ރިސޯޓް މުވައްޒަފުންނަށް ހަފްތާއަކު ދެ ދުވަހު ޗުއްޓީ ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މާލޭގެ މާވެޔޮ މަގުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. ވަރަށް ގިނަ އާއިލާތަކެއް ބަލަހައްޓަމުންދާ ބައެއް ކަމަށާއި، އެ ފަރާތްތަކުން ވެސް ހިންހަމަޖެހުންތަކަކާއި ސަރުކާރުން އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

މިނިމަން ވޭޖް ކަނޑައެޅުމަކީ އެ ފަރާތަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ރިސޯޓް މުވައްޒަފުން އެމަނިިކުފާނާއި ބައްދަލުކޮށް ވިދާޅުވި ކަމަށާއި އެހެން ނަމަވެސް އިތުރަށް ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއްގެ ލަފާ އެ މުވައްޒަފުންގެ ފަރާތުން ލިބުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ރޭ ބޭއްވި ރައީސްގެ ކެމްޕެއިން ހަރަކާތުގެ ތެެރެއިން -- ވަގުތު ފޮޓޯ: މުހައްމަދު އަލީފް

"އެއް ކަމަކަށް އެ ބޭފުޅުން ހުށަހެޅުއްވީ ޓޫރިޒަމް މިނިސްޓްރީގައި އެޑްވައިޒަރީ ކޮމިޝަނެއް އުފެއްދުމަށް. އެއީ މުވައްޒަފުންނާއި ރިސޯޓް އޯނަރުންނާއި ޓުއާ އޮޕަރޭޓަރުންނާ، އެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބައެއް ހިމެނޭ ގޮތަށް އެޑްވައިޒަރީ ކޮމިޓީއެއް އުފައްދާ އެ އެންމެންގެ ލަފާގެ މަތިން އިންޑަސްޓްރީ ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ގޮތްތަށް ރޭވުމަށް. އެ ހުށަހެޅި ހުށަހެޅުން ގަބޫލްކޮށް ޓޫރިޒަމް މިނިސްޓްރީގައި އެޑްވައިޒަރީ ކޮމިޓީއެއް އުފައްދާނަން." ރައީސް ވިދާޅުވިއެވެ.

ދެވަނަ ކަމަކަށް ރިސޯޓް މުވައްޒަފުން ހުށަހެޅުއްވީ ހަފްތާއަކު މިހާރު މަސައްކަތް ކުރާ 48 ގަޑައިރު، 40 ގަޑިއިރަށް މަދުކޮށް، ހަފްތާއަކު ދެ ދުވަހު ޗުއްޓީއެއް ލިބޭ ގޮތަށް ހަދައިދިނުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރިސޯޓް އޯނަރުންނާއި މުވައްޒަފުންނާއިއެކުގައި މަޝްވަރާކޮށް އެ އެދުމަށް އިޖާބަ ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ރިސޯޓްތަކުގެ އިސް މަގާމުތަކުގައި ބޭރު މީހުން ތިބޭ މައްސަލައަށް ހައްލު ގެނައުމަށް އެ މަގާމުތަކަށް ދިވެހިން އުފެއްދުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމަށް ރިސޯޓް މުވައްޒަފުން ލަފާ އެރުވި ކަމަށެވެ.

ރޭ ބޭއްވި ރައީސްގެ ކެމްޕެއިން ހަރަކާތުގެ ތެެރެއިން -- ވަގުތު ފޮޓޯ: މުހައްމަދު އަލީފް

