މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ޖަމާލް ސިލްސިލާކޮށް އެމްޑީޕީގެ ޕޯޑިއަމްތަކުގައި ލަވަ ވިދާޅުވާން ފައްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭނަށް ސަރުކަރު ހިމެނޭ ކޯލިޝަންގައި ނިސްބަތްވެވަޑައިގަންނަވާ ގިނަ އަދަދެއްގެ ޝެއިހުން ބައިވެރިވެވަޑައިގަންނަވައެވެ. އަދި ބައެއް ޖަލްސާތަކުގައި ޕޯޑިއަމްތަކަށް ވެސް އެ ބޭފުޅުން އަރާ ވަޑައިގަންނައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ޝެއިހަކީ އިލްޔާސް ޖަމާލެވެ.

ރޭ އެމްޑީޕީއިން ބޭއްވި ގަލޮޅު ޖަގަހަ ޖަލްސާގައި ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް – ވަގުތު އިމޭޖްސް:އަހްމަދު މަމްދޫހް

ރައީސް ސޯލިހްގެ ކެމްޕެއިނަށް ރޭ ގަލޮޅުގައި ބޭއްވި ޖަގަހަ ޖަލްސާގައި ޝެއިހް އިލްޔާސް ވަނީ ޕޯޑިއަމްއަށް އަރައި ވާހަކަދައްކަވާފައެވެ. އަދި އިދިކޮޅު ޕީޕީއެމް-ޕީއެންސީއަށް ހާއްސަ ލަވައެއް ވެސް ވިދާޅުވެލެއްވިއެވެ. މީގެ ކުރިން ވެސް ޝެއިހް އިލްޔާސް ވަނީ ލަވަ ވިދާޅުވެފައެވެ.

ޖަލްސާ ފައްޓަވަމުން އިލްޔާސް ވިދާޅުވީ މި ފަހުގެ ތާރީހެއްގައި މުޅި ދުނިޔެ ދުށް އެންމެ ޗިލް ކެރެއްޓާ އަދި އެންމެ އޯގާތެރި ރައީސް އަކީ ރައީސް ސޯލިހް ކަމަށެވެ. އަދި ވަރަށް ސީރިއަސްކޮށް އިދިކޮޅަށް ރާގުގައި ޅެންބައިތުތަކެއް ކިޔައިދެއްވަނީ ކަމަށް ވިދާޅުވިއެވެ.. އަދި އޭނާ ވަނީ އެއީ އޭނާ ރާގުގައި ކިޔުމުން އިދިކޮޅަށް ވަރަށް އަސަރުކުރާތީ ކަމަށްވެސް ވިދާޅުވެފައެވެ.

ރާގުގައި ޝެއިލް އިލްޔާސް ޖަމާލް ކިޔުއްވެވި ލަވައަކީ" މީ ދިވެހިންނޭމީ. މުސްލިމުންނޭމީ، ޝުކުރުވެރިވާ، މއީ ދިވެހިންނޭމީ، މުސްލިމުންނޭ މީ. ފަހުރުވެރިވާ، ގައުމުގެ އަމްނާ އަމާންކަމާ، ގައުމުގެ ސިލްމާ ސިޔާދަތާ، އިސްލާމްދީނުގެ ދިފާއުގައި އެންމެ އެއްބައިވަންތަ ވަމާ، މީ ދިވެހިންނޭ މީ، މުސްލިމުންނޭ މީ،" އެވެ. އެ ލަވަ ކިޔުއްވުމަށްފަހު ވިދާޅުވީ އެއީ އިދިކޮޅަށް ދެއްވާ ހަދިޔާއެއް ކަމަށެވެ.

