ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ތަރައްގީ ކުރި ސިނަމާލެ ބުރިޖުގެ މަސައްކަތަށްވުރެ މާއަވަސް މުއްދަތެއްގެ ތެރޭގައި މި ސަރުކާރުން ތަރައްގީ ކުރަމުންދާ ތިލަމާލެ ބުރިޖުގެ މަސައްކަތް ނިމޭނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް ވިދާޅުވީ ބްރިޖް މަސައްކަތުގެ ސްޕީޑު ހުރިގޮތަށް ބަލާއިރު، ސިނަމާލެ ބުރިޖުގެ މަސައްކަތަށްވުރެ މާއަވަސް މުއްދަތެއްގެ ތެރޭގައި ތިލަމާލެ ބުރިޖުގެ މަސައްކަތް ނިމޭނެކަމަށް ބެލެވޭ ކަމަށެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އަޅަމުންދާ ތިލަމާލެ ބުރިޖުގެ ތަނބެއްވެސް ނުފެންނަ ކަމަށް ބުނެ ސަރުކާރަށް ހަޖޫޖަހަމުންދާއިރު، ބުރިޖުގެ މުހިއްމު އަދި ބައިވަރު އެތައް މަސައްކަތެއް މިއަދުވެސް ކުރިޔަށް ދާ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

"ތިލަމާލެ ބުރިޖުގެ ތަނބެއް ނުފެނިގެންކަމަށްބުނެ ހަޖޫޖަހާއިރު، ހަގީގަތަކީ ބުރިޖުގެ މުހިއްމު އަދި ބައިވަރު އެތައް މަސައްކަތެއް މިއަދުވެސް ދަނީ ކުރިއަށް. ތަނބުތަކުގެ މަސައްކަތް ނިމޭއިރު ހުންނާނީ ބުރިޖު ރާވާލެވޭ ވަރަށް ތައްޔާރަށް ކަމަށް ބެލެވޭ." މަހުލޫފް ވިދާޅުވިއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ވެސް ހިމެނޭ ގޮތަށް ބްރިޖު އެޅުން ކުރިއަށްދާ އިރު، މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލުމަށް ހަދާ ތިލަމާލެ ބްރިޖުގެ އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތް ނިމިފައިވާކަން މިދިޔަ އަހަރު ނޮވެމްބަރ މަހު ޕްލޭނިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ

ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު އެއް މަޝްރޫއެވެ. ބްރިޖު އެޅުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ވެސް ހިމެނޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. މުއިއްޒު 4 ޕްރެސިޑެންޓް

    ބްރިޖުގެ ކުރިން ތި ވެރިކަން ނިންމާނަން. ކަލޭމުނަކަށް ނުވި. ދެން ގެއަށްދޭ

    45
    2
    • ހޖހޖހ

      އިންޝާﷲ.

    • ރައްޔިތުމީހާ.

      الله ގެ އިރާދަފުޅާއެކު.

  2. މުހައްމަދު

    ނޫނޭ ސިނަމާލެ ބުރިޖު ކުރަހަން ދިޔަ ވަޤުތު ކޮޅައްވުރެއް އަވަހަ ނިންމާލެވޭނެ..

    30
    2
  3. ކކކކކކ

    ކޮބާ ބުރިޖު އަވަސްކުރުމަށްދިން 100 މިލިއަނާ ދޭތެރެދޭތެރެއިން އެތިއެތިކޮޅުދެމުން ދިން ޖުމްލަ 200 މިއަން ޑޮލަރުގެ ވާހަކަ؟

    29
    1
    • އިބޫ

      މަހުލޫފ ކީ ކެޭ ތިކިޔަނ

    • ވާނުވާ.

      ހިލޭއެހީ 100މ ދޭގޮތަށް ލިޔެފައި އަވަސްކުރުމުގެ ނަމުގައި 200މ ދޭގޮތަށް ހަމަޖައްސާފައި އޮތީމާ އެހެންނު ވާނީ؟

  4. ރިވެތި

    މަހުލޫފޫ ކަލޭ ވެސްމޮޔަނުގޮވާބަލަ ނުފެނޭތަ ކަނކަން ހިގަމުންދާގޮތެއް މި ނޫކަށި ޒުވާނުން މިނިކުންނަނީ ސަކަރާތްޖަހާކައްނޫން ގެއްލެމުންދާ ގައުމު ހޯދަން ހިމާޔަތައް ދެން ޒަމާނީ ވެރިކަމެއްދައްކަން މިފަރާތައް އާދޭ ސިޔާސީ ކެރިޔަ ބޭނުންނަމަ އިތުރައް އަގަނުތަޅުވާ ޒުވާނުންނާއި ބައިވެރިވޭ މުއީޒުވަރެއްނެތް މިފަހަރު

    31
    1
  5. ޥެންޓި އަމީން

    ތިބުރިޖައްވުރެ ކުރުމުއްދަތެއްގެތެރޭ މިސަރުކާރު ތިމިނިސްޓަރްކަންނިމޭނެ ރައްޔިތުންދަނީ ވަރައްބުރަކޮއްމަސައްކައްކުރަމުން ނިއްމުމައްކުރަންޖެހޭއަދި ބައިވަރު އެތައްމަސައްކައްތެއް މިއަދުވެސްދަނީކުރަމުން އަތޮޅުތެރޭ ވަގުން ހިފާތަހުގީގުކުރުމައް ވެންޓިލޭޓަރްތަކުގެ ވައްކަންކުރީގުޅިގެންކަންވަރައްސާފު މިހާރު ލަދެއްހަޔާތެއްނުހުރޭ މިމީހުންފޯޑިއަމްތަކައްއަރާއިނިޔާއޭގޮވާއިރު ރައްޔިތުންގެ މާލިޔަތުދިރުވާލާފަ މަތާއިދުކުރަނީއިބޫއޭގޮވާއިރު މީއީކިހާބޮޑު އަނިޔާއެއް ބަލިހާލުގަތިބި ރައްޔިތުންގެނޭވާހޮޅިންވައްކަންކޮއްފަ ހެޔޮވެރިކަމޭ

