އެގްރޯނެޓްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ފެށުނީއްސުރެ އެމްޑީޕީގެ އިސް ސަފުގައި އުޅުއްވި ހާރޫން ރަޝީދާއިއެކު އެމްޑީޕީގެ 100 އަށްވުރެ ގިނަ މެންބަރުން ގއ. ވިލިގިނލިން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި ގުޅިއްޖެއެވެ.

އެ ބޭފުޅުން ޕީޕީއެމްއާއި ގުޅިވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް މިހާރު އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވިލިނގިއްޔަށް ވަޑައިގެން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

އެ ޖަލްސާގައި އެ ރަށުގައި އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ވަނީ ޕީޕީއެމްއަށް ސޮއިކޮށް އެ ފޯމުތައް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހުންނެވި އަބްދުއްރަޙީމް އަބްދުﷲގެ އިތުރުން މުއިއްޒުއާ ވަނީ ހަވާލުކުރައްވާފައެވެ.

ގއ. ވިލިނގިލިން އެމްޑީޕީ ބަޔަކު ޕީޕީއެމްއަށް ސޮއި ކުރުން - ވަގުތު އިމޭޖްސް: އަހްމަދު އިޒްމީމް

އެގްރޯނެޓްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ފެށުނީއްސުރެ އެމްޑީޕީގެ އިސްފަތުގައި އުޅުއްވި ބޭފުޅެއް ކަމަށްވާ ހާރޫން މިއަދު ޕީޕީއެމްއަށް ސޮއިކުރެއްވެވިއިރު، އޭނާ ވަނީ 100 މެންބަރުންގެ ފޯމް ހަވާލުކުރައްވާފައެވެ.

މިއަދުގެ ޖަލްސާގެ ތެރެއިން ޕީޕީއެމްއާއި ގުޅިވަޑައިގެންނެވި ފާހަގަކޮށްލެވޭ އިތުރު ބޭފުޅުންނަކީ ވިލިނގިލީގެ ހޮސްޕިޓަލުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި މިހާރުގެ ޖެންޑާ މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޝަރީފް އަހްމަދު، ވިލިނގިލި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައިސާ ޝަމީލާ ހިލްމީއެވެ.

އޭގެ އިތުރުން އެ ރަށުގައި ފެނަކައިގައި ވަޒީފާ އަދާކުރާ ގިނަ ބަޔަކާއި، ކޫއްޑޫ މަސް ކުނީގެ މުވައްޒަފުންނާއި، އެއާޕޯޓް މަސައްކަތްތެރިންނާއި، ރިސޯޓް މުވައްޒަފުންގެ އިތުރުން ވިލިގިނލީގެ ގިނަ ޒުވާނުންތަކެއް މިއަދު ވަނީ ޕީޕީއެމްއާ ގުޅިފައެވެ.

ޑރ. މުހައްމަދު މުއިއްޒު މިހާރު ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަރަށް ގިނަ ރަށުން ޕީޕީއެމްއަށް މީހުން ގުޅެމުންދާކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް އެ ރަށެއްގެ އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރާ ބަޔަކު އެ ޕާޓީ ދޫކޮށް މުއިއްޒުގެ ފަހަތްފުޅަށް ދަނީ އަރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކލކކކ

    މޑޕ އިން އުޅެނީ ޑރ މުއިއްޒުގެ އަބުރަށް އަރައިގަނެވޭނެހާ ދޮގެއް ފެތުރުމުގަ. އެޒާތަށް އުޅެގެން ދެން ނުލިބޭނެ 40 ޕަސެންޓުވެސް ނުލިބޭނެ.

