ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ކުރާ މަސައްކަތަށް މާ ބޮޑު ސަމާލުކަމެއް ދޭން ބޭނުން ނުވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އިދިކޮޅު ކެންޑިޑޭޓު ނ. ޅޮއްސަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ މިވަގުތު ނިޒާމީ ވޯޓުގެ ވާހަކަ ދައްކަން މުހިންމު ނޫން ކަމަށެވެ. ރާއްޖެ އަށް ބޭނުން ވަނީ ރިޔާސީ ނިޒާމެއް ކަން ރައްޔިތުން ނިންމައި އެކަން ގާނޫނުއަސާސީގައި ލިޔެފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރައީސް، ރައީސް އަބްދުﷲ ޔާމީނަކީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއް. އަޅުގަނޑުމެންގެ ޕާޓީގެ ސިޔާސަތަކީ އެއީ. ކޮންމެ ކަމެއްގައި ވެސް އަޅުގަނޑުމެން އިސް ކުރާނީ ގައުމު،" އަދުރޭ ވިދާޅުވިއެވެ.

ޑރ. މުއިއްޒު ނ. ޅޮއްސަށް ވަޑައިގަތުން --ވަގުތު އިމޭޖެސް: އަހްމަދު އިޒްމީމް

ދެހާސްހަތްވަނަ އަހަރު ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އޭރު އެމްޑީޕީން ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ވޯޓުލީ މީހުންގެ 40 އިންސައްތަ ބަރުލަމާނީއަށް ލިބުނުއިރު، ރިޔާސީ ނިޒާމަކަށް ތާއީދުކޮށް 60 އިންސައްތަ މީހުން ވޯޓު ދީފައިވެއެވެ. ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކާ ބެހޭ ގޮތުން، އަނެއްކާ ވެސް ވާހަކަތައް ދައްކަން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ތާއީދާ އެކުގައި އުފައްދާފައިވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.

ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓު އަންނަ އޮކްޓޫބަރު މަހުގެ 30 ގައި ނަގަން ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާ ގޮތަށް ކަމާގުޅޭ ގަރާރު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ ގަރާރު މަޖިލިހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އެ ގަރާރު މަޖިލިހުން ފާސް ކުރީ 35 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ގަރާރަށް އެމްޑީޕީގެ މެމްބަރުން ވެސް ވޯޓު ދެއްވާފައިވެއެވެ.

ޑރ. މުއިއްޒު ނ. ޅޮއްސަށް ވަޑައިގަތުން --ވަގުތު އިމޭޖެސް: އަހްމަދު އިޒްމީމް

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކޮންމެ ކަމެއްގައި ވެސް ޕީޕީއެމް/ޕީއެންސީން އިސް ކުރާނީ ދިވެހި ގައުމެވެ. ރައްޔިތުން ރިޔާސީ ނިޒާމަކަށް ތާއީދު ކުރާ އިރު، ޕީޕީއެމާއި ޕީއެންސީން ތާއީދު ކުރަނީ ވެސް ރިޔާސީ ނިޒާމަކަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނޫޅެން ކޮންމެހެން ނިޒާމީ ވޯޓެއްގައި އަޅައިގަނެގެން ނެއްޓެން ނޭނގިގެން. އަޅުގަނޑުމެން މިދަނީ ބާރު ސްޕީޑްގައި ކުރިއަށް ދިވެހިންގެ ރާއްޖެ އަށް ދާން މި ދަނީ. ހަމަ ދާ ގޮތަށް ގޮސް އިރާދަކުރެއްވިއްޔާ ނޮވެމްބަރު 17 ވަނަ ދުވަހު އަޅުގަނޑުމެންގެ ގައުމީ ނައު އަމާންކަމާއެކީގައި ދަތުރުކޮށްފައި ގޮސް ހިމޭން ކަމާއެކީގައި ދިވެހިންގެ ރާއްޖެއަށް މަޑުކުރާނަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސ

