ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ފަރްމިކްސް ލެބޯޓްރީސް އިން އުފައްދާ ބޭސްތަކެއް ރާއްޖެ އެތެރެކޮށް، ވިއްކުމާއި ބޭނުން ކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.

މި ކުންފުނީގެ ބޭސްތައް ރާއްޖޭގައި މަނާ ކޮށްފައި ވަނީ އެ ބޭހުން ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލައިން ގްލައިކޯލް އާއި އިތައިލީން ގްލައިކޯލް ހިމެނޭކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީންނާއި، ދުނިޔޭގެ އެހެން ގައުމުތަކުންވެސް އެ ކުންފުނީގެ ބޭސްތަކުން މި ކެމިކަލް ފެނިފައިވާތީ، އެ ކުންފުނި ވަގުތީ ގޮތުން ބޭން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވަނީ ނިންމާފައެވެ.

އެހެންކަމުން އެ ކުންފުނީގެ އެއްވެސް އުފެއްދުމެއް އެ އޮތޯރިޓީން ވަކި އެއްޗެއް އަންގަންދެން ރާއްޖެއަށް އެތެރެ ކުރުމާއި، ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަަށް ބުނެފައި ވެއެވެ.

މަނާ ކުރި އެ ކުންފުނީގެ ދިޔާ ބޭސްތައް
މަނާ ކުރި އެ ކުންފުނީގެ ދިޔާ ބޭސްތައް

ރާއްޖޭގައި އެ ކުންފުނީގެ ބޭސްތަކުގެ ތެރެއިން މިހާރު އެޕްރޫވްޑް ޑްރަގް ލިސްޓުގައި 27 ބޭހެއް ހިމެނެއެވެ. އޭގެ ތެރޭގައި ދިޔާ ބޭހާއި ގުޅަ ބޭސްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުއިއްޒު ކުރިއަށް

    އިބޫގެ ސަރުކާރުން ކަޓު ނަގާގޮތަށް އެތެރެކުރި ފެންވަރުދަށް ބޭސްތަށްވެސް އަވަހަށް ހުއްޓާލާ. 23 މިލިއަން ހަރަދު ކުޑަކުރިއްޔޭ ކިޔާފަ ގެނައިބޭސްތަކުން ކިތައް މީހުން މަރުވިތޯވެސް ތަހުގީގު ކުރަން ޖެހޭ.