ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންދާ ހޮޑު ބޭހެއް ކަމަށްވާ "އެޑިމޯން ސަސްޕެންޝަން"ގައި ޑައީތައިލިން ގްލައިކޯލް އަދި އިތައީލީން ގްލައިކޯލް ހިމެނޭ ކަަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީން އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނީ މިއަދުން ފެށިގެން މި ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

މީގެ އިތުރުން، އަމިއްލަ ބޭނުމަާށް ބޭސްސިޓީއަށްވެސް މި ބޭސް އިމްޕޯޓް ކުރުމަކީ މަނާ ކަމެއް ކަަމަށްވެސް ބުނެފައި ވެއެވެ. އަދި މި ބޭސް އެތެރެ ކުރާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.