މިއީ ދަ ޑިމޮކްރެޓްސް ޕާޓީން ބައެއްގެ ފިތުނައިގައި ނުޖެހި އެއްބައިވާންވީ ވަގުތު ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް އެގޮތަށް ވިދާޅުވީ އޭނާ ކުރެއްވި އެކްސްއެއްގަ އެވެ.

އެމްޑީޕީން ވަކިވި މެމްބަރުން އުފައްދައިގެން އުޅޭ ޑިމޮކްރެޓްސް ޕާޓީގެ ގެ ބައެއް އިސް ބޭފުޅުން މިއަދު އިބޫ(ރައީސް އިބްރާހިމް މުހައްމަދު ސޯލިހް) ނޫން ގޮތެއްކަމަށް ބުނަމުން ދިއުމަކީ ހަމަ މާދަމާ އެމްޑީޕީގެ ބައެއް މެންބަރުން ބަރުލަމާނީ ނޫން ގޮތެއް ކަމަށް ބުނަށް ދެވޭ ޖާގައެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އެހެންކަމުން ޑިމޮކްރެޓްސްގެ ލީޑަރޝިޕުން އަދިވެސް އިތުރަށް ވިސްނާލަން މުހިއްމު ކަމަށް އޭނާާ ވިދާޅުވިއެވެ.

"މިއީ އޮތް ހިތްހަމަނުޖެހުން އެއްފަރާތްކޮށް އެއްބަޔަކު އަނެއްބައެއްގެ އަތުގައި ހިފަންވީ ވަގުތު. ވިން ވިން ސިޗުއޭޝަން އަކަށް ދާންވީ ވަގުތު. ބައެއްގެ ފިތުނައިގަ ނުޖެހި އެއްބައިވާންވީ ވަގުތު." މަހުލޫފް ވިދާޅުވިއެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް އެއްބުރުން އިންތިހާބު ކާމިޔާބު ނުކުރެވުނުއިރު އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ދެވަނައެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބަށެވެ.

އެހެންވެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއިދު ރައީސް ސޯލިިހަށް ވަރަށް މުހިންމެވެ.

ރައީސް ސޯލިހު ވަނީ ޑިމޮކްރެޓްސްގެ ތާއިދު ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ޑިމޮކްރެޓްސްއިން އެދުނު ގޮތަށް ނިޒާމީ ވޯޓެއް ނަގަން ފުރުސަތު ދިނުމާއި އަދި ޑިމޮކްރެޓްސްގައި އެންމެ އިސްކޮށް އުޅުއްވަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުﷲ މަގާމުން ދުރުކުރުމަށް ހުށަހެޅި މައްސަލަވެސް ވަނީ އަނބުރާ ގެންގޮސްފައެވެ.

އެވަރުންވެސް ޑިމޮކްރެޓްސްއިން ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ބަޔަކަށް ތާއިދު ނުކުރަން ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ނަބީ

    މިހާރު އެބިރުދައްކަނީ ޑިމޮކްރެޓުންނަށް

    34
    1
  2. ނަސީމާ

    ހިތުހުރި ވަރަށް މަލާމާތާައި ފުރައްސާރަކޮށްފަ މިއަދު ވެރިަކން ބޭނުންވީމަ ޑިމޮކްރެޓްސް ވަރަށްނެތް. އަޖައިބެއް ފަހެ ނުވާނެ. އަބަދުވެސް ކަލޯ ހުންނަން ޖެހޭނީ ވެރިކަމާ ބަރުގަތަ. ތިގޮތަށް ލަވަކިޔާ ފިލްމު ސްޓާރުންނާ ހެދި އުޅޭ މީހުން މިޤައުމުގެ ވަޒީރުންފެންވަރުގަ ތިބީމަ މި އިސްލާމީ ޤައުމުގެ އަގު ވެއްޓެނީ. އަހަރެމެން ބޭނުންވަނީ ކިޔަވައިގެން ތިބި ހަރުދަނާ ދީނަށް ލޯބިކުރާ ވެރިން. އެހެންކަމުން ކަލޯމެންނަށް ބުނެލަން އޮތީ ހަމަ ސޮރީއޭ.

