އިދިކޮޅު ޕާޓީތަކުން މިދިޔަ މަހު މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި އެމްޑީޕީ އައްޑޫ ދާއިރާގެ ރައީސް އަހުމަދު އަދުހަމް ޖަލުގައި ބަނޑުހާހޫނު ކަމުގެ ހަރުތާލެއް ކުރަމުންގެންދަވާތީ، އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވާފިއެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދުހަމް ގެންދަވަނީ އޭނާއަށް ލިބެންޖެހޭ ބޭސްފަރުވާކުރުމުގެ ޙައްޤުން މަޙްރޫމްކޮށްފައިވާތީ ހަރުތާލު ކުރަމުންކަމަށާއި އޭނާ ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލައްވާކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީވެސް ޤާނޫނާ ޚިލާފަށްކަމަށް ނަޝީދުވަނީ ތުހުމަތުކުރައްވާފައެވެ.

އަދުހަމްގެ ގާނޫނީ ވަކީލް މަހްފޫޒު ސައީދު ވިދާޅުވި ގޮތުގައި އަދުހަމް ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުން ދަނީ އޭނާގެ ދަތުރުގެ ފަރުވާއަކަށް އެދުމުން އެކަން ކޮށްދީފައި ނުވާތީ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އިބޫ

  ތިފުރުސަތު ދިނީމާ ކަންކުރާގޮތް ސަރުކާރަށާއި އާއްމުންނައް މިހާރު އެގޭ އެހެންވީމާ ރައްޔިތުން މިހާރު ބޭނުމެއްނުވޭ ރާއްޖެއިން ބޭރައް ފަރުވާކުރުމުގެ ފުރުސަތު ދޭކައް.

 2. ހުސޭނުބޭ

  މަވެސް ހައިހޫނުކަމުގެ ހަޅުތާލުކުރަމުން މިދަނީ. ހެނދުނު ގަދަޔަށް ސައިބޮއިގެން ހައިހޫނުކަމުގެ ހަޅުތާޅުގައި މެންދުރުވަންދެން ހުންނަން. ދެން މެންދުރު ކައިގެން އަނެއްކާވެސް ހައިހޫނުކަމުގެ ހަޅުތާލުގައި މި ހުންނަނީ. މިވަރަށް ހައިހޫނުކަމުގެ ހަޅުތާޅުކުރާއިރުވެސް މަ ދޫކޮށްދޭށޭ ބުނާނެ މީހަކުވެސް ނުވޭ!

 3. ފާތުމަ

  އަދުހަމް ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުން ދަނީ އޭނާގެ ''ދަތުރުގެ'' ފަރުވާއަކަށް އެދުމުން އެކަން ކޮށްދީފައި ނުވާތީ ކަމަށެވެ. ހައްހައް. އިންސާފުގެ ދަތުރުގެ ފަރުވާތޯ ނުކުރެވިގެން އުޅެނީ.

 4. Hasan

  If you can't brush your Theethި.It's better noތeat

 5. ރޮންދާ ރިޔާޒް

  އަންނިމިއީ ބްރަބާކަރަން ފަދަ އަނިޔާވެރި މީހެއް، ވަރަށް ހެޔޮކަން ދައްކައިގެން މީނާ މިކުރާ ކަންކަމުން ގެއްލުން ލިބެމުންދަނީ ނިކަމެތި އާންމު ރައްޔިތުންނަށް، އަންއަކަށް މަދުވަހަކުވެސް ތާއީދެއް ނުކުރާނަން

 6. ޙާމުދުރު

  ބަނޑުހައިވީމަ ކާނެ.. ނުކައި އޮތަކަސް ތީ މާބޮޑު މައްސަލައެއް ނޫން..

 7. ސ ނުން ސޮނި މުގާބޭ (އަންނި)

  ހަރަދު ކުޑަވިނުން... ވަރަށްކާ ގޮލައެއްތީ

 8. އީބޫ

  ނަސީދު ކަންކޮޑުވީ އޭނަ ނުކައި އިނީމަތަ. ކޮބާ ދުނިޔޭގަ އުޅޭ ހާލުގަޖެހިފަ ތިބި ނިކަމެތި ތުއްތު ކުދިން ނުކައިއުޅޭ. ސީރިޔާ ތަންތާގަ. އެކަމާ މިނަސީދް ދެރަނުވާނެކަންއިގޭ .ނަސީދަކީ ލާދީނީ ފިކުރައް ލޯބިކުރާ މީހަކައް ވާތީ. ދެން ފޮނުވާ ތިޔޫކޭގަ ނަސީދުއައް ހަރަދު ކުރާމީހުން ލައްވާ އޭނަޔަތް ކާއެއްޗިހި. ލަލަލާ.

 9. މޮހޮނު

  އޭނާ ބޭނުންވަނީ ރައީސް ނަޝީދު އަތުން މޮޑެފަ ކާން ދިނުމަށް....