    މީ އުޅެނީ ނިޒާާމް ގޯސްވެގެންނެނޫން ވެރިންގޯސްވެގެން ވެރިންގެ އިހުލާސްތެރިކަން ނެތިގެން.ރައްޔިތުންނަވުރެން އަމިއްލަ އެދުން އިސްކޮގެން. ބަރުލަމާނީ ގެނަން އުޅެނީ އިންޑިޔާގެ ނުފޫޒުންތޯ؟ އޭރުން މިރާއްޖޭގާ ވެރިކަން ކުރާނީ އިންޑިޔާގެ ޕަޕެޓުން އިންޑިޔާ ބޭނުންގޮތަކަށް. އޭރުން އެނޫން މީހަކަށް ވެރިކަން ކުރާކަ ފުރުސަތެނީންނާނެ. އޭރުން ވިއްކާނީ ކަނޑު އެކަންނެ ނޫން.ދިވެހިންގެ ކަރުގާ އިންޑިޔާ ހިފުމުގެ ފުރުސަތު ދިވެހިން ނުދެމާތޯ.

  2. ބޮޑުވަޒީރު

    ރާއްޖޭގެ ރައްޔިތުންބޭނުންވޭ މިނޫންވެރިކަމެއް ނިޒާމީވޓަކީމުހިންމުކަމެއް
    މިބޭފުޅުންބޭނުންފުޅުނުވާނެސީދާ ރައްޔަތުންގެފަރާތުން ވަކާލާތުކުރާނިޒާމެއްއޮންނަން ސަބަބުސާފު ކެވޭވަރުމަދުވާނެތީ

    1
    2
  3. ރުކުމާ

    ދަ ޑިމޮކްރެޓިކް އިން ނިޒާމް ބަދަލު ކުރަން އުޅެނީ ނަޝިދުކަން އެގެއެވެ. އޭނާުޔަށް ދާއިމީ މަޤާމަކާއި ނަމެއް އޮންނަން އޭނާ ބޭނުމެވެ، ކުޑަ މަގަމެއް ކުޑަނަމަކަށް ހިތެއް ނުކިޔައެވެ، އަބްދުވެސް އެއްބާރެއްގައި އުޅެން ބޭނުމެވެ. ތިން ބާރުން އެއްބާރުގައި ހިފަން ޖެހެއެވެ. މީ ވެގެން އުޅޭގޮތް ސާފްތަ ރައްޔިތުންނޭ މީ މިނަޝީގެ އަސްލު ސިފަ ޗޯރައްވެސް ބައިއެޅޭގޮތް ހޯދުން މީ މިގައުމުގެ ހަލާކު ބޮޑުވަޒީކަން ކުރާ ހިތުން ފަޅައިގެން އެދަނީ މަރުކޮސް ބޯގޯސް ހަމަ ހިލާ ރައްޔިތުން މިކަން ވިޔަދީގެން ނުވާނެއެވެ. ޗޯރާ ބުއްޅަބޭ ފައިސާގެ ދެފުށެވެ.

  4. މާކަރީ

    ބަރުލަމާނީ ބެނުމެއް ނޫން. އަހަރުމެންގެ ވޯޓުލުމުގެ ހައްގު ބޭނުން. އިންޑިޔާގެ އަޅުންނަކަށް ނުވާނަން

    11
  5. އިބިލީސް

    އަޅެ މި މަރުމޯލު ހައްޔަރު ކުރަން ވެއްޖެނު، މީނަގެ ހުކުމެއްވެސް ތަންފީޒުކުރަން ެބައޮތެއްނު، ކިހިނެއްތަ ދޫވެގެން މި އުޅެނީ.

  6. ކޮވިޑް

    ބަރުލަމާނީ އާ ދެކޮޅު. ރައްޔަތުން މުއްސަދިންގެ އަޅުން ނަށް ވާން ބޭނުމެއް ނޫން.