މިހާރު ފެންނަމުން ދަނީ ރައްޔިތުން ބަދަލަކަށް ބޭނުންވެފައިވާ މަންޒަރު ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ނިންމުމަށް މިއަދު ހަވީރު ބޭއްވި ހާއްސަ ހިނގާލުމުގައި ވާހަކަ ދައްކަވަން މީޑިއާއާ ވާހަކަ ދައްކަވަމުން ގައުމަށް ބޭނުންވާ ބަދަލު ގެނެސްދެއްވާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

ދިވެހިންގެ ރާއްޖެ ކެމްޕޭން ނިންމާލުމުގެ ގޮތުން ބާއްވާ ހިނގާލުމުގެ ތެރެއިން - ވަގުތު އިމޭޖްސް:

މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި މިހާރު ރައްޔިތުންގެ ކިބައިން ވެސް ފެންނަނީ ގައުމަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންވާކަން ކަމަށެވެ.

ޑރ. މުއިއްޒު ނޫސްވެރިންނާއި ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް

"ރައްޔިތުންގެ އުންމީދުތައް ހާސިލް ކޮށްދޭނެ ކަހަލަ ވެރިކަމެއް ގެންނަން ބޭނުންވާ ކަން،"، މުއިއްޒު މިއަދު ހަވީރު ވިދާޅުވިއެވެ.

ޑރ، މުއިއްޒު މި އެއްވުމުގައި ރައްޔިތުންނާއި ވާހަކަދައްކަވަމުން ވިދާޅުވީ، މާދަމާއަކީ ގައުމުގެ މުސްތަގުބަލު ކަނޑައަޅާ ދުވަސް ކަމަށެވެ. އަދި ތިބީ ވަރަށް ގިނަ ދުވަހުގެ މަސައްކަތެއް ކޮށްފައި ކަމަށާއި، ގައުމީ ވަރުގަދަ މަސައްކަތެއް ކޮށް މާދަމާ ގޮތް ނިންމާ ހިސާބަށް ގޮސްފައި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގައުމު މިއަދު އޮތް ހާލަތު އެއީ ވަކި ޕާޓީއެއްގައި ހުރުމުގެ ސަބަބުން ހިޔާލު ތަފާތުވާ ވަރަށްވުރެ ސާފްކޮށް ފެންނަން އޮތް ހަގީގަތެއް"،

މިގޮތުން އޭނާ ވިދާޅުވި، މިތަނަށް ވަޑައިގެން ތިބީ ހަމައެކަނި ޕީޕީއެމް.ޕީއެންސީ ނުވަތަ އެމްއެންޕީގެ ބޭފުޅުން ނޫން ކަމަށާއި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މީހުންވެސް އެބަ ތިބި ކަމަށް ވިދާޅުވިއެެވެ.

އިދިކޮޅުން ކެމްޕެއިންގެ އެންމެ ފަހު ހިނގާލުމުގެ ތެރެއިން - ވަަގުތު އިމޭޖްސް

ޑރ. މުއިއްޒު ވިދާޅުވީ، އޭނާ ރައްޔިތުންގެ ގާތަށް އައީ، ހުރިހާ ރައްޔިތުންނަށް ހަމަަހަމަކަން ގާއިމް ކުރުމަށާއި، އިންސާފުވެރި އަދަލުވެރި ވެރިކަމެއް ކުރުވަން ކަމަށެވެ.

"އެ ރައްޔިތަކު ހުންނެވި ޕާޓީއަކީ ކޮންމެ ޕާޓީއެއް ވިޔަސް، އަޅުގަނޑަކަށް އެއްވެސް މައްސަލައެއް ނެތް. މި ގައުމަށް ހަމަޖެހުން ގެންނަން އަޅުގަނޑު ބޭނުން، ދިވެހި ކޮންމެ ރައްޔިތަކު ބޭނުންވާނީ މި ގައުމަށް ހަމަޖެހުން އަންނަން. އަޅުގަނޑުމެންގެ ގައުމުގައި އަނިޔާވެރި ކަން މި ހިނގާ ހިނގުން ނިމުމަކަށް އަންނަން". މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ކެމްޕޭން މިއަދު ހަވީރު ހައެއް ޖަހާއިރު ނިންމާލާ ގޮތަށް ހަމަޖެހިފައިވާ އިރު ރައީސް އިބްރާާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭންވެސް މިއަދު ހަވީރު ހައެއް ޖަހާއިރު ނިންމާލާނެއެވެ.

ދިވެހިންގެ ރާއްޖެ ކެމްޕޭން ނިންމާލުމުގެ ގޮތުން ބާއްވާ ހިނގާލުމުގެ ތެރެއިން - ވަގުތު އިމޭޖްސް:

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުުރުން ކުރި ހޯއްދެވީ މުއިއްޒު އެވެ. އެއީ 46 އިންސައްތަ ވޯޓާއެކު އެވެ. ދެވަނަ އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ލިބިވަޑައިގަތީ 39 ޕަސެންޓް ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕީއެންސީއަށް ތާއިދު ކުރަން އެމްއެންޕީ އަދި އެމްޑީއޭއިން ވެސް ވަނީ ނިންމައިފަ އެވެ. އަދި އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ އިސް ބައެއް މެމްބަރުންނާއި އެމްއާރުއެމްގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ މުއިއްޒުއަށް ތާއިދު ކުރަން ނިންމައިފަ އެވެ.

ރައީސް ސޯލިހުގެ އެމްޑީޕީއާ ރަސްމީކޮށް ކޯލިޝަން ހަދާފައި މިހާރު އޮތީ އަދާލަތު ޕާޓީން އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފިއުޗަރ އެނަލިސްޓް

    ފަސް އަހަރު ފަހުންވެސްވާނީ ހަމަ މިހެންނެވެ. އަނެއްކާވެސް ބަދަލަކަށް ބޭނުންވާނީ. އެ ހެޔޮ ކަމެއް ކޮށްދިނަސް ނުކޮށްދިނަސް. މިއީ ދުނިޔެ ދެކޭނެ ޙަޤީޤަތް.

    1
    2