ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ އުމަރު ނަސީރުގެ ޓީމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ގޮނޑިއަކަށް ވާދަކުރާނެ ކަން އިއުލާންކޮށްފިއެވެ.

އެކަން އިއުލާންކުރީ ރިޔާސީ އިންތިހާާބުގެ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއިދުކުރުމާ ގުޅޭ ގޮތުން އުމަރު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އިންތިހާބުގެ ދެވަަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއިދު ނުކުރައްވަން އުމަރު ނިންމެވި އިރު އޭނާ ރޭ ވިދާޅުވީ ރާއްޖެ އާ މިސްރާބަކަށް ގެންދަން ކުރާ މަސައްކަތުގައި އޭނާގެ ޓީމުގެ ބޭފުޅުން ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ވާދަ ކުރާނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ގޮނޑިއަކަށް ވާދަކުރެވޭތޯ އަޅުގަނޑުމެން ބަލާނަން. އަދި އަޅުގަނޑުމެން ވާދަކުރާނީވެސް އަޅުގަނޑުމެން ގެންގުޅޭ ސްލޯގަންގައި. އަޅުގަނޑުމެން ވަކާލާތު ކުރާ ކަންކަމުގައި ހިފައިގެން އަޅުގަނޑުމެން ވާދަކުރަމުންދާާނީ. ފަހަރެއްގައި ހިތަަށް އަރާފައި ގޮނޑިއެއް ވިން ނުވެދާނެއޭ. މައްސަލައެއް ނެތް. އަޅުގަނޑުމެން ކަންބޮޑެއް ނުވޭ.". އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންމެ ގޮނޑިއެއް ކާމިޔާބު ނުކުރެވުނަސް ތިބީ ވާދަކުރުމުގެ އަޒުމުގައި ކަމަށެވެ. އަދި އޭނާގެ މެސެޖު ރާއްޖޭގެ ހުރިހާ ގެއަކަށް ވަންނާނެ ކަމަށް ވިދާޅުވިއެވެ.

"ލަކުޑި ގަނޑަކަށް މޮހޮރެއް ނުވަންނާނެ އެއްފަހަރު ޖަހައިގެންނެއް. ލަކުޑިގަނޑަކަށް މޮހޮރެއް ވަންނާނީ ތިން ހަތަރު ފަހަރު ޖަހައިގެން. އެހެންވީމާ އަޅުގަނޑުމެން މި ގެންނަ މެސެޖު ރާއްޖޭގެ ހުރިހާ ރަށެއްގެ ގެޔަކަށް ވަންނަންދެން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން.". އުމަރު ވިދާޅުވިއެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އުމަރު ވަނީ ހަތަރު ވަނަ އެންމެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ. އެއީ 6231 ވޯޓެެވެ. މާބޮޑު ކެމްޕޭންއެއް ނުކޮށް ހަތަރު ވަނައަށް އެންމެ ގިނަ ވޯޓޫ ހޯއްދެވުމުން އެއީ ވަރަށް ބޮޑު ކާމީޔާބީއެއް ކަމަށް ގިނަ ފަރާތްތަކަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ގައުމުވިއްކާ

    ވޯޓު ބައިބައިކުރަން ތިއުޅެނީ. ތީގެ މޮޅު ލިބޭނީ ތިމާ އެބަޔަކާ ދެކޮޅަށް ވަކާލާތުކުރާމީހުންނަށް. އެއްގޮތަކުންވިއްޔާ ތިއައީވެސް އޭގެމީހެއް.

    26
    3
  2. މުއިއްޒު ކުރިއަށް

    ދީނަށް ނަސްރުދޭ، އިންޑިޔާގެ އަޅުވެތިކަމާއި ބަރުލަމާނީއާއި ދެކޮޅު މީހުން މަޖިލީހަށް ހޮވަން ތާއީދު. މުއިއްޒުގެ އިސްލާހީ މަސައްކަތަށް ހުރަސް ނާޅާނަމަ އުމަރަށް ވޯޓު ދޭން ތާއީދު

