ރިޔާސީ ނިޒާމަކުން ރަނގަޅު ރައީސްއަކު ލިބޭތޯ 50 އަހަރުވި އިރުވެސް އެކަން ނުވި ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ އެގޮތަށް ވިދާޅުވީ އެނާ މިއަދު ކުރެއްވި އެކްސްއެއްގައެވެ.

ދަ ޑިމޮކްރެޓްސް ޕާޓީއަށް ނިސްބަތްވާ ވަހީދު ވަނީ މިހާރު އޮންނަ ރިޔާސީ ނިޒާމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެވަޑައިގެންފައެވެ.

އެގޮތުން ފާއިތުވި ފަންސާސް އަހަރުގައި ވެސް ރިޔާސީ ނިޒާމުން ރަނގަޅު ރައީސް ލިބުނުތޯ އޭނާ ސުވާލު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެކަމެއް ހާސިލެއް ނުވި ކަމަށެވެ.

"ކޮންމެ ފަސް އަހަރުން ފަސް އަހަރުން“މި ނޫން ގޮތެއް” ހޯދަންޖެހުން ނޫންވަރެއް ނުވި." ވައްޑެ ވިދާޅުވިއެވެ.

ވައްޑެ އެފަދައިން ވިދާޅުވި އިރު އޭނާ ނިސްބަތްވާ ޑިމޮކްރެޓްސްއިން ވަނީ ބަރުލަމާނީ ނިޒާމަށް ފުރޮޅާލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ނަގަން މަޖިލީހަށް ހުށަހަޅައި ފާސްވެސް ކޮށްފައެވެ.

މަޖިލީހުން އެ ގަރާރު ފާސްކުރީ ވެރިކަން ކުރާ އެމްޑީޕީގެ ތާއިދުވެސް ލިބިގެން ނެވެ. އެކަމަކު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނިޒާމީ ވޯޓަކަށް މިވަގުތު ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

މަޖިލީހުގެ ގަރާރާ އެއްގޮތަށް ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ މަސައްކަތް ވެސް ކުރަމުން ނެވެ.

އެ ކޮމިޝަން ބުނީ މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ މަހުގެ 29 ވަނަ ދުވަހު ވޯޓެއް ނަގަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަބދޫ

    ރިޔާސީ ނިޒާމް ފުނޑާލި މީހަކީ އަލަށް 2008 ގަ އަމަލުކުރަންފެށި ގާނޫނުއަސާސީ އާއި ހިލާފު އެތައް އަމަލެއް ގ.ކެނެރިގެ މުހަންމަދު ނަސީދު ހިންގާ ގައުމު ބަގުރޫޓް ކޮށްލުމުގެ ސަބަބުން.

    1
    2
  2. އައްނި

    ތީކީ ނިޒާމުގެ ކަމެއްނޫން އަޅުގަޑުމެން ޒުވާނުން ތިކަންވެސް ހައްލުކުރާނެ މަގު ދައްކަދޭނަން ހަވާލްކުރޭ އެއްބައިވޭ ޒުވާންޖީލައްފުރުސަތެއްދެއްވާ ދެއްވާ

  3. ބަރުލަމާނީ އަޅުވެރިކަމާ ދެކޮޅު

    މިގައުމުގަ ވެރިކަން ކުރި އެންމެ ނުބައި މީހުން ނިކުތީ އެމްޑީޕީން. އެމީހުން އަނެއްކާ ވަރިކަމަށް ގަދަކަމުން ގެންނަން ބަރުލަމާނީއޭ ތިކިޔަނީ.
    އަދި ބަރުލަމާނީ އައިއްޔާ ވެރިން އިމްޕޯޓު ކުރަނީ އަނެއް ދިވެހިރާއްޖޭންތޯ ނުވަތަ އިންޑިޔާއިންތޯ؟ ހަމަ މިގައުމުގަ ތިބި މީހުން ތިބޭނީ

  4. ބަރުލަމާނީ އަޅުވެރިކަމާ ދެކޮޅު

    މިގައުމުގަ ވެރިކަން ކުރި އެންމެ ނުބައި މީހުން ނިކުތީ އެމްޑީޕީން. އެމީހުން އަނެއްކާ ވަރިކަމަށް ގަދަކަމުން ގެންނަން ބަރުލަމާނީއޭ ތިކިޔަނީ.
    އަދި ބަރުލަމާނީ އައިއްޔާ ވެރިން އިމްޕޯޓު ކުރަނީ އަނެއް ދިވެހިރާއްޖޭންތޯ ނުވަތަ އިންޑިޔާއިންތޯ؟ ހަމަ މިގައުމުގަ ތިބި މީހުން ތިބޭނީ!

  5. ޢަހު

    ޏުލިބޭނެ. ޜަނގަޅު އެއްގޮތެއްވެސް ނެތް.

  6. އަހްމަދު

    މިވެސް އަދުރޭތަ! ނިޒާމް ކަނޑައަޅަށް ނެގިވޯޓް ނެގީ 2008 ނޫންތޯ! ޢޭގެ ފަހުން 50 އަހަރު ވީތޯ؟

  7. އަބްދޫ

    ރިޔާސީ ނިޒާމުން ރަނގަޅު ރައީސެއް ނުލިބުނީ ސައްހަނުވާ 2 ކެންޑިޑޭޓުން ހިމަނައިގެން 2008 ގެ ރިޔާސީ އިންތިހާބު ބޭއްވީމަ ގާނޫނުއަސާސީގެ 109 ގެ ކ. ގަ ބުނާ އިސްލާމްދީނުގަ ހައްދު ކަނޑައެޅިފައިވާ ވައކަން ގ. ކެނެރީގެ މުހަންމަދު ނަސީދައށް ސާބިތުވެ ހުކުމް ތަންފީޒުކުރެވީފާވޭ.ސަރުތު ހަމަނުވެ ނަސީދު ލައްވާކުރިމަތިލުވުން. މައުމޫނު އަބްދުލަ ގައްޔޫމް 6 ދަވްރު ވެރިކަން ކޮށްފަ 2 ދަވްރަށް ވުރެ ގިނައިން ރައީސުލް ޖުމަހޫރިއްޔާގެ މަގާމަ ނުފުރޭނެ ކަމަށް ގާނޫނުއަސަސީގަ އޮތް އިރު ގާނޫނުއަސާސީއާއި ހިލާފަށް މައުމުނަށް ކުރިމަތި ލެވުން، ސަރުތު ފުރިހަމަނުވާ 2 ކެންޑިޑޭޓުން 2 ވަނަ ބުރުގަ ކުރިމަތިލައިގެން ނަސީދަށް ވެރިކަން ލިބުމުން ގާނޫނުއަސާސީ ގަޑުބަޑުކޮށް ގާނޫނުއަސާސީއަށް އަމަލުކުރުން ހުއްތާލާފަ އަމިއްލަ ގޮތްތަކަށް އަމަލުކޮށްގެން ގައުމުގެ ދުވަސް ދުއްވާލުން . ރަނގަޅު ރައީސަކު ނުފެނިގެން އުޅެނީ މިހެންވެ.