ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރިބްރޭންޑްކޮށް، އެ ކުންފުންޏަށް ކިޔަން ފެށި "އާބަންކޯ" ގެ ނަން ބޭނުންކުރުން ހުއްޓާލައި ކުރިއެކޭ އެއްގޮތަށް އެޗްޑީސީގެ ނަން މިއަދު ކިޔަން ފަށައިފިއެވެ.

އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަން އިއުލާންކޮށް ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އިސްވެރިންނެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ވަނީ މިހާރު ބޭނުންކުރަމުން އަންނަ އާބަންކޯގެ ނަމުގެ ބަދަލުގައި އެޗްޑީސީ ބޭނުންކުރަން ނިންމާފައިވަނީ މި ކޯޕަރޭޝަންގެ ނަމާގުޅޭގޮތުން ކަސްޓަމަރުންނަށް އޮޅުންއަރާތީ ކަމަށެވެ.

އާބަންކޯ ނަން އެޗްޑީސީ އަށް ބަދަލު ކުރަން ބޭއްވި ރަސްމިއްޔާތުގައި ފަޒުލް ވާހަކަ ދައްކަވަނީ. — ވަގުތު އިމޭޖަސް:އާދިން މޫސާ ލަތީފް

އެޗްޑީސީ ރީބްރޭންޑުކޮށް، 22 ވަނަ އަހަރީ ދުވަހާއި ގުޅިގެން މިދިޔަ އަހަރު އޭޕްރީލް މަހު ކުންފުނީގެ ނަން އާބަންކޯއަށް ވަނީ ބަދަލުކޮށްފައެވެ.

އެޗްޑީސީ ރީ ބްރޭންޑްކޮށް އާބަންކޯއަށް ނަން ބަދަލުކުރެވިގެން ދިޔަ ނަމަވެސް އެ ނަމަށް ގާނޫނީ ހައިސިއްޔަތު ލިބިފައި ނުވާ ކަމަށާއި ގާނޫނީ ހައިސިއްޔަތުން ތަފާތު ކަންކަމުގައި މިހާތަނަށްވެސް ބޭނުންކުރަމުން ދަނީ އެޗްޑީސީ ކަމަށް އެބަޔާނުގައިވެއެވެ.

އާބަންކޯ ނަން އެޗް ޑީ ސީ އަށް ބަދަލުކުރުން — ވަގުތު އިމޭޖަސް:އާދިން މޫސާ ލަތީފް

އެޗްޑީސީއަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ރައީސް އޮފީހުގެ ވަކި ޔުނިޓެއްގެ ގޮތުގައި 2001 ވަނަ އަހަރު، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިރުޝާދުގެ ދަށުން އުފެއްދެވި ތަނެކެވެ. އޭގެ ފަހުން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމުގައި ވަކި ކުންފުންޏަކަށް ބަދަލުކުރިއެވެ. ހުޅުމާލެ ޕްލޭންކޮށް، ތަރައްގީކުރީ އެ ކުންފުނިންނެވެ. ފަހުން އަނެއްކާ ވެސް ހައުސިން ޑިވެޕްލޮޕްމަންޓް ކޯޕަރޭޝަނަށް ނަން ވަނީ ބަދަލުކޮށްފައެވެ.

މި ކޯޕަރޭޝަންގެ ޕޯޓްފޯލިއޯގައި ހިމެނޭ ކާމިޔާބު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލެ، ކުޑަގިރި، އާބަން އައިލް ހިމެނެއެވެ. މީގެ އިތުރުން ތިލަފުށި، ރަސް މާލެ އަދި ހުޅުމާލެ ފޭސް 3 ތަރައްގީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ހުއްޓުމެއްނެތި ކުރިއަށް އެބަދެއެވެ.

