މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް މިއަދު ހަވީރު މާލޭގެ މަގުތަކަށް ނުކުމެ ސައިޒް ދައްކާލައިފިއެވެ.

ދެ ފަޅިންވެސް އެ ޕާޓީތަކުގެ ސަޕޯޓަރުންނާއެކު ސައިޒް ދައްކާލިއިރު، ކުރީގައި އުޅުއްވަނީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުއިއްޒެވެ.

އިދިކޮޅު ހިނގާލުން ފެށީ ހަވީރު 3:45 ގައެވެ. މި ހިނގާލުން ފަށާފައި ވަނީ ޕީޕީއެމް އޮޕީސް ކުރިމަތިންނެވެ. މި ހިނގާލުމުގައި މުއިއްޒުގެ އިތުރުން ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއިރު، އެތައް ސަތޭކަ ބަޔަކު ވަނީ މި އެއްވުމުގައި ބައިވެރިވެ މުއިއްޒަށް އޮތް ތާއިދު ދައްކާފައެވެ.

ދިވެހިންގެ ރާއްޖެ ކެމްޕޭން ނިންމާލުމުގެ ގޮތުން ބާއްވާ ހިނގާލުމުގެ ތެރެއިން - ވަގުތު އިމޭޖްސް

އެމްޑީޕީ ޕާޓީއާއި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތް ނިންމާލަން ބޭއްވި ރެލީ ފެށީ މިއަދު ހަވީރު 4:00 ޖެހިއިރު ސޯޝަލް ސެންޓަރު ސަރަހައްދުގައެވެ. އެ ހަރާކުގައިވެސް ދެ ޕާޓީގެ ބައިވެރިންނާއި ތާއިދު ކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

އުފާވެރި އަމާން ރާއްޖެ ކެމްޕޭން ނިންމާލުމުގެ ގޮތުން ބާއްވާ ރެލީގެ ތެރެއިން - ވަގުތު އިމޭޖްސް:

ރިޔާސީ އިންތިހާބަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އަދި ސިޔާސީ ޕާޓީތަކާއި އަމިއްލަ ފަރާތްތަކުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެންމެ ފަހުގެ ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ.

މިއަދު އިރުއޮއްސި 6:00 އިން ފެށިގެން، އާދީއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު، ސިޔާސީ ޕާޓީއެއްގެ ނުވަތަ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޖަގަހަ އެއް ހުޅުވާފައި ބެހެއްޓުމަކީ މަނާކަމެކެވެ. އަދި އެ ގަޑިތަކުގައި އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުން ވެސް މަނާވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ާައަސްލުވެސް ހަގީގަތަކީ ތީ

    68
    15
  2. ރޮކްމައިވޯލްޑް

    ދެ ކެންޑިޑޭޓުންގެ ވާދަވެރި، ފޯރިގަދަ ކެމްޕެއިނަކަށް ނިންމާލައިފި ނަމަ މަމެން ކުރާ ދިރާސާ އިން މީހުން ގިނައިން ތިބީ ޕިންކީންގެ މީހުންނޭ އައި ލައިކް އިޓް އޯއް މަމެން ނަށް އިނގޭހާ ވެސް އެއްޗަކީ މީހުން ގިނަ ތަނެއްގައި ގިނައިން ވޯޓް ލިބޭނެއޭ މަމެންނަށް ބުނެދޭން ނޭގޭ އެއްޗަކީ ރީނދޫ ބާރުގައި އޮތް އިރު އެވަރަށް މީހުން މަދުވީ ގައުމުގެ މިނިވަން ކަން ވިއްކާލާ އިންޑިއާ ސިފައިން ބަރުހަތިޔާރާއި އެކު އުތުރު ތިލަފުށީގައި ތިބުމުންނޭ އޯއް އޯއް މަމެން ބޭނުމީ މިނިވަންކަމޭ މިނިވަންކަމޭ މިނިވަންކަމޭ މިނިވަންކަމޭ ޔޫ ރޮކް މައި ވޯލްޑް ޔޫ ރޮކް މައިވޯލްޑް ނަށާލާ ނަށަލާ ނަށާލާ ނަށާލާ މިނިވަން ކަން ލިބޭތީވެ އެކަމުގެ އުފަލުގައި ޔޫ ރޮކް މައިވޯލްޑް ޔޫ ރޮކް މައިވޯލްޑް...

