އަށާވީސް ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ހަވާސާގައި، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނަ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން، ރައީސް ވަނީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އިނގިރޭސިވިލާތުގެ ރަސްގެފާނާ ހިއްސާކުރައްވާފައެވެ. އަދި، އިނގިރޭސިވިލާތުގެ ރަސްގެފާނު ވަނީ ތިމާވެށީގެ ކަންކަމުގައި ރާއްޖެއަށް އިނގިރޭސިވިލާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އޭރަށް ތިހުރިހާ ކަމެއް ހަމަޖެހުނީ

    ދެން ބައްދަލު ކުރަން ޖެހޭ މީހާ ހުންނާނީ، މިހާރުގެ އިސްރާއީލްގަ.

  2. Anonymous

    ބޭރު ޤައުމުތަކަށް ވަޑައިގެން ޤައުމުތަކުގެ ވެރިންނާ ޑރ. މުޢިއްޒު ބައްދަލުކުރައްވާތަން ފެނޭތަ؟ ބޮޑާކަމުން ފުރިގެންވާ ކިބުރުވެރިންނަށް ނުފެނޭ ދޯ. ރާއްޖެއިން ބޭރަށް ފިޔަވަޅެއް އަޅަން ނުކެރިގެން އުޅުނު މީހަކު ވެސް މިރާއްޖޭގައި ގޮށްމުށުގެ ބާރުން ވެރިކަން ކުރަން އުޅުނު ދޯ.

    1
    3
  3. އިބުރާހިމް

    ޤައުމާއިގެން ކުރިޔައް މަރުޙަބާ ރައީސް ޑރ މުޢިއްޒު

    4
    1
  4. ބަބޫ

    ކޮބާހޭ ސައުދީ ދަތުރު. ސައުދީއަށް ދޯކާދީފަ ޗައިނާއަށް ދޯކާދީފަ އެތަނަށް ދާން ނުކެރިގެންދޯ ތިެލއުޅެނީ

  5. Anonymous

    އެއްޗެއް ލިބުންތަ ދެން...؟؟

  6. ޢިބުރޭ

    ކޯއްޗެއްތަ ދެން ލިބުނީ