މާލެ ސަރަހައްދުގެ ކަރަންޓުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް "ސިކްސްތް ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓު"ގެ ނަމުގައި މަޝްރޫއުއެއް ހިންގަން ސްޓެލްކޯ އިން ނިންމައިފިއެވެ.

މާލެ އާއި ހުޅުމާލޭގެ ޕަވާ ޖެނެރޭޝަންގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި އެ މަޝްރޫއު ކުރިއަށް ގެންދަވަން ނިންމެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.

ސްޓެލްކޯ އިން "އެކްސް"ގައި ކުރި ޕޯސްޓެއްގައިި ބުނީ، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 100 ދުވަސް ތެރޭގައި ފައްޓަވާނެ ކަމަށް ފަހުމީ ވިދާޅުވި ކަމަށެވެ.

މި ބައްދަލުވުމުގައި ފަހުމީ ވަނީ ސްޓެލްކޯ ހިންގުމުގައި މުވައްޒަފުންގެ ދައުރު ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވައިފައެވެ. އަދި ސްޓެލްކޯ ހިންގުމުގައި ޓެކްނިކަލް މުވައްޒަފުންގެ ލަފަޔާއި އިރުޝާދު އަބަދުވެސް ހޯއްދަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަންނާތި

    ތަމެން ޕަބްލިސިޓީ ސްޓަންޓް ނުޖައްސާ އަސްލު މަސައްކަތާއި ގެން އުޅޭށޭ އެނޫންނަމަ ބަންޑުންވެދާނެއޭ ތަމެން މިކަން ދަންނާތި އާކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭ ގޮތަށް ނޫޅޭށޭ...