މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަން ސަރުކާރު ހިންގާ ޕީއެންސީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން މާފަށް އެދިވަޑައިގަންނަވާ ކަމަށާއި އިންތިހާބު ބަލިވީ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުނީމަ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރާ ވާދަކުރައްވައެވެ. އާޒިމަށް 7،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިރު، އާޒިމާ އަށް ވަނީ 5،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. ބައި އިލެކްޝަންގައި 17،000 އަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލައިފައެވެ. ބައި އިލެކްޝަންގައި ބައި ލައްކަ އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަށް ސަރުކާރު ލިބި، ސަރުކާރު އެކުލަވާލުމުގެ މަސައްކަތުގައި އުޅެން ޖެހުމުން އިންތިހާބަށް ދޭންވާ ސަމާލުކަން ހަގީގަތުގައި ނުދެވުނު ކަމަށެވެ. އޭގެ ނަތީޖާއަކަށްވީ މޭޔަރުކަމުގެ ގޮނޑި ނުލިބުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ނަމަވެސް މި އިންތިހާބުގެ ނަތީޖާ އިން ލިބުނު ފިލާވަޅުގެ ބޭނުން ހިފައިގެން ކުރިއަށް އޮތް ތަނުގައި އިންތިހާބުތައް ކާމިޔާބު ކުރުމުގެ މަސައްކަތް މިއަށް ވުރެ ވަރުގަދަ އަށް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެން މެމްބަރުންނަށް އަރުވަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުން މާޔޫސްވާން ޖެހޭ ވަރުގެ ކަމެއް ނުފެންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޕާޓީގެ ލީޑަޝިޕުން މަސައްކަތް ކުރާނީ ރައްޔިތުންނާ ވީހާވެސް ކައިރިން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑު މި ފުރުސަތުގައި ދަންނަވަން އިންތިހާބުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމާ އެކީގައި އަދި މި ދެންނެވި ސަބަބުތަކާ ހުރެ އަޅުގަނޑުމެންގެ އާންމު މެމްބަރުންނާ އެކީގައި ބާއްވަން ޖެހޭ ގާތް ގުޅުން މިދިޔަ ދުވަސްތަކުގައި ބޭއްވިފައި ނެތް ކަމަށްޓަކައި ނިހާޔަތަށް މާފަށް އެދެން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އިންތިހާބު އާޒިމް ކާމިޔާބު ކުރެއްވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އޭނާއަށް ގުޅުއްވައި މަރުހަބާ ދަންނަވައިފައެވެ. އަދި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލާއި މޭޔަރަށް ދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ބައި އިލެކްޝަންގައި އާޒިމަށް 7،621 ވޯޓު ލިބިވަޑައިގެންފައިވާ އިރު، އާޒިމާއަށް ލިބިވަޑައިގަތީ 5،032 ވޯޓެވެ.

މޭޔަރު އިންތިހާބުގައި ތިން ވަނަ އަށް ދިޔައީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހެވެ. އޭނާ އަށް 2،336 ވޯޓު ލިބިވަޑައިގެންފައިވާ އިރު، ހަތަރު ވަނަ އަށް ދިޔައީ އަމިއްލަ ގޮތުން ވާދަކުރައްވާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގައި ބައި އިލެކްޝަންގައި ވާދަކުރެއްވި ހުސެއިން ވަހީދެވެ. އޭނާ އަށް ލިބިވަޑައިގަތީ 1،888 ވޯޓެވެ. އަދި ފަސް ވަނަ އަށް ދިޔައީ އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އަލީއެވެ. އޭނާ އަށް ލިބިވަޑައިގަތީ 125 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކޮބާ ޔާމީނު ފުޓޯ ނުޖަހާ އަދުރޭގެ ފުޓޯ ޖެހީމަ ވާވަރު ތި ފެނުނީ އަދުރޭ އަސްލު ސައިޒު އަދުރޭ އަށް ފެނިއްޖެ ބާ

    62
    11
    • ޢަހަން

      މި ފެންނަނީ ސިޔާސަތު ފެއިލް ވާ މަންޒަރު. ރައްޔިތުންގެ އަޑުނާހާ ހިތަން ހުރި ކަންތައްތައް ކުރަން ފެށުމުގެ ނަތީޖާ. ރަސްމާލެ؟ މުޅި އެއާޕޯޓ؟ އިންޑިއާ؟ އަހާލުމެއް ކަހާލުމެއްވެސް ނެތް.