    24
    1
    • ޢެސް

      ފަސްއަހަރު ނިމުނުެިރުވެސް އެންމެ ތަނބެއްހާމިންވެސް ހަރުނުކުރެވިގެން އުޅޭބަޔަކު ސިނަމާލެ ބުރުޖޭކިޔާފަ އަގަހުޅުވަންވެސް ލަދުގަންނަންޖެހޭ އަޅެމިމީހުންގެ ލަދުވަނީ ކޮންތާކުބާ ކުރީސަރުކާރުން ކުރައްވާފައިވާ ލާމަސީލު ކަންތައްތަކަކީ މިނާގާބިލު ސަރުކާރުން ސަތޭކައަހަރު ވެރިކަން ކުރަން ލިބުނަސް ކުރެވޭނެހާ ބިޔަމަރޫޢު ތަކެއްނޫން ދެން ކުރީސަރުކާރާ އަޅާކިޔޭވަރުގެ ފެންވަރެއް ނެތްބަޔަކު ކުރީސަރުކާރާއި ބެހުންނުންކަމެއް ކުރެވޭތޯބަލަން ވެއްޖެއްއްނު!

  6. ހުވަދޫ އަލިބެއްޔާ

    ވަގެއް.. ވަގެއް.. ބޭބޭ ވަގެކޭ.. ވަގެކޭ..

  7. ޟިފަހަރު 4

    މޮޔަ ގޮވަނީދޯ މިހާރު

  8. އިމާ

    މީ އެމުޑީޕީގެ ހަލާކު

  9. ސައި

    ތީ ވ ކުޑަ ބުރިޖެ
    ހުރިހާ ވެރިން ނުވާނެ ކަމަށް ބުނީ ބުތިޖު ހެދީ ރައިސް ޔާމީން
    ތިބޭ ފުޅާ ވެސް ފިނި ބުރު ޖަހަނީ އެ ބުރިޖުން
    ތީ ދައްކަން ކަންކުރާ މީހުން
    ތީ 5 އަހަރު ވި އިރު ކަނެއް ނުވި މީހުން
    އެންނއ ފޮލެޓެ ވެސް ނެހެދުނު
    ކުރެވުނީ އެންނެ ކަމެއް އެއީ ރައްޔިތުން ގެ ނޭވާ ހޮޅިން ވަށްކަން ކުރުން
    ވ ސަލާމް

  10. އަނީސު

    ބުރިޖުގެ ވާހަކަ ދައްކާނެކަމެއްނެތް! ކޮބައިތަ ގަލޮޅު ދަޑުގެ މަސައްކަތް! މިވެރިކަން ނިމުމުގެ ކުރިން ނިމޭނެތަ!

  11. މެކޭ

    މަޚުލޫފު ގަމާރު ވިޔަސް ތީ ދެން ބޮޑުވަރު!!!

  12. އަހްމަދު

    އޯކޭ މަޙްލޫފް! ކަލޭ މީހަރު ތިގޮވަނީ ލޮލަށް! ތިހެން އުޅެންޏާ 3 ގެ ބަދަލުގައި 4 ޖެހޭނީ!! ރަނގަޅު ވާނީ ކަލޭ އަނގަ ނުފަޅާ ހުރިއްޔާ!!

  13. ބަރުލަމާނީބެއްޔާ

    ފަތާ ސަރަހައްދު ލައިޓް ޖަހާ ޓްވީޓްކުރި މިނިސްޓަރް ޕްރޮޖެކްޓްތަކުގެ ވާހަ ނުދެއްކުން ރަނގަޅީ

  14. ނާނި

    މާްތްﷲ ދެއްވި ލޮލަށްފެނުމުގެ ނިޢުމަތްވެސް މިއަދު ކަނުއެއްޗަކަށް ހަދައިފި، މަޤާމު ދިފާޢުކުރަންވިޔަސް ތީ ބޮޑުވަރު، ތިވަރަށް ދޮގުހަދާއިރު ބިރެއްނުގަނޭތަ،
    އެކަލާންގެއީ ލޮލުގެ ފެނުންވެސް އަނބުރާ ގެންދެވުމަށް ކުޅަދުންވަންތަ ރަސްކަލާނގެ،

  15. އަހައްމަދޫ

    ވަޓް އަ ޖޯކަރ. މީނާ ޖޯކުކިޔަން ބައިންދަން މޮޅުވާނެ

  16. ދީދީ

    މަނިކުފާނު ބްރިޖްގެ ވާހަކަ ނުދައްކައި މަނިކުފާނުގެ ދާއިރާއިން ނުވެފައި ހުރިކަންތަކުގެ ވާހަކަ ދައްކާލަބަލަ. އަހަރެމެން ދުށީމު ގަލޮޅުދަނޑު ތަރައްގީކުރާނެ ގޮތުގެ ނަލަ ކުރެހުމެއް، ހުޅުމާލޭގައި ހަދާ ކްރިކެޓް ދަނޑުގެ ނަލަ ކުރެހުމެއްވެސް. ޒުވާނުން އެކުރެހުންތަކަށް ބަލަން ތިއްބައި ދައުރުނިމިގެން މަނިކުފާނުމެން ގެއަށްދާންޖެހިފައިތިބީ. ތިހެން ސަރުކާރުގެ ހަޒާނާއިން ކައިގެން ބޮއެގެން އުޅެވުނުދުވަސް ދެން މިނިމެނީ.