އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް އިޔާސް ހަމަޖައްސައިފިއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އިޔާސް ހަމަޖެއްސި އިރު، އޭނާ މީގެކުރިން ހުންނެވީ އައިލެންޑް އޭވިއޭޝަންގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުގައެވެ. އިޔާސް އައިލެންޑް އޭވިއޭޝަންގައި މަސައްކަތްކުރައްވާތާ 15 އަހަރު ވަނީ ވެފައެވެ.

އިޔާސް އައިލެންޑް އޭވިއޭޝަނާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ 2008 ގައި ސޭފްޓީ އެންޑް ކޮލިޓީ މެނޭޖަރެއްގެ ގޮތުގައެވެ. އޭގެ ފަހުން، އެ ކުންފުނީގެ އިންޖިނިއަރިން ޑިޕާޓްމަންޓްގެ ވެރިއަކަށް ހުންނެވި އިޔާސްއަކީ އިނގިރޭސިިވިލާތުގެ ޔުނިވަސިޓީ އޮފް ލަންޑަންގެ އިމްޕީރިއަލް ކޮލެޖުން އޭރޯނޯޓިކަލް އިންޖިނިއަރިން އިން މާސްޓާސް ހާސިލުކުރެއްވި ބޭފުޅެކެވެ.

އިޔާސް ވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންމެ ފަހުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ މުހައްމަދު މިހާދެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މަރުހަބާ! ދެން ވޯޓުހޯދަން މިމޮޅެތި ބޭބޭފުޅުން ކައިރިއަށް ދާތި. އަހަރެމެން ނިކަމެތިން ކަމަކުނުދާނެ!

    3
    6