      36
      7
  2. ދުންމާރި

    އަދުރޭ ކަލެޔަށްތިޔަހުރީ ކަންޒުކަހަނބާ މުސަޅުގެ ރޭހުގަ މުސަޅަށްވީގޮތް ވެފަ ހީކުރީ ވަރަށް ފަސޭހަ ވާނެކަމަށްދޯ އެހެނެއް ނުވިތާ އެއްވެސް މަސައްކަތެއް ނުކުރެވޭ އިންތިޚާބު ކާމިޔާބުކުރުމަކަށް ބާރަށް ލަވަ ޖަހާފަ ޕިކަޕު ދުއްވިޔަކަސް ވޯޓުލާން މީހުނެއްނުދާނެ ވޯޓުލާނެ ނުކުން މީހުންގެ ނިސްބަތަށް ބަލާޅީމާ އެބަ އެނގޭ މަސައްކަތްކުރެވުނު މިންވަރު ވެރިކަން ލިބި ޕާޓީގެ މެމްބަރުން އިތުރުވީމަ ބޮޑާވެފަ ތިޔަހުރީ އެކަމުގެ ނަތީޖާ ތިޔަ ފެނުނީ

    54
    4
  3. މިލޫ

    މުއީޒު ވެރިކަމަށް ހޮވުނީމަ އެންމެން ދުއްވައިގަތީ ޔާމީން އެއްލާލާފަ އަވަހަށް ވަޒީރުކަމާ މެންބަރުކަމާ ހޯދަން ވެރިކަމަށް އާދެވުންގޮތް ހަނދާންނެތުނީ މާއަވަހަށް

    67
    10
  4. ޜާކަނިމަސް ކެވިޖެ ދޯ

    އަދުރޭ ލާގެން ނުވާނެ އެއް ކަމެއް ވެސް ރަނގަޅައް.

    40
    4
    • މުޙައްމަދު

      100 ގެ ވާހަކައެއްތީ

  5. ހައިދުރޫސް

    އާޒިމާއަށް ރަޢިއްޔަތުން ތާއީދު ނުކުރަނީ އާޒިމާގެ ބޮޑާކަމުން. އެކިކަންކަމާ ރޭސް އަރައިގެން ދުލުން ބުނެ ބޭރުކޮށްލާ ބަސްބަހުން މިކަން ހާމަވޭ. މިފަހަރު ކެމްޕޭނުގައި ދަރަނީގެ ވާހަކަ ދެއްކީމާ ފޯރީގައި އެދައްކާ ވާހަކަގަޑުގެ ބަހުރަވައިންވެސް މިކަން އެގޭ.

    34
    1
  6. Anonymous

    މުށިމަސް ތެއްލާ މީހަކު ނެރުނީމާ ވާނެ ގޮތް ތިޔަވީ. ތަންކޮޅެއް ހަރުދަނާ ފިރިހެނަކު ނެރުނު ނަމަ، ތިހެން ނުވީސް.

    33
    1
  7. ޢަބްދޫ

    އަސްލު ސައިޒް ފެނުނީ ޔާމީނަށް.އާޒިމާ ގެ ކެންޕޭނު ކަނަކޔނުދޭ ފޮނުން ގުޅާނުލާ ގޭގެއަކަށް ނުދޭ މެސެޖެއް ނުފޮނުވާ ކުރީ ކޮބްކަމެއް.

    11
    2
  8. ހަންޑިކުޑަ

    ރަގަލު ވާހަކައެއް. ޔާމީން މިނިވަން ކުރަން އިނބަމެން މަސައްކަތް ނުކުރުމުގެ ނަތީޖާ ތިޔަ ފެނުނީ! އަދިވެސް ރަޢީސް ޔާމީނު ތަމެން އޮނބި އަލައިގެން ހިފަހައްޓާ! މިހާރު ހުންނާނީ ރަގަލަށް ވިސްނިފާ!

