ރައީސް މުހައްމަދު ނަޝީދުވެ ވެރިކަން 2012 ވަނަ އަހަރު ނިމިގެން ދިޔަ ގޮތް ތަހުގީގު ކުރަން އުފެއްދި ކޮމިޝަން އޮފް ނެޝަނަލކް އިންކުއަރީ އިން އެކުލަވައިލި ރިޕޯޓް (ކޯނީ) ރިޕޯޓް ގެއްލިފައިވާ ކަމަށާއި އެހެންވެ އެމައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވި ނަމަވެސް އެރިޕޯޓް ފުރަތަމަ އާއްމު ކުރި ސަރުކާރުގެ ރަސްމީ ވެބްސައިޓްގައި ރިޕޯޓް މިހާރު ވެސް އެބައޮތް ކަން ފާހަގަ ކުރެވިއްޖެއެވެ.

ހދ. ނޭކުރެންދޫގައި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން މިއަދު ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ކޯނީ ރިޕޯޓު މިހާރު ނެތް ކަމަށާއި, އެ ވީތަނެއް ނޭނގިގެން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއީ ދައުލަތުގެ ބޮޑު ސިއްރެއް ކަމަށާއި, އެކަން ބަލާ ތަހުގީގުކޮށް އޭގެ ޒިންމާވާ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ކުރީ ދުވަހެއްގެ ޑިބޭޓުގައި ކޮންމެވެސް ބޭފުޅަކު ވިދާޅުވި ކޯނީ ރިޕޯޓެއްގެ ވާހަކަ. މިހާރު އެ އޮތްތޯ ބައްލަވާ. އެ ވީތަނެއް ނޭނގެ މިހާރު. އެ މައްސަލަ ބަލަން އަޅުގަނޑުމެން ވާނީ މިހާރު ފުލުހަށް ހުށަހަޅާފައި. މިއީ ދައުލަތުގެ ބޮޑު ސިއްރެއްތޯ. މިއަދަކު އެއެއް ނެތް. އެކަން ބަލާ ތަހުގީގު ކުރީމަ އެނގޭނެ އޭގެ ޒިންމާވާ މީހާ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިމަތިލައިގެން ތިބި ކެންޑިޑޭޓުންނާމެދު ފުންކޮށް ވިސްނަންވީ މިފަދަ ކަންތައްތަކާ ހެދި ކަމަށެވެ.

ނަމަވެސް ސަރުކާރުން ކޯނީ ރިޕޯޓް އާއްމުކުރި ވެބްސައިޓް ކަމަށްވާ ކޯނީރިޕޯޓް.އޯގް ގައި މިހާރު ވެސް އެރިޕޯޓް އެބައޮތެވެ. އޭރު އިނގިރޭސި ބަހުން ތައްޔާރުކުރި ރިޕޯޓާއި، އަދި ރިޕޯޓްގެ ދިވެހި ތަރުޖަމާގެ އިތުރުން ކޯނީ ރިޕޯޓް ތައްޔާރު ކުރަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ މައުލޫމާތު ވެސް ވެބްސައިޓްގައި އެބައޮތެވެ.

ކޯނީ ރިޕޯޓްގައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން ކަމަށް ނިންމާފައެވެ. އެ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކުރެއްވީ ރައީސް ނަޝީދުގެ ފަރާތުން ވެސް މަންދޫބަކު ބައިވެރިވެގެންނެވެ. އަދި ކޮމަންވެލްތުގެ ވެސް ބައިވެރިވުން އޮވެގެންނެވެ. ނަމަވެސް ނަޝީދުގެ މަންދޫބު ވަނީ އެންމެ ފަހުވަގުތު ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ.

ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން ކަމަށް ކޯނީ ރިޕޯޓްގައި ބުނި ނަމަވެސް ނަޝީދު އާއި އެމްޑީޕީން އެކަން ގަބޫލެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ސެންބެ ޕީޕީއެމް

    ކޯނީ ރިޕޯޓު އެކަންޏެއް ނޫން އިބޫ ސިއްރުކުރީ. އިންޑިޔާގެ ދަރަނިގައި ޖެއްސި އެގްރިމަންޓުތަކާ، ކަނޑު ވިއްކާލި މޮރިޝަސް ސިޓީއާއި، ގާތް މީހުނަށް މިލިއަނުން ލާރިދޭ ސިޔާސީ މަގާމުތަކުގެ ތަފްސީލުވެސް އެއީ ގައުމީ ސަލާމަތުގެ ބޮޑު ސިއްރެކޭ ކިޔާ ފޮރުވި. މުއިއްޒު 13 ބިލިއަންގެ ޕްރޮޖެކްޓް ހިންގީ އެލާރީގަ ނުޖެހި. މަގޭ ވޯޓު މުއިއްޒުއަށް