    59
    14
  3. balaathi

    ތިނަކަށް ވޯޓްދޭން ވެގެން މަމެން ގޮސް ބެލި އިރު ތިލަމާލެ ބްރިޖް ނުނިމެއޭ އެބްރިޖް ނުނިމުނީ އެއީ ކިއެއްވެތޭ ރައީސް އިބޫ ޚުދު އަމއިްލަ އަށް އެސައިޓަށް ގޮސް އެކަން ބަލާފައި ނެތޭ މީ ފުރަމާލޭގައި އޭނާ ހުންނައިރު އޭނާ އަށްވީވަރޭ ދެން ތިނަކަށް ވޯޓް ދޭން ޖެހޭނެ އެއްވެސް ސަބަބެއް މަމެންނަށް ފެންނާން ނެތޭ މިސަރުކާރުގެ އަނިޔާވެރިކަން މަބޮޑޭ ޔޯގާ އަޅުކަން ކުރި މީހުންނާއި ދެކޮޅަށް ވާހަކަ ދެއްކި އެންމެން ވަނީ ޖަލަށް ގަޅާލާފައޭ އެކަން ދަންނާށޭ ދީނުގެ އަހުލުން

    69
    11
  4. ބޭރުކުރޭ

    ރައީސް އިބޫ ބޭރުކުރޭ ރައީސް އޮފީހުން މާދަމާ ރެއިން ފެށިގެން އޭނާ އަށް ރައީސް އޮފީހަށް ވަދެވިގެން ނުވާނެއޭ އޭނާ އެތަނަށް ވަދެއްޖެ ނަމަ ކަނޑުވިއްކާލި ސިޓީ އޭނާ އަންދާލާނެއޭ ރައީސް އިބޫ ބޭރުކުރޭ ރައީސް އޮފީހުން ރައީސް އިބޫ ބޭރުކުރޭ ރައީސް އޮފީހުން ރައީސް އިބޫ ބޭރުކުރޭ ރައީސް އޮފީހުން ރައީސް އިބޫ ބޭރުކުރޭ ރައީސް އޮފީހުން ރައީސް އިބޫ ބޭރުކުރޭ ރައީސް އޮފީހުން ރައީސް އިބޫ ބޭރުކުރޭ ރައީސް އޮފީހުން ރައީސް އިބޫ ބޭރުކުރޭ ރައީސް އޮފީހުން ރައީސް އިބޫ ބޭރުކުރޭ ރައީސް އޮފީހުން ރައީސް އިބޫ ބޭރުކުރޭ ރައީސް އޮފީހުން ރައީސް އިބޫ ބޭރުކުރޭ ރައީސް އޮފީހުން ރައީސް އިބޫ ބޭރުކުރޭ ރައީސް އޮފީހުން ރައީސް އިބޫ ބޭރުކުރޭ ރައީސް އޮފީހުން

    9
    4
  5. ހާލު

    މަޑުންތިބެބަލަ ޥޯޓު ގުނާ ނިމުނީމަ ތިވާހަކަ ދައްކާނި

    3
    6
  6. ވައްސަލާމް

    ސޯސަލް ސެންޓަރު ކައިރިން ކުޑަ ތަންކޮޅަކަށްގޮސް ވިލިނގިލީ ބްރިޖުގަ ހިނގާފަ އެދިޔައީ އެއްކަލަ ޗޯރޭގެ ހޭބަލި ސަޕޯޓަރުންނެވެ. އޭގެ ބައެއް މީހުން ކަނޑަށް ވެއްޓެމުން ދިޔައިރުވެސް ދެންތިބި މީހުން އެއާ ބްރިޖްގަ އެދިޔައީ ވިލިނގިލީގަ އިނގިލީގެ ހަރަކާތްތައް ހިންގާލަން، ހަމަ ހިނގާލާފައެވެ. އެމީހުން ތިބޭ އެކުލައިގެ ނޫން މީހުނަށް ބްރިޖް ނުފެންނާތީ ވަރަށް ހައިރާން ވެފައެވެ.

    9
    3