ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދުގެ ތާއިދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތްކަން ހަމަކުރައްވައިފިއެވެ.

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އިލްހާމް ތާއީދު ކުރެއްވީ ގާސިމަށެވެ. އެކަމަކު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް ދިޔައީ ފަސް ވަނަ އަށެވެ. ގާސިމަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިގެން ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުރަން ޖޭޕީން ވަނީ ނިންމައިފައެވެ.

ނަމަވެސް ގާސިމް ވިދާޅުވެފައި ވަނީ، ވަނީ ޖޭޕީގެ ނަން ބޭނުން ނުކޮށް، އެ ޕާޓީގެ މެމްބަރުން ކޮންމެ ކެންޑިޑޭޓަކަށް ތާއީދު ކުރިޔަސް އެންމެ ރަނގަޅު ކަމަށެވެ.

އިލްހާމް ވިދާޅުވީ، ގައުމު މިއަދު މިއޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ، އަދި ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެކަމަށް މިހާރުވެސް ބުނަމުންދާތީ، އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ވިސްނައި، ސިޔާސީ ބޭފުޅުންނާއި އަދި އެހެނިހެން ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤގާމަށް މިވަގުތު އިންތިހާބު ކުރަން އެންމެ އެކަށޭނެ އަދި ޤާބިލް ބޭފުޅަކީ މިހާރުގެވެސް ރައީސް، ކަމަށް އޭނާއަށް ފެންނާތީ އެމަނިކުފާނަށް ތާއީދު ކުރަން އޭނާ ނިންމާފައިވާ ކަމަށެވެ.

"‏ރައީސް ސޯލިޙް ވަނީ ފާއިތުވެމިދާ ރިޔާސީ ދައުރުގައި، ގައުމު ހަލަބޮލި ނުކޮށް، ސުލްހަވެރިކަމާއިއެކް ވެރިކަން ކުރެއްވޭނެކަން ސާބިތުކޮށްދެއްވާފައި. ‏ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ދެއްވައިގެން ވެސް ވެރިކަން ކުރެއްވިދާނެކަން ދައްކަވާފައި.". އޭނާ ވިދާޅުވިއެވެ.

އަދި ރައީސް ސޯލިހް މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮތީ ސެޕްޓެމްބަރު 30 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ނާނާ

    މިފެންނަނީ ފަހުޒަމާނުގެ އަލާމާތްތަށް ހުރިހާ ކޮރަޕްޓް ރިލޯޑް ތަށް އަމިއްލް ރަަށުން ގާސިމަށް 20ވޯޓް ހަކިށް ނުދެވުނު ތރަފަނާޒް ތަށް ހޭހޭ މިފަހަރު އިނގޭނެ ކުނިބުނި ސާފުކުރަން ހުސް ޑަސްބިން އެއްވެސް ބަޔަކު ބަލި ނުގަންނަ ސިޔާސީ ބަޑިން ހޭ ހޭ

    • ކަމަނަ

      ގަސިމބެއަށް ދެރަދީފަ ފޭވެލީ ބަލަ ކަލޭމެނަށްޓަކައި ގާސިމްބެ ނުކުރަނީ ކޮން ހަރަދެއް

  2. އަޙުމަދު

    މާތްﷲގެ ތަނަވަސް ރަޙުމަތްފުޅުން ރައީސް އިބުރާހީމް ވަރުގަދަ ބައްޔަކުން ރިޔާސީ އިންތިޚާބުގައި ބަލިކުރައްވައިފާނދެވެ. އާމީން

    7
    2
  3. އަހަންމަދު

    ތިކޯއްޗެއް؟ އަމިއްލަރަށުންވެސް އެންމެ 9 ވޯޓު. ލަދުގެ ކަންފުޅެއްހުރިނަމަ ދެން ސިޔާސީމައިދާނަށް ނުނިކުންނާނެ.. އަސްލު މިވީގޮތަކީ ސަރުކާރުފަޅިން ލާރިބަހާ ވަސްދުވައިގެން އެހުރީ އައިސް.. އެނގޭކަމަކީ އިހުލާސްތެރި މަސައްކަތެއްނުކުރާނެކަން. ޕޯޑިއަމަކަށް އަރާ ފެލިގަތުން ފިޔަވާ..

  4. ރިއަލިޓި

    ކުނިބުނި ތަށް ޕީ ޕީއެމް އަކަށް ބޭނުމެއްނުވޭ.

  5. ގާއްޓޭ

    ސިޔާސީ ހައްޕުޑު ގާސިމްގެ ހަލާކު ތިއެއްޗިސް ގެންގޮސްގެން ވާނެ މޮޅެއް ނެތް އިންޝާ ﷲ މުއިޒް މިއިންތިހާބް ކާމިޔާބްކުރައްވާނީ ވަރަޢްބޮޑުތަނުން.