    37
    2
  2. ހެހެހޭ

    ވާނުވާނޭނގި ދައްކާ ވާހަކައިން ތިމާގެ ސޯޓް ބޭލެނީ

    44
    1
  3. ބަގުއްޑޭ

    ދެންހަމަ ބީތާކަމުން ނޭނގެނީ

    35
    • ވާނުވާ

      ރިޕޯޓުގެ އަސްލު ނެތް ވާހަކަ، ވެބުސައިޓުގަ އޮތީ ޤައުމީ ސަލާމަތޭ ކިޔާފަ ބައިބައި އުނިކޮށްފަަ ބައެއް ބަޔާންތައްވެސް ނެތް ރިޕޯޓެއް.. ވާނުވާގަތަ ތިޔޔަ ތިބެނީ

      • ހަނާ

        ބަލަގަ. އެރިޕޯޓަކީ ޔޫއެންއާ އީޔޫއަށްވެސް ފޮނުވިއެއްޗެކޭ. ފޮރިންގ މިނިސްޓްރީގަވެސް އެއެބައޮތް. އެކައްޗެއްވެސް އުނިނުކޮށް.

  4. ޗޯރު އިބުރޭ

    ނުކިޔަވާ ހުރި ސަންގޯރަކަށްވީމަ ވާނުވާނޭގެނީ.

    31
  5. ގަބުޅިބާދަލާ

    ތިމާ މީހާއަށް ކުރިއަށް ދެންކުރެވޭނެ އިތުރު ކަމެއް ބުނޭދޭން ނޭންގި އަމިއްލަށް ފަޟީޙަތްވަނީ. ލަދެއްވެސް ނުގަނޭ. ދިވެހިންނަކީ ހަމަ އެހާ ގަމާރު ދަށުދަރޖައިގެ ބައެއްކަމަށްތަ ހިކުރަނީ. އިންޑިޔާފަސްޓް ޕޮލިސީގަ ކެމްޕޭންކޮށް ދެވަނަދަރައިޖައިގާ އަމިއްލަގައުމުގެ ރައިއްޔަތުންނާމެދު މިހާއަ ވަހަށް ދެކެންއެފެށީ. ދިވެހިންނޭ ވިސްނާ. ދެން ދެވަނަދައުރެއް ދިފިއްޔާ ކިހާވަރެއް ގައުމަށް ކޮށްލާނީ. ވިސްނާލާ އިންޑިޔާގެ ޕަޕަޓް ތިޔާ.

    25
    1
  6. ޔާރުނޭ

    ޖަލްސާގަ ތިބިބަޔަކު ގަބޫލު ކުރާނެ އެކަމް މީ ހަމަ ބުރާނޗެއް ކަން މިއެނގެނީ މޮޅުކޮއްލަން ދައްކާ ވާހަކައިން

    30
    1
  7. Anonymous

    ސިމްޕަތީ ގޭމް ޖައްސައިގެން ވޯޓް ހޯދަން . ހިޔަޅަކު ވާނީ ހިޔަޅަކަށް

    29
    1
  8. ޚަސީނާ

    ސިމްޕަތީ ގޭމް ޖައްސައިގެން ވޯޓް ހޯދަން . ހިޔަޅަކު ވާނީ ހިޔަޅަކަށް

    21
    1
  9. އަދުހަމު

    މުޅީން އިތުރުފުޅު ހެއްދެވުމުގަ

    29
    1
    • ސާލީ

      މިކަހަލަ ގަމާރެއްގެ ފަހަތުގައިވެސް ހާދަ ދިވެހިނެކޭ މިއުޅެނީ

  10. ލަތީފާތަ

    ޙުރި ނުބައިކަމާއެވެ. ޥެރިކަން ހޯދަން ކޮށަފަ ނުކުރާނެ ކަމެއްނެތް

    27
    1
  11. ހުސޭނުބޭ

    ހިންނަވަރު އިބުރާހީމުގެ ކަމަކީ އިންތިޚާބު ކައިރިވީމާ ދޮގުހެޗުން. އޭނާ ކުރާ ކަންކަންވެސް އެބަ އަޅުވާ އެހެން މީހުންގެ ބޮލުގައި. މޮސާލަކަށް ރާއްޖެ ދަރަނިވެރިނުވާކަމަށް ބުނުމާއި ތަކެތީގެ އަގު ހެޔޮކަމަށް އެބަ ބުނޭ!

