މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެއަށް ބަދަލު ކޮށްދެއްވަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ އެދިވަޑައިގެންފިއެވެ.

ވ. އާރަށު މައްސަލާގައި ރައީސް ޔާމީން މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، ޖަލު ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ދާދި ފަހުން ވަނީ ނިންމަވާފައެވެ. މިމައްސަލައިގެ އިސްތިއުނާފު ކުރިއަށްދާއިރު އެމަނިކުފާނުގެ މައްޗަށް ރ. ފުއްގިރި މައްސަލަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.

ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށްފަހު މިރޭ މީރުމާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންގައެވެ.

"އަޅުގަނޑު މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާއަށް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް އިހުލާސްތެރިކަމާއި އަދަބުވެރިކަމާއި އެކީގައި ދަންނަވާލަން، އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް".

މުއިއްްޒު ވިދާޅުވީ، އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަަމަށެވެ. އަދި އެކަން ކުރެއްވުމަކީ މިއަދު ރާއްޖޭގެ މަސްހަލަތަށްޓާކައި އެންމެން ރަނގަޅު ގޮތް ކަމުގައި ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ، މި އިންތިހާބުގައި ލިބުނު ކާމިޔާބީއާ ގުޅިގެން މާދަމާ ރޭ ހާއްސަ އިވެންޓެއް އާޓިފިޝަލް ބީޗްގައި އޮންނާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރާނަން، އުފާ ފާޅު ކުރުމުގެ ހަފްލާއަކާއި އެކީގައި".

އެމަނިފާނު ވަނީ މި އިންތިހާބާއި ގުޅިގެން ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

"މިއަދުގެ މި ނަތީޖާއިން ލިބިގެން ދިޔައީ، އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލު ބިނާ ކުރުމަށްޓަކައި ވަރަށް ބޮޑު، ހިތްވަރެއް، އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަން ޔަގީން ކުރުމަށްޓަކައި ލިބުނު ވަރަށް ބޮޑު ހިތްވަރެއް، ދިވެހިި ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލް އުޖާލާ ކުރުމަށްޓާކައި ބޭނުންވެފައި މިންވަރު ފެނިގެން މި ދިޔައީ". މުއިއްޒު ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީތައް ހިމެނޭ ގޮތަށް އެންމެންނަށް ޝުކުރު ދަންނަވަމުން މުއިއްޒު ވިދާޅުވީ، މިއީ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޔޭެސް

    ވަރަށް ރަނގަޅު

  2. ބުރުމާ

    ޗޯރުހަށްޔަރުކުރުމަށް ގޮވާލަން ޗޯރުވަނީ ރ ޔާީނަށް ފޮޓޯގަނޑުގެ ޒަރިއްޔާއިންނާއި އަމަލީގޮތުން އަނިޔާވެރިވެފަ ބުރިޖުގަހުރި ރ ޔާމީނގެ ފޮޓޯފުޅުވަނީ ޗޯރުގެއަމުރަށް ވެރިކަން ޗޯރަށްލިބުނުދުވަހު ވައްޓާލާފަ.

  3. ހަންބެ

    އަޅުގަނގުމެންގެ އިންތިޚާބީ ރަޢީސް ޑރ މުހައްމަދު މުއިއްޒައްް މަރުޙަބާ މަނިކުފާނު މިގަޢުމާގެން އަމާނާތްތެރި ކަމާއެކީ ކުރިޔައް ދިއުމުގެ ނަސްރު ދެއްވާށި އާމީން . މަރުޙަބާ މުހައްމަދު މުޢިއްޒު.

  4. އެމް

    މަރްޙަބާ ޑރ.މުޢީޒް! الحمد لله

  5. ކުއްތޭ

    ޭރައީސް ޔާމީން ޖަލުގަ ހުރިހާ ހިދަކު އަހަރެން ތި އުފަލުގައި ބާވެރި ނުވާނަން ޟުކުރިއްޔާ....

  6. އުޖާލާ

    ކާމިޔާބީގައި ހިތްތިރިކުރާށެވެ.🤍🤝 ނާކާމިޔާބުގައި ހިތްވަރު ގަދަކުރާށެވެ.💪

  7. ހަކީމް

    ތިޔަކަހަލަ ބޮޑެތި ވަގުންނާ ކުޑަކުދިންނާ ބެހޭ މީހުން ދޫކޮށް ހަދްއިގެން އިބޫގެ ސަރުކާރުގެ ތާއީދު ގެއްލުނީވެސް

  8. ލަލޯ

    ވަގު ޔާމީން

    1
    1
  9. ޢަލީ

    ޝައްކެތްނެތް ޤައުމުގެ ހަމަޖެހުން އޮންނާނީ އެންމެން އެއްބައިވަންތަވެގެންކަން ކަށަވަރު

  10. ރިވެތި

    އަޅުގަނ ޑުމެން ވޯޓްދެއްވީ ރައީސްޔާމީން މިނިވަންކުރަން ނިމިދިޔާ އެމްޑިޕީމީހުންވެސް ކުރީގެރައީސް އަންނިއާ ގާސިމުވެސް ވަގުތުން ވަގުތައް ދޫކޮއްލިފަދައިން އެއްވެސް އެއްބަސްވުމެއްނެތި މިނިވަންކުރުމައް އެމީހުނައްއެކަން އެހެން ހުރެވުނުއިރު މަމެން ނައްވެސް ކުރެވެންވާނެ

  11. ކޭ ޑީ ޕީ

    ޤައުމުގެ ހަމަޖެހުން އޮންނާނީ އެންމެން އެއްބައިވަންތަވެގެންކަން ކަށަވަރު ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ޒިންމާ އަދާކުރައްވާ !

  12. Anonymous

    ވަގުންނާ ގުޅޜނީ ވަގުން