    22
    1
  9. Anonymous

    އަދިވެސް ހުސްގޮނޑި އެއްލާލާފަ ބާރަށް ދުވެގަނޭ. އެއްޗެއް ވިސްނިއްޖެ ކަމަށް އުއްމީދު މުރަން

    23
    1
  10. Anonymous

    ދިވެހިރާއްޖޭގައި ބޭއްވޭ އިންތިހާބުތަކަށް ހުޅަގުގެ ލާދީނީ މީހުން ވަރަށް ފޯރިޔާއި ޖޯޝާއި އެކު ފައިސާ ހަރަދުކުރަނީ އެމީހުންގެ ހާދަ ބޮޑު މަސްލަހަތެއް އޮންނާތީތާ !

    8
    4
  11. ކުރި

    ބަލިވީ އާޒިމާއަށް ތާއީދު ނެތީމަ. އަންހެނުން ސިޔާސީ މަތީ މަގާމުތަކަށް ނުހޮވަން ދީނުގަ ބާރުއަޅާތީ މަވެސް ވޯޓު ނުދިނީ. މަޖިލިސް އިންތިހާބަށް ކެރޭ ފިރިހެނުން ނެރޭ. އިންޝާﷲ ކާމިޔާބު ވާނެ

    18
    2
  12. ޒާ

    ރައީސް ޔާމީނާމެދު ހެދި ދޮގު ކަލޭމެނަށް ކަމަކަށް ނުވިޔަސް ރައްޔިތުންވަނީ ތީ ދޮގުވެރިން ކަމުގައި ލޭބަލް ކޮށްފައި. އެކަން އަދިވެސް ގަބޫލު ނުކޮށް ބޮޑާކަން ދައްކަނީތަ؟

    25
  13. ޙެހެހ

    ނުވެސްކުރާނެ މިހާރު މަސައްކަތެއް ، ބޭނުންވާ މަޤާމުތަކުގައި ހަމަޖެހިލެވިއްޖެއެއްނު ، ތިތިބީ ހިތުން ފުދިފަ ، މަޖިލިސްވެސް ހިޔެއްނުވޭ އަތުވާނެހެނެއް ، ރައްޔިތުން މުއިއްޒު ހޮވީ ސަބަބެއް އޮވެގެން ، ޚާއްސަކޮށް ރ.ޔާމީން ދެކެވާލޯބިން ، ރ.ޔާމީން ޤައުމަށްކޮށްދިން މަސައްކަތުގެ ޚިޔަލުގައި ، އަދި އެމަނިކުފާނަށް ހައްޤު އިންސާފް ހޯދަދޭން ، އެކަމަކު މިއަދު އެންމެ އަރިސްމީހުންވެސް ތިތިބީ ކަނޑިކިބުރި ހަނދާންނެތިފަ

    21
    1
  14. ރަޙީމް ބޭ

    ޔާމީނު ގޯއްޗަށް ވެސް 10 ކިލޯ 10 ކިލޯ ގެ ކާޑު ބަރާ ބަރަށް ފޮނުވާތި

    13
  15. ޜާޅު

    ތިހެންތިވީ ފުލެޓްތައް ހިފަހައްޓާ އަދި ޔާމިން އަށް ދޯކާދިނީމަ

    25
    2
  16. ޅަކުއްޖާ43

    ފުރަތަމައެތި ނާކާމިޔާބުވީދޯ ތޮށިގަނޑުހަމަަަައަށް ނުބޭލެނީސްހަރުވީމަތިހެންވާނީ އަދުރޭއަށާއި ރައީސްމީހާޔަށް މިހާރު ރާކަނި މަސްކެވިފަހުންނާނީ

    21
    3
  17. މާލޭސޮރު

    ޔާމީނުގެ ފޮޓޯޖެހި މީހާއަށް ކިހާވަރެއްވިތަ ބެލުންތެރިންނޭ؟

    13
    3
  18. އަޖައިބެއް

    އާޒިމާވީމަ ނުދިޔައީ. އެހެންމީހަކު ދެއްކިނަމަ ރަފާތު ފެނުނީސް.

