ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ދަ ޑިމޮކްރެޓްސްއިން މަޖިލީހަށް ހުށަހަޅައިގެން އުޅޭ ބިލު ގާނޫނު އަސާސީއާ ހިލާފު ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.

ނިޒާމު ބަދަލުކުރުމަށް ގާނޫނު އަސާސީގެ 262 ވަނަ މާއްދާއަށް އިސްލާހު ގެންނަން ހުށަހެޅުއްވީ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މާފަންނު އުތުރު ދާާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޭރަންސީން އިއްޔެ ނެރުނު ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގެ ހަަތަރު ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނާނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. ހަމަ އެހެންމެ އެ ބާރުތައް ދެމި އޮންނަންވާނީ ރައްޔިތުންގެ އަތުގައި ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަކު އިމްތިޔާޒް ހުށަހަޅާފައިވާ އިސްލާހުގައި ކަމަކާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ކަމެއްގައި ގާނޫނު އަސާސީގައި އެކަމަކާ ގުޅިގެން އިސްލާހެއް ގެންނަ ނަމަ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާއްދާތަކާ ގުޅޭ ކަމެއް ކަމުގައިވީ ނަމަވެސް އެ އިސްލާހު ތަސްދީގު ކުުރުމުގެ ކުރިން އިތުރު ފެންނަ ނުފެންނަ ވޯޓެއް ނަގަން ނުޖެހޭނެ ކަމަށް ބުނެފައިވާކަން ޓްރާންސްޕޭރަންސީ ފާހަގަކޮށްފައި ވެއެވެ.

"[އެހެންކަމުން] ގާނޫނުއަސާސީއަށް މިހާރު ހުށަހަޅާފައިވާ ބިލުގެ ސަބަބުން ގާނޫނު އަސާސީއަށް ގެންނަ ބައެއް އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމުގެ ކުރިން، ރައްޔިތުންނަށް އެކަމާ މެދު ރުހުން ދިނުމަށް އޮންނަ ބާރު ގެއްލިގެންދާނެ އެވެ. ގާނޫނު އަސާސީއަށް ރައްޔިތުން ދީފައިވާ މި ބާރުގެ ބޭނުމަކީ އެއިރަކު އިންތިހާބު ވެފައި ތިބޭ ބަޔަކަށް ފެންނަ ގޮތަކަށް ރައްޔިތުންނާ ގުޅުން ހުރި ރައްޔިތުންނަށް މުހިންމު މާއްދާތަކަށް ރައްޔިތުންގެ ރުހުމާ ނުލައި ބަދަލު ދިނުމުގެ ފުރުސަތު ނުދިނުމެވެ. ރައްޔިތުންނަށް ދީފައިވާ ބާރު ހަނިވާގޮތަށް ގާނޫނު އަސާސީގެ 262 ވަނަ މާއްދާއަށް ގެންނަ އެއްވެސް ބަދަލަކީ ގާނޫނު އަސާސީއާ ހިލާފު ކަމެކެވެ" ޓްރާންސްޕޭރަންސީގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" ހިމެނޭ ބާބާއެކު ހިމެނޭ އިތުރު މާއްދާތައް ހިމެނޭ ގޮތަށް، ރައްޔިތުންގެ ރުހުމާއި ނުލައި އިންތިހާބުކޮށްފައި ތިބޭ މީހުންނަށް ބަދަލު ގެނައުމުގެ ބާރު ލިބިދޭގޮތަށް އޮތް ބިލު ބަލައި ނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ޓްރާންސްޕޭރަންސީން ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އައްނި

    ހިލާފުވާ ގާނޫނެއްވިއްޔާ ބަދަލުކުރޭ އަދި ކަލޭމެންގެ ބާރު ސޯލިހު ގައުމު އިދަޖައްސާލިހެން މަޖިލިސްވެސް ފުޑާލާފަ ނުކުންނާނީ ސޯލިހު އަދިވެސް ކަޑުގެ އަޑިން ގޯތިބަހަނީ ވުޖޫދުގަ ނެއްތަނަކައް މީހުން ބަދަލްކޮއް ރަޖިސްޓރީ ކުރެވޭގޮތެއް އޮވޭތޯއެވެ ރައްޔިތުން މިކަހަލަ ބޯގޯސް ކަންކަން ގަބޫލްނުކުރާށޭ މިފަދަ ކަންކަމައް ވުޒާރާތަކުންވެސް އެއްބާރުލުންދީގެންނުވާނެ ވެރިކަމެއް ނިމިގެން ދިޔައިރު ހުރިހާ ބަހެއްބުނެލާނެ އެއްވެސް މިނިސްޓްތީއެއްވެސް ވުޒާރާއެއްވެސް މިނިސްޓަރަކުވެސް ނެތް ހަމަ ރައީސް ހުރިހާކަމެއް ހިތުހުރިގޮތައް އެހެރަނިންމާލީ

    11
    1
  2. ސ

    ރައްޔިތުންކާރިނާހާ ރައްޔިތުންގެމަޖިލިހުގެ މެންބަރުންވެސް އިންތިހާބުކުރެވެންޖެހޭ. ޔައްޔިތުންގެ މަޖިލިސްމެންބަރުން ހޮވުމުގެބާރު ބޮޑުވަޒީރަ ދޭންޖެހޭ. އަދި
    ހަފްތާގެ ދުވަސްތައް ބަދަލްކުރުމުގެބާރުު ރައްޔިތުންގެ މަޖިލިހަ ލިބެންޖެހޭ.

