ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމަކީ ގިނަ ދިވެހިންނާއި ގައުމަށް އުފާވެރި ދުވަހެއް ކަމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ރައީސް ކަމުގައި ހޭދަކުރެއްވި ހަތަރު އަހަރު ފަހުން، ނަޝީދު މިއަދު ވަނީ އިސްތިއުފާ ދެއްވައިފައެވެ. ނަޝީދު އިސްތިއުފާ ދެއްވާފައި މިވަނީ 49 މެމްބަރުން ސޮއިކުރައްވައި އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ. މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ އެމްޑީޕީން އެ މައްސަލަ ހުށަހެޅި އިރު، އެކާމާ ގުޅިގެން މަޖިލިހުގެ ޖަލްސާތައް ހުއްޓިފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވަނީ ވެފައެވެ.

މަޖިލިހުގެ އަމީން އާންމު ފާތުމަތު ނިއުޝާ އަށް ފޮނުއްވި ސިޓީއެއްގައި ނަޝީދު ވިދާޅުވީ މަޖިލިހުގައި މިހާރު ހިނގަމުންދާ މައްސަލަ އާއި އެ މައްސަލައާ ހެދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކާ މެދު ވިސްނެވި އިރު، މަޖިލިހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީން ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. އެމްޑީޕީން އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު، އެ ޕާޓީން ގެންދަނީ މަޖިލިހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވެގެންދާ އެންމެހާ އަމަލުތައް ހިންގަމުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މޫކޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ ގިނަ ދިވެހިންނާއި ގައުމަށް އުފާވެރި ދުވަހެއް ކަމަށެވެ. ނަޝީދު ފުރަތަމަ އުޅުއްވީ އެމްޑީޕީ ބޭނުންކޮށްގެން ބަރުލަމާނީ ބަޣާވާތެއް ގެނެސް، ރަމްޒީ ރައީސަކަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުކޮށްލަން ކަމަށާއި އެކަމަށް އެމްޑީޕީން ބުނީ ނޫނެކޭ ކަމަށް މޫކޭ ވިދާޅުވިއެވެ.

އަދި އޭގެ ފަހުން އުޅުއްވީ އިންތިހާބީ ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އެމްޑީޕީ ބޭނުންކޮށްގެން ހަރާބު ކުރަން ކަމަށް މޫކޭ ވިދާޅުވިއެވެ. އެމްޑީޕީން ހަރާބުގެ މަގު ސާފުކޮށްދީފައިވާތީ އެ ޕާޓީ އަށް މަރުހަބާ ދަންނަވާ ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.

"7 ދުވަހު ހިފަހައްޓާލާށޭ ކިޔާފަ ހުރިހާ ގުނބޯތައް ދުންމާރި ފުމެން ބައިތިއްބާފައި އެ ދިނީ އިސްތިއުފާ. މާދަމާ ހޭވެރިކަން ވެގެން ބަޣާވާތެކޭ ކިޔާފަ ނުނިކުންނާނެބާ. އިންތިހާބީ ރައީސް ހުވާކުރުން އަމާން ކަމާއިއެކު ކުރިއަށް،" މޫކޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކޮވިޑް

    ދެން ތިން ތިޒޫރީ ގެއްލުމަކީ މޫކޭ ޖީބަށް ބަރު ދުވަސް ތަކެއްތޯ؟

    34
  2. ދީދީ

    ވަގު ސޯލިހާއި އެކު ތިބޭނީ މިކަހަލަ ކަނޑުކޮހުން. އަމާ ބަފާ ޅިޔަން ފަހަރިން އެކައުންޓަށް ކުންފުނީގެ ފައިސާ ޖަމާކުރާ ވަގުން.

    34
  3. އަޖާއިބް

    އަދީބާއި ޒިޔަތު ދޫކޮށްލީމަ ދޯ

    16
  4. އއަޖާއިބް

    އަދީބާއި ޒިޔަތު ދޫކޮށްލީމަ ދޯ

    14
  5. ޑައެލޯގް

    އިބޫއާއި ކަލޭގެ ބާރު ދިއުމުން މާބޮޑަށްވެސް އުފާވިއެވެ.

    20
  6. ތިރީސްހަތް މިލިއަން

    މީނައައް އުފާވެރި ދުވަހަކައް މިވީ ދެވަގުން ދޫކޮއްލިދުވަހަކައްވާތީތާ

    18
  7. ރަންނަ

    އަނެއްކާވެސް ޕްޓީކޭޝްކޮޅެއް ނުކެވިގެންތޯ ތިއުޅުންވަނީ

    17
    0
  8. ޜާސް

    ޥެރިކަން ގެއްލިއްޖެ ވަގު މުކޭ

    18
  9. Anonymous

    ބޮޑު ވަގޫ ވެރިކަން ގެއްލުނީމައި ދެންޖެހޭނީ ވަގަށް ތިތިޖޫރީ ނަގަން

  10. އަހްމަދު

    ރައްޔިތުން އެއައްވުރެމާއުފާވާނެ މޫކޭގެއަތްދަށުން އާރުޑީސީގެ ތިޖޫރީ ސަލާމަތްވާދުވަހަކުން ދެންއޮތީ އިރާދަފުޅުކުރެްްވިއްޔާ 3 ދުވަސް އިންޝާﷲ

  11. ޝްރޭ

    ކޮނ

  12. ޝްރޭ

    ކޮން އިރަކުހޭ އިންތިހާބު ނިމެނީ، ނުނިމޭތީތާ އަމީނީ މަގުގެ ބާކީބައި ނުފައްޓަނީ،،، ލާރި ތައް ވަގަށް ނަގައިގެން ބަނޑު އެޅުން ނޫންކަމެއް ނުކުރޭ،،،

  13. ވަގު ހިފާ

    އަހަރުމެން ދެކެން ބޭނުން އާރުޑީސީ އިން ޕެޓީ ކޭޝް ބެހި މީހާ ޖަލު ގޮޅިތަކުގެ ފަހަތުގައި ހުންނަ ދުވަސް. އެއީ ރައްޔިތުންގެ ފައިސާ. އެބެހީ އެންޑީޕީ ކެމްޕޭނަށް. މޫކޭ އެއް ތޫކޭ އެއް ކިޔާނެ ކަމެއް ނެތް.

  14. އެފައިސާ

    މި ސޮރު މީ ގޮތެއް ފޮތެއް ނެތް އިންސާނެއް. ދުވަހަކު އިންތިހާބީ މަގާމަކަށް އާދެވިފައި ނެތް ނުވެސް އާދެވޭނެ. ޗީޑި!