    10
    2
  19. ބޭބެ

    އަދިވެސް ތަންކޮޅެއް ފުންކޮށް ވިސްނާ ރައިސް ޔާމީން ކައިރިން މަޢާފަށް އެދި ޔާމީންއަށް އިންސާފު ހޯދައިދޭންވީ އަވަހަށް!! ރައިސް ޔާމީންއަށް އިންސާފު ހޯދައިދޭންވި ވައުދު ރަނުންރަނަށް ފުއްދާދޭންވީ!! ޔާމީންއާ ގުޅެންވީ!! ޔާމީން އެއްކައިރި ނުކުރަންވީ!! އެއީ ތިޔަ ޓީމްގެ އިސް މޭސްތިރި ކަމަށް ގަބޫލުކުރަންވީ މާލަސް ނުވަނީސް!! ރައިސް ޔާމީންއަކީ ކަލޭމެންގެ މީހެއްކަމާއި މަގާމުތަކަށް އާދެވުމުގެ އަސްލުކަމަށްވެސް ދެކެންވީ!! ފޮނި ނުވާންވީ!! ބޮޑާވެ ގަދަބަސް ނުބުނަންވީ!! ޔާމީންވެސް ހިމެނޭހެން އެއްޓީމެއްގެ ގޮތުގައި އެކުގައިތިބެ މަސައްކަތްކުރަން އަވަހަށް ފަށަންވީ!! ދެން އޮތީ މަޖްލިސް އިންތިޚާބު!!

    12
    1
  20. ސިމާ

    އަދުރޭ ބަލިވީ ނެރެވުނު ކެންޑިޑޭޓްގެ ސަބަބުން އާޒިމާ އަކީ ރައްޔަތުން ވަރަށް ފޫހިވާ މީހެއް.

    13
  21. ޝާވިން

    އެކަށީގެން ވާވަރަށް މަސައްކަތް ނުކުރެވުނީމައެއްނޫން. ޕީޕީއެމް ފަސްލާފަ އަނެއްކާ އެހެން ނަމެއްގަ ނުކުތުމާ ޕާޓީ ބައިބައިވި މައްސަލައަށް ހައްލެއް ނުހޯދުމާ ޔަގީންކަން އޮތްލެއް ބޮޑުކަމުން. ޢަޅުގަނޑުމީ ޕީޕީއެމް މީހެއް އެތައް މަސައްކަތަކުން ޕީޕީއެމްގެ ނަން މީހުން ކުރިމަތީ ވިއްކީ. ޢެކަމަކު މިހާރު އިސް ބޭފުޅުން ޕާޓީގެ ވާހަކަވެސް ނުދައްކާ އަހަރެމެން ގެ ވިސްނުން ހުރީ ކިހިނަކުންތޯ އެއް ނުބަލާ. ބައިވަރު ދަންނަ ރައްޓެހިންނާ އާއިލާ މީހުން އެސަބަބާހެދި ހިތްހަމަ ނުޖެހިގެން ވޯޓުނުލާ. ޢަޅުގަނޑު އެކަމަކު އެހުރިހާ ކަމެއް ބާއްވަފަވެސް ވޯޓުލިން. ޢެކަމަކު ވިސްނަވާތި ތިޔަގޮތަށް ވިސްނަވައިގެން މަޖިލިސް ނުލިބޭނެ. ޕާޓީގެ މައްސަލަ ހައްލުކުރައްވާ. ޢެވާހަކަ ނުދައްކާ އިގްނޯ ކޮށްލައްވައިގެން މިކަމެއް ނުވާނެ. މީހުން ކުރިމަތީ ވިކިފަ އޮތް ޕާޓީ ކުރިއަަށް ނެރޭ ތަފާތު ފެންނާނެ. ޕާޓީއަަށާ ގައުމަށް ހެޔޮ އެދޭތީ މިބުނަނީ.

    13
    • ކޮޔާ

      ރާއްޖެ ތެރެއިންނާއި ާލެއިން ލިބުނު ގނޑިތަށް ލިބުނީވެސް ރީދޫ ބައިގަނޑައްތަ؟

  22. އިންޢިޔާގެ ފިޔާ މާމީރު ދޯ

    މާލޭ މީހާއެބުނަނީ.. ބޭނުމީއިންޑިޔާގެ ފިޔާ ބިސް އިންޑިޔާ ފުއް ހަކުރު އަދި ބޭސް ބޭނުމީ.. ބޭނުމީ ބޯހިޔާވަހިކަން މާލެއިން.....

