މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ލަސްތަކެއްނުވެ ހޯދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިއްޔެ މަސްވެރިއަކު ވަނީ މީސް މިޑިއާ މެދުވެރިކޮށް އޭނާގެ ހުރި ކަންބޮޑުވުންތައް ހިމެނޭ ސިޓީއެއް އާއްމު ކޮށްފައެވެ. އެ ސިޓީގައި ބުނެފައި ވަނީ، "އަޅުގަނޑުމެން މަސްވެރިން މިހާރު ތިބެނީ އަނގަޔާ އަތާ ދިމާނުވެފައެވެ. ކުދިންގެ ޓީއުޝަން ފީ، އަދި އިންޓަވަލް، ގުރުއާން ކްލާސްތަކުގެ ފީ ނުދެއްކިފައެވެ. ގޭގެ ކަރަންޓް ބިލް، އަދި ފޯނު ނުދެއްކިފައެވެ. ނަމަވެސް މަނިކުފާނަށް ދައުލަތުގެ ހަޒާނާއިން ދަނީ ހުރިހާ އިނާޔަތްތައް ލިބެމުންނެވެ.

ޗަޒީރު ޝިޔާމްއަށް މަސްވެރިއަކު ލިޔުނު ސިޓީއެއް

އެ ސިޓީގެ ޖަވާބު ވަޒީރު ވަނީ ދެެއްވާފައެވެ. އަދި ވަޒީރު ވަނީ މަސްވެރިޔާއާއަށް ގުޅާ އޭނާގެ ވާހަކަތައްވެސް އަޑު އަހާފައެވެ.

ވަޒީރު ޝިޔާމް ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، މީސްމީޑިޔާ މެދުވެރިކޮށް ފާޅުކުރެއްވި ކަންބޮޑުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ވަރަށް އަވަސް ހައްލެއް ހޯއްދަވަން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަންބޮޑުވުމެއް ކަމަށެވެ.

"ވަރަށް އުފާކޮށްފިން މީސްމީޑިޔާ މެދުވެރިކުރައްވާ އެތައް މަސްވެރިއެއްގެ ޙައްޤުގައި އަޑުއުފުއްލެވީތީ. އަޅުގަނޑުމެންނަކީ އިރާދަކުރެްވިއްޔާ ދައްކާ ވާހަކަ ހަނދާންނައްތާލާނެ ބައެއްނޫންކަން ޔަގީންކަން އަރުވަން. މަސްވެރި ސިނާއުތުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގައި އަޅުގަނޑުމެން ލަސްތަކެއްނުވެ ހޯދާނަން.". ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މަސްވެރިޔާއަށް ގުޅާލުމުން ހިއްސާކުރި ވާހަކަތަކަކީ މުހިއްމު ވާހަކަތަކެއް ކަމަށާއި އަދި އެކަމަށް ނިމުމެއް ގެނެވޭނެ ކަމަށެވެ.

"ގިނަކަންކަމަކީ ވާހަކަ ދައްކައިގެން ހައްލުހޯދޭނެ ކަންކަން. އަޅުގަނޑުމެންގެ އަމާޒަކީ މަސްވެރިންގެ އަޑު ގާތުން އަހައިގެން ޖުމްލަ ހައްލަށް މަސައްކަތްކުރުން.". ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    މަސްވެރިކަމާ ބެހޭ ވަޒީރަށް ވުރެ ގިނަ އިންޓަރވިއު ދެއްވި ވަޒީރެއް މިސަރުކާރުގެ މިވޭތުވެދިޔަ ކުރުމުއްދަތުގެ ތެރެޔަކު ނެތް. ލައްކަ ވާހަކަ ދައްކަވާ ވަޢުދުތަކެއް ވެލައްވާފި. އެއީ ފޮނިވާހަކަތަކެއްކަމާ ހޮޅި ވަޢުދުތަކެއްކަން ނުވަތަ ނޫންކަން އެގޭނީ ފަހުން.

    24
    2
    • Anonymous

      ޜާޢްޖެ ވާނީ ރާއްޖެއަށް...