    11
  3. ސ

    ރައްޔިތުންކާރިނާހާ ރައްޔިތުންގެމަޖިލިހުގެ މެންބަރުންވެސް އިންތިހާބުކުރެވެންޖެހޭ. ޔައްޔިތުންގެ މަޖިލިސްމެންބަރުން ހޮވުމުގެބާރު ބޮޑުވަޒީރަ ދޭންޖެހޭ. އަދި
    ހަފްތާގެ ދުވަސްތައް ބަދަލްކުރުމުގެބާރު ރައްޔިތުންގެ މަޖިލިހަ ލިބެންޖެހޭ.

  4. އަބްދޫ

    މިހާރު ފާސްކޮށްގެން އުޅޭ ގަރާރު ވެސް ގާނޫނުއަސާސީ އާ ހިލާފު ކަން ގާނޫނުއަސާސީގެ 115 ވަނަ މާއްދާ އިން އެގޭ.

    10
  5. މަރީ

    މާލަސްވެއްޖެ ތިވާހަކަ ބުނަން. މުއިއްޒު ހޮވުމުގެ ކުރިން ބުނިނަމަ ތިމީހުންގެ އިހުލާސްތެރިކަން ފެނުނިސް.

  6. ދުއްތުރާންޕޭރަންސީ

    ނިދިންހޭލެވިގެންތާ އެއްޗެއްބުނެވޭނީ މިފަސް އަހަނރު ތިބީ ނިދާފަ ސެޕްޓެމްބަރ 30 ހުގެ ފަހުން އެހޭލެވުނީ ދެންވަރައް އަގަތަޅުވާނެ ތިޔައީވެސް އަމިއްލަ އަންބޮޑި ބޮޑުކުރަންއުޅޭބައެއް

    10
  7. ގައުމު

    މިބާގަނޑު ފެށުނީ. ރައްޔަތުން ނުކުމެ..އެމްޑީޕީ ވެރިކަމުން ބޭލީމަ...މީ ފިތުނަ އުފައްދާ ބާގަޑެއް...ބަލަންތިބެމާ..މުއީޒު ހުވާކުރުމުން ދުވާލަކު ހެޢެއްޗެއްނެރޭނެ....އިހްލާސްތެރި ނުވާނެ

    5
    2
  8. ޟެން

    ރައްޔިތުން ވެރިކަން ހަވާލު ކުރިމައި ހަވާލުކުރި އަމާނާތަށް ހިޔާނަތްވެފައި ވާތީ ނުވަތަ ރައްޔިތުން އެދޭގޮތަށް ވެރިކަން ނުކުރީމައި ފެއިލްވެފައި ވާތީ ރައްޔިތުންގެ ވޯޓަކުން ނޯ ބުނީމައި ދެން ވެރިކަމަށް ހިފަން ނޫޅެބަލަ ދިވެހިންނަށް ބީރައްޓެހި ނިޒާމެއްގެ ތެރެއިން ވިޔަސް ޕާޜޓީގެ ހުރި މަގާމެއްގެ ތެރޭން ވިޔަސް. ދިވެހިން ނަޝީދަށް ،ސޯލިހަށް ،ޔާމީނަށް ވަނީ ނޯ ބުނެފައި ،މިހާރު ގައުމު ހިންގުމުގެ މަސްއޫލިއްޔަތު މިވަނީ ރައީސް އިލެކްޓް ޑރ މުއިއްޒުއާއި ހަވާލު ކުރެވިފައި. އިންޝާﷲ މިވެރިކަން ވާނީ އަމާނަތްތެރިކަމާއި އެކު ފުރިހަމަކުރާ ފުރަތަމަ ވެރިކަމަށް. ކޮރަޕްޝަން ނައްތާލާއި ގައުމު ހަމަ އިސްކޮޅަށް ތެދުވާނެ ދައުރަކަށް. މިކަން ކޮށްދޭނީ ޑރ މުއިއްޒު. 2 ދައުރު ނިންމާނެ ފުރަތަމަ ރައީސްއަށް ވާނެ ކަމަށް އުންމީދުކުރަން.

  9. ސުސެން

    މިސްޓަރ ބޮޑުވަޒީރު ނަޝީދު ވެރިކަން ނުލިބިގެން ތިވަރުވާކަށް ނުވާނެ އަދިވެސް ހެޔޮގޮތް ވިސްނާ! ތިއުޅެނީ މިހާރު ހުރި ގޮނޑިން އަމިއްލަ އަށް ފުންމާލަން.