައް ސްޓީމް ލައިން ކުރަންޖެހޭ ކަމަށެވެ. ހަރަދުތައް ޑިސިޕްލިން ކުރަން ޖެހޭ ކަމަށެވެ. އޭރުން 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް އަރަނީގައި ހިންގާފައި ރާއްޖޭގައި ދިވެހި ދަރިންނަށްޓަކައި މާދަމާއަށް ރައްކާކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ސައީދު ވިދާޅުވީ އެކަން ކުރައްވަން ޔާމީންގެ ކައިރިން ދަރިވަރުވެގެން ހުންނެވި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް މުއިއްޒަށް އެނގިލައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުއިއްޒު އެއްބުރުން

    އެނބުރޭ 6 ބިލިއަންގެ ބޮޑުބައި މި ކޯލިޝަންގެ ކޮރަޕްޓު ވެރިން ވަނީ އަތްދަށުކޮށްފަ.
    އެމީހުންގެ ޑްރަގް ވިޔަފާރިއާއި، ރީކޯ، ގާސިމްމެން ނުދައްކާ ރިސޯޓު ޓެކްސް އާއި، އިންޑިޔާއާއިއެކު ހަދާފައިވާ ޑީލްތަކުން ނަގާފަވާ ކަޓުތަކަކީ ބައެއް މިސާލު.
    ނަމަވެސް މުއިއްޒުވަނީ މަކަރުނުހަދާ 13 ބިލަިއަންގެ ޕްރޮޖެކްޓު ހިންގައިދީފަ. މިކަންވެސް ރަނގަޅު ކުރެވޭނީ މުއިއްޒުއަށް. އިންޝާﷲ

  2. ސުލޭމާން

    މުއިއްޒު ތިކަން ކޮއްދޭނީ ކިހިނަކުންތޯ.؟ މުއިއްޒުއަކީ 100 މިލިޔަންޑޮލަރުގެ ވިޔަފާރިއެއް ކުރާ މީހެއްތޯ.؟ މުއިއްޒުއަކީ ދުނިޔޭގެ ބޭންކުތަކާއި ބިލިނިޔަރުންގެ ކުލަބުތަކާއި ގުޅުން އޮތްމީހެއްތޯ.؟ މުއިއްޒުއަކީ ފިނޭންސް މިނިސްޓަރުކަން އެއްއިރެއްގައިވެސް ކުރިމީހެއްތޯ.؟ މުއިއްޒުއަކީ އިކޮނޮމިސްޓެއްތޯ ނުވަތަ އިކޮނޮމިކް މިނިސްޓުރީ ހިންގިމުާއި އިގުތިސޯދީ ތަރައްގީގެ މާހިރެއްތޯއެވެ.؟އާދެ އަނގައޮތިއްޔާ ކޮންމެ ވާހަކައެއްވެސް ދެއްކިދާނެއެވެ. އެކަމަކު ޓުރެކްރެކޯޑު އެއީ ތަޖުރިބާ ލިބިގެން ނޫނީ ހާސިލް ކުރެވޭނެ އެއްޗެއް ނޫނެވެ. މިއަދުގެ ކެންޑިޑޭޓުންގެ ތެރޭ މިދެންނެވި ތަޖުރިބާ ހުރި ހަމައެކަނި ޓުރެކްރެކޯޑު އޮތީ ސައީދުގެ ކުރީގެ ބޮސް އަދި ސައީދުއަށް މަތީތައުލީމު ހާސިލް ކުރުމުގެ ފުރުަަތު ދެއްވައި އަދި ސަރުކާރުގެ މިނިސްޓަރަކަށް ހެދުމަށް ސުލޮޓެއް ފުރަތަމަ ދެއްވި އޮނަރަބަލް ގާސިމް އިބްރާހިމްގެ ކިބާގައެވެ. މިކަން ސައީދުއަށް ރަނގަޅަށް އިނގޭނެއެވެ.

  3. ގައުމީ ލޯބި

    ކޮންސްޓްރަކްޝަން އެގުނަސް އިކޮނޮމީއިން މުއީޒަކީ ޒީރޯގެ މީހެއް.. ވަރަށް ކާރީން ދެކެފަ މިހުރީ..އެބޭފުޅާގެ ހަލަތު

    ޔާމީނު އަދި ގާސިމަކީ އެރޮގުން ބަލާއިރު އެންމެ ރަގަޅު ދެމީހުން