ކޮންމެ ރަށެއްގައި ނުވަތަ ރިސޯޓެއްގައި ކޮންމެ ވަޒީފާއެއް އަދާކުރި ނަމަވެސް އެމީހެއްގެ އަނބިދަރިން މާލޭގައި ދިރިއުޅޭނަމަ ގޯއްޗަށް، ނުވަތަ ފްލެޓަށް ކުރިމަތިލުމަށް ޝަރުތު ހަމަވާނެ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާކަމަށް ޕޯޓަލުން ދައްކާ ފަރާތްތަކުގެ މާކްސް ބަދަލުކޮށްގެން ފްލެޓް ދީފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެންމެ ފުރަތަމަ 4،000 ފްލެޓް ލިބޭނެ ކަމަށް ސަރުކާރުން އަންގައި އާންމުކުރި ފްލެޓް ލިސްޓާގައި ގުޅިގެން 325 އަށްވުރެ ގިނަ އާންމު ރައްޔިތުންގެ ޝަކުވާތައް ލިބުނު ކަމަށެވެ.

މިކަމާ ގުޅިގެން އަކްރަމް "އެކްސް"ގައި ވިދާޅުވީ ޝަރުތު ހަމަނުވާ ފަރާތްތަކަށް ގިނައިން ޕޮއިންޓް ދީގެން ޝަރުތު ހަމައެއް ނުކުރެވޭނެ ކަމަށާއި، އޭސީސީން ކުރައްވާ ތުހުމަތުތަކަކީ ސިޔާސީ ކުލަ ޖެހިފައިވާ ތުހުމަތެއް ކަމަށެވެ. އަދި އެކަން ތަހުގީގު ނުކުރައްވާ އެހެން ހާމަކުރެއްވުމަކީ ސިޔާސީ ކުލަޖެހުން ކަމަށްވެސް ވިދާޅުވިއެވެ.

" ސިސްޓަމް ސްކޯއަކާ ވެރިފިކޭޝަމް ސްކޯއެއް ނީންނާނެ. ސިސްޓަމުން ދައްކަނީ އެޕްލިކަންޓް ނަގާފައިން އޮޕްޝަން. ވެރިފަރާ ޑިސައިޑް ކުރަނީ ފޯމުގަ ދީފަހުރި މައުލޫމާތައް ބަަލައި އޮޕްޝަން ނަގާފައި އިނީ ރަނގަޅަށްތޯ. ރަނގަޅު ނޫންނަމަ ފޯމުގެ މައުލޫމާތު ބަލައި ވެރިފަޔާރ އޮޕްޝަން ޑިސައިޑް ކުރާނެ." އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ފްލެޓުތަކަށް ޝަރުތު ހަމަވާކަށް، މާލޭގައި ވަޒީފާ އަދާކުރާ ފަރާތަކަށް ވާކަށް ނުޖެހޭނެ ކަމަށާއި، ރަށެއްގައި ނުވަތަ ރިސޯޓެއްގައި ކޮންމެ ވަޒީފާއެއް އަދާކުރި ނަމަވެސް އެފަރާތުގެ އަނބިދަރިން މާލޭގައި ދިރިއުޅޭނަމަ ޝަރުތު ހަމަވާނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ލިބޭ 4000 މީހުންގެ ލިސްޓު ވަނީ އާންމުކޮށްފައެވެ. އެ ލިސްޓު އާންމު ކުރުމާއެކު ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެބައޮތެވެ. އެހެންވެ، މި ސަރުކާރުން ބުނެފައި ވަނީ ފްލެޓު ލިސްޓް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ތިގޮތަށް ބުނިނަމަ މަވެސްފޯމު ލީސް. އަކުރަމޫ ގޭދޮށު މީހުން މާލޭގަ 20 އަހަރު އުޅުނު. ޟަގޭ ޝަރުތު ހަމަވާނެތަ. އުސޫލުގަ ނެތީމަ ހަމަ އަހާލީ.

  2. ޢީސަ

    ދެންތި ފްލެޓްތަށް ކާލަބަލަ......

  3. ކެކެކެ

    އަނބިދަރިން އުޅެނީ ރަށުގައި. ފިރިމީހާ ރިސޯޓްގައި. އެކަމަކު ޝަރުޠު ހަމަވޭ.

  4. ހުސްވައު34

    އަކުރަމަކީ އުފެދުމުގައިވެސް ދޮގުހަދަން އާދަވެފައިވާ ސޮރެއް! ކަމާލުއްދީނުގެ ....... ދަރިއެއްބާ؟