"ސަރުކާރުން ދޭ ސްކޮލާޝިޕްގެ ތެރޭގައި ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީގެ މަތީ ފަންތީގެ މަގާމުތަށް ހިމެނޭގޮތަށް ސްކޮލާޝިޕް ސްކީމެއް އުފައްދާ އޭގެ ތެރެއިން ރިސޯޓްތަކުގެ ޖެނަރަލް މެނޭޖަރުންނާއި ހިސާބަށް މީހުން ޓްރެއިންކުރުމުގެ މަސައްކަތްތަކެއް ވީހާވެސް އަވަހަށް ފައްޓާނަން." ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން ރައީސް ވިދާޅުވީ އިމާމުންނާއި އެމަނިކުފާނު އިމާމުންނާއި ބައްދަލުކޮށް އެ މީހުންގެ ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށެވެ. އެ މީހުންގެ ކަންބޮޑުވުމަކީ ރަނގަޅަށް ގިންތި ކޮށްފައިވާ އިމާމުންގެ އޮނިގަނޑެއް ނެތުން ކަމަށާއި އާ އޮނިގަނޑު ފާސްކޮށް މިހާރު އިއުލާނުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެއާއިއެކު އެއްގޮތަށް ޖެނުއަރީ މަހުން ފެށިގެން މުސާރަ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަބުދުލް މުހުސް

    މީގެކުރިންވެސް ވެރިކަމަށްވަޑައިގެނަވަންވެގެން ވިދާޅުވި ރިސޯޓްތަކުގެ މުއަށްޒިފުން އަނބި ދަރިންންކާރިއަށް ރޭގަނޑު ކޮންމެދުވަހަކު ގެއަށްދެވޭނެވާހަކަ އެހެންވީމަ ތިޔަ ކަމަކީ މާއުނދަގޫކަމެއްނޫނެވެ. މިހާރުވެސް ރިސޯޓް ތަކުގައި މަސައްކަތްކުރާ ޒުވާނުން ކޮންމެދުވަހަކުވެސް ޑިއުޓީ ނިންމާލަފަ އަހަރެމެންގެ އަނބިދަރިންކާރިއަށް ރަށަށްދެވޭތީ ވަރަށް އުފަލާއެކު ފާހަގަކުރަމެވެ. މިހާރުވެސް އަށްޑޫ ޒުވާނުންނައި ބޮޑުތިލަދުންމަތި ޒުވާނުންނާއި މެދުރާއްޖެތެރެޒުވާނުންނާއި މިހުރިހާކުދިން ކޮންމެދުވަހަކުރަށަށްދެވޭތީ ރައީސުލް ޖުމްހޫރިއްޔާ ތިކޮށްދެއްވި ކަންތައްތަކަށް ވަރަށްބޮޑަށް ޝުކްރިއްޔާއޭ ބުނެވޭނި

    8
    1
  2. ކާޅު ބާޒު

    ތިޔަހެދީ ބޮޑު ދޮގެއް.. ޗޯރޭޭގެ މަޤްސަދަކީ ރިޒޯޓްތައްވެސް ހުއްޓުވާާ ރާއްޖެ އިތުރަށް ދަރުވާލުން....

  3. ޕޮގުބާ

    ނެހެދޭނެ ޗޯތޭއަކަށް މަޖިލީހުން ތިގޮތަށް ފާހެއް ނުކުރާނެ މަޖިލީހުގެ މެންބަރުންގެ ރިސޯޓް ގިނައީ ސަރުކާރުން ހިންގާ ރިސޯޓެއް ނެތް ޗޯރޭ ޖެހޭނީ ފައިބަން އިންތިހާބަށްފަހު މަޖިލީހުގެ މެޖޯރެޓީ ޗޯރޭއަށް ގެއްލޭނެ

    9
    1
    • ޅޮސް

      ތިޔަށްވުރެ މުހިއްމުކަންކަން ނުފެންނަ މީހަކަށް ވޯޓެއް ނުދެވޭނެ. އަބުރުވެރި ދިރިއުޅުމަކަށް ޒުވާނުންގެ ވަޒީފާ ކޮބާ؟ ހާލު ސީރިޔާސްވެފަ އޮންނަ ނިކަމެތި ބަލިމީހާއަށް ހޮސްޕިޓަލުން ބެޑެއް ކޮބާ؟އާސަންދަ މެދުވެރިކޮށް ވައްކަން ކުރަން ކެރުނުހާ މީހަކު މުއްސނދިވަމުން ދާއިރު. އަހަރެމެންގެ ފައިސާތަށް އިންޑިޔާގެ ހޮސްޕިޓަލްތަކާ އެކަމުގެ އެހެންޓުންތައް ކައި ހުސްކުރާއިރު މަނިކުފާނުގެ ޒިންމާ ކޮބާ؟ ޓެސްޓެއްވިއްޔާ ހަދަން އިންޑިޔާއަށް ދޮނުވައިގެން ރިޒަލްޓު ނުލިބެނީސް މަރުވެގެން ދަނީ ކިތައް މީހުންތޯ. ކިތައް ކުޑަކުދިންތޯ؟ އެ އާއިލާތަކުގެ ހައްގު ކޮބާ؟ ޖޮބެއް ވޯދަބް ވިޔަސް ދަރިފުޅު ސުކޫލައް ވައްދަން ވިޔަސް ބަލި މީހާ ސާރޖަރީ ނެހެދިގެން ހޮސްޕިޓަލް ބެޑެއް ހޯދަން ވިޔަސް އުޅޭ އޮފީހުން ސެކްޝަން ބަދަލް ވާން ވިޔަސް ގުޅަންޖެހެނީ ސަރުކާރައް ތާއީދުކުރާ މަޖުލިސް މެންބަރަކާ. މީތޯ އިނާފްވެރި ވެރިކަމަކީ.

  4. ރިލޭ

    ތިޔަހުރީ މިހާރު ބުއްދިފިލާ ގޮއްސާ // ކޮސް ތި ގޮވެނީ ،،،،، ނިމެނީ 'ނިމެނީ އިންޝާﷲ،

    15
  5. ރާގޮޑި ރާޖާ

    ޗޯރޭ ދެން ވެރިކަަން ހަނދާންނައްތާލާ... ވަގަކަށް 5 އަހަރު، ރައްޔިތުންނަށް 30 ސެޕްޓެމްބަރ 2023...

    14
  6. ދޯދނި

    ކަލޭގެ އަމިއްލަ ރިސޯޓް ތަށް ދޯ މީ

    12
    1
  7. Anonymous

    މަނިކުފާނޫ: ހިތުހުރިގޮތަކަށް ވައުދު ވުން އެއީ ގައުމަށް އެނަމެ ރަނގަޅު ގޮތެއްނޫން. މަނިކުފާދެން ވަރިކަމުން ފައިބާ ވަދައިގަންނަވަން ފެނޭ،

  8. އަސޭލާ

    މިހިރަ ބުރާންޗާ ހަފްތާއަކު ދެދުވަސް މިހާރުވެސް ލިބެ މިހާރު ތިހިރީ ބޮލުރޮދި ކެނޑިފަ ޗޯރޭ

  9. މެނޭޖަރ

    ތިޔަ ކުރައްވާ ކަަށް މަނިކުފާނަކަށް ފުރުސަތެއް ނުލިބޭނެ. ހަމަ އެކަނި ސިއްކަގެ ހިއްސާ އޮންނަތަންތަނުންވެސް ތިކަމެއް ނުކުރެވޭނެ.

    10
  10. ކިނބޫ

    ފިރުއައުނުވެސް ގޮތް ހުސްވެ، މަރުވަމުން ދިޔައިރު އީމާންވާނަމޭ ބުނި

  11. ގުލާނު

    ހަހަހަހާ ކަލޯގަޔާ ގަދަ އިނގޭ. ނެތްތަ ހަފްތާއަކު 8 ދުވަހުގެ ޗުއްޓީ ދެވޭކަށް. 2 ވަނަ ބުރުގައި ބަލިވާން ރެޑީވެ އަވަހަށް

  12. ބުއްޅަހުއްތު

    ތިހިރީ މިހާރުވެސް ރޮވިފަ ދެމިޔަކަނުން ސޮނިވެއްޓިފަ ދެންވެވޭނެވައުދެއްނެތް މާލަސްވެއްޖެ ތިގޮތަށް ވެރިކަމުގެ ހުވާކުރަން ބޯޅަދަނޑުގަ ބުނި ކަރަންޓު ބިލު ކުޑަކޮށްދޭނަމޭ މިހާރު އެހެންބުނިފަހުންވެސް 5 އަހަރު މި ނިމުނީ ހެހެހެ ފިރުއައުނެކޭ ކަލެއެކޭ ތަފާތެއްނެތް ﷲ ގެރަހުމަތުން މިކަލޭގެ ދޮގާއި މަކަރުން މިގައުމުގެ ރަށްޔަތުން ﷲ ސަލާމަތް ކުރަށްވައިފި އާމީން ޔާރަށްބުލް އާލަމީން.

  13. ހަމަދަންނަ މީހާ

    ވެރިކަން ބޭނުން ވުމުން ނުކިޔާނެ އެއްޗެއް ނޯންނާނެ. ކީއްކުރާނީ. ތީހުރީކީ ވާނެކަންތަކެއްނޫން. ގެސްޓުންނަށް ދޭ ޚިދުމަތް މެދުކަނޑާލެވޭ ވަގުތެއް ނާންނާނެ.

  14. އާދަމް

    ބަލަ އެކަން ކުރަން ހިތައްއެރީ މިހާރުހެއްޔެވެ؟ މީގެ ކުރީން ކަލޭ ވަނީ ފަސްއަހަރު ވަލިއްޔުލްއަމްރުކަން ކޮށްފައެވެ. ވެރިކަން ނިމެން ދެތިން ދުވަހަށްވީމާ ކުރާ ތިޔަ ޒާތުގެ ވައުދުތަކަކީ ރިޝްވަތު ބާބަށް ވަންނާނެ ކަންތައް.

  15. ޅޮސް

    ތިޔަށްވުރެ މުހިއްމުކަންކަން ނުފެންނަ މީހަކަށް ވޯޓެއް ނުދެވޭނެ. އަބުރުވެރި ދިރިއުޅުމަކަށް ޒުވާނުންގެ ވަޒީފާ ކޮބާ؟ ހާލު ސީރިޔާސްވެފަ އޮންނަ ނިކަމެތި ބަލިމީހާއަށް ހޮސްޕިޓަލުން ބެޑެއް ކޮބާ؟އާސަންދަ މެދުވެރިކޮށް ވައްކަން ކުރަން ކެރުނުހާ މީހަކު މުއްސނދިވަމުން ދާއިރު. އަހަރެމެންގެ ފައިސާތަށް އިންޑިޔާގެ ހޮސްޕިޓަލްތަކާ އެކަމުގެ އެހެންޓުންތައް ކައި ހުސްކުރާއިރު މަނިކުފާނުގެ ޒިންމާ ކޮބާ؟ ޓެސްޓެއްވިއްޔާ ހަދަން އިންޑިޔާއަށް ދޮނުވައިގެން ރިޒަލްޓު ނުލިބެނީސް މަރުވެގެން ދަނީ ކިތައް މީހުންތޯ. ކިތައް ކުޑަކުދިންތޯ؟ އެ އާއިލާތަކުގެ ހައްގު ކޮބާ؟ ޖޮބެއް ވޯދަބް ވިޔަސް ދަރިފުޅު ސުކޫލައް ވައްދަން ވިޔަސް ބަލި މީހާ ސާރޖަރީ ނެހެދިގެން ހޮސްޕިޓަލް ބެޑެއް ހޯދަން ވިޔަސް އުޅޭ އޮފީހުން ސެކްޝަން ބަދަލް ވާން ވިޔަސް ގުޅަންޖެހެނީ ސަރުކާރައް ތާއީދުކުރާ މަޖުލިސް މެންބަރަކާ. މީތޯ އިނާފްވެރި ވެރިކަމަކީ.

  16. ސޯލޭ

    ހަމަ ފައްކާ ފިރުއައުނު ލޮލް

  17. ނަން

    އާދެ. މީހަކު މަރުފަލި ޖަހާތަން ދެކިލައްވާ. ކިޔޭ ނުކިޔޭ ނޭނގޭ ހިސާބުގަ އުޅެނީ. ލޮލް