ވުޒާރާތަކުގެ ވަޒީރުކަމަށް އައްްޔަންކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށާއި، ރުހުން ނުދިނަސް ވަޒީރުން އަލުން އައްޔަންކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އުޅޭތީ އެ މައްސަލައިގައި މިހާރު މަޖިލިސް ބޭރުގައި މިހާރު ކުރިއަށްދާ އިހުތިޖާޖުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، މި ސަރުކާރުގެ ވަޒީރުންނަށް ރުހުންނުދިނުމަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަޑީގައި ހުންނަވައި ކުރައްވާ ކަމެއް ކަމަށެވެ.

" އަޅުގަނޑުމެން ގަބޫލުކުރަނީ މިއީ ޑިމޮކްރަސީއާ ވަރަށް ބީރައްޓެހި ކަމެއް އެމްޑީޕީން ކޮށްގެން މިއުޅެނީ، ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ފުރަތަމަ ކެބިނެޓަށް ރުހުންނުދީ އެއީ މިހާތަނަށް ދިވެހިރާއްޖޭގެ ޑިމޮކްރަސީގައި ކޮށްފައި އޮތް ކަމެއް ނޫން، އެނގިވަޑައިގަންނަވާނެ، ފެހި ގާނޫނު އަސާސީގެ ދަށުން އަޅުގަނޑުމެން ރުހުން ދިނިން ކެބިނެޓަށް،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އެ މީހުން އެ މަގާމަށް އެ ވުޒާރާތަކުގެ ވަޒީރުކަމަށް އައްްޔަންކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށާއި، އެކަން ނުހުއްޓުވޭނެ ކަމަށެވެ. މީގެ އިތުރުން ތަނަވަސް އަޣުލަބިއްޔަތުން މަޖިލިސް މެޖޯރިޓީ މި ސަރުކާރުން ނަގާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޤާނޫނީ ގޮތުން ރައްޔިތުން އިންތިޚާބު ކުރައްވާފައި ހުންނަވާ ބޭފުޅަކު، އެމަނިކުފާނުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށްމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރަތައް އުފެއްދެވުމާއި، އެ ވުޒާރަތަކާއި، އިދާރަތައް ހިންގެވެމުމަށް ޤާބިލު ބޭފުޅުން ޢައްޔަން ކުރެއްވުން އެއީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށެވެ.

އެގޮތުން ދައުލަތުގެ ވުޒާރަތައް ހުންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ޤާބިލު އެވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި، އަދި އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝާނުން ޝައްކެއް ނުކުރާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރާންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ ކަމާމެދުވެސް މިކޯލިޝަނުން އެއްވެސް ޝައްކެއް ނުކުރާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    ދެންކީއްކުރަންހޭ ރުހުންހޯދާށޭކިޔާފަ މަޖިލޒިހަށްމިދަނީ ؟

    13
    1
  2. ތަކުރު

    މަޖިލީހުން ތިޔަ ރުހުން ހޯދުން އިހައް ނަގާބަލަ، ނިމުނީއްނު،

    7
    1
  3. ކުރިޓިކު

    ބަލަ ތިއީ މަޖިލިސް ތަޅުއަޅުވަަން ޖެހެޭވަރު ކަމެއްނޫނެއްނު. ޥޯޓުލުން ކުރިއަށް ގެންގޮސްބަލަ، އެނގޭނެ ހަތަރެސްފައިގެ އިގިލިތައް ބުރިއަސް އަދުރޭއާ އެއްކޮޅަށް ވޯޓުދޭނެ. މިއީ ބުހުތާން ދޮގަކަށް ނުވާނެ.

    3
    1
  4. އަލީ

    އަންނި އިރުގަ މިހާރުގެ ޕީޕީއެމް އޭރުގެ ޑީއާރުޕީ ކުރީ ހަމަ މިކަމެއް ނޫންތަ. މުނާފިގުވަސް ދުވަނީ

    6
    3
    • ބަދަވި

      އޭރުގަ މިނިސްޓާރަކު ކަމު ނުގޮސްގެން އިތުބާތުނެތްކަމުގެ ވޯޓްނަގަން އުޅުނީމަ ހުރިހާވަޒީރުން އިސްތިއުފާދިނީ

  5. ހަންޑިކުޑަ

    ދުނިޔެ ނިމުމުގެ ކޮލުމަތީގައި ދުނިޔެއަށް ދެ ފުއް ކެހެރިން ފާލުވެގެން ދާނޭ މުސްކުލިން ބުނެ އުލޭ . މިހާރު މި ފެންނަނީ މިކަމުގެ އަލާމާތްތައް.

  6. އަބަދު

    މޑޕ އަކީ ގާނުނު ހިންގިޔަ ނުދޭން އުޅޭ ބައެއް. ރުހުން ނުދީ، ހަޅޭއްލަވާ ތަކެއްޗަށް ގެލުންދީދީ ތިބެދާނެއެއްނު. ސަރުކާރު ނުހުއްޓި ރައްޔިތުންގެ ހިދުމަތުގަ ދެމި އޮންނަން ވާނެ.