    26
    1
  3. މޕމޕ

    ފިތުނަޔާ އަނިޔާ ވެރިކަން އޮތީ އެމްޑީޕީގަ އަމިއްލަ ޕާޓީ ބައިބައި ކޮއްލީ އަދި ނުވިތާކައް އަންނިއައް ފުރާނައައް ނުރައްކާވާ ކަންތައްތައް ކޮއްފަ އަދި ނުވިތާކައް މަލާމާތްކޮއް ޖެއްސުންކޮއް އެމްޑީޕީން ވަކިވާން މަޖްބޫރުކުރުވީ. ފުރަތަމަ ބުރުން ބަލިވީމަ ދެންތެޅޭނެ ކަމެއްނެތް

    37
    4
  4. މިހާރު

    ޑިމޮކްރެޓްސްއިން ނަފްސު ވިއްކާލާ ބައެއް ނޫން. ޑިމޮކްރެޓްސްއިން އެމްޑީޕީއާ ދުރައް ދިޔައީ ޔާމީނާ ހެދިއެއް ނޫން ދުރައްދިޔައީ ސީދާ އިބޫއާ ހެދި ވޯޓް ދޭންވީ މީހާ މިހާރު ސާފު ވެއްޖެ ކަމައް ހީކުރަން.

    25
    2
  5. ވަރައް ސަލާމް

    އިބޫ ދިން އަނިޔާއައް ބަލާއިރު އެވަރުގެ އަނިޔާއެއް ނުދޭ އިދި ކޮޅުގެ އެއްވެސް ޕާޓީ އަކުން.
    1. ޕާޓީ އެތެރެ އިންތިހާބުގަ އަންނިގެ ސަޕޯޓަރުން ޕާޓީން ވަކިކުރުން
    2. ބޮންގޮއްވި މައްސަލަ ނުބެލުން
    3. ގޮވިހާ އެެއްޗެހި
    4. ޖެއްސުން ކުރުން
    5. އަންނި އާ އީވާގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން އުޅުން

    30
    3
    • ކައި

      ބޮންގޮއްވީ އެތެރޭން ..ބޭރުންނަމަމިހާރުފުވަސްދުއްވާލާފީސް...ވަރައްސާފުކަމެއް.

  6. ކަސީނާ

    ބައެއްގެ ފިތުނައިގަ ޖެހިގެނެއް ނޫން ކަންފަތާ ލޮލާ ހުޅުވައިގެން އުޅެބަލަ ބޮޑުވަޒީރުކަން ބޭނުންވެގެން އުޅޭމީހަކު އެކަން ނުލިބިގެން އެ އުޅެނީ. މިހާރު ކަލެއަށް ބޮޑުކަމު ނުދެވުނަސް މިހާރު ދެން ވަކި ބައެއްގެ ސަބަބުން ކަމަށް ދޮއްތަ ހަދަން ތި އުޅެނީ. ހަސަދަ ވިޔަސް ތަންކޮޅެއް ބޮޑުވަރު

