ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން، އީވާ އަބްދުﷲ އިސްތިއުފާ ދެއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުރެ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދަކާ ގާނޫނަށް ވެސް ޚިލާފުވެފައި ނޯންނާނެ ކަމަށާއި އޭނާއަކީ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުގައި ރިޔާސަތުގައި އިންނަވަން ނާޤާބިލް ބޭފުޅެކޭ ބުނެވޭ ވަރުގެ މެންބަރެއް މަޖިލީހުގައި ނެތް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައިސް ކަމަށް އަޅުގަނޑު ނާޤާބިލްއޭ ވިދާޅުވެވޭނެ އެއްވެސް އިއްޒަތްތެރި މެންބަރަކު ނީންނަވާނެ." އީވާ ވިދާޅުވިއެވެ.

އޭނާއަކީ ސިޔާސީ އެއްވެސް މަސައްކަތެއްގައި ޒާތީވާ މީހެއް ނޫން ކަމަށެވެ. އޭގެ އެއް މިސާލަކީ އޭނަ އާއި މަޖިލީހުގެ ރައީސް އަސްލަމްގެ ރަހުމަތްތެކިކަން ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑަކީ ސިޔާސީ އެއްވެސް މަސައްކަތެއްގައި އެއްވެސް ބޭފުޅަކާ ޒާތީވާ މީހެއް ނޫން." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އޭނާ މަޤާމުން ވަކިކުރަންވެގެން އެމްޑީޕީން ފާއިތުވީ 6 މަސް ދުވަހު ކުރި މަސައްކަތުގައި ދުވާލު ދެ ދަޅައަށް ނޫސްވެރިންނާއި ބައްދަލުކޮށް ދެއްކި ވާހަކަތަކަށް އޭނާ ރައްދު ދީފައި ނުވާނޭ ކަމަށާއި ވޭތުވެދިޔަ 18 އަހަރު ސިޔާސީ ގޮތުން ކުރި މަސައްކަތަކީ އެއްވެސް ސިޔާސީ ފިކުރެއް ވިސްނުމެއް ނެތި ކުރި މަސައްކަތަށް ހަދަމުން ދިޔައިރުވެސް ހުރީ ހަނު ކަމަށެވެ.

"ދުވާލު ދެދަޅައަށް ނޫސް ކޮންފަރެންސްތައް ބާއްވާ "ބޭބެ ދިފާއުކުރުމަށޭ" ކިޔަމުންދިޔައިރު އަޅުގަނޑު ނީންނާނެ ދިފާއުގައި ޗުއްޕުވެސް ދަންނަވާފައި ނީންނާނެ." އީވާ ވިދާޅުވިއެވެ.

އެގޮތުން ވާހަކަ ދައްކަވާ ނިންމަވާލައްވަމުން އީވާ ވަނީ ނައިބުރައިސްގެ މަގާމުން އިސްތިއުފާ ދެއްވާ ސިޓީ ހުށަހަޅުއްވާނެކަން ހާމަކުރައްވާފައެވެ. އަދި އީވާ ވާހަކަ ނިންމަވާލެއްވި ހިސާބުން، އީވާގެ އިސްތިއުފާގެ ސިޓީ ވަނީ އިދާރީ މޭޒާ ހަވާލުކުރައްވާފައެވެ.

މި ސިޓީ ރިޔާސަތުން ވަނީ އިއުލާނު ކުރައްވާފައެވެ. އަދި އެއާއެކު އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އިސްތިއުފާގެ ސިޓީ ބަލައިގަތުމުން އެމްޑީޕީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާނަގާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ. އެހެންނަމަވެސް ރިޔާސަތުގައި އިންނެވި މުހައްމަދު އަސްލަމް ވަނީ އިތުރަށް އެކަން ކުރިއަށް ނުގެންގޮސް ޖަލްސާ ނިންމާލައްވާފައެވެ.

އަސްލަމް ވިދާޅުވީ ނައިބު ރައީސްއެއް އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ މިރޭ 08:30 ގައި ބާއްވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހްމަދު

    އަޙަމްދު ﷲ!

  2. ކާޅު ބާޒުު

    ފައްކާ ކުޅިވަރެއް..

  3. އަން

    ފެއިލް ފެއިލް ފެއިލް

    11
    2
  4. ރުގީ

    އަލްޙަމްދު ލިﷲ! ކެނެރީގޭ ކަސްތޮޅުން މަޖިލިސް ނެއްޓުނީ!

    5
    2
  5. ތިއީ ލަދުކުޑަ ނާޤާބިލު އަންހެނެއް

    ތިއަށްވުރެން ތާހިރުވީހެއްނު ކުރިން އިސްތިޢުފާ ދިންނަމަ!

    4
    1
  6. ކޮރަލް

    ކަމެއް ކޮށް ނުދިނަސް ގަލޮޅު ކަންމަތީ މީޙުން ހޮވާ މީހެކެވެ.

    3
    1