ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ މެމްބަރު މުހައްމަދު ޝަކީލް ހަމަޖައްސައިފިއެވެ.

ޕީޕީއެމްގެ ސެނެޓް މެމްބަރުކަން ވެސް ކުރައްވާ ޝަކީލަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށް ދެއްވުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ރައީސް މުއިއްޒުގެ ފަހަތުން އެންމެ ފުރަތަމަ ނުކުންނެވި ބޭފުޅުންގެ ތެރޭގައި ޝަކީލް ހިމެނިވަޑައިގަންނަވައެވެ.

ޝަކީލް ވަނީ ވިޔަފާރީގެ ދާއިރާ އިން އިނގިރޭސި ވިލާތުގެ ކެމްބްރިޖު ކޮލެޖް އޮފް ބިޒްނަސް މެނޭޖްމަންޓް އިން މާސްޓާސް ހާސިލް ކުރައްވައިފައެވެ. ޝަކީލަކީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަން ދިގު މުއްދަތަކަށް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި އޭނާއަކީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ޝަކީލް ވިދާޅުވީ އޭނާ އާއި އޭނާގެ ޓީމުގެ މަސައްކަތްތައް ބައްޓަން ވެގެން ދާނީ ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ކަމަށެވެ. އެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހައްޖު ކޯޕަރޭޝަން އޮންނަންވީ ގޮތް ރައީސް މުއިއްޒު ވަރަށް ރަނގަޅަށް ވިދާޅުވެ ދެއްވި ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.

"ހައްޖު ކޯޕަރޭޝަން މިހާރު އޮތް ލެވެލް އިން އެހެން ލެވެލްއަކަށް މަގްސަދުގައި (މަސައްކަތް ކުރާނީ)." ޝަކީލް ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަނަކީ މިހާރު ދިވެހިން ހައްޖާއި އުމްރާ އަށް ގެންދިއުމަށް ހާއްސަކޮށްފައި އޮންނަ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުރާސިލު

    ވަރަށް ރަނގަޅުކޮށްލަން ޖެހޭތަނެއް

  2. ދީނީމީހާ

    ފައިސަވަށާ ތޮވާފް ކުރާ ސިޔާސީ މީހުން ހެޔޮނުވާނެ މިކަހަލަ އަމާނަތްތެރި އަދި އެތަނެށްގަ ދުވެހިންގެ ބުރަ މަސެއްކަތުން އެއްކޮށްފަހުރި ފައިސާ ހުރި ތަންތަނަށް ލާކަށް. ވަރަށް ގޯސްކޮށް މިސަރުކާން ކުރި ކަމެށް މީ.

    6
    2
    • ރިސްކު

      އަސްލުވެސް މަގާމުތަކަށް ލާންވާނީ ދީނީ ތެދުވެރި އިތުބާރުހިފޭ މީހުން. އެކޮނޮމިކްސް އަދި ބިސްނަސް ދާއިރާއިން މަތީތައުލީމް ހާސިލްކޮށްފަ ތިބީ ދީނީބޭފުޅުން ރާއްޖޭގަ ވަރަށް ގިނަވާނެ. މެލޭޝިޔާ، މިސްރު އަދި ސައޫދީ އިން ކިޔޮވާފަ ތިބި ކުދިން އެބަތިބި.

  3. ÷ޮޮިިުޔެެެތެ

    ކަޑަ

  4. ކޮމެންޓްބޭ

    ޝަކީލް އަކީ އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް. ޔަގީނުންވެސް ޚިޔާނާތެއް ނުވާނެ، ޝަކީލް އީސީން އިސްތިއުފާ ދެއްވީވެސް ޚިޔާނާތުގެ ފައިސާގަ ނުޖެހެންވެގެން އެކަން ވަރަށް ރަނގަޅަށް އަޅުގަނޑަށް އެނގޭތީ މިހެން މި ދެންނެވީ

  5. Anonymous

    ދައުލަތުގެ ގިނަ ކުންފުނި ތަކަކީ ސިޔާސީ މީހުން ދައުލަތުން ވައްކަން ކުރަން ހަދައިގެން އުޅޭތަންތަން!