    10
    1
  7. ބައިވެރިވާށޭ

    އޭ ގައުމުގެ ދަރިންނޭ މިވަތަންގެ މިނިވަން ކަން ގެއްލިދަނީއޭ ރައީސް އިބޫ އެވަނީ ގައުމުގެ މިނިވަންކަން ވިއްކާލާ ކަޓްކާލާފައޭ އިންޑިއާ އަތުން އެވަގުކަލޭގެ ވަނީ އުތުރު ތިލަފަޅު އެންމެ 25 މިލިއަން ޑޮލަރަށް އިންޑިއާ އަށް ވިއްކާލާ އެތަނުގަައި އިންޑިއާ ސިފައިން ފުރާލާފައޭ މިއަދު ގައުމު މިވަނީ އިންޑިއާގެ އަޅުވެތިކަމުގެ ތެރެއަށް ގޮސްފައޭ މިގައުމު މިނިވަން ކަން އަލުން ހޯދަން އިންޑިއާ ސިފައިން މިގައުމުން ބާލާ އުުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ބަހައްޓާފައިވާ ނިއުކްލިއަރ ހަތިޔާރު ނައްތާލާ އެކަން ކުރެވޭނީ ސީދާ ޕީޕީއެމް އަށް ވޯޓް ދީގެންނޭ އެމްޑީޕީ އަށް ވޯޓް ދިނުމަކީ އެއީ ސީދާ އިންޑިއާ އަށް ދެވޭ ވޯޓެކޭ އެއީ އިންޑިއާގެ ވަގުންނަށް ރާއްޖޭގެ މިނިވަން ކަން ވިއްކާލުމަށް ޓަކައި ދެވޭ ވޯޓެކޭ އެމްޑީޕީ އަށް ވޯޓް ނުދީ ޕީޕީއެމް އަށް ވޯޓް ދޭށޭ ހުރިހާ ދިވެހިން ދޭންވީއޭ އެމްޑީޕީ އަށް ތާއީދު ކުރާ ހުރިހާ މީހުން އެމްޑީޕީ ދޫކޮށް އައިސް ޕީޕީއެމް އާއި ގުޅޭށޭ ގައުމުގެ މިނިވަން ކަން ދިފާއު ގައި ޖިހާދު ކުރަން ޕީޕީއެމް އާއި ގުޅޭށޭ މި ޖިހާދުގައި ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ

    11
  8. ލުޠުފީ

    ހެހެ. ކަލޭ އަތުގަ ހިފާކަށް ނުކެރޭނެ. އެއަށްވުރެ ގިނަ ކަށި ހުރި އަތެއް ތީ.

    23
  9. އަބުޅޯ

    ހެހެ. ކަލޭ އަތުގަ ހިފާކަށް ނުކެރޭނެ. އެއަށްވުރެ ގިނަ ކަށި ހުރި އަތެއް ތީ.

    16
  10. އަބުޅޯ

    އަހަރެމެން އަތުގަ ހިފަންޖެހޭ މީހުންގެ އަތުގަ ހިފަމުން މިދަނީ. ކަލޭ އަތުގަ ހިފާކަށް ނެތިން. ކަލޭ އަތުގަ ހިފައިގެން މީގެ ކުރިންވެސް އޮތީ ކަށިޖަހާފަ.

    22
  11. Anonymous

    ދެން ނުފެލޭ ނިމެނީ ވައްކަންކޮއްގެންނޫނީ ނުވާނެ މޮޅެއް ޗޯރޭގެ ވިސްނުންހުރީ އެގޮތަށް

    20
    1
  12. ޕޮގުބާ

    ދެން ނުފެލޭ ނިމެނީ ވައްކަންކޮއްގެންނޫނީ ނުވާނެ މޮޅެއް ޗޯރޭގެ ވިސްނުންހުރީ އެގޮތަށް

    17
    1
  13. Anonymous

    ހަނީފް ފެތެމުން ދާއޮޑި
    އަކަށް ސަލާމަތްވާން އަރާނީ މޮޔައެތް

  14. Anonymous

    އަހަންނައް ހެޔޮ ކަލޯ ކޮންމެތަނަކައް ދިޔަޔަސް ދުނިޔޭން ނިކުމެގެން ދިޔަޔަސް.

