ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު އަށް މަރުގެ އިންޒާރު ދިނުން ރައްޔިތުންގެ މަޖިލީހުން ކުށްވެރިކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއުއަށް މަރުގެ އިންޒާރު ދިނުން އެ އިދާރާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ޝިފާއުއަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން އެ މައްސަލަ ބައްލަވާ ތަހުގީގްކޮށް ދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާނެ ކަމަށް ވެސް މަޖިލީހުން ބުނެފައިވެއެވެ.

އަދި ޝިފާއުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް އެދި ދިފާއީ ވުޒާރާގައި ވެސް ވާނީ ދަންނަވާފައި ކަމަށް ބަޔާނުގައިވެއެވެ.

ޝިފާއުއަށް އިންޒާރު ދިންއިރު، އޭނާ އިއްޔެ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

"މި އިސްލާހާ ގުޅިގެން ވެސް އަދި ރައްޔިތުން މިއަދު އެ ފާޅު ކުރަމުންދާ ހިޔާލުތަކާ އެކު އަޅުގަނޑަށް ޔަގީންވެ ކަށަވަރުވާ ކަމަކީ މިއަދު މި ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ އެންމެ މުހިންމު، އެންމެ އިސްކަމެއް ދޭންވީ މަސައްކަތަކީ މިއަދުގެ ރައީސުލްޖުުމްހޫރިއްޔާ އަޒުލުކުރުމުގެ މަސައްކަތްކަން ކަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޕާލިމަންޓްރީ ގްރޫޕަށް އެ މައްސަލަ ހުށަހަޅާނަން." އާންމު ކޮމިޓީގެ ރިޕޯޓަށް މަޖިލިހުގެ ޖަލްސާގައި އިއްޔެ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މާރިޔާ ބާރަށް

    ފާހާނަތައްޓެށް ކައިރީ ބަހައްޓައިގެން ތިގޮޑީ ތެރޭގައި އޮންންށްވޭނު

    39
    2
  2. ހަމްދޫން

    މީހަކު ނޫޅޭ ކަމެއް ކުރާކައް ބޭކާރު މީހެއްތީ. ސިޔާސީ ސްޓަންޓެއް ތިއީ

    45
    3
  3. ޖަމަލު

    ކަލޭތީ ދެން ކާކު ރައްކާތެރިކަުރަން. ގައުމުގެ ތަރިކައެއްތަ؟ ތީ ހައްޕުނޑު. ހީކަރުވަނީތަ؟ އަދިވެސް ފުއްޕާފައުޅެންތަ ތިޔާއުޅެނީ. މީހާ ހަމަބިމަށް ތިރިވާކަހަލަ ޚިޔާލެއްނެތްދޯ؟

    30
    3
  4. ބުޅާގަނޑު

    ޤާނުނީ ގޮތުން އިންތިޚާބުވެފައި ވާ ސަރުކާރަކާދެކޮޅަށް ބަޣާވާތް އިއުލާނުކުރާ މީހުންނަށް ކޮން އިއްޒަތްތރިކަމެއް، ކޮން ރައްކާތެރިކަމެއް ދޭކަށް. މިކަލޭގެވީ ހަވަރަށް ދޭން.

    33
    2
  5. ހުވަދު

    ރައްޔިތުންނަށް ނެތް ރައްކާތެރިކަމެއް މެންބަރުންނަށް ލިބިގެން ނުވާނެ.

    35
    2
  6. ޕޮގުބާ

    ތިކަލޭގެ އަނދަގޮނޑި ހަޖާ ރަށްކާތެރި ކޮއްދީ

    31
    2
  7. އެޑިޓް

    ބުރޯ.. މަސްހޫރު ވާން ވެގެން .. ލެއްވި ހުރުހާ އައުގުރާނަ އެއް ގޮވީމަ .. އެހެން މީހުން ވެސް އައުގުރާނަ ގޮވާނެ..

    29
    2
  8. ތިޔައެއްނުހިނގާނެ

    މީނައައް މަރުގެ އިންޒާރު ދޭނީ މީނައައްވުރެ ބޮޑައް ބޯހަމަނުޖެހޭ މީހަކު މީއަމިއްލަޔައް މިމީހުންގެ ގޮތުގަ ޖައްސާ ސްޓަންޓެއް

    23
    3
  9. ފޮނި

    ތިގޮލާ ފޮނި ވަނީ. މޑޕ މީހުން "މާނބޮޑައް ހެދެނީ" (މިއީ އައްޑޫ ބަހެއް) ތިމާމެންނަކިވެސް ބައެއްކަމަށް މީހުންނަށް އަންގަންވެގެން. މީހަކު ނޫޅޭ ކަހެރިވަކެކޭވެސް ހިތަށް އަރައިގެނ.

    20
    2
  10. އަހުމަދު

    މާ ވަރުގަދަ ބަޔަކަށް ވެގެން ބާރުގެ ބޭނުން ކުރަންއުޅޭ ބަޔެށްނު ތިއީ... ތި މަޖިލީހުން އެމައްސަލަ ބަލާފަ ހަދާ އެއްޗެއް ހަދަންވީނު.. ތި ޝިފާއު އަކީ މަޝްހޫރު ވާން އުޅޭ ބޮޑު ސޭކެއްކަން ނޭންގެ....
    ތިލަފަތަށް ވޭޓު ދޭށޭ ބުނީމަ ކަނަކަސް ވޯޓު ދިނީ... މި ކަހަލަ އުޑެއް ބުޑެއް ނޭންގޭ ގަމާރުން ހޮވީމަ އެއިގެ ބަލާ މި ޖެހެނީ ދިވެހިންނަށް..

    21
    2
  11. ޣޮތްގޮތް

    މެންބްރުގެ ބަސް ތިޔައްވުރެ ރީތިވާންޖެހޭ
    ޢުޅެވޭ ގޮތް ހަނދހުމަކުރޭ
    ބުނެވޜ ނުބުނެވޭ ބަސް ހަނދުމަކުރޭ
    ކަށި ނެތް ދުލަކަށް ވިޔަސް ބޭނުންހައި ވާހަކައެއް ނުދެއްކޭނެކަން ވެސް ވިސްނަން ޖެހޭނެ

    26
    2
  12. ބުއްޅަބޭ

    މަޖުލީހުން ރަނުން ޖަރީކޮށްފައިވާ ސިންޕަތީ ކާޑެއްވެސް އޭނާއަށް ވެދުމަށް އަރުވަން ފެނޭ...

  13. އއ

    ރައްޔިތުންނަށް ލަގާއެއްދީފައި، މަޖިލީހުގެ ޙިމާޔަތުގައި އަބަދު ނުހުރެވޭނެ. ރައްޔިތުން ކަލެއަށްދިން ގޮނޑި އަތުލާނެ. ކަލެއަކީ ކީއްކޮށްފައިހުރި ކާކުކަން ރައްޔިތުންނަށް އިނގެންވެސް އިނގޭނެ.

  14. މެސީ1

    ކޮމެންޓްތައް ކިޔާލީމަ އެނގިގެންދަނީ އެމްޑީޕީއެއް ދެން ތިގޮތުގަ ނޯންނާނެކަން

    13
  15. އިކުރާމު

    ރައްޔިތުން ރުޅީއައީމަ ކޮްނމެވެސް އެއްޗެކޭ ކިޔަނީ

  16. އަބްދޫ

    މިކަހަލަ ދެއުޅި ނުވާ މީހުނަށް ރައްކާތެރިކަންވެސް ދޭން ނުޖެހޭނެ.