  2. ޙެހެހ

    ނުވާނެ ކަލެއަކަށްވެސް ، ވިޔަފާރިވެރިން ހިމާޔަތްކޮށްފަ ދެންވާނެކަމެއް ނޯންނާނެ ، އަޑުއަހަން މިނިސްޓްރީތައްވެސް ދޭންޖެހުނީ ގުރުލައިގެންކަމަށް ، ދެން ކޮން އިޚްލާސްތެރިއެއް ވެވޭނީ

    3
    1
  3. ޙދުެޖިއ

    ދިސް ގަވަރމެންޓް ބޯއިސް އާ ވިތް ޓޫމަޗް ޑްރާމަ

    1
    1
  4. ޢަޒްރާ

    މަސްވެރިޔާއަށް ދަންނަވާ ލަންއޮތީ މުއިއްޒު ވެރިކަމަށް އެރިފަހުން އަދި ތިޔަ ކަން ނުވެގެން ތިވަރުގެ ސިޓީ ބިތީ ހާސަރު ދަމާކަށް ނުވެޔޭ މަސްވެރިޔާ އަކީ މިހާުރު އިދިކޮޅު މީހެއްކަން ވ ސާފްކޮއް އެނގެޔޭ

  5. ހިކި ކިރު

    މަނިކުފާނު ތިހެން ވިދާޅު ވިއަސް ކިހިނެއްހޭ ކޮއްދޭނީ! މި ދަޢުލަތް ހިންގަނީ އަދުރޭއެވެ! އަދުރޭ ނުހުރޭ އެއްވެސް ކަމެއް އެއްވެސް މީހަކަށެއް ކޮށެއް ނުދެވޭނެއެވެ.

  6. Anonymous

    ދިވެހި ޘަގާފަތުގައި ކުޑަކުދިންގެ ތަރުބިއްޔަތާއި ކުޑަކުދިންނަށް ކިޔަވައިދިނުން

  7. ެައަބްދޫ

    މަސް ވިއްޖައިގެން ރާއްޖެއިން ބޭރުން ލިބޭއަގުން ކުޖްފުންޏަށް ގެއްލުނވާނަމަ 25 އަށް ގަންނަން ހަމަޖެއްސުމުގެ ޒިންމާބަޔަކު އިފުލަންވާނެ.

  8. ދާންދޫ އަބްދުލްއަޒީޒް

    މިނިސްޓަރ ޝިޔާމް ދިޔަކޮށްދެއްވާ އިޙްލާސްތެރި މަސައްކަތައް ޝުރު ދަންނަވަން - އިބްރާހީމް ޞާލިޙް ވެރިކަން ނިންމާފަ އެދިޔައީ ކުންފުނި ދަރާ ވިއްކާލާފަ، ދަމުން އެދިޔައީ 25 ރުފިޔާ އަށް މަސްކިލޯއެއް ހަދާފަ ، އިތުރަށް ކުންފުނި އިނދަޖައްސާލާފަ، އަޅުގަނޑު މަސްވެރިއެއްގެ ޙައިޝިއްޔަތުން މިނިސްޓަރ އަށް ދަންނަވަން އޮތީ 20 ރުފިޔާއަށް މަސްކިލޯއެއް ގަނެފަ ، ސަޕްސިޓީ ދީފަ، މަސްކިރޭނެ ކެޕޭސިޓީ އިތުރު ކޮށްދެއްވާފަ ، މަސްކިރާތަނުން ރުފިޔާ މަސްވެރިޔާގެ އަތަށް ލިބޭ ގޮތް ހައްދަވާ ދެއްވާށޭ، އޭރުން އަޅުގަނޑު ދެކޭގޮތުގައި ހުރިހާ މަސްވެރިންވެސް ތިބޭނީ އުފަލުން ކަމަށް އަޅުގަނޑު ދެކެން ، އިބްރާހީމް އެދިޔައީ 25 މަސްކިލޯޢެއް ހަދާފަ އެކަމް ރުފިޔާ އެއް ނުދީ މަސްވެރިނަށް ދީފަ ހުރީ ހުސްކަރުދާސް ދުރިޔާ ދޭން މިޖެހުނީ މި ސަރުކާރުން ،