  23. ޔަގީނޭ

    ރައްޔިތުންގެ ހިތް ތަކުން ސަރުކާރަށް މޮޅު ވެވޭނީ އެމްޑީޕީން ރައްޔިތުން ފެލަން ވެގެން ނަގަމުން އައި ޓެކްސް އުވާލުމުންނޭ އެގޮތުން ފުރަތަމަ އުވާލަންވީ ކޮތަޅު ޓެކްސް އެކަން ކުރެވޭނެ ރައީސްގެ ގަރާރަކުން އެކަން ސަސްޕެންޑް ކޮށްލާ 5 އަހަރު ދުވަހަށް ދެން ޕްލާސްޓިކް އިން ނަގާ ކަސްޓަމްސް ޑިއުޓީ ދެބައި ކުަޅަ އެއްބަޔަށް ދަށްކުރޭ އެއިރުން ސަރުކާރަށް ތާއީދު ލިބޭނެ ކަން ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ

  24. ފުލެޓްދޮންބެ

    ތިހެންތިވީ ފުލެޓްތައް ހިފަހައްޓާ އަދި ޔާމިން އަށް ދޯކާދިނީމަ..ނޯ ފުލެޓް ނޯ ވޯޓް ހަދާންކުރާތި

  25. ފުލެޓްދޮންބެ

    ..ނޯ ފުލެޓް ނޯ ވޯޓް ހަދާންކުރާތި..ދޮގު ނަހަދާ ދޭންބުނި ގޮތަދީ

  26. މީހާ

    އާޒިމާމެން ފަސްއަހަރު ކުޅިބަލަން އޮތީ ގާނޫނުއަސާސީ ބޯދަށުލައިގެން. ގައުމަށް ބޭނުންވި ވަގުތު ފިލާފަ
    ރައްޔިތުންނަށްއެނގޭ ކިޔަވައިގެންހުރި މީހެއްކަން އާޒިމާއަކީ. އެކަމަކު މިހާރު ވޯޓްލިބޭނީ ޕާޓީއާއެކު ކޮޅުކޮޅަށް ދުވެ ހަޅޭލަވާ ވަރުބަލިވާ މީހުންނަށް. މަޖްލިސް އިންތިހާބުގަވެެސް ވާނީ ހަމަ މިހެން. ޕީއެންސީގެ ބޮޑެތިން ވިސްނާނެކަމަށް ހީކުރަން.

  27. Anonymous

    އާޒިމާ ނޫން މީހަކު ނެރުނު ނަމަ ކާމިޔާބު ވީސް.. އާޒިމާ އަކީ ސަރުކާރުގެ ބާރުވެރި މަގާމުތަކުގައި އާޒިމާގެ އެންމެ ޒުވާން ދުވަސްވަރު އެންމެ އުފެއްދުންތެރި ވިސްނުން އަންނަންޖެހޭ އުމުރު ފުރައިގައި އުޅުނު އުޅެ ، ރައްޔިތުންނަށް އޭނާ ތަޖުރިބާ ކުރެވިފައި ވާ މީހެއް .. މާލެގެ ރައްޔިތުންނަށް އޭނާެގެ ބާރުވެރި ދުވަސްވަރު ކަމެއްނުވި މީހަކަށް މުސްކުޅިވެ ރިޓަޔަރ އުމުރަށް އެޅެންވީމައި ދެން މަގާމްތަކަށް ކުރިމަތި ލީމައި ވާނެ ގޮތް ތީ.. ގިނަ މީހުން ވޯޓުލި ނަމަ ލަދެއްގެ ބެދޭވަރު ތަފާތެއް ފެންނާނެ.

  28. ި ި ެ ެ ި ެ

    ވެރިކަން ލިބުނީމަ ބޮޑާވެ ވެރިކަން ހޯދަދޭން މަސައްކަތް ކުރި މީހުން ބާކީ ކޮށްލީމަ ލިބުނު ލަނޑު

  29. ސިޔާސީ ދުރުމި

    ކޮބާ ހީވޭކަމެއް ހެން؟ ބަހާއި ޢަމަލާއި ދިމާނުވުމުގެ ނަތީޖާ ތި ފެންނަނީ. ދެން ވެސް މަޖިލީސް އިންތިޚާބު ނުގެއްލެނީސް އަވަހަށް ރައީސް ޔާމީން މިނިވަން ކުރޭ. މި ސަރުކާރަށް ހެޔޮއެދޭތީ ބުނެލީ.

