ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު، މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ، މާދަމާ މަޖިލީހަށް ވަޑައިގަންނަވަނީ މިހާރުގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ކަމަށާއި މާދަމާ މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކި ކުރެވޭނެ ކަމަށެވެ. އަދި އެއަށްފަހު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ލައްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އެމްޑީޕީއަށް ވަނީ ވެސް ބޮޑެތި މަގާމުތައް ހޯދުމަށް ކަމަށާއި ކުރިއަށް އޮތްތާ އެކަން ކާމިޔާބު ކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ފަރާތުން އެކަމަށް އެއްބާރުލުންދީ ތާއިދު ކުރުމަށް ވެސް ޖާބިރު ވަނީ އިލްތިމާސް ކޮށްފައެވެ.

"އަޅުގަނޑު މީނީ ނިންމައިގެން މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރަައްވަން. ކީއްވެ އަޅުގަނޑަށް އެކަން ނުކުރެވެންވީ. މާދަމާ ނަޝީދު ވަކި ކޮށްފަ އެކަން އަޅުގަނޑު ކުރާނީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމަށް މަޖިލީހުގެ އިދާރީ މޭޒުން އިޖާބަދޭން ޖެހޭނެ ކަމަށާއި އެކަމަށް ހުރަސް އަޅާނަމަ، ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ، ރައީސް ސޯލިހުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއީލް ވެސް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށާއި އެބޭފުޅުންނާއި ވާހަކަ ދައްކަން ވެސް ބޭނުން ނުވާ ކަމަށެވެ.

މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން މަޖިލީހުގައި ތިއްބަވާ ކޮންމެ މެމްބަރަކަށް ވެސް ރައީސް ކަމަށް ކުރިމަތިލެއްވޭނެއެވެ. އަދި ވޯޓެއް ނަގައި އެންމެ ގިނަ ވޯޓު ލިބޭ މެމްބަރަކަށް މަޖިލީހުގެ ރައީސް ކަމަށް އާދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސަނީ

    ޖާބިރު ހޮވާތި ! މަޖިލީސް މަޖާވާނީ އޭރުން

    15
    19
    • ގައުމީ ލޯބި

      ދިވެހީންގެ ޙަލަތު މިދަރަޖައަށް ދިޔަމަ ކަންނޭގެ އެފަދަ އިލްމެ ޙިލްމެއް ނެތް، ނުދަންނަ މީހުން އިސްލާމީ ދައުލަތެއްގެ ގާނޫނު ހަދަން ހަވާލުކުރަނީ؟

      ދިވެހީން މިބޭނުންވަނީ އެވެސް މަޖަލަކަށް ހަދަން... ސަހަރޯ!

  2. ހަސަނު

    ޖާބިރުވަރުގެ ގާބިލު މީހަކު ތިތާކުނެތް

    13
    13
  3. އަލްޖިބްރާ

    ކަލޭ ތީ އެއްވެސް ކަމެއް ހަވާލު ކުރާވަރުގެ މީހެއް ނޫން !

    28
    2
  4. ހެ

    ޖާބެ ނޫންގޮތެއް.

    23
    3
  5. މާމީ

    މިފަހަރަކު ކާށިދޫ މީހުން ބޮލައް ޗިޕެއް ނުޖެހޭނެ އިނގޭ

    25
    4
  6. ާޕްރެސިޑެންޓް

    ޖާބެ ނުހޮވޭނެ ކަން 100% ޔަގީންކަން ދެން..

    27
    2
  7. ދޮންބެ

    މަޖިލީހަކީ ކުޅޭކުޅޭ ތާކަށް ހައްދަވަން ބޭނުންފުޅުވާ މެމްބަރުން ޖާބިރަށް ވޯޓް ދެއްވާ! އޭރުން މީހުންނަށް ފިސާރި މަޖާވާނެ

    5
    1
  8. މުޙައްމަދު

    ރައްޔިތުންގެ މަޖިލިސްގެ ނަމުން ރައްޔިތުންގެ އެންޓަޓެއިންމެންޓަށް ބަދަލުވެގެންދާނެ އެއިރުން. މަޖިލީހަށް ދާންވާނީވެސް ބޮއެގެން

  9. 😡😡😡

    މިމީހާ މަޖިލިހަށް ވައްދައިގެންވެސް ނުވާނެ ދެންދުވަހަކުވެސް!

  10. އނއސ

    ޖާބިރުއަށް ފުރުސަތު ދޭން އެބަޖެހޭ. ތަންކޮޅެއް މަތިން އޮޕެރޭޓް ވާން އެބަޖެހޭ.

  11. އނއސ

    ޖާބިރުއަށް ފުރުސަތު ދޭން އެބަޖެހޭ. ތަންކޮޅެއް މަތިން އޮޕެރޭޓް ވާން އެބަޖެހޭ. ޖާބިރަށް ކާމިޔާބީ އެދެން.

  12. އަހައްމަދޫ

    މިހާރައްވުރެ ބޮޑު ޗަރުކޭހަކައް ތިމަޖިލިސަ ވާނެ. ކޮންމެސް މީނާ ނުހޮވާތި

  13. Anonymous

    އޯ އެމް ޖީ. މީނަ މަޖިލީސް ރައީސަކަށް އަތުވެއްޖެއްޔާ ކާރީގައި ފުޅިޔެއް ބަހައްޓަން ޖެހޭނެކަމަށް މީހުން އެބަކިޔާ.

  14. Anonymous

    މިކަހަލަ މީހުން މެންބަރުންނައް ހޮވާތީވެސް އަހަރެން ހަމަ ހައިރާންވޭ ، ކަލޯ ކަލޮޔައް މިގައުމުގެ ރައީސްކަންވެސް މީހުންދީފާނެ ކުރިމަތިލާން ފެންނަނީ.