ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅި ޤަރާރު، ހުށހަޅާފައިވަނީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަމަށް އެމްޑީޕީން ބުނެފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުކުރަމުން ރައީސް ނަޝީދު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ޑިމޮކްރެޓްސް އިން ބުނަމުން ދިޔައީ މި ޤަރާރަކީ މަޖިލިސް ގަވައިދާ ޚިލާފަށް ހުށަހަޅާށަފައިވާ ޤަރާރެއް ކަމަށެވެ.

މި މައްސަލައިގައި ނިޒާމީ ނުކުތާ ނަންގަވާވަރުން މަޖިލިސް ކުރިޔަށް ގެންދެވޭ ގޮތެއް ވަނީ ނުވެފައެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މިމައްސަލައަކީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ހުށަހަޅާފައިވާ ޤަރާރެއް ކަމަށާއި މިމައްސަލަ މަޖިލީހުން ބެލެން ޖެހޭނެ ކަމަށެވެ. އަދި މަސްލަހަތު ނެތް މީހަކު ރިޔާސަތުގައި ބައިންދައިގެން މި މައްސަލަ ނުބެލޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ވިލުފުށީ ދާއިރާގެ މެންބަރު ހުސައިން އަފީފް ވިދާޅުވީ، މަސްލަހަތު ނެތް މީހަކު މަޖިލީހުގައި ނެތް ކަމަށާއި ދެން ޖެހޭނީ މަސްލަހަތު ނެތް މީހަކު މަޖިލީހުން ބޭރުން ގެންނަން ކަމަށެވެ.

މިޤަރާރާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާން ވިދާޅުވީ، މި އެޖެންޑާއަކީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި ވެސް އަންނާނޭ އެންމެ ވަރުގަދަ އެޖެންޑާ ކަމަށެވެ. މި ޤަރާރު މަޖިލީހުގެ އިދާރީ މޭޒުން ބަލައިގަނެ މިހާހިސާބަށް ގެނެސްފައިވާއިރު ރިޔާސަތުގައި އިންނެވި ބޭފުޅާއަށް މި މައްސަލަ ކުރިޔަށް ގެންދަން އުދަގޫވާނަމަ ކުރެވިދާނެ ކަންތައްތައް އެބަހުރިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރިޔާސަތުގައި އިންނަވާ ބޭފުޅާއަށް ލިބިގެންވާ ބާރުގެ ދަށުން ޤަރާރު ހިންގަން ހުރަސް އަޅާ ބޭފުޅުންނަށް ފިޔަވަޅު އެޅުމަށް ޝިފާން ގޮވާލިއެވެ.

މީގެ އިތުރުން ވެސް އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ މި ޤަރާރު ކުރިޔަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާަމަރީ

    ރޮޒޭމެން ނިދާހޭލާނުލާތީ މައްސަލައަކީ މަޖިލިސްއަށް ތިއަންނަނީ މިއަދު މަޖިލިސް ނައިބަށްވާނީ ތިމަންނާއޭ ހިތާ ހުވަފެން ބަލަން 10 ޖަހަންދެން އޮވެފައި