ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެއް ބްރޭންޑު އަދި ކޮލެޓީގެ ގޮތުންވެސް އެންމެ ވަރުގަދަ ފޯނުތަކުގެ ލިސްޓުގައި "ވާވޭ" ގެ ސްމާޓް ފޯންތައް ހިމެނެއެވެ. ވާވޭގެ ފޯންތައް ރާއްޖެއަށް ޑިސްޓްރިބިއުޓްކޮށް ވިއްކަމުން އަންނަ މެކްސްކޮމް އިން މިއަދު މި ވަނީ އެ ބްރޭންޑްގެ ނޯވާ3 އަދި ނޯވާ3އައި ރާއްޖެއަށް ތައާރަފްކޮށްފައެވެ.

ވާވޭ ބްރޭންޑްގެ މި ދެ މޮޑެލް ފޯނަކީ އެ ބްރޭންޑުން ނެރުނު އެންމެ ފަހުގެ ފޯންތަކެވެ.

މެކްސްކޮމް އިން ބުނީ، މިއަދުން ފެށިގެން ސޯސަންމަގުގައި ހުންނަ މެކްސްކޮމްގެ ޝޯރޫމުން އެ ދެ މޮޑެލްގެ ފޯނު ލިބޭނެ ކަމަށެވެ.

މިދިޔަ ޖުލައި މަސް ތެރޭގައި ވާވޭ އިން ނެރުނު 6.1 އިންޗީގެ މި ދެ ފޯނުގައި ޑުއަލް ފްރޮންޓް ކެމެރާ އާއި ޑުއަލް ރެއާ ކެމެރާ ހިމެނެއެވެ. މިއީ ފޭޝިއަލްރިކޮގްނިޝަން ފީޗާވެސް ހިމެނޭ ދެ ފޯނެވެ.

މެކްސްކޮމް އިން މި ދެ މޮޑެލް ފޯންގެ ތިން ކުލައެއް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ ކުލަތަކަކީ. ރަތް، އައިރިސް ޕާޕަލް އަދި އެއަރީ ބްލޫއެވެ.