ވެރިރަށް މާލެއާއި ހުޅުލެ ގުޅުވާލުމަށްޓަކައި، އަޅާފައިވާ "ސިނަމާލެ" ބްރިޖާއި ގުޅިފައިވާ މަގުތައް ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން "ރިންގް ރޯޑް ޕްރޮޖެކްޓް" ގައި ހިމެނޭ ބޮޑުތަކުރުފާނުމަގު ތާރުއަޅަންޖެހޭ ހުރިހާ ސަރަހައްދެއްގައި ތާރުއަޅާ ނިންމާލައިފިއެވެ.
ރިންގް ރޯޑް ޕްރޮޖެކްޓް ފުރަތަމަ ފިޔަވަހީގެ ދަށުން ތާރު އަޅަންޖެހޭ ހުރިހާ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ ދާދި ދެންމެއެވެ. ބޮޑުތަކުރުފާނުމަހުގެ އިރުމަތީ ފަރާތުގައި ތާރު އެޅުމުގެ މަސައްކަތް ރޭ މެންދަމު ނިންމާލާފައިވާއިރު، މިއަދު ހެނދުނުންސުރެ ބޮޑުތަކުރުފާނުމަގުގެ ދެކުނު ފަޅީގައި ތާރު އެޅުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.
"ރިންގް ރޯޑް ޕްރޮޖެކްޓް" ފުރަތަމަ ފިޔަވަހީގެ ދަށުން ތާރު އަޅާފައިވަނީ ބޮޑުތަކުރުފާނުމަހުގެ ދެކުނު ފަރާތުން އިންޑަސްޓްރިއަލް ޒޯނުން ފެށިގެން ސިނަމާލެ ބްރިޖާއި ދެމެދު އަދި ސިނަމާލެ ބުރިޖުން ފެށިގެން މާލޭ އިންޑަސްޓްރިއަލް ވިލެޖާ ހަމައަށެވެ.
މާދަމާރޭ 08:30 ގައި "ސިނަމާލެ ބުރިޖު" ހުޅުވުމަށްޓަކައި، ބްރިޖާ ގުޅިފައިވާ ބޮޑު ސަރަހައްދެއް ޒީނަތްތެރި ކުރުމާއި، ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތައް ތައްޔާރުވުމުގެ ގިނަ މަސައްކަތަކެއް ދަނީ ވަރަށް ބާރު ދުވެލީގައި ކުރެވެމުންނެވެ. އެގޮތުން އާޓިފިޝަލް ބީޗް ކައިރީގައިވާ ސަރަހައްދުތައް ހުސްކޮށް ޒީނަތްތެރި ކުރުމުގެ މަސައްކަތާއި، ބްރިޖް ހުޅުވާ ރަސްމިއްޔާތުގައި ވަރަށް ކުލަގަދަ ގޮތެއްގައި ހަވާ އެރުވުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.
މީގެ އިތުރުން ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ އާޓިފިޝަލް ބީޗު ސަރަހައްދު ދިވެހި ދިދައާއި ޗައިނާ ދިދައިން ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މަގުގެ ނިޝާންތައް ކުރެހުމުގެ އިތުރުން އެހެނިހެން މަސައްކަތްތައްވެސް ދަނީ ވަރަށް ބާރު ދުވެލީގައި ކުރެވެމުންނެވެ.
ރާއްޖޭގެ ދިގު ތާރީޚުގައިވެސް ވެރިރަށް މާލޭގެ މަގުތަކުގައި ތާރު އަޅައިގެން ތަރައްޤީ ކުރުމުގެ މަސައްކަތް ފެއްޓެވި ސަރުކާރަކީ އަދުގެ ސަރުކާރެވެ. އެގޮތުން މަލޭގެ ފަޅު ތެރެއިން ހިއްކައިގެން ތަރައްޤީ ކޮށްފައިވާ މާލޭ އިންޑަސްޓްރިއަލް ޒޯންގެ ހުރިހާ މަގުތަކެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާއިރު، އިންޑަސްޓްރިއަލް ވިލެޖާ ވީ ހިސާބު ބޮޑުތަކުރުފާނު މަގާއި، އިއްޒުއްދީން މަގުގެ އަމީނީ މަގުން ދެކުނަށްވީ ސަރަހައްދުގައިވެސް މި ސަރުކާރުން ވަނީ ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައެވެ.
ބޮޑުތަކުރުފާނުމަގުގައި ތާރު އެޅުމުގެ މަސައްކަތް ނިމުނު ނަމަވެސް މަގު ނިންމުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކުދިކުދި މަސައްކަތަތްތައް އަދި އެބަހުއްޓެވެ. އެގޮތުން ބައެއް ސަރަހައްދުތަކިގެ ޕޭވްމެންޓާއި، މަގުގެ ބައްތިތަކުގެ އިތުރުން މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް އަދި ނުނިމެއެވެ.
ސިނަމާލެ ބްރިޖާއި، މާލޭގެ ބޮޑުތަކުރުފާނުމަގުގެ މަސައްކަތް ނިމި އާއްމުންނަށް ހުޅުވާލެވިގެން ދިއުމަކީ މާލޭ ސަހަރައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައަކަށް ވެގެންދާނެއެވެ. ހަމައެއާއެކު ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލަކަށް މި ސަރަހައްދު ވެގެންދާނެކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ސާބަހޭ ރައީސް ޔާމީން!
ما شاء الله .. ކޮންފަދަ ބުރަ މަސައްކަތްތަކެއް. ރައީސް އަބްދުﷲ ޔާމީން އަބުދުލް ޣައްޔޫމް އަށް އައްސަރިބަހާ ސާބަސް.
2018 ޔާމީން ޝަހީމް
ނިމިފައި ހުންނާނީ ހުޅުވޭނެ ދުވަހެއް ނޭނގޭނެދޯ!
އިޤްތިޞާދުމެނޭޖްކޮށް އިޤްތިޞާދު ދަންނަ ވެރިން ތިބީމާ ކުރިއެރުން ފެންނާނެ! މީހަކު 30 އަހަރުވެސް ވެރިކަންކުރި!
ހުޅުމާލެއަށް ތިޔަ ބުރިޖުގައި ދެވޭނީވެސް ތިޔަބުނާ 30އަހަރުގެ ވެރިޔާ ހުޅުމާލެ ހިއްކާފަ ރައްޔިތުންނަށް ދިރިއުޅެވޭނެގޮތް ހައްދަވައިދެއްވީމައެއް ނޫންތަ؟