  5. އަބްދު

    އަކުރަމް ހިތަށްއެރީމާ ޝަރުތު ހަމަވީދޯ،
    ކަލޯ ހަނދާންކުރާތި، މިނޫނަސް ދުވަހެއް އޮތްކަން، އިރާދަކުރެއްވިއްޔާ މާތްﷲ އަކުރަމަށް ތިކަންތައް ދައްކަވާނެ، ފްލެޓް ހައްޤުވާ މީހުން އެއްފަރާތްކޮށް ހިތަށްއެރި މީހަކަށް ފްލެޓްދީ ފްލެޓް ވިއްކާ ހަދާފައި ފައިބައިގެން ތިދިޔައީ، އަހަރެމެން މި މާލޭގައި އުޅޭތާ 30 އަހަރުވީ މީހުން ދަރިން ވިހާ 18 އަހަރުވީ މޭގައި ، އަދިވެސް ފްލެޓް ނުލިބޭ، 18 އަހަރުވީމާ ދަރިންނަށް ޕޮއިންޓު ނުލިބޭ، ، މާލޭގައި އެހާ ދުވަހުއުޅުނީމާ ޕޮއިންޓެއް ނުލިބޭ، ،
    ދެން ތިބުނަނީ ކޮންމެ ތާކު އުޅުނަސް ޝަރުތު ހަމަވާނޭ، ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތްމީހެއްމީ، ކަލޭ ހިތަށްއެރީތަ ފްލެޓްތަކަކީ ކަލޭގެ އަމިއްލަ ތަރިކަ ކަމަށް ކަލޭ ހިތަށްއެރިބމީހަކަށް ތި ބަހާލީ،

  6. Anonymous

    ޝަރުޠުގައި އޮންނަނީ ފްލެޓަށް އެދޭ މީހާ މާލޭގައި 15 އަހަރު ދިރިއުޅުން. އަނބިދަރިން މާލޭގައި 15 އަހަރު އުޅުމެއް ނޫން ޝަރުޠަކީ. އެމީހާ ރަޖިސްޓަރީވެފައިވާ ރަށުގައި ވަޒީފާގައި ހުރިނަމަ، އޭނާގެ އަނބިދަރީން މާލޭގައި އުޅުނުނަމަވެސް އޭނާގެ ޝަރުޠު ހަމައެއް ނުވާނެ. އަދި މީހަކު މާލޭގައި އުޅޭކަމަށް ރަށު ކައުންސިލުން ދޭ ލިޔުމެއް ގަބޫލެއްވެސް ނުކުރެވޭނެ. މާލޭގައި އުޅުނުކަމުގެ ނުވަތަ އުޅޭކަމުގެ ލިޔުން ހޯދަންޖެހޭނީ މާލޭގައި އުޅުނު ނުވަތަ މާލޭގައި އުޅޭ ތަންތަނުން.

  7. ހިމް

    އަކުރަމް މިހާރު ދޭން ހުރި ބިމެއް ފުލެޓެއް ނޯންނާނެ. ރިޝްވަތު ނަގައިގެން ހޯދައިދިން ތަންތަން އަތުލަންވާނެ.

  8. ޢިދްރީސް

    ތިތިބީ ބޭޒާރުވެފަ

  9. ފްލެޓް ވަގު

    ދެން ވަނީމަ ނިމުނީނު ތި އެޅި ފްލެޓްތަކަށް
    ޢަދި ޢެންމެ 3 ޓަވަރު ނިމެން ކައިރިވެފަ ހުރީ އެއީ
    500 ފްލެޓް ކޮބާ އަނެއް 3500 ފްލެޓް އަދި ހުރީ ކިރިޔާ ފައުންޑޭޝަން އަޅާފަ
    5 އަހަރުގެ ދައުރެއް ދިނީމާ މާލޭގެ ބިން ބަނޑު އަޅާލައިގެން ތިތިބީ ދުވަހަކުވެސް ކަލޭމެންނަށް ރާއްޖޭގެ ވެރިކަން ހަރާމުން ހަރާން ދެންވެސް ހޮވާނީ ތި އެންޑީޕީ ނޫން ފިކުރެއް

  10. ދީދީ

    ކަނޑައެޅިގެން ރޯބުހުތާނު ދޮގެއް

  11. ބޮލި މުލައް

    އެހެންވެ ރާއްޖޭގެ ހުރިހާތަނަކުން ރޮޒޭނާއަށް ޝަރުތު ހަމަވަނީ
    ޤައުމަށް ގައްދާރުވެފަ ދެން އިތުރަށް ވާހަކަދައްކަން ނުހަދާ އެކަން ނިމިއްޖެ

  12. އަކޫ އަކޫ

    އަކްރަމޫ އަކުރަމް ދަންނަ ހުރިހާމީހުނަނަށް ވެސް އެނގޭނެ ތިބޭޅާ ކޮންމެދަދަ ކަމެއްވެސް ކޮާށްފާނެކަން އެކަމުން ނަފާލިބޭކަމަށް ވާނަމަ

  13. މާލޭސޮރު

    ޢެކަމު ޝަރުޠުތައް ކަނޑައެޅި އިރު އޮތީ މާލޭގައި އުޅޭތާ 15 އަހަރު ވާން ވާނެކަމަށް ކަލޯމެން ހަމަ ބުއްދި ފިލާފަ ތިބެގެން ކިޔޭ ނުކިޔޭ އެއްޗެއް އެނގޭތަ؟

  14. ހިޔަނި

    އަކުރަމް، ދެންވެސް ހެދުނު ގޯހަށް ރައްޔިތުން ކިބައިން މައާފަށް އެދިބަލަ! ދޮގު މައްޗަށް ދޮގު ނަހަދާ!