    25
  12. Absi

    Hindhu kolhu aissa abadhu hunnani

    16
  13. ީސަލްމާން

    ވައްކަމެއްކުރަންއުޅެގެން ތިފަޅާއެރީ ލިބެންހުރި ވޯޓް ކޮޅުވެސް
    ގެއްލުނީ ފައިބާ ދެންމާދަބިނެފާނެ ...ވަގައްނަގާފިއޭ ޝައްކު ކުރެވެނީ...އަށޭ

    19
  14. ހަވާސާ ހާދިސާ

    ދޮގު ހަދަން އުޅެނިކޮށް ސީޓުބޭލުނީ، ދެން އޮރިޔާމުން ހިންގަނވީނުން! ދަރުލަތުގެ ވެރިޔަކީ ތިބޭފުލާ ކޯނީ ރިޕޯޓަކީވެސް ރައީސް އޮފީހުގައިވެސް ރައްކާކުރެވިފައިވާނެ އެއްޗެއް ވީމާ ތިޔަ ގެއްލުވާލާނީ ވެސް ތިބޭފުޅާނޫންތޯ؟

    17
  15. ޚުލްބްޝަން

    މަށަކައްނޭންގެ އެވެބްސައިޓައް ވަންނާކައް އެހެންވެ އެހެންނުބުނަންވެގެން ގެއްލުނީއޭބުނީ

    20
    • އައިމަން

      ރައީސް ވިދާޅުވީކަމަށްވާނީ ކޯނީ ރިޕޯރޓް ދިރާސާކުރަން ހަވާލުކުރި މީހުން ގެއްލުނުކަމަށްވާނީ، އެީވެސް އޮޅިގެން ބުނެވުނު ބަހަކަށްވާނީ އަބަދުވެސް އޮޅިވަޑައިގެން ހުނަނަވާ ބޭފުޅެއްވީމަ...

  16. ބޮލި މުލައް

    އެހެން ބުނީމަ އަތްޖެހި ޕާޓީގެ އިސްމީހުންވެސް ބުނި ލަދުން ބޯހަލާކޭ

  17. Anonymous

    ދޮގެއް ހަދާނުލާ ހަމަނޭވާ ނުލެވޭނެ.

  18. ފަސާނާ

    މުއިއްޒު އުޅެނީ ޔާމީނުގެ ފޮޓޯ ވިއްކައިގެން ވެރިކަން ލިބޭތޯ. މިއަދުގެ ހާލަތު ތަނެއް ނުދޭ ޕީޕީއެމް އަކަށްވެސް އަދި އެމްޑީޕީއަކަށްވެސް. މި ދެޕާޓީއޮތީ ވެރިކަން ދިނީމަ ބޮޑުތަނުން ފެއިލްވެފަ. މި މީހުންނަށް ހުރިހާ ދިވެިހި ރައްޔިތުން ނޫނެކޭ ބުނަންޖެހޭ އަދި މި ސިޔާސީ ފިތުނަ ހުއްތުވާލައި ގައުމު އަމާން ބަނދަރަކަށް ގެންނާނެ އިޚްލާތެރި ވެރިޔަކު ހުރި ޖުމްހޫރީ ޕާޓީއަށް ފުރުސަތު ބޮޑުތަނުން ހުޅުވާލަން ޖެހޭ. މިފަހަރުގެ ވޯޓަކީ ރާއްޖޭގެ ނިމުން ނުވަތަ ދިރުން ކަމުގައި ހުރިހާ ރައްޔިތުން ދަންނަންޖެހޭ. ވަތަނީ ލީޑަރު ގާސިމް އިބްރާހިމްއަށް ވޯޓުދެއްވާ މި ސިޔާސީ އަނދުނުން ސަލާމަތްވަމާ.

    • ޙައިމާ

      މިގައުމުގެ ފަޅުރަށެއް ގިރިއެއް ފިނޮޅެއް އޭނައަތްދަށުން އެއިރުން ސަލާމަތްނުވާނެ.

  19. އެހެން

    ވެދާނެ ނޫންތޯ އެގެއިން ގެއްލުނީކަމަށްވެސް

  20. ނަރުގިސް

    ނެޓުގަ ހުރި ތިބުނާ ކޯނީ ގެ ރިޕޯޓަކީ އަސް ކޯނީގެ ރިޕޯޓުކަން މުއިޒަށް އެނގުނީ ކިނެތް؟މީހުން ތިހާ ގަޅިއެއް ނުވާނެ

  21. ޓގގގފފދދދފ

    ޜިޕޯޓުގެ އޮރިޖިނަލް ވާހަކަ ރައިސް އެ ވިދާޅުވީ!!