ބަލިވީ މިއުޒިކްގެ ސަބަބުން ކަމަށް ބުނެ އަދާލަތުން ރުޅިގަދަވެއްޖެ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށްވުރެ ކުރި ހޯއްދައްވާފައިވަނީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އިންތިހާބު އެއް ބުރުން ކާމިޔާބު ނުވީ މިއުޒިކްގެ ސަބަބުން ކަމަށް ބުނެ އަދާލަތު ޕާޓީގެ ބައެއް މެމްބަރުން ޝަކުވާ ކޮށްފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ނުކުތް ނަތީޖާއާ ގުޅިގެން އަދާލަތު ޕާޓީގެ ބައެއް މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. ފާޑުކީ ފަރާތްތަކުގެ މައްސަލައަކަށްވީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި މިއުޒިކް ކުޅެ، ލަވަ ކީ މައްސަލައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑައެލޯގް

    ޝޭހެއް މިހިރަމޮޔަވަނީއެވެ. ﷲ ގެކޯފާނ އައުމުގެ ކުރިން ޝެއިހް ހޭއަރާނެއެވެ.

    17
  2. ސަލްމާނު

    މިވެސް ޝެއިޚެއްތަ ނަށާ ލަވަކިޔާ މީހެއްމީ

    12
  3. ރިވެތި

    ސޭހުންގެތެރޭގަ ހުރި ސައިތނއެއް އެމީހުން ބުނޭ އެފަދަމީކުންވެސް އުޅޭނޭ ދުނިޔޭގެ ދަޅަޔައްހެއްލުނީމާ ހޭވެސްބަލިވާނޭ ދުނުޔެ ދޫކުރުމުގެކުރިން އެފަދަމީހުން ފާޅުވާނޭވެސް އޭނަކުރިންބުނި

  4. މުންޖިޗޭ

    މިހާރު މިހިރީ އާމޫނެއް ދައްކާފަ، މިއުޅެނީ ކޮށްފަ ނުކުރާނެ ކަންތައްވެސް ނޭގިގެން، ދީނީ ޢިލްމުވެރިންގެ ސަފަހުގައިވެސް އުޅެންޖެހޭ، އަދި ސިޔާސީ މީހުންގެ އިސްސަފުގައިވެސް އުޅެން ބޭނުން، ސިޔާސީ ގިނަމީހުންނަކީ ދޮގުހެދުމާއި މަކަރު ހެދުމާއި އޮޅުވާލުމުގައި އަރާތިބޭ ބައެއް، އެސިފަ ޤަބޫލުކޮށްގެ އެތަންތަނަށް ކޮފޭ މީހަކަށް މެދުވެރިވާނީވެސް އެގޮތް، މީހުންގެ ކުރިމަތީގައި ތިމާގެ ޤަދަރު ކުޑަވެ ފާޑުކިޔުން އަމާޒުވާ ޒާތުގެ ހަޑިހުތުރު ކަންތައްވެސް ކުރެވޭނެ، އެބައެއްގެ ތެރޭގައި އުޅެވޭނީ އެބަޔަކާ ވައްތަރުވެގެން، އެކަން މީގެކުރިން ޢިމްރާނުގެ ކިބައިންވެސް އިންތިހާއަށް ފެނިފައިވޭ، މިހާރު އިތުރުމިކުރީ އެއަށް އިތުރު ބޮޅެއް، ބުހުތާނުލްމަޖޫސީގެ ސަފުން ޖާގައެއް ލިބިގެން އުފާވާވަރު އެއޮއް ކިޔާ ޅެންފަރިހިން އެބައެނގޭ، އެކިރާގުރާގަށް ލަވަކިޔައި ނަށާ އަންހެންކުދީންގެ މަޙެފިލްތަކުގައި ހިތްއުފާކުރަމުންދަނީ ތިމާމެންގެ އަބުއިކަމާއި ޢިއްޒަތާއި ޢަބުރަށް ކުޑަކޮށްވެސް ވިސްނާލުމެއްނެތި، ޢިލްމުވެރީންގެ މާތްކަމަށް ހުތުރުބަސް ރައްދުވުމަކީ ހިތާމަހުރިކަމެއް، ކިތަންމެ ނުރުހުނަސް މިފަދަ މީހުންގެ ސަބަބުން އެކަންވެސް ވެގެންދާނެ.