އެފްކޮންސްގެ މައްޗަށް ކޮށްފައިވާ 60 މިލިޔަން ރުފިޔާގެ ޖޫރިމަނާ ފަސްކުރުމަށް ވަގުތީ އަމުރެއް ސިވިލް ކޯޓުން ނުދޭން ނިންމައިފިއެވެ.

ސިވިލް ކޯޓުން އިއްޔެ ބުނީ ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މައްޗަށް ކޮށްފައިވާ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެފްކޮންސްގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ލިބުނު ގެއްލުންތަކުގެ ސަބަބުން އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ އެ ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި އެ ފައިސާ 15 ދުވަސް ތެރޭގައި ދައުލަތަށް ދައްކަން މިމަހުގެ 15 ވަނަ ދުވަހު ސަރުކާރުން އޮތީ އަންގައިފައެވެ.

މި ޖޫރިމަނާ ފަސްކޮށްދެއްވުން އެދި ސިވިލް ކޯޓަށް ހުށަހެޅުމުން ކޯޓުން އެފަދަ އަމުރެއް ދިނުމަށް ވަނީ އިންކާރުކޮށްފައެވެ. އަދި ޖޫރިމަނާ ނުދެއްކިއްޖެ ނަމަ އެއްބަސްވުން ބާތިލްކޮށް، އެ ކުންފުނީގެ މާލީ ހާލަތަށް އަސަރު ކުރާނެ ކަމަށް ކުންފުނިން ބުނިކަމުގައިވިޔަސް އެކަން ދިމާވާނެ ގޮތެއް ބުނެދެވިފައިނުވާ ކަމަށް ކޯޓުން ކުރި ހުކުމައި ބުނެފައިވެއެވެ.

ކޯޓުގެ ނިންމުމުގައިވަނީ ދައުވާ ހުށަހެޅުމުގެ ކުރިން އެފަދަ ވަގުތީ އަމުރެއް ނެރެދޭންޖެހޭ ފަދަ ސަބަބުތަކެއް އެފްކޮންސްއަށް ބުނެދެވިފައި ނުވާ ކަމަށެވެ.

އެފްކޮންސް ޖޫރިމަނާ ކުރަން ނިންމާފައި ވަނީ އެފްކޮންސްގެ ޓަގް ބޯޓެއްގެ އެހީގައި ވިލިމާލޭގެ ފަރުގައި ދިރާސާތަކެއް ކުރަނިކޮށް އެ މަސައްކަތުގައި ބޭނުން ކުރަމުން ދިޔަ ޕްލެޓްފޯމް މިދިޔަ އަހަރުގެ އޮގަސްޓް 16 ވަނަ ދުވަހު ވިލިމާލެ ފަރުގެ 100 މީޓަރު ދުރުމިނުގެ ސަރަހައްދެއްގައި އޮއްވައި އައި ބޮޑު ރާޅެއްގެ ސަބަބުން ޓަގު ބޯޓާ ފެއަށް ގޮސް ވިލިމާލެ ފަރަށް އެރުމާ ގުޅިގެންނެވެ. ފަރަށް ލިބުނު ގެއްލުން ސާވޭކޮށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެފްކޮންސް ޖޫރިމަނާ ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 13 ގައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މިގޮތަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ ނުވަތަ އެ ފައިސާ އިން ބައެއް ތިމާވެއްޓަށް ލިބޭ ގެއްލުން އިއާދަކުރުމަށް ހޭދަ ކުރުމަށް އީޕީއޭ އަށް ލިބުމަކީ މުހިންމު ކަމެއް ކަމުގައި ސަރުކާރުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާ

    ޖޫރިމަނާ ނުދައްކައިފިނަމަ ފިޔަވަނޅު އެޅޭނެބާ؟ ާއިބޫ ޓާމް ނިމުނުއިރު މުއްދަތު 2އ އިތުރުކުރުމުން ބޭރުން ނަގާފައިވާ ކޮންސަލްޓަންޓުންނަށް އެތަކެއް މިލިއަންޑޮލަރު ދެއްކުން ދިވެހިދައުލަތަށް. އިބޫވެސް އެދިޔައީ 5އ ވެރިކަމެއްކޮއްފަ.

  2. ަސދަދ

    ދޫކޮށްގެން ނުވާނެ.
    ތިފައިސާ ނުދައްކައި ބަޗަން އެއުޅެނީ.