  6. އަލިބެ

    ހުރިހާ ސިޔާސީ ފެއިލިއަރތަށް އަނެއްކާވެސް އަމިއްލައެދުމައިގެން ސަލާންޖަހަން ނުކުތީ. މިހާރު ތިޔައީ ރައްޔިތުން ބަލައިގަންނަ ބައެއްނޫން . ޢެންމެ 4000 ވޯޓްގަނޑުވެސް ނުހޯދުނު ބައެއް ގާސިމަށް ލަނޑުދިން މީހުން.

    • ވިކިލީކްސް

      ގާސިމަށް މީނަގެ ރަށުން މީނަ ބުނެގެން ލިބުނީ 9 ވޯޓް

  7. ޓޫ ލޫޒާރސް

    ސިޔާސީ ހާޔާތް ނިމުނު އިރު ފައިދާއެއްވާކަހަލަ އެއްކަމެއްވެސް ނުކުރެވުނު ދެ މީހުން.

  8. އަބް

    ކޮބައިތޯ ހަލަބޮލު ވުމަކީ، ގައިމު އަޅުގަނޑުމެންގެ ރަށަށް ރައީސް ކެންޕެއިންނަށް ވަޑައިގެންނެވި ދުވަސް، އެހީ ހަލަބޮލި ދުވަސްކަމުގަައި ނުވާނަމަ ދުވަހަކުވެިސް ހަލަބޮލި ދުވަހަހއް އަދި ނާދޭ

  9. ދުން

    ގެމަނަފުށިން ކިތެއްވޯޓް ލިބޭނެބާ؟ރަނގަޅު ރީލޯޑެއް ކޮށްފަ ގެންދިޔައީ....

  10. އައްޔަ

    ޓީމްފަޑުއްކަ

  11. ހުސޭނުބޭ

    ގާސިމް އެތިކޮޅެއް ނުދިނީމާ ޗޯރޭ ދިން ކުޑަ އެތިކޮޅަކަށް ޗުކުލާ މަހެއްހެން ކުލަ ބަދަލުކޮށްލީ.

  12. ސުދީރު

    އެހެންވީމައި ގައުމު ހަލަބޮލިނުކޮށް މޭޒުދަށުން ގައުމުގެމިނިވަންކަން ނަގާލިޔަސް މިމީހުންނަށް އެންމެރަނގަޅުކަމަށް މިފެންނަނީ. ގާސިމްބުނީ ރާއްޖޭގައި އިންޑިޔާގެ މިލިޓަރީނެތްކަމަށް އިބޫ ދެއްކިހައި ކަރުދާސްތަކުން އެނގެނީ އިންޑިޔާގެ މިލިޓަރީގެ ބާރު މިތަނުގައި އެބައޮތްކަމަށް، އެހެންވެގެންނޭ ރައީސް އިބޫއާއި އެއްކޮޅަށް ނޭރުނީ. ދެން މިއަދު މިފެންނަނީ ގާސިމް އަރިސް ބޭކަލުން ގޮސް އިބޫފަހަތަށް އަރާތަން، އެހެންވީމައި މިބުނަނީ އިންޑިޔާގެ މިލިޓަރީ އާއި އިންޑިޔާގެ ނުފޫޒު މިގައުމަށް ގެނައުމާއި އެނުފޫޒު މިގައުމުގައި ހިންގައި މިގައުމުގެ މިނިވަންކަމުގެ މުސްތަގުބަލް އަނދިރިގަނޑަކަށްވައްޓާލުމުގައި ގާސިމާއި އޭނާގެ ޕާޓީގެ އިސްމީހުންގެ ދައުރު އެބައޮތޭ.

  13. ރިވެތި

    އިލްހާމުމެން ސޯލިހުކައިރީގަ ކީކޭތަ ކިޔަންއޮންނާނީ ހީކުރީތަ މޮޅޫތަކެއްވާނެކަމައް ތިޔަމީހުން ދެނެއްބަލައެއްނުގަންނާނެ ޕީޕީއެމަކުން ތައިލީމީ ޒުވާނުން ޔާމީންފަހަތުން ނުކުނަނާނީ ބަލަނއތިބޭތި ޑިގްތީ ހޯލްޑަރުން އެންމެގިނަޕާޑިއަކައްވެސް ޕީޕީއެމް ހަދާނަން މީޒުވާނުންގެ މުއީޒު މަޖިލިސްވެސް ކަވަރުކުރާނީ ދެން މި ތައުލީމީ ޒުވާނުން ވަރައްވާހަކަ އެބަހުރި ދައްކާލާނަން ފަހުން

  14. އަހްމަދު

    ޤާސިމްއަށް ލަނޑު ދީފައި ދިޔަ ގުރޫއްޕެއްގެ ބޭނުމަކީ ކޮބާ!