މާލެ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ޕީޕީއެމުން ވަކިވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއިކުރައްވައިފިއެވެ.

"ޗެނަލް 13" އަށް ދެއްވި އިންޓަވިއުއެއްގައި އިބްރާހިމް އަބޫބަކުރު ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށް ބުނެ އައި ސަރުކާރުން އެމަނިކުފާނު މިނިވަން ނުކުރުމުންނާއި ސަރުކާރުން ކައުންސިލަށް ނުފޫޒު ފޯރުވަމުންދާތީ ސަރުކާރާއެކު މަސައްކަތްކުރަން ވަރަށް އުނދަގޫ ކަމަށެވެ.

އިބްރާހިމް އަބޫބަކުރު ވިދާޅުވީ އޭނާއަކީ ޕީޕީއެމް ޓިކެޓުގައި މާލެ ސިޓީ ކައުންސިލަރަކަށް ހޮވުނު ބޭފުޅެއް ނަމަވެސް މިއަދުން ފެށިގެން މަސައްކަތްކުރަމުންދާނީ ރައީސް ޔާމީންގެ އަރިހުގައި ކަމަށެވެ.

އެމްޑީޕީގެ ޓިކެޓްގައި ކައުންސިލަށް ހޮވުނު ދެ މެންބަރަކު ދާދި ފަހުން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. މިހާރު އޮތް ގޮތުން ޕީއެންއެފާއި އެމްޑީޕީއަށް ނިސްބަތް ވަނީ އެންމެ ކައުންސިލަރެކެވެ. ޑިމޮކްރެޓްސް އަށް ނިސްބަތްވާ ދެ މެންބަރުން އެބަ ތިއްބެވެ. ދެން ހިމެނެނީ ޕީޕީއެމް/ޕީއެންސީގެ ކައުންސިލަރުންްނެވެ.

އަންނަ ހޮނިހިރު މާލޭގެ މޭޔަރު ކަމަށް ބޭފުޅަކު ހޮވުމާއި އިތުރު ތިން ދާއިރާއެއްގެ ކައުންސިލަށް މެންބަރުން އިންތިހާބު ކުރުން އޮންނާނެއެވެ. މި އިންތިހާބުގައި އެކި ސިޔާސީ ޕާޓީތަކުން ވަރަށް ގިނަ ކެންޑިޑޭޓުން ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ަަަައ

    މީ ފައިސާ މޫސުން...

    3
    1
    • ގާނާ

      އިއްބެ އިހުލާސްތެރިވާނެ .

  2. Anonymous

    ތީދެން މީހަކު ތިވަރުން ދާވަރު ޕާރޓީއެއްތަ؟ އަދި އެއި އުޅެނީ ޕާރޓީގަނޑު ރަޖިސްޓަރވެސް ނުވެގެން. 3000 ހަމަ ނުވެގެން . ތިގޮތަށް މީހަކު ލިބިދާނެ ވޯޓް ލައިގެނެއް ތި ބޯއި ކޮޓް ވާން އުޅޭ ޕާރޓީއަކަށް ނުވާނެ މީހެއް. މީވެސް ވާނީ ވައި ކަޓާފަ އެހެން މިހެން އުޅޭ މީހަކަށް ވާނީ. ބަލާ ބެލުމަށްވެސް ހީވޭ.

  3. ހދ

    އިއްބެ

  4. އަބްދޫ

    އަދި ވުޖޫދު ނުވޭ

  5. އައިމަން

    ލަނޑަޔާ ވާނީ ލަނޑާ ނޫންތޯ؟