    15
    4
  3. Anonymous

    ޢުމަރާ މޮހޮރުޖަހަން ފިލާގަނޑު އަތުޖެހިގެންތާ މޮހޮރު ޖެހޭނީ.
    އަތައްް ފިލާގަނޑުވެސް ލިބެ އޮތީ މުޢިއްޒަށް ވޯޓްދެވިގެން.
    މިހާރު ފިލާގަނޑުވެސް ވެސް ބޭރުކަަރަ މީހުން އަތުންނޫނީ ނުލިބޭ ހިސާބަށް ގޮސްފައި މިއޮތީ . ޢުމަރު މާ ޤައަުމީވެގެން އުޅުން ބޭކާރުކަމަކަށްވީ. ޙުއްރިއްޔަތެއް ބުއްރިޔަތެއްވެސް ޢުމަރަށް ނޭނގުނު.

    21
    2
  4. ސަރަފަކައްދަ

    ސާބަހޭ އުމަރާ! ލަފާ ކުރެވޭ ގޮތުގައި ފުދޭ ވަރަކަށް ގޮނޑި ލިބިދާނެ ކަމަށް ބެލެވޭ.

    5
    20
  5. ޟިރާ

    ޙަރަދު ކުރެވޭނެބާ

    12
    2
  6. ކިޔު

    މިހާރު އިދިކޮޅުގައި ތިބި މީހުން ގުޅިގެން ދާއިރާތައް ކުރީ ފަހަރަކުހެން ބަހާލައިގެން ކުރިމަތިލިޔްޔާ ނޫނީ މަދު ގޮނޑިއެއް ނޫނީ ނަގާނީ އެމް.ޑީ.ޕީ!

    9
    2
  7. ނާނި

    އުމަރާ ތިވަރަށް އަމިއްލަ އެދުންބޮޑުވީމަ ދެންވާނެ ކަމެއް ނޯން ނާނެ، ގަވްމް އޮވެގެންދޯ ވެރިކަމަށާ މަޖިލީހައްވެސް ކުރިމަތިލެވޭނީ، އިންޑިއާގެ ސްޓޭޓަކަށް ވީމަ ތިކަންތައްތަކެއް ނުވާނެ،،،،ހޭއަރާ

    21
    3
  8. ކޭކް

    ފޮނިމީހެއް 6 ވޯޓް ލިބިގެން

    17
  9. ގާގީންތް

    މިއީލަކުޑިއަށްމަރުތޭލުންމޮހަރުޖަހާޒަމާނެއްނޫން މިހާރުމޮހަރުޖަ
    ހަނީބަޑިން

    16
  10. މަ

    ބަރާބަރު މީހެއް.

    3
    15
  11. ކާޅު ބާޒު

    މީނާ މި އުޅުއްވަނީ މޮޔަފުޅުވެގެން....

    15
    3
    • ހުދު ބާޒު

      މޮޔަވެގެން ކިޔޭ ނުކިޔޭ ނޭނގިގެން އުޅޭ ލައްކަ މީހުން މި ކެމްޕެއިން ތެރެއިން ފެނިއްޖެ.. ވެވޭ ނުވެވޭ ވައުދެއް ނޭނގި ވެރިކަމާހެދި ތެޅި ބާލާތަން އެބަފެނޭ.. ދެއިރު ކާ ބޭސް ގުޅައެއްހެން ޕާޓީ ބަދަލުކޮށް ކުލަ ބަދަލުވާ މީހުންވެސް އެބަ ފެނޭ.. އުމަރުު ވިއްޔާ ކިޔާ އެކައްޗެއް ކިޔަކިޔާ 18 އަހަރު ވަންދެން ހިފަހައްޓައިފިތާ.. ހީ އިޒް އަ މޭން އޮފް ޕްރިންސިޕަލް.. އެކަމަކު އެއީ ގިނަ ބަޔަކަށް ހަޖަމްވާ ކަމެއް ނޫން.. މިހާރު ރަނގަޅީ ގިނައިން ދޮގު ހަދާ މީހުން.. ގިނައިން ރިޝްވަތު ދޭ މީހުން.. ފަހު ޒަމާނަށް އައިސް ތެދުގެ މައްޗައް ދޮގު ކުރި ހޯދާނެ ވާހަކަ އަންގަވާފަ އޮތީ.. އެއީ މިވާ ގޮތަކީ.. ސިޔާސީ ކުލައެއް ޖެހިފަ ހުރި މީހަކު ޕޯޑިއަމަކަށް އަރާ ކޮންމެފަދަ ވާހަކައެއް ދެއްކިޔަސް އަތް ޖަހަން ތިބޭނީ.. ހަރުދަނާ ވާހަކައެއް މީހަކު ދައްކައިފިއްޔާ އޭނަ އެއުޅެނީ މޮޔަވެގެން

      4
      1
      • ކާޅު ބާޒު

        ހުދު ބާޒުގެ ވާހަަކަައަށްވެސް ތާއީދު ތާއީދު....

  12. Anonymous

    ގާރޫނައްވުރެ ކިބުރުވެރިއެއް މިފެނުނީ 6000 ވޯޓު އެއީކަލޭ ހީކުރިީ މުޅި މަޖްލިސް ލިބޭނެވަރުކަމައްދޯ

    16
    5
    • އެހެން މީހެއް

      ހަގީގަތަކީ އޭނާއަށް ލިބުނު 6000 ވޯޓަކީ ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ހިތުން ރުހުމުން އޭނާއަށް ތާއީދުކޮށް ދިން ވޯޓުކަން.. އެހެން ކެންޑިޑޭޓުން ފަދައިން ގަންނަން އުޅުނުނަމަ 16000 ވޯޓުވެސް ލިބުނީސް.. އެކަމަކު އުމަރަކީ ހަރުދަނާ ޝަޙްސިއްޔަތެއް. ކޮންމެ ކަމެއްގަ ވައްކަން ކުރުމުގެ އުސޫލެއް ނުގެންގުޅުއްވާތީ އެހާ މަދުން ވޯޓު ލިބުނީ..

      4
      6
  13. އަހަންމަދު

    މިޒަމާނުގަ އެއްފަހަރުން ޖަހާވެސް ވައްދާލެވޭ ގޮތްގޮތް އެބަހުރި.
    ޢުމަރު ޒަމާނީ ޓެކުނޮލޮޖީއާ ތަންކޮޅެއް ބޮޑަށް އަހުލުވެރިވާންވީ.

    16
    2
  14. ވިސްނާލުމަށް އެދެމޭ

    މޮޔަވޭ ތިޓީމު..އަމިއްލައެދުމުން ތަތްތެޅިފަ ތިބިބަޔަކު ގައުމުގެ ގާނޫނުހަދާ މަޖުލިހަށް ރައްޔިތުން ނުހޮވާނެ އިންޝާﷲ...ގައުމަަށްވާނެއެއްޗެވާން ދޫކޮއްފަ މުސާރަކާން އަންނަންތިއުޅެނީ..

    16
    1
    • ތިންކް ޓްވައިސް

      މިހާރު ގާނޫނު ހަދާ މަޖިލީހަށް ރައްޔިތުން ހޮވާފަ ތިބި އިއްޒައްތެރި މެމްބަރުންގެ ހާލަކީ ކޮބާ؟ އެމީހުން ހަމަ ކޮންމެ ފިޔަވަޅެއްވެސް އަޅަނީ ގައުމައްޓަކާތަ؟ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވައިދިނުމުގެ ބަދަލުގައި ބޮޑު މުސާރަ ހޯދައިގެން އައުގުރާނަ ގޮވާލަ ގޮވާލާ ތިބެނީ.. މިހާކަށްވަރަށް އަމިއްލަ އެދުން ބޮޑުވާނީ.. ތިމާ ނިސްބަތްވާ ޕާޓީ އިން ބޭނުންވާ ގޮތަކަށް ބިލްތައް ފާސް ކުރަން ވޯޓުދޭއިރު ރައްޔިތުންނަށް ފައިދާވާނެ އަދި ރައްޔިތުންގެ ބޭނުންވާ ގޮތް ބަލާލުން މުހިއްމެއް ނޫން.. ރަނގަޅަށް ހަމްދު ސަނާ ކިޔަން ނޭނގުނަސް އެތިބީ މަޖިލީހަށް ހޮވާފަ..

      3
      2
  15. ޢުމަރު މުޚްތާރު

    ޢުމަރަށް އެނގިއްޖެ މިހާރު ރާއްޖޭގައި ތިބި 33 ޕަސެނޓް މީހުންނަކީ ހަރުކަށި ގޮތްތަކަށް ލޯބި ކުރާ ބައެއްކަން އެމީހުންގެ ތާއީދު ޢުމަރަށް އެބައޮތްކަން . ބައްލަވާ ޢުމަރު މަގުތަކުގައި ދަމާފައި ހުރި ބެނާތައް . އޭގަ މުޅިންވެސް ލިއެފަ ޙުރީ . ކަންކަށި ދުއްވާލާނަން " ޢުމަރު" އަތް ބުރިކުރާނަން " ޢުމަރު " ރަޖަމް ކުރާނަން "ޢުމަރު " ލޯކޮނެލާނަން " ޢުމަރު " ދަތްޕިލަ ދުއްވާލެވޭނީ ޢުމަރަށް " ޢުމަރު ... މިކަހަލަ އެއްޗިހި... ފެށުނީއްސުރެ އޭނަ އެކިޔަނީ އެހެން! އޭތި ބަޔަކު ބަލައިގަނެފި . ބުރުމާ ގާސިމްބ 175 މިލިއަން ކެމްޕޭނަށް ޚަރަދުކުރި މީހާޔަށްވުރެ ޢުމަރަށް އޮތް ތާއީދު ބޮޑު . އެއްވެސް ޕާޓީއެއް ނެތި އަމިއްލަ ގޮތުން ބައިވެރިވެގެން ބޮޑެތި ޕާޓީތަކާ ވާދަކޮށް 3 ވަނަ ހޯދީމާ އެއީ އޭނަޔަށް ގިނަ ބަޔަކު ތާއީދު ކުރާކަމަުގެ ހެއްކެއް . އުމަރު ބުނަނީ ތެދެއް.. ޅިނދު ބިންދާލެވޭނީ ޢުމަރަށް . އާޓިފިޝަލް ބީޗް ގައި ސޯޓެއް ލައިގެން 6 ރޭ 6 ދުވާލު ހައިހޫނު ކަމުގެ ހަޅުތާލެއްވެސް ކުރި . ހެނދުނު ގަޑީގައި އެތާކައިރީ ހުރި ޑައިނަމޯ އިން ވަގުވަގަށް ސަބްމެރިން ކައިގެން

    6
    1
  16. ބަހާއީނަސީމް

    އެންމެ ގޮނޑިއެއްވެސް ނުލިބޭނެ

    8
    2
  17. މޯޑު

    އިރާދަފުޅު ކުރެއްވިއްޔާ، އަހަރެންގެ ދާއިރާއައް އުމަރު ނެރޭއެއްވެސް މީހަކަށް އަހަރެން ތާއީދެއް ނުކުރާނަނ،ް ހިފެހެއްޓެން އޮތް ވޯޓެއްވިއްޔާ ހިފަހައްޓާނަން، ތި ގައުމުދެކެ ލޯބިވާކަމަށްހެދިފެން، ދެފުއްދެގޮތް މުނާފިގު، ވައްތަރު މީހުން

    15
    2
  18. ޢޮޑި

    ޢުމަރޭ ހަރުގަޑު ދިގުކުރަންވީ، ރާއިތުން ފާޅުގަ ނޯ ބުނީމަ ދެންވެސް ބަލަންވީ ފެތޭ އޮޑީގަ ކަފު ޖަހައިގެންވެސް ގަދަކަޑުގެ ދަތުރު ކުރެވޭތޯ، ހެހެހެ

    4
    1
  19. ދަސރޫގުޖަރީ

    އުމަރު ތިހެދީ ކަޑައެއްޗެއް ތިއިންތިއެގުނީ އިބޫގެވެރިކަން އުމަރުގަބޫލުކުރާކަން ގައުމުސަކާމަތްކުރަންއުމަރުއަށްވޯޓްދިންހުރިހާފަރާތަކަށްގޮވާލަން
    މުއިއް އަށް 4 ✓ ވޯޓްދެއްވާ އިންޑިއާގެވަކިތަކުންމިގައުމުސަލާމަތްކުރަން