  30. ާއަޅުގަނޑު

    ފުރަތަމަޤައު ކިޔައިގެން އަޅުގަނޑު އުޅުނަަސް އަމިއްލަ އެދުމާއި ޖެހުނީމަ އިސްކުރެވުނީ އަމިއްލަ އެދުން އެހެންވެގެން އަޅުގަނޑަށް ނީންދެވޭ ގޮނޑި އެއްގައި އެހެމީހަކު އިދެގެން ޤައުމު އޮޔާ ދޮޔަޔަސް ހެޔޮކަމަށް ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރެވުނީ. ޢެހެންނުހަދާ އަޅުގަނޑުގެ ޕަޕެޓެއް ނެރެވުނުނަމަ މިހާރުހުންނާނީ މިނިވަންވެސް ވެފަކަން ޔަޤީން. ޤައިމު ބާއްވާފަ އަމިއްލަ އެދުން އިސްކުރެވުނީމަވީގޮތް އަޅުގަނޑުގެ ފޮޓޯ ޖަހައިގެން މޭޔަރުކަމަށް ނުކުތް މީހާއަަށް 3ވަނަވެސް ނުލިބުނު އެހެންވީމަ މިހާރު ޤަބޫލުކުރެވޭ ހޮވިފަތިބިމީހުންވެސް ހޮވުނީ ކޮބްމެހެން އަޅުގަނޑުގެ ފޮޓޯޖަހައިގެން ނޫންކަން،، އެމީހުން އެކަންކުރީ އަޅުގަނޑު ބާކީނުކޮށް އިޙުތިރާމް ކުމަށްޓަކާކަން ވަރަށް ސަލާމް

  31. އިބޫ

    މާލޭ މީހުންގެ ގޯއްޗާ ކުޅުމުގެ ނަތީޖާ. މުއިއްޒު ވިސްނިއްޖެ ދޯ.

    2
    1
  32. ގައުމީ

    ޕާޓީގެ އިސްސަފުން ރައްޔިތުންގެ ތާއީދު އޮތީ ކާކަށްތޯ ނުބަލާ ވަކި މީހަކު ދައްކައިގެން އެމީހަކު ހޮވަން އުޅުނަސް އެކަން ނުވާނެކަން އެނގިގެން މި ދިޔައީ! ހަމަ މި ފޯމިއުލާއައް މަޖިލީސް ޕުރައިމަރީގައި ސަރުކާރުގެ މަތީ ފަޑިން ދަނީ ކަންކުރަމުން، މަތީފަޑީގެ ތާއީދު އޮތްތޯ ނޫން ބަލަންވީ ދާއިރާގެ އެންމެ ނަންހިގަނީ ކާކުތޯބަލައި އެމީހަކު ނެރެންވީ. މަޖިލީސް ކާމިޔާބު ކުރުމަށްޓަކައި މިގޮތަށް އަމަލުކުރުން ރަނގަޅު.

  33. ޒާ

    މާފަށް އެދޭނެކަމެއް ނެތް. އަދިވެސް ޔާމީނަށް ދެރަގޮތް ހަދާފަ ފުފިގެން މާ ބަޔަކަށްވެގެން އުޅޭ. ޠާމީނު އެހެން ހުރިހާ ދުވަހަކު ނުދޭނަން ވޯޓެއް.

    2
    1
  34. އަބްދޫ

    ޔާމީނު މިހާރު ދާމިސްރާބުން ދާން ޔާމީނު ޖަލުގަ އޮންނަންބޭނުންނަމަ ބާއްވާ. 2028 ގަ އެމްޑީޕީ ވެރިކަމަށް އައިސް އިތުރު 10 އަހަރު ޖަލުގަ އޮންނަން ބޭނުންނުވާނަމަ ހަމަވިސްނުމަށް އައިސް އެންމެން އެކަތިގަނޑަކަށް ވާން އުޅޭ.. އެއްޕާޓީއަކުން ކުރިޔަށް ދިއުމަށް ވިސްނަވާ.