އެޗްޑީސީން ފާހަގަ ކުރާ ގޮތުގައި އެ ކޯޕަރެޝަނުން އެންމެ އިސްކަންދޭ ކަމަކީ ތަރައްގީގެ މަސައްކަތްތަކަކީ އިގްތިސާދީގޮތުން ފައިދާހުރި އަދި ތަނުގައި ދިރިއުޅޭ ފަރާތްތަކުން ބަލައިގަންނަ ފަދަ ޕްރޮޖެކްޓްތަކަށް ހެދުމެވެ. މިކަން ހާސިލް ކުރުމަށް އެޗްޑީސީން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ބޯހިޔާވަހިކަން ތަރައްގީކޮށް އެންމެނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެޗްޑީސީގެ އަމާޒަކީ ތަރައްގީކުރާ ސިޓީތަކުގައި އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން، އަދި ތިމާވެށިގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖާބަންކޯ

    ކޮންކަހަލަ ގައުމެއް! ގާނޫނާއި ގަވާއިދާ ޚިލާފް ވިއަސް ކުންފުނިހިންގަން ތިބޭ ބަޔަކު ކުއްވެރިއެއްނުވޭ! މިލިޔަން ރުފިޔާގެ ގެއްލުން ދީފަ ެސް ދާންވީ!

    13
    1
  2. ޔާންޔާ

    ދުވާލަކު ނަމެއް ! މިހާރު ހަދާފަހުރި ހުރިހާ އެއބަސްވުންތަކެއް ބަދަލުކުރޭ . އާބަންކޯއައް ދައކަން ޖެހެފައިސާ އެޗްޑީސީ އައް ދައްކާކައް އެގްރީމަންޓަކުނެއް . ކަންކަންވާވަރުން ނަންބަދަލުކުރަންވާނީ . އެއްމެފަހުން ރައްޔިތަކައްދީފައިވާނެ ތަނެއްވެސް ގާނޫނުން އިނގެއް ނެއް .އެކިނަންނަމުގައި ތިކުރަނީ ވައްކަން ، އެކިނަނނަމުގައި ލޯނުނަގައި އިނވެސްޓްމަޓް ހޯދަނީ . ކޭޕާކް އައްތުރެ 7 ގުނަމަތީގަ ތިޖަރީމާތައް ތިޔަހިނގަނީ .

    7
    1
  3. Anonymous

    އެމްޓީސީ ދެބައި ކޮށްފަ އާބަންކޯ ކިޔާ ވަކި ކުންފުނިޔެއް އުފައްދަންވީ !

    4
    1
  4. Anonymous

    މަޖާ ކުޅިވަރެއްތިޔައީ އެހެންވެއްޖާ ، ބޭކާރު ގޮތުގަ 1.2 މިލިޔަން ހަރަދުކޮއްލުން އޭ ތިޔަމީހުނައް އެއްވެސް ކަމެއްނޫން.

    7
    2
  5. ގޭމް

    ވަޓް ގޭމް ޔޫ އާރ ޕްލޭއިން

    7
    2
  6. އިސްޢާފް ސަލީމް

    ވަރަށް ރަގަޅު! ޒަމާނުއްސުރެ ކިޔަމުންއައި ނަން ބަދަލުކުރީ ކޮރަޕްޝަން ފޮރުވަން! އަދި މީހުންނަށް އެތަން އުޅޭ! ދެން ހިންގާފައިހުރި ވައްކަމުގެ މައްސަލަތައް ބަލައިދީ!

    13
    1
  7. ހުވަދޫ އަލިބެއްޔާ

    ތި ތަނަށް ކިޔަންވީ ވަގުންގެ ނެޓްވޯކް.. ވިނަރެސް ފްލެޓްގެ ކުލިން ވައްކަން ކުރި ވަގުން..

  8. ވަޠަންގެ ދަރި

    ހަމަ ބަނޑުއަޅާލަންވެގެން ގަތްގަނޑެއް. މިހާރުގެ ވެރިން ކުރެން އަހާލަބަލަ ސައިޒަކަށް ނުބަލާ ބޮޑު އަގުގަ ކިތަޢޓީޝާޓު ބޭރުން ހައްދައިގެން ގެނެއްސަ ހުރިތޯ.

    2
    1