އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބ. އަތޮޅުގެ މެޖޯރިޓީވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުމުގެ ފުރުސަތު ނެތްކަން "ވަގުތު" އިން އެ އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ ސާވޭ އިން ދައްކައިފިއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާގައި %0.46ގެ ކުޑަތަފާތަކުން މުޅި ބ. އަތޮޅުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށެވެ.

މިފަހަރުގެ ސާވޭގައި ރައީސް ސޯލިހް އެ އަތޮޅުން %46 ހޯއްދަވާނެ ކަމަށް ދައްކާއިރު، މުއިއްޒަަަށް ލިބިވަޑައިގަންނަވާނެ ކަމަށް ދައްކަނީ %53 އެވެ. ވޯޓު ނުލާނެ ކަމަށް ބުނެފައި ވަނީ %1 މީހުންނެވެ.

އެހެން ނަމަވެސް ސާވޭއިން ދައްކާގޮތުން މުއިއްޒަށް ކުރި ހޯދޭނީ އެ އަތޮޅުގެ އެންމެ ހަތަރު ރަށުންނެވެ. އަށް ރަށަކުން ރައީސް ސޯލިހް ކުރި ހޯއްދަވާނެ ކަމަށް ސާވޭއިން ދައްކާއިރު، ސާވޭއިން ދައްކާގޮތުން އެއް ރަށުން ދެ ބޭފުޅުންނަށް ވަނީ %50 ލިބިވަޑައިގެންފައެވެ. އެރަށަކީ ފެހެންދޫއެވެ. އެއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހް %49.65 ހޯއްދެވި ރަށެކެވެ.

ރައީސް ސޯލިހް އެންމެ ގިނަ ވޯޓު ފުރަތަމަ ބުރުގައި ހޯއްދެވި ހިތާދޫ ސާވޭއިން ދައްކާގޮތުން މިފަހަރު މުއިއްޒު އެރަށުގެ މެޖޯރިޓީ ހޯއްދަވާނެ އެވެ. އެެރަށުން ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް %12.30 ލިބިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން ފުރަތަމަ ބުރުގައި މުއިއްޒު ކުރި ހޯއްދެވިި ތުޅާދޫގެ މުޅި ރަށުގެ މެޖޯރިޓީވެސް ޑރ. މުއިއްޒު ހޯއްދަވާނެ ކަމަށްވެސް މި ސާވޭއިން ދައްކައެވެ.

ދެން ހުރި ބ. އަތޮޅުގެ ރަށްތަކުގެ ނަތީޖާތަކަށް މާބޮޑު ބަދަލެއް ނައި ނަމަވެސް ގިނަ ރަށްތަކުން މުއިއްޒަށް ލިބޭނެ ކަމަށް ދައްކާ ވޯޓު ވަނީ އިތުރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޗޯރޭއަށް ވެރިކަން ލިބުނީމަ އެންމެ ބޮޑަށް ފުއްޕާލާފައި އަތްފުޅާކޮށްގެން ހުރިހާ ތަނަކަށް އުނދުޅި ބާނަމުން ދުވި އެކަކީ ކަނދޮޅުދޫ އިބިލީހެވެ. މިހާރު ކަނދޮޅުދޫ އިބިލީހަށް ހުންނާނީ ރާކަނި މަސްކެވިފައެވެ. އަރަބިއްޔާ އާއި އިސްލާމިކް ޔުނިވަރސިޓީ ހަލާކުކޮށްލަން އެންމެ ނުބައި ރޯލެއް ކުޅުނީ އެ އިބިލީހެވެ. އިސްލާމިކް ޔުނިވަރސިޓީގެ ގުރުއާން ފެކަލްޓީ އުވާލަން އެ އިބިލީސް ވަރަށް މަސައްކަތްކުރިއެވެ. އިބިލީސް ފޮށްޓަށް މުދާކޮޅު އަޅައިގެން ގެއަށްދާތަން އަރަބިއްޔާގެ ޓީޗަރުންނަށް ވެސް ހުވަފެނުން އެބަފެނެއެވެ.

    4
    1
  2. ސަގަރޭ

    މުޅި ބ އަތޮޅު އޮތީ މުއިއްޒަށް ބއަތޮޅުގަހުރީ ޗޯރޭއަށް ސަޕޯޓުކުރާ ހަޔާތްކުޑަ އެކަކު އެއީ ކެނދޫ ބޮޑުވަގު އޭނައަށް މިސަރުކާރުން 6 މިލިޔަން ރުފިޔާދިންގޮތްވެސް ހޯދަން އެބަޖެހޭ އިންޝާ ﷲ އެކަންބަލާނަން މިއީ ޖަރީމާއެއް ކޮރަޕުސަނެއް ފަސާދައެއް ރިސޯޓުބޯއިންގެ ނަމުގަ ޖެހި ޗަށްކަރެއް މީނައަތުލައިގަނެގެން ހަށްޔަރުކުރޭ.

    4
    1