    29
    1
  2. ބައިވެރިވާށޭ

    އޭ ގައުމުގެ ދަރިންނޭ މިވަތަންގެ މިނިވަން ކަން ގެއްލިދަނީއޭ ރައީސް އިބޫ އެވަނީ ގައުމުގެ މިނިވަންކަން ވިއްކާލާ ކަޓްކާލާފައޭ އިންޑިއާ އަތުން އެވަގުކަލޭގެ ވަނީ އުތުރު ތިލަފަޅު އެންމެ 25 މިލިއަން ޑޮލަރަށް އިންޑިއާ އަށް ވިއްކާލާ އެތަނުގަައި އިންޑިއާ ސިފައިން ފުރާލާފައޭ މިއަދު ގައުމު މިވަނީ އިންޑިއާގެ އަޅުވެތިކަމުގެ ތެރެއަށް ގޮސްފައޭ މިގައުމު މިނިވަން ކަން އަލުން ހޯދަން އިންޑިއާ ސިފައިން މިގައުމުން ބާލާ އުުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ބަހައްޓާފައިވާ ނިއުކްލިއަރ ހަތިޔާރު ނައްތާލާ އެކަން ކުރެވޭނީ ސީދާ ޕީޕީއެމް އަށް ވޯޓް ދީގެންނޭ އެމްޑީޕީ އަށް ވޯޓް ދިނުމަކީ އެއީ ސީދާ އިންޑިއާ އަށް ދެވޭ ވޯޓެކޭ އެއީ އިންޑިއާގެ ވަގުންނަށް ރާއްޖޭގެ މިނިވަން ކަން ވިއްކާލުމަށް ޓަކައި ދެވޭ ވޯޓެކޭ އެމްޑީޕީ އަށް ވޯޓް ނުދީ ޕީޕީއެމް އަށް ވޯޓް ދޭށޭ ހުރިހާ ދިވެހިން ދޭންވީއޭ އެމްޑީޕީ އަށް ތާއީދު ކުރާ ހުރިހާ މީހުން އެމްޑީޕީ ދޫކޮށް އައިސް ޕީޕީއެމް އާއި ގުޅޭށޭ ގައުމުގެ މިނިވަން ކަން ދިފާއު ގައި ޖިހާދު ކުރަން ޕީޕީއެމް އާއި ގުޅޭށޭ މި ޖިހާދުގައި ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ

    11
    1
  3. ޢަބްދުއްލަޠީފު

    ވިސްނޭބޭކަލުންނާ ބޭކަނބަލުންގެ އިސްނެންގެވުމައްޓަކާ އެހުރިހާ އެންމެނަށް ހިތުގެ ޢުމުގުންއުތުރިއަރާ އިޙުތިރާމުގެ ގުލްދަސްތާތަކުން ވެދުންކުރަމުން އަޅުގަނޑުމެންގެ ގައުމީ ޖިހާދުގަ ބައިވެރިވިކަމަށްޓަކާ ފަށްފަށުން ޝުކުރުދަންނަވަން.

    17
    1
  4. ޕޮގުބާ

    ވެރިކަށް މީހަކަށް ލިބެން ވެއްޖެނަމަ ރަށްޔިތުންގެ ލޯބި އެމީހަކަށް ﷲ ޖައްސަވާނެ މަކަރުހަދާ އޮޅުވާލާ ބަޔަކަށްވުރެ ﷲގެ ރޭވުންތެރިކަން މާމޮޅުވާނެ އިންސާﷲ މިފަހަރު މުއިއްޒް

    25
    2
  5. ފ

    މި މީހުން އަދި މުއިޒު ހޮވާފަ މުއިޒު ގެ ވެރިކަމާ ދެކޮޅައް ވެސް ނުކުންނާނެ. ބައްލަވަން ތިއްބަވާ!

    6
    6
    • ޞޯސޭޑް

      ޢަމިއްލަ އަށް ރައީސް އަށް ހެދިގެން އުޅޭ ނަސީދު ކިހިނެއް އުޅެނީ

      ބޮޑުން ކައިރިން އެދުރު ވާނީ

  6. ކޮރަލް

    މިހެން ކުއްލި އަކަށް އަންނަ މީހުންނަށް މަގާމް ތައް ދޭކަށް ުވާނެ އެވެ.

    7
    2
  7. ކަދުރޭ

    ޕީ އެމައް ތާއީދު ކުރާ ފަސްހާސް މީހުން ޕީއެމައް ވޯޓްނުލާން ބުނެފި. އަދުރޭ އަކީ ފިތުނަ ވެރި ކަމުން ގައުމު ސަލާމަތްކުރަން އެމީހުން ބޭނުންވޭ.

    2
    20
    • އަޖާބު

      ހަދާލީދޯ ވާހަކަޔެއް

  8. ޞޯސޭޑް

    ޢަމިއްލަ އަށް ރައީސް އަށް ހެދިގެން އުޅޭ ނަސީދު ކިހިނެއް އުޅެނީ

    ބޮޑުން ކައިރިން އެދުރު ވާނީ

  9. ޚ

    ޢެގްރޯނެޓް އެމްޑީގެއެންމެކައިރީގަހުރިބޮޑުވަގު އުލްގާން މީނަބޭރުކޮއްފަ އެމަގާމްދަމާގަތީ

  10. އަލީ ވަހީދު

    މިއީ ސަތޭކަ ޕަސެންޓު މުސްލިމު ގައުމެއް ޙައްޤައް ނަސްރު ލިބޭނެ