ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލިމަގު (ހައިވޭ)ގައި ދުއްވާފައި ދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު ހެނދުނު 9:30 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ ކާރު ކޮންޓްރޯލް ނުވެގެން ގޮސް އެ ހިސާބުގައި ޖަހާފައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ. ކާރު ގޮސް ޖެހުނު ހޮޅިދަނޑު ވަނީ އެތަނަށް ވެއްޓިފައެވެ.

އެ ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަލިމަގުގައި ކާރެއް ހޮޅިދަނޑިއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި އެކްސިޑެންޓްގައި އެއްވެސް މީހަަކަށް އަނިޔާ ވެފައި ނުވާ ކަަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަލީ

    އަދި ތަންކޮޅެއް ގިނައިން މިދުވަސްކޮޅު ސޯލާ ތަކުގައިވެސ

  2. ނެގުނުކަތީބު

    ތިޔަ ބުރިޖާ ހައިވޭގައި ދުއްވަން މިހާރު ކަނޑަ އަޅާފައިވާ ސްޕީޑް ގަޑިއަކު 40ކިލޯމީޓަރަށްވުރެ މައްޗަށް ނުދުއްވާގޮތަށް ބަދަލުކުރަންވެއްޖެ.

    15
    2
    • ފަރުދީ ޒިންމާ

      ގަޑި އަކު އެއް މޭލް ބާރު މިނުގައި ދުއްވަން ހެއްޖަސް ޕޮލިސިންގ ރަގަޅު ނުވާހާ ހިނދަކު އިންސާނުން އުޅޭނީ ޖަނަވާރުންގެ ގޮތުގައި. ތަހްޒީބު މުޖްތަމަޢުތަކުގައި ވެސް ހިތު ހުރި ގޮތަކަށް އުޅެން ދުލެއް ނުކުރޭ!! ފަރުދީ ޒިންމާއޭ ކިޔާ ފަރުވާ ކުޑައެއް ކޮށެއް ނުލާނެ!!! ދިވެހި ފުލުހުންގެ އަތްމަތީ ބަހަކީ ފަރުދީ ޒިންމާ ތިމަންމެން މުސާރަ ނަގައިގެން ފޯނާ ކުޅެން ތިބޭނަމޭ!!

    • ޔޫސުއްބެ

      ރަނގަޅު ވާހަކައެއް. 50ށް އޮންނައިރު އެދަނީ60-70ގައި . 40ށްހެދީމާ 50ގައި ހިފެހެއްޓޭވަރުވެދާނެ.

      1
      1
  3. ސޯލާ

    ތި މަގުގައި ޖަހާފައި ހުރި ސޯލާތައް ތިހެން ވެހިކަލްތައް އަރައިގެން ހަލާކުވެގެން ނުދަނީސް އެހެން ތަނަކަށް ގެންދިއުން ބުއްދިވެރި. އެތަން ހަދަން ފެށިފަހުން ދެތިން ފަހަރެއްގެ މަތިން އެ އެއްޗިއްސަށް އެކިއެކި އެކްސިޑެންޓް ދިމާވެއްޖެ. ބޮޑުއަގުގައި ގަނެފައި ކުރާ މަސައްކަތްތައް މިނިޓެއްގެ ތެރޭގައި ހަލާކުވާގޮތަށް އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތް ތަނެއްގައި ބެހެއްޓުމަކީ ހަމަޖެހޭ ބަޔަކު ކުރާނެ ކަމެއް ނޫން.

    2
    0
  4. އެކަށީގެންވާ ފިޔަވަޅު

    މައްސަލައަކީ ދުއްވަން 40 50 ކަނޑައެޅުމެއްނޫން. އެ އިހުމާލުވި ފަރާތަކަށް ފިޔަވަޅު އެޅީމަ ކަންކަން ހައްލުވާނީ. އެއްގަމު އުޅަނދު ނުދުއްވޭގޮތަށް ލައިސަންސް 3 މަހަށް ހިފަހައްޓަންވީ. ދެން އެއައްފަހު ތަކުރާރުވާނަމަ ދެންއޮތް ފިޔަވަޅު. ދެން އެކަމާ ގުޅިގެން މުޅި މުޖުތަމައުގެ އެންމެން ހިނގާފަ ހަލިމަގުގައި ދާން ޖެހޭގޮތް ހަދާހިސާބަށް ދިޔުމަކީ ރަނގަޅުު ފިލާވަޅެއް ލިބެނިވި އަދަބެއް ކަމަކަށް ނުފެނޭ.

  5. މުޙައްމަދު ޢަރީފް

    ތިޔަފެންނަނީ ތަރައްޤީ އަނދާ ތެލަކަށް ނުބަލާނެ