ހެންވޭރު ޗީބޯ ކެފޭ ކައިރީގައި ދެ ގްރޫޕެއްގެ ދެމެދުގައި މިއަދު މާރާމާރީއެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތަށް" ވިދާޅުވީ މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހަވީރު ފަހެއް ޖަހާކަން ހާއިރު ކަމަށެވެ. އަދި މި މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައިވާ ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މި މާރާމާރީއާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ. އެގޮތުން މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ، 18 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެކެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސެކު

    މުއިއްޒުގެ އަމާން ދިވެހިރާއްޖެ ފެށުނީ. މަރުހަބާ މުއިއްޒަށް ވޯޓުލީ ދިވެހިން.

  2. ހަންޑިކުޑަ

    ސަހަރޯ! އަދި ވެރިކަމަށް މަހެއްނުވޭ! ކުޅިވަރު ފެށުނީދޮތަ!