  15. ދީދީ

    މިރާއްޖޭގެ އެތަކެއް ރައްޔިތުންނަށް މިއަދު އެބައެނގޭ ފެނޭ ރައީސް ސޯލިހްގެ ނާގާބިލުކަން. ނަމެއްގައި ވެރިޔަކަށް ހުރީ ސޯލިހް ގައުމު ހިންގަނީ އަބްދުﷲ ޝާހިދާއި ބޯގަންވިލާ ބްރޯ ފައްޔާޒާއި އަދާލަތު ޕާޓީގެ އިމްރާން. ކަންކަމުގައި ފަހުބަސް ބުނެ ކުރާންވީ ކަންކަމާއި ނުކުރާންވީ ކަންކަމަށް ބުއްދިލައިދެނީ މޫނު މަހާވަރު.
    އިިންތިހާބެއްގެ ފުރަތަމަ ބުރުން ބަލިވެ ދެވަނަ ބުރަށް ދިޔައިމާ އެހެރެ އުޅޭގޮތެއްބަލާބަލަ، ރިސޯޓުތަކުގެ ކުއްޔާއި ސަރުކަރަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން އަރާފައިފާ ޖޫރިމަނާ މާފުކުރަނީ، ގަވާއިދާއި ހިލާފަށް އުޅެގެން ކޮށްފައިވާ ޖޫރިމަނާތަށް މާފުކުރަނީ، މުޅި މާލެ ސަރަހައްދުގެ ހިއްކާފައިވާ ބިމުންނާއި ނުހިއްކިވާ ފަޅުންނާއި ފުންކަނޑުންވެސް ބިމާއި ފްލެޓް އެއްބަޔަކަށް ހިލޭދެނީ އަނެއްބަޔަކަށް ވިއްކަނީ އަނެއްބަޔަކަށް ފައިސާދައްކާގޮތަށް ބަހަނީ އެއްވެސް ގޮތެއްފޮތެއްނެތް ނެތްމީހެއް އުޅޭހެން އެއުޅެނީ. މިދިޔަ ދިހަވަރަކަށް ދުވަސްތެރޭ އެކުރިކަންތަށް އަހަރެއް ދޮޅުއަހަރު ކުރިން ކުރިނަމަ އިހްލާސްތެރިޔަކަށްވާނެ، މިއަދު ވޯޓުލާން ދެދުވަހަށްވީމައި މިކަންތަށް ކުރީމައި އެބައެނގޭ މިއީ ހަމަ ބީތާއެއްކަން.
    މިއަކީ ފިތުނައެއްނޫން، މަނިކުފާނުވެސް ގޭގައި ހަމަޖެހިލައިގެން ހުރެ އަމިއްލަ ހިތާއި ރޫހާއި މިނިވަންކަމާއި އެކު ބުނަންޏާމު ބުނާނީ ހަމަ މިހެން. އެހެނެއްނޫން ރައީސް ސޯލިހް ދިން މަގާމެއްގައި ހުރެ އެމަގާމް ގެއްލިދާނެތީވެ، ނުވަތަ ކުރީގައި ހިނގާފައިވާ ކަމެއްގައި މަނިކުފާނުވެސް ތާށިވެ އަމިއްލަބާރު ގެއްލިފައިވާނަމަ މަނިކުފާނަށް ހުރެވޭނީ ސަރުކާރު ފަޅީގައި ސޯލިހަށް ސަނާކިޔަން.
    ގަބޫލުކުރިޔަސް ނުކުރިޔަސް މިއީ ހަގީގަތް.

  16. މެޔޮނައިސް

    ކަލޭތީ ފިތުނައިގެ އައްޕަ...ތީ ރައްޔިތުންގެ ލޮލަށް މިރުސް އެޅިފަޔޭ ބުނި ފިތުނަވެރި ބޮޑާ ވެރިޔާ...ކޮބާ30000 ޑޮލަރު!!!؟؟؟ވޯޓު4

  17. މުހަނު

    މިއީ ބިންވެރިޔާ ސްކޭމް ހުއްޓުވަން ޖެހޭ ވަގުތު!

  18. ދެބޯގެރި

    މަހުލޫފޫ ތިޔަ ބޭފުޅާނޫންތޯ ބުނީ ހޭނައްތާފައޭ އެމްޑީޕއަށް ސޮއިކުރުވަންވާނީ ހޭއަރާއިރަށް ދުވެ ރައްކާވާނަމޭ އެކަމަކު މިހާޜު އެމްޑީޕީގަ ތިޔައުޅެނީ ހޭނެތިފަތޯ ތިޔަހުރީ އަދިވެސް ހޭނާރަނީތޯ؟ މިކަހަލަ ދެއުޅި އެއްނުވާމީހުން ތިމާވަރުގެ މީހަކުނެތިގެން މި ތެޅިބާލަނީ

  19. ޚާލިދު

    ކުޅެގެނ ކައިބޮއިގެނ